ސަޢޫދީ ޢަރަބިއްޔާގެ އެންމެ ބޮޑެތި އިލްމުވެރިންގެ މަޖިލީހުގެ ޢިލްމުވެރިޔެއްކަމަށްވާ ޝެއިޚުނާ ޢައްލާމާ އަބްދުލްކަރީމް އަލްޙުޟައިރު ޙަފިޡަހުﷲ އާއި ސުވާލުކުރެވުނެވެ.

"އަހަރެން ޢަރަބި ބަހުން ވާހަކައެއް ނުދައްކަމެވެ.(އެބަހެއް ނޭންގެއެވެ). އަދި ނަމާދު ކުރާއިރު މިސާލަކަށް ދަމުނަމާދު(ތަހައްޖުދު) ނަމާދުކުރާ އިރު ގިނައިރު ސަޖިދައިގައި އޮންނަ އިރު، އަހަރެންގެ އަމިއްލަބަހުން ދުޢާކުރަން ބޭނުމެވެ. އަހަރެންނަށް ޢަރަބި ބަސް އެނގިއްޖައުމަށް ދާންދެން އަހަރެންގެ ބަހުން ދުޢާކުރުން ހުއްދަވާނެ ހެއްޔެވެ؟

ޖަވާބު: އަލްޙަމްދުلله.

އާނއެކެވެ. ޢަރަބި ބަހުން ވާހަކަނުދެއްކޭ މީހާއަށް ޢަރަބިބަސްނޫން އެހެންބަސްތަކުން ދުޢާކުރުމަކީ ހުއްދަކަމެކެވެ. ނަމަވެސް މުސްލިމުން، އެބައިމީހުންގެ އަޅުކަންތައް ޞައްޙަވާނެ މިންވަރަށް ޢަރަބިބަސް ދަސްކުރަން ޖެހޭނެއެވެ. والله أعلم.

ނޯޓު: ނަމަވެސް ހުއްދަވާނީ ފަރުޟުނަމާދު ފިޔަވައި ސުންނަތް ނަމާދުތަކުގައެވެ. ވީމާ ރޯދަމަހު ގިނަގިނައިން ދުޢާކުރާ ބަޔެއްކަމުގައި ވަމާތޯއެވެ.

ނިމުނީ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަޠީފް

    ފަރުޟު ނަމާދުތަކުގައިވެސް ޢަރަބިބަހުން ނޫން ބަސްބަހުން ދުޢާ ނުކުރެވޭނެކަމަށް އެއްވެސް ޞައްޙަ ޙަދީޘަކުން ސާބިތު ނުވެއެވެ. ވީމާ ފަރުޟު ނަމާދުތަކުގައިވެސް ދުޢާ ނުކުރެވޭނެ ކަމަށް ދަލީލެއް ނެތި ނުބުނެވޭނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ޞަހާބީއެއް ކަމަށްވާ ސަލްމާން އަލް ފާރިސީ އަކީ ޢަރަބިބޭކަލެއް ނޫނެވެ. އެކަލޭގެފާނަށް ޢަރަބިބަހުން ނޫން ބަހަކުން ދުޢާ ނުކުރެވޭނެ ކަމަށް ޙަދީޘް ކުރައްވާފައެއް ނުވެއެވެ. އެއިން ދަލީލު ކޮށްދެނީ ފަރުޟުނަމާދުތަކުގައިވެސް އެމީހެއް ދަންނަ ބަހަކުން ދުޢާ ކުރެވޭނެކަމެވެ. މިގޮތަށް ދީނީ ޢިލްމުވެރިން ފަތުވާ ދެއްވައެވެ. والله اعلم

    13
  2. احمد

    ދިވެހިބަހުން ދުއާ ކުރެވޭނީ ހަމައެކަނި ސުންނަތް ނަމާދުގައޭ ތިބުނަނީ ދަލީލެއް އޮވެގެންތޯ!ދަލީލުތައް ހުރީ ހުރިހާނަމާދެއްގައި ވެސް އަރަބި ބަސް ނޫން އެހެން ބަސްބަހުން ވެސް ދުޢާ ކުރޭވޭނެ ކަމަށް،

    9
    1