ދޮގު ހަބަރު ފެތުރުމާއި، ދޮގު ވާހަކަ ދެއްކުމުގެ ނުބައި ކަމާއި އެކަމުގެ ސަބަބުން އުފެދޫ ފިތުނައިގެ ބޮޑު ކަމާއި ގުޅޭ ގޮތުން މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލައިފިއެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވަނީ މުޖުތަމައުގެ ކޮންމެ ފަރުދަކު ވެސް މުޖުތަމައުގެ މަސްލަހަތާއި އެއްބައިވަންތައްކަން ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށާއި މިއަދުގެ ދުނިޔެ ވަނީ އެކަމަށް ހުޅުވާލެވިފައި ކަމަށެވެ. އަދި އެކަންކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މީސްމީޑިއާއާއި ހަބަރުތައް ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ފެތުރިގެންދާ ކަމަށެވެ.

ދުނިޔެ މިގޮތަށް ބަދަލުވެފައިވާތީ ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުރައްކާތެރިކަން މިއަދު ވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

"ކީރިތި ގުރުއާމުގައި ދޮގު ހަބަރުތަކާއި ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި މިފަދަ ވާހަކަތައް ގަބޫލު ކުރުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ބަޔާން ކުރައްވާފައިވެއެވެ. އެއީ އެކަމުން އިބުރަތް ހާސިލް ކުރުމަށެވެ. އެކަންތަކުގެ މަތިން ހަނދާންކކޮށް އެކަންކަމުން ރައްކާތެރިވުމުގެ މުހިންމުކަން ބަޔާންކޮށް ދެއްވުމަށެވެ"

އެކަން އެގޮތަށް އޮތްއިރު ނޫސްވެރިން ވެސް ޒިންމާ އަދާ ކުރަން ޖެހޭނީ ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އެފަރާތްތަކުން ކުރަމުން އަންނަނީ ވަރަށް ބޮޑު ދީނީ އަދި ގައުމީ ވާޖިބެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އިންސާނާ ދައްކާ ވާހަކައާއި އެހެން މީހުންނަށް ފޯރުކޮށްދޭ މައުލޫމާތު ބިނާ ކުރަން ޖެހޭނީ ޝަރުއީ ހަމަތަކުގެ މައްޗަށް ކަމަށާއި އެހެން މީހުންނަށް ފޯރުކޮށްދީ ހަބަރާއި މައުލޫމާތު ވާން ޖެހޭނީ އޮޅުވާލުމެއް ދޮގު ވާހަކައެއް ނެތި، ތެދު ހަގީގީ މައުލޫމާތު ހިމޭނޭ ވާހަކައެއް ގޮތަށް ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޓިކްޓޮކް ސިފާ

    ކަލޭ ހުތުބާ ރަނގަޅަށް ޢަޑު އަހާތި...

    2
    1
    • ދީދީ

      މިއަދުގެ ހުތުބާގައި އަލިއަޅުވާލީ ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމަށް

  2. ބޯހަލާކު

    ހަސަން ލަތީފަށް ޚުތުބާއެއް ފޮނުވަން ވެއްޖެ

    6
    1
  3. ޤާދިރު

    އަލީވަހީދު ދިން މަޢުލޫމާތު ދިޔަރެސް އިން ހާމަކޮށްފިނަމަ ވެރިން އޮރިޔާން ވާނެތީ އެކަން ހުއްޓުވަން މިއަދުގެ ޚުޠުބާ އެކަމަށް ޚާއްޞަކުރީ. މިއަދު އެއީ ސިޔާސީ ޚުޠުބާއެއް.

    2
    2
  4. ހަބީ

    ހަސަންބޭ އިނީ ހުކުރަށް ގޮސް ނިދާފައި ! ދޮގުވެރިން ނަށް ﷲ ދައްކަވާނެ އެދޮގުވެރިންގެ ޢަމަލުަތައް ދުނިޔެމަތީގައިވެސް އެބައެއްގެ ފަތްފުށްތަކުން! ހުރި ނުބައިކަމެއްގެ ބޮޑުކަމާއެ! ރައްޔިތުން މި ނުބައި އެމްޑީޕީގެ މަކަރުވެރި މަޅި ން 2023 ގައި ސަލާމަތްކުރައްވާށި ! އާމީން

  5. ސަމްކުޅިބޭ

    ތިޔަޚުތުބާ ކިޔާދޭންވީ މިސަރުކާރުގެ ރައީސް މީހާއަށާ އޭނާގެ ވަޒީރުންނަށާ ކުންފުނިތަކުގެ ވެރިންނަށް.