އުފަން އަވަށުގައި އާދައިގެ ދިރިއުޅުމެއް އުޅުއްވާ އަބްދުﷲ ރިފާއު (ބޮޗޭ) އޭ ބުނެފި ނަމަ، ނުދަންނަ މީހަކު މާލޭގައި ޔަގީނުން ވެސް މަދުވާނެއެވެ. މަގުމަތިން އަބަދުވެސް ފެންނާނެއެވެ. ކޮންމެ މީހަކާ ދިމާވިޔަސް، އެ ހިނިތުންވުން އޭނާގެ މޫނުމަތީގައި ހުރެއެވެ. ހިނިތުންވެލައި އުފާވެރިކަމުގެ މޫނަކާ އެކީގައި އަބަދުވެސް ވާހަކަ ދައްކަވާނެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ އެއްވެސް ސިފައެއް ނުގެންގުޅޭނެއެވެ. މީހުންނަށް އެހީތެރިވުމުގައި އޭނާ ދައްކަވަނީ ވަރުގަދަ ނަމޫނާއެކެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ މާފަންނު ދެކުނު ދާއިރާ އަށް ބޭނުން ވަނީ ކިޔަވައިގެން ހުރި، އެ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރާނެ ތަޖުރިބާހުރި ކެންޑިޑޭޓެކެވެ. މާފަންނު ދެކުނު ދާއިރާ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެ ސިފަ ހުރި ކަމަށް ދާއިރާގެ ރައްޔިތުން އިއްތިފާގު ވާނެ ކެންޑިޑޭޓަކީ ބޮޗޭއެވެ. ބޮޗޭ މިފަހަރު ރައްޔިތުންގެ މަޖިލިހަށް ނުކުންނަވަނީ ތަރައްގީގެ ފިކުރަކާ އެކީގައެވެ. ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ފިކުރުގައި ސަރުކާރުގެ ކެންޑިޑޭޓުގެ ގޮތުގައެވެ.
ބިޒްނަސް އެންޑް ފިނޭންސް ދާއިރާ އިން ބެޗްލާސް އަދި އެޑިއުކޭޝަން ގައިޑަންސް އެންޑް ކައުންސެލިން ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޮޗޭ ޒުވާން އުމުރުގައި ވެސް ނުކުންނަވައި މިހާތަނަށް އައިއިރު، ދައުލަތަށް 15 އަހަރަށް ވުރެ ގިނަ ދުވަހު ވަނީ ހިދުމަތް ކުރައްވައިފައެވެ. ސަރުކާރުގެ ވަޒީފާއެއްގެ ގޮތުގައި އޭނާ އެންމެ ފަހުން އަދާކުރެއްވި ވަޒީފާއަކީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމެވެ. އޭގެއިތުރުން އޭނާ ވަނީ 18 ވަނަ މަޖިލިހުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ. ސިޔާސީ މައިދާނުގައި އޭނާ ފެނިގެން ދާން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިން، 2008 ގައެވެ.
އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ ފޯރަމް އޮފް ޔަންގް ޕާލަމެންޓޭރިއަންސްގެ ބޯޑް މެމްބަރުކަން ވެސް ކުރެއްވި ބޮޗޭ ވަނީ 2008 ވަނަ އަހަރު ޒުވާނުންގެ އެވޯޑް ވެސް ހާސިލް ކުރައްވައިފައެވެ. ދާއިރާގެ ރައްޔިތުންގެ އެދުމަކަށް މަޖިލިހުގައި 2014 ވަނަ އަހަރުން ފެށިގެން އޭނާ މާފަންނު ދެކުނު ދާއިރާ ތަމްސީލް ކުރެއްވި އިރުގައި މަޖިލިހުގެ އިޖުތިމާއީ ކޮމިޓީ އާއި ޕެޓިޝަން ކޮމިޓީގެ މެމްބަރުކަން ކުރެއްވިއެވެ. އަދި އިންޑޮނޭޝިއާ، ޖަޕާން، ސްރީލަންކާ، ނޭޕާލް، ސްވިޒަލެންޑް ފަދަ ގައުމުތަކުގައި ބޭއްވި ކޮންފަރެންސްތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބޮޗޭ މަޖިލިހަށް މިފަހަރު ކުރިމަތިލައްވަނީ ކީއްވެ؟
ބޮޗޭ އަނެއްކާ ވެސް މި ނުކުންނަވަނީ މާފަންނު ދެކުނު ދާއިރާގެ ރައްޔިތުންގެ ހައްގުގައެވެ. އަމިއްލަ މަންފާއެއް، ސިޔާސީ މަގްސަދެއް ހާސިލް ކުރުމުގެ ނިޔަތެއް އޮވެގެން ނޫނެވެ. "ދިވެހިންގެ ރާއްޖެ"އަށް ދިވެހިން ގެންދިއުމުގެ ފުރިހަމަ އަޒުމާއި ހިތްވަރާ އެކުގައެވެ.
މަޖިލީހުގައި ބޮޗޭއަކީ ކުރިން ވެސް އަޑު ގަދަ ބޭފުޅެކެވެ. ސަރުކާރު ކެންޑިޑޭޓަކަށްވުމުން ސަރުކާރުގެ ތެރެއިން ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުން އުނދަގޫ ކަމަކަށް ނުވިއެވެ. އޭރުވެސް އަދި މިހާރުވެސް ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައި ވަނީ ބޯހިޔާވަހިކަމެވެ. ބޮޗޭ ވިދާޅުވާ ގޮތުން އެކަން ހައްލުކުރެއްވުމަށް އޭރުވެސް މަޖިލީހުގެ ތެރެއިންނާއި ބޭރުންވެސް އެތައް މަސައްކަތެއް ކުރެއްވިއެވެ.
މިފަހަރު ބޮޗޭ ނުކުންނަވަނީ ދިވެހިންނަށް ހައްގު މިންވަރު ހޯއްދަވައި ދެއްވުމަށެވެ. ރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް "ސަލާން" ޖެހުން ނިމުމަކަށް ގެންނާށެވެ. ހުދު، އޭނާ ކުރިމަތިލައްވާފައިވާ މާފަންނު ދެކުނު ދާއިރާއަކީ ވެސް އިންތިހާ އަށް ބޯހިޔާވަހިކަމުގެ މައްސަލަ އޮތް ދާއިރާއެކެވެ. ބޮޗޭ ވިދާޅުވާ ގޮތުން ނަމަ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އެކަން ހައްލުކޮށްދެވޭނެއެވެ. ބޭނުން ވަނީ އެކަމަށް އެހީތެރިވެދޭނެ މެމްބަރުންތަކެކެވެ.
ބޮޗޭ ވިދާޅުވި ގޮތުގައި މަޖިލިހަށް ވާދަކުރައްވާ މެމްބަރުންގެ ތެރެއިން މާލޭގެ ދާއިރާއަކަށް އުފަން، އެ ދާއިރާގައި އުޅެ ބޮޑުވެ ދާއިރާގެ ދަރިއެއްގެ ގޮތުގައި މަޖިލިހަށް ނުކުމެވަޑައިގަތީ އޭނާއެވެ. ދާއިރާގެ ރައްޔިތުންގެ ހާލަތު އޭނާއަށްވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކު ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
ދާއިރާގެ ދަރިއަކަށްވެ ދާއިރާއަށް ބޭނުންވާ ކަންކަން ހައްލު ކުރެވޭނީ ސަރުކާރުގެ ކެންޑިޑޭޓަކު ހޮވުމުން ކަމަށް ވެސް ބޮޗޭ ވިދާޅުވިއެވެ. އަދި މަޖިލިހަށް ކުރިމަތިލައްވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި ރައްޔިތުންނަށް ނަމޫނާ ދެއްކެވިފައި ހުންނެވުމުން ކަމުގައި އޭނާ ވިދާޅުވިއެވެ.
ރިފާއުގެ މޭސްތިރިކަމުގައި ބޮޑެތި ބަދަލުތަކެއް ގެންނެވި!
މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ކުރެއްވި ފަސް އަހަރުގެ ތެރޭގައި އެ ދާއިރާ އަށް އެންމެ ބޮޑު ބަދަލެއް ގެނައުމަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ބޮޗޭއެވެ. ބޮޗޭގެ ފަސް އަހަރުގެ ދައުރުގައި އެ ދާއިރާގައި ދިރިއުޅޭ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަޖައްސާލަން ޕާކެއް ހެދިއެވެ.
ދާއިރާގައި ހިމެނޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުގައި އެދިގެން އެކަން ކާމިޔާބު ކުރައްވަން ވެސް މަސައްކަތް ކުރެއްވިއެވެ. ކުރިން މާލޭގައި ހުރި ހާބަރު ކަޑަތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ފުޑް ކޯޓެއްގެ ގޮތުގައި ގެނައުމަށް ވެސް ބޮޗޭ ވަނީ ވަރަށް އިސް ރޯލެއް އެކަމުގައި އަދާކުރައްވައިފައެވެ. އަދި ދާއިރާގެ ތަރައްގީ އިތުރު ހަރުފަތަކަށް ގެންދިއުމަށް އޭނާ އަށް މިފަހަރު ފުރުސަތު ދޭން ޖެހޭ ކަމުގައި ބޮޗޭ ވިދާޅުވިއެވެ.
ބޮޗޭ ވިދާޅުވީ މިފަހަރު މަޖިލީހަށް ހޮވި ވަޑައިގެންފި ނަމަ، ސަރުކާރާ ގުޅިގެން ރައްޔިތުންނާ ގާތުން މަސައްކަތްކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ސަރުކާރުގެ ވިސްނުމާއި ފިކުރަކީ އަބަދުވެސް ތަރައްގީ އާއި ކުރިއެރުމާއި ތަމައްދުން ކަމަށާއި އިދިކޮޅު އެމްޑީޕީ އަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބިގެން ސަރުކާރަށް ކުރާނީ ޖެއްސުން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ ތެރެއިން ކަންކަން ހައްލު ކުރަން ބޭނުންވަނަމަ ވީހާވެސް ގާބިލް ތައުލީމީ ބޭފުޅުން މަޖިލީހަށް ހޮވައިދިނުމަކީ ކަންކަން ހައްލުކުރަން އެޅެނެ އެންމެ ބޮޑު ރަނގަޅު ފިޔަވަޅު ކަމަށްވެސް ވިދާޅުވިއެވެ.
"އަބަދުވެސް އެމްޑީޕީ ވެރިކަމެއް ކޮށް ނިންމާފަައި ފައިބައިގެން ދާއިރު މުޅި ގައުމު އޮންނާނީ ދަރާފައި. ބިލްތަކަށް އޮންނާނީ ފައިސާ ނުދައްކާ. ހަރު މުދަލެއް ހުރެއްޖެއްޔާ އެއްވެސް ވަރަކަށް މެއިންޓެނެންސެއް ނޯންނާނެ. އަލަށް ސަރުކާރެއް އައިސް ފުރަތަމަ މުޅިންވެސް އޮންނާނީ ކުރީގެ ސަރުކާރުގެ ދަރަނިތައް އަދާކުރުން. އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ގޮއްސިއްޔާ ޖެއްސުން ނޫން އިތުރު ކަމެއް ނުކުރާނެ." ބޮޗޭ ވިދާޅުވިއެވެ.
"ގޯއްޗާއި ފްލެޓު ލިބުނު މީހުންނަށް އެކަން ހަމަޖައްސައިދޭނަން"
ބޮޗޭ ވިދާޅުވީ މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވި ވަޑައިގެންފި ނަމަ އެންމެ ފުރަތަމަވެސް ކުރައްވާނެ އެއް ކަމަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓާއި ގޯތި ލިބުނު މީހުންނަށް އެކަން ހަމަޖައްސައިދިނުމަށް މަޖިލީހުގެ ތެރެއިން ސަރުކާރާ ގުޅިގެން ކުރެވެން އޮތް މަސައްކަތެއް ކުރުން ކަމަށެވެ.
"ބޯހިޔާވަހިކަމަށް ބަލާއިރު، ބޯހިޔާވަހިކަން ގިންތި ކުރުމުގެ ގާނޫނެއް ހަގީގަތު ނެތް ހެދިފައެއް. އެހެންވީމަ އަޅުގަނޑުމެންގެ ޕާލިމަންޓްރީ ގުރޫޕުގެ އެންމެ ބޮޑު އިސްކަމެއް ދެވިގެންދާނީ ބޯހިޔާވަހިކަން ގިންތި ކުރުމަށްޓަކައި ގާނޫނެއް އެކުލަވާލެވުން. އަދި އެއާއެކީގައި ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް އެދެން އެޖެހޭ އެދުން އެކަން ނިމުމަކަށް ގެނައުން މިގާނޫނުގެ ތެރެއަށް ލެވި، އަބަދުވެސް އެ ޕޯޓަލްގައި ހުންނަ މައުލޫމާތު އަލުން ބަލުން އާ ކޮށް އެޕްލައި ކުރަން ނުޖެހި އޭގެ ތެރެއިން އެ ލިބޭ ބަޔަކަށް ލިބިގެން ދިއުން." ބޮޗޭ ވިދާޅުވިއެވެ.
އެމްޑީޕީގެ މެޖޯރިޓީއެއް އޮތް މަޖިލިހެއް އޮވެ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރެވުނު އެއްވެސް މަސަައްކަތެއް ނެތް ކަމަށާއި ދެން އަލުން އެމްޑީޕީއަށް ވޯޓު ހޯދަން ރައްޔިތުން ގާތަށް ދިޔުން ލަދުވެތި ކަމަށް ވެސް ވިދާޅުވިއެވެ. އަދި ރައްޔިތުން ވިސްނަންވީ ރައްޔިތުންނަށް ފައިދާވާނެ ގޮތަކާމެދު ކަމަށާއި އެކަން އެގޮތަށް ވާނީ ސަރުކާރުގެ ކެންޑިޑޭޓުން ހޮވައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޮޗޭ ވިދާޅުވީ އެމްޑީޕީގެ މަޖިލިހެއް އޮތުމުން މިހާރުވެސް ފެންނަމުންދަނީ ސަރުކާރަށް ޖެއްސުން ކުރަމުންދާތަން ކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވާނީ ދިވެހިންގެ ރާއްޖޭގެ މެނިފެސްޓޯ ތަންފީޒު ކުރުމަށްޓަކައި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ކަން ޔަގީން ކަމަށްވެސް ވިދާޅުވިއެވެ.
"މި ކެމްޕެއިނުގެ ތެރޭގައި ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެބަ ބުނޭ އެމީހުންގެ އިހުސާސްތައް. ރައީސް ޑރ. މުއިއްޒަށް 100 ޕަސެންޓު އޮތް ކަމަށް އެބަ ބުނޭ. އެބޭފުޅާގެ މެނިފެސްޓޯ ތަންފީޒު ކުރަން ބޭނުންވާ ކަމަށް އެބަ ބުނޭ. އެހެންވީމަ އެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ޕާލިމަންޓު ތެރެއިން އެއްބާރުލުން ލިބޭނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓުދީގެން މަޖިލީހަށް ހޮވިގެން ކަމަށްވެސް ރައްޔިތުން އެބަ ގަބޫލުކުރޭ." އޭނާ ވިދާޅުވިއެވެ.
ދާއިރާގެ ރައްޔިތުންނަށް އޮތީ ކޮން މެސެޖެއް؟
ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިތޯ އެހުމުން ބޮޗޭ ވަނީ އެ ރައްޔިތުން އޭނާ އަށް ކުރި އިތުބާރުގެ މަތީގައި ދެމިތިބުމަށް އެދިވަޑައިގެންފައެވެ.
"އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނާ އެކީގައި ގާތުން، އޭރުގައި އެ ކުރި މަސައްކަތަށް ވުރެ އަދި ދެ ގުނަ ރަނގަޅު މަސައްކަތްތަކެއް ތިޔަބޭފުޅުންނަށް ފެނިގެންދާނެ. އަޅުގަނޑަށް ތިޔަ އެންމެ ބޭފުޅުންގެ ވޯޓު ދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." ކެންޑިޑޭޓް ނަންބަރު ދޭއް ފާހަގަ ކުރައްވައި ހަ ކުދިންގެ ބައްޕަ ބޮޗޭ ވިދާޅުވިއެވެ.
ތި މީހުން އަނެއްކާވެސް މަޖުލިހަށް ހޮވައިފި ކަމުގައި ވާނަމަ އެވެރިންގެ މަސައްކަތަކަށް ވެދާނެ ކުރީގަވެސް ކުރި މަސައްކަތް. އެއީ ގަނޑު ވަރު ތެރޭގައި ޗޮކްލެޓު ބަންދު ކޮއް ޕާރސަލް ކުރުން. ޙިތާނީ ކުދިން ނަަށާއި އަވަށްޓެރިންނަށް ހަދިޔާ ބަދިޔާ ބަދަލު ކުރުން ކަމަށް އެ ގޯތި ހަސަނު ބުނި އަޑު އެހީމު!
ތުންދިގު ފުޅިއާއި ވަރަށް ގާތް މީހެއް!
އަބަދަކު މި ވެރިންގެ ޖީބުތައް ބޮޑު ކުރާކަށް ހޮވާކަށް ނުވާނެ! މި ފަހަރު ޖެހޭނީ އައު މޫނެއް ހޮވާ އެ ސޮރު ނުވަތަ އެ ކަނބުލޭގެ މުއްސަނދި ކުރުވަން. ކޮންމެ މީހަކު ހޮވިއަސް ރައްޔިތުން ނަކަށް ކުރާނެ ފައިދާ އެއް ނޯންނާނެ.
އަޅުގަނޑުގެ ޙަޔާތުގައި ފެނުނު އެެއްމެ ހެޔޮ ނަމޫނާ މަންމަ އަކީ ޢަބުދުﷲ ރިފާޢުގެ މަންމަ އެވެ. އަޅުގަނޑު މާލޭގައި ކިޔަވަން ހުރިއިރު ހުރީ އެގޭގައި ކޮޓަރިއެއް ކުއްޔަން ހިފައިގެންނެވެ. އެދުވަސް ވަރު އެދައްތަގެ ފަރާތުން ފެނުނީ ދުނިޔޭގައި މިލިއަނަކުން އެކަކުވެސް ނުފެންނާނެހާ ބައިވަރު ރަނގަޅު ޞިފަތަކެވެ. ދަރިންގެ ފަރާތުން ވެސް ފެނުނީ ވަރަށް ތަފާތު އަޚުލާގެވެ. މިއީ އެ ދުވަސްވަރު އެގެއަށް ދިޔަކަމުގައި ވިޔަސް ނޭނގޭނެ ބައިވަރު ކަންތަކެއްގެ ވާހަކައެވެ.
އަޅުގަނޑު އަންހެން ބޭފުޅަކަށް ނަޞޭޙަތެއް ދޭނަމަ އެ މަންމަގެ ވާހަކަ ޢިބުރަތްތެރި ފިލާވަޅަކަށް ކިޔައި ދެމެވެ. އެ ފިލާވަޅު ގެ މައްޗަށް މަސައްކަތް ކޮށްފިނަމަ އެމީހަކު ވެގެންދާނީ ކާމިޔާބު މީހަކަށް ކަމީ ޔަޤީން ކަމެކެވެ.
އަޅުގަނޑުގެ ދުޢާއަކީ އެދައްތަގެ އެމަސައްކަތުގެ ބަދަލުގައި މާތްﷲ ދެ ދުނިޔޭގެ ހެޔޮދަރުމައާއި ޢިއްޒަތް ދެއްވުމެވެ. އަދީ އެގޭގެ ހުރިހާ ކުދިންނަކީ ވެސް އެދައްތަގެ ލޮލުގެ ފިނިކަން ކަމުގައި ލެއްވުމެވެ. ޢަބުދުﷲ ރިފާޢަށް ކާމިޔާބަށް އެދެމެވެ.
ޢާމީން
ތިހެން ބުނާކަށް ނޭގޭނެ. ޗޮއިސް އޮންނާނެ ބައިވަރު
ބޮޗޭ އެލްކަން ލާރި ކަންތަކުގަ އެއްވެސް ހިޔާނާތެއްނުވާ ކަމަށް ﷲ ގަންދީ ހުވާ ކޮއްފިއްޔާ މަގޭ ތާއީދު އަބަދުވެސް ބޮޗޭ އަށް ލިބޭނެ. ކެރޭނެ ބާ ކުރަން؟
ޢަހަރުމެންގެ މުޅި އާއިލާވެސް މިފަހަރު ބޮޗޭއަށް. އެކަހަލަ ކިޔަވައިގެން ހުރި ގާބިލް ބޭފުޅެއް ބޭނުންވަނީ
ވަރަށް ކަޑަ މީހެއް.
ޔާމިންގެ މީހެއް
ބޮޗޭ ބަލާފަ 06 ކުދިން ތިބޭނެ ކަމަށް ޤަބޫލު ކުރަން ދަތި. ބޮޗޭ ގެ ނަމޫނާގައި އެހެން މީހުން އުޅެން ވެއްޖެނަމަ
ގެދޮރުގެ ދަތިކަން ހުންނަގޮތުން އެހެންމީހުންނަށް ދިރި އުޅުމުގައި އިތުރު ދަތިތައް ދިމާވާނެ ކަމަށް ބެލެވޭ.
ތިޔައުޅޭ ފާތުމާ ރިފާ ތީ ރާއްޖޭގައި ހުރިއްޔާ ހުރި ހުރިހާ ޕާޓީއަކާއި އުފެދެން ހުރި ހުރިހާ ޕާޓީއެއްގެ ބާރުވެރިކަން އޮންނައިރު އެމީހުންގެ ފަހަތުން ދުވާ މީހެއް.