މިއީ 1990 މާރިޗު 20 ވަނަ ދުވަހުން ފެށިގެން ސަރުކާރަށް ޚިދުމަތްކުރުމުގައި އަވަދިނެތި އުޅެމުން އަންނަ މީހެކެވެ. ޒުވާން ދުވަސްވަރުން ފެށިގެން ޤައުމަށް ހިދުމަތްކުރަމުންދާތ،ާ މިހާރު 29 އަހަރު ފާއިތުވެގެން ދިޔައީއެވެ. މިއީ މިހާރު އިންފޮމޭޝަން ކޮމިޝަނަރ އޮފީހުގެ އިދާރީ ހިންގުމާއި، ފައިސާއާބެހޭ ސެކްޝަންގެ ޑިރެކްޓަރ ޖެނެރަލްގެ ވަޒީފާ އަދާކުރަމުން އަންނަ ޙަސަން ޝާކިރު މުޙައްމަދު (މައުހަދު ޝާކިރު) އެވެ.

ޝާކިރު އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ މައުހަދުލް ދިރާސަތުލް އިސްލާމިއްޔާ (މައުހަދު) ގައެެވެ. މައުހަދުން ކިޔަވާ ނިންމާލި ދަރިވަރު އެންމެ ފުރަތަމަ މަސައްކަތްކުރަން ފެށީ ވެސް މައުހަދުގައެވެ. އެތަނުގެ ސެކެރެޓަރީއެއްގެ ވަޒީފާ އަދާ ކުރުމުގެ އިތުރުން، އޭނާ އޭރު ދިޔައީ، ނޫހަކަށް ޅެން ލިޔަމުންނެވެ. އެ ދުވަސްވަރު އޭނާ ލިޔުނު ޅެމެއްގެ މައްސަލާގައި ވ.ކެޔޮދޫއަށް ފަސް މަސް ދުވަހަށް އަރުވާލެވުނެވެ. އެކަމާ ގުޅިގެން ވަޒީފާއިން ވެސް ވަކިވި ނަމަވެސް، އޭނާ އެނބުރި މާލެއަށް އައިތާ މަސް ދުވަހުގެ ތެރޭގައި އަނެއްކާ ވެސް ކުރިން އަދާކުރަމުންދިޔަ ވަޒީފާ ލިބުނެވެ.

ޝާކިރު މަސައްކަތުގައި

ޙަސަން ޝާކިރު އަލުން މައުހަދާ ގުޅި އެތަނުގެ ސެކެރެޓަރީއެއްގެ ވަޒީފާ ލިބި، އޭގެ ފަހުން ދިޔައީ މަގާމުގެ ކުރިއެރުންތައް ލިބެމުންނެވެ. އެގޮތުން ސީނިއާ ސެކެރެޓަރީއަކުން އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރުން ގޮސް އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމު ވެސް އޭނާ އަދާ ކުރިއެވެ. ޝާކިރު 2007 ވަނަ އަހަރާ ހަމައަށް މައުހަދުގައި މަސައްކަތް ކުރުމަށްފަހު، ހެންވޭރު އަވަށު އޮފީހުގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އޭނާ ބަދަލުވިއެވެ.

އަދި އޭގެ ފަހުން ސަރުކާރުގެ ސިވިލް ސާރވިސްގެ އޮނިގަނޑަށް އައި ބަދަލާއެކު ޝާކިރު އަދާ ކުރަމުންދިޔަ ވަޒީފާ ޑެޕިޔުޓީ ޑިރެކްޓަރެއްގެ މަޤާމަށް ބަދަލުވެގެން ދިޔައެވެ. އޭގެ ފަހުން އަވަށު އޮފީސްތައް އުވާލުމުން، ދެން ޝާކިރު ވަޒީފާ އަދާކުރަން ފެށީ މުނިސްޕަލްޓީގެ ޒިންމާދާރު ވެރިއެއްގެ ގޮތުގައެވެ. އަދި ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލްއެއްގެ ގޮތުގައި، ފައިސާއާބެހޭ ސެކްޝަންގެ އިސް މީހެއްގެ ގޮތުގައި ޝާކިރު މަސައްކަތް ކުރިއެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އިންފޮމޭޝަން ކޮޮމިޝަނަރ އޮފީހަށް ވަދެ އެތަނުގައި މަސައްކަތް ކުރަން ފެށިގޮތަށް އަދިވެސް ޝާކިރު މަސައްކަތް ކުރަމުން ދަނީ އެތަނުގައެވެ.

މީގެ އިތުރުން، ޝާކިރު ވަނީ ދެ ސްކޫލަކަށް ކިޔަވާދޭން ވެސް ގޮސްފައެވެ.

ޝާކިރު ވިދާޅުވީ، އޭނާ މައުހަދަށް ވަނީ، އެއިރުގެ ސަރުކާރުގެ އުސޫލު އޮންނަ ގޮތުން ވަޒީފާއަށް ވަންނަން ޖެހޭތީ ކަމަށެވެ. އޭރު ގްރޭޑް ހަތެއް ނިންމައިފިނަމަ ސަރުކާރަށް ވަންނަން ބޮންޑެއް އޮވެއެވެ.

"އަސްލު ގިނަ ކުދިން ވަންނަނީ މަޖުބޫރުވެގެން ދެން އަޅުގަނޑު ވަނީ ކޮންމެހެން މަޖުބޫރުވެގެން ނޫން، ސަރުކާރަށް ހިދުމަތް ކުރަން ބޭނުންވާތީވެ ވަނީ. އޭރު 10 ނިންމީމަ ދޭނެ ސެކެރެޓަރީކަމުގެ ވަޒީފާ. އެގޮތުން ސެކެރެޓަރީ ވަޒީފާ ލިބުނީ". ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ، އޭނާ މައުހަދުގެ ވަޒީފާގައި ހުއްޓާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަންނަން ވެސް ފުރުސަތު ލިބުނު ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތުގެ ބޭނުން އޭނާ ހިފާފައެއް ނުވެއެވެ.

"އެއީ ރާއްޖޭގަ އަރަބި ތައުލީމް ފެށިގެން އުޅުނު ދުވަސްވަރު. އެެހެންވީމަ ކޮންމެވެސް ވަރަކަށް އަރަބި ބަހުން ލިޔެކިޔަން އިނގޭ މީހުން ވަރަށް މަދު. ތިއްބެވި ބޭފުޅުން އޭރު ތިބީ ތަންކޮޅެއް ސީނިއާ އިސް މަގާމުތަކުގައި. އެހެންވީމަ އޭރު އަޅުގަނޑަށް އަރަބި ޓައިޕިންގ ކޯސް ހަދާފައި، އަރަބި ޓައިޕްކުރަން އެނގުމާއެކު ރައީސް އޮފީހަށް ގެންދަވަން މަސައްކަތް ކުރީ. އެކަމަކު އަޅުގަނޑު ޝައުގުވެރިވީ މައުހަދުގައި ހުރެގެން ކުރިއަށްދާން" ޝާކިރު ވިދާޅުވިއެވެ.

އޭނާ މައުހަދުގައި ކުރަމުންދިޔަ މަސައްކަތުގެ ތެރޭގައި އަރަބި ޓީޗަރުން ބެލެހެއްޓުމާއި، ދަރިވަރުންނާއި ބެހޭ ކަންކަން ބެލެހެއްޓުމުގެ އިތުރަށް ދެން އޭރު ރަމަޟާން މަސް އިހްޔާ ކުރުމުގެ ޕްރޮގްރާމްތަކާއި ގުޅޭ ހުރިހާ ކަމެއް ބެލެހެއްޓުން ހިމެނެއެވެ.

ޅެމެއް ހަދައިގެން ޝާކިރު އަރުވާލެވުނު ހާދިސާ ކިޔާދެމުން އޭނާ ވިދާޅުވީ، މައުހަދުގައި ކިޔަވަން އުޅުނުއިރު އޭރު ދިވެހިބަހާއި ގައުމަށް ހިދުމަތް ކުރާ މަރުކަޒުން ހިންގި ޅެން ހަދަން ދަސްކޮށްދޭ ކޯހެއްގައި އޭނާ ބައިވެރިވުމުގެ ފުރުސަތު ލިބުނީ މައުހަދުން ދިން ފުރުސަތެއްގައި ކަމަށެވެ. އަދި ޅެން ހަދަން ދަސްކޮށް، ހަވީރު ނޫހުގައި "ޝާކިރުގެ ޝުއޫރު" ކިޔާ ޅެން ކޮލަމަކަށް ޅެން ހަދާ ފޮނުވަމުންގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނޫހުގައި ހަފްތާއަކު އެއް ދުވަހު ޅެމެއް ޖަހައެވެ. އޭނާ ޅެން ހަދަން ދަސްކުރި އެ ކްލާހުގައި ކިޔަވާދެމުން ދިޔައީ ޔޫސުފް މުހައްމަދު ފުޅެވެ.

ޝާކިރު ވިދާޅުވީ، ހަވީރު ނޫހަށް އޭނާ ޅެން ޖަހަމުންދާއިރު، ކުރީބާގައި އަބަދުވެސް ފަސް ވަރަކަށް ޅެން ފޮނުވާފައި ބަހައްޓާ ކަމަށެވެ. އަދި މިގޮތަށް ފޮނުވި ޅެމެއް ނުޖެހި އެތައް ދުވަހެއް ވެގެން ދިޔައިރުވެސް އެ ޅެން އެ ނޫހުގައި ޖެހޭ ގޮތް ނުވި ކަމަށް ޝާކިރު ވިދާޅުވިއެވެ. އެހެންވެ ޝާކިރުއަށް އެ ގޮތް ކަމަކު ނުދިޔައެވެ. އެހެންވެ ފަހުން ޝާކިރު ޅެން ޖަހަމުންދިޔައީ ހަވީރުގެ ޒުވާނުން ގެ ސޮފުހާގައެވެ. އޭގައި މި "މައްސަލަ" ޖެހުނު ޅެންވެސް ޖެހިއެވެ. އެ ޅެމުގެ ނަމަކީ "ސަލާމަތެއް އެބައޮތްބާ" އެެވެ.

ޝާކިރު މައުމޫނާއެކު

މި މައްސަލަ ޖެހުނު ޅެމަކީ ރައީސް މައުމޫނަށް ނިސްބަތްކޮށް ހަދާފައިވާ ޅެމެއްކަމަށް ގަބޫލުކޮށް، ޝާކިރު އަރުވާލެވުނީ އެ މައްސަލައިގައެވެ. ޝާކިރު ވިދާޅުވީ، އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ވެސް އެއީ ވަކި ފަރާތަކަށް ނިސްބަތްކޮށް ހެދި ޅެމެއް ނޫންކަމުގައި ބުނަމުންދިޔަ ކަމަށެވެ.

"އެއީ ހަމަ ދުނިޔޭގެ ކަން ހިނގާގޮތޭ އެއީ ކިޔާފައި އަޅުގަނޑު ކިޔާދިިނިން. ދެން ހަމަ އެބޭފުޅުން ވިދާޅުވަނީ މިއީ ރައީސް މައުމޫނަށް ނިސްބަތްކޮށް ހަދާފައިވާ ޅެމެކޭ. ދެން އޭގައި ކުޑަ އިއްތިފާގެއްވެސް އެބަ އޮތް". ޝާކިރު ވިދާޅުވިއެވެ.

ޝާކިރު މައުމޫނަށް ނިސްބަތްކޮށް ހެދިކަމަށް ބުނާ ޅެން

ޝާކިރު ވިދާޅުވީ، އޭނާ ގޭބަންދަށް ބަދަލުކުރި ފަހުން ގޭގައި އިއުލާނު ޖަހާފައި ހުރީ އެއީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި ފުލުހުން ކޯޓަށް ގެންގޮސް ފަސް މަސް ދުވަހަށް ވ.ކެޔޮދޫއަށް އަރުވާލި ކަމަށް ޝާކިރު ވިދާޅުވިއެވެ. އެރަށުގައި ހުރީވެސް ސިޔާސީ ކުށްވެރިއެއްގެ ގޮތުގައިކަމަށް ޝާކިރު ވިދާޅުވިއެވެ.

"އަޅުގަނޑު އެރަށުގައި ހުއްޓާ ރައީސް މައުމޫން ވެސް ވަޑައިގެންނެވި، ރައީސް މައުމޫން ވަޑައިގަންނެވުމުން ވެސް އެންގެވި ބޭރަށް ނުކުމެގެން ނުވާނެއޭ". ޝާކިރު ވިދާޅުވިއެވެ.

އޭގެ ފަހުން ވެސް ނޫސްވެރިކަމާއި ގުޅުންހުރި މައްސަލަތަކުގައި 03 ފަހަރަކު ބަންދުކުރި ކަމަށް ޝާކިރު ވިދާޅުވިއެވެ.

"އޭގެ ފަހުން ގާތްގަނޑަކަށް ތިން ފަހަރު، ލިޔުމުގައި ނުވަތަ ނޫސްވެރިކަމާއި ގުޅުން ހުރި ބައެއް މައްސަލަތަކުގައި ބަންދުކުރި، ނަމަވެސް އެއިން އެއްވެސް ފަހަރެއްގައި ހުކުމެއް ނާދޭ" ޝާކިރު ވިދާޅުވިއެވެ.

ޝާކިރު

ޝާކިރު ވިދާޅުވީ، މައުމޫނަށް ނިސްބަތްކޮށް ހެދިކަމަށް ބުނާ ޅެމުގެ މައްސަލައިން ސަލާމަތްވެގެން އައިސް އޭނާއަށް އެމްއެންޑީއެފްގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު ކަމަށެވެ. އެހެން ނަމަވެސް އޭނާ މަސައްކަތް ކުރަން ބޭނުންވީ މައުހަދުގައިކަމުން އޭނާ މަސައްކަތް ކުރަން ފެށީ މައުހަދުގައެވެ.

ޝާކިރު ވިދާޅުވީ، އޭގެ ފަހުންވެސް އޭނާ ނޫހުގައި ޅެން ޖަހަމުން ގެންދިޔަ ކަމަށެވެ. "ހުކުރު" ނަަމަކަށް ކިޔާ ނޫހަކަށް އެއިރު ޝާކިރު ޅެން ޖަހަމުންދިޔައިރު، އޭގައި މާ ސިޔާސީ އަދި ގޯސްކަމަށް ގަބޫލުކުރެވޭ ޅެންތައް ޖަހާފައި ހުންނާނެ ކަމަށް ޝާކިރު ވިދާޅުވިއެވެ.

ޝާކިރު އާއިލާއާއެކު

ގޮންޖެހުންތަކާއެކު ޝާކިރު ސަރުކާރުގައި މަސައްކަތްކުރިއިރު، މިހާ ގިނަ ދުވަސްވަންދެން އޭނާއަށް ސަރުކާރުގައި މަސައްކަތް ކުރެވުނީ ވަރަށް ގިނަ ކަންކަމާއި ހެދި ކަމަށެވެ. އެގޮތުން ދުވަހަށް މުސާރަ ލިބުމާއި، ކުށެއް ނުކުރާހާ ހިނދަކު ވަޒީފާއިން ވަކި ނުކުރުމާއި، ތެދުވެރިކަމާއެކު މަސައްކަތް ކުރާނަމަ ވަޒީފާގެ ކުރިއެރުން ލިބުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވީ، ގައުމަށް ހިދުމަތް ކުރުމަކީ ވަކި ދާއިރާއަކަށް ހިދުމަތް ކުރުން ނޫން ކަމަށެވެ. ތެދުވެރިކަމާއެކު ހިދުމަތް ކުރުމަށް ޝާކިރު ވަނީ އެންމެންނަށް ނަސޭހަތްތެދިވެފައެވެ. އަދި އިޖްތިމާއީ މަސައްކަތް ކުރުމުގައި އުޅުމަށް ވެސް އޭނާ ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ނަން

    މައުމޫނޫ. މާރަނގަޅުކަމަށް ހެދިގަނެގެން އުޅޭއިރު ލަދުގަނެބަލަ

    74
    11
  2. ޖަހާންގީރު

    މައުމޫނުގެ ބޮޑާކަން

    39
    5
  3. މޫނު

    މައުމޫނު އެވައްތަރަށް އުޅުނީމަ އެދުވަސްވަރު ހެދި ހުރިހާ އިސްލާހީ އެއްޗަކަށް ބޭނިފަ އޮންނާނީ. ގައިމު އުޅުން އިސްލާހު ކޮށްލިނަމަ ޅެމުގައި އެބުނާ އެއްޗަކާ މައުމޫނަކާ އަޅާނުކިޔުނީސް. އެންމެފަހުން ޅެން ހެދި މީހާ މިގޯސްވީ.

    50
    7
  4. ސިންބާ

    މައުމޫންގ ކިބައިން މިޤައުމް ސަލާމަތްވީތީ އުފާކުރަމެވެ...

    43
    10
  5. ކަލޯ

    މައުމޫނު މިއައް ޖަވާބެއް ދެއްވަބަލަ! މިކަހަލަ އެތައް ބަޔަކު މިޤައުމުގައި އެބަވޭ!

    45
    6
  6. ހުސޭނުބޭ

    ތި ޅެން އޭނާއަށް ފެންނާނޭ ގޮތަށް ބޮޑު ފޮތިގަނޑަކަށް ޕްރިންޓްކޮށްފައި ބަހައްޓާ!

    47
    5
  7. އަލްޖިބްރާ

    ވަގުންނަށް ، ޖެހިގެން ހުރި މީހަކީވެސް ވަގެކޭ ހީވާނެއޭ ، މިހެން ބުނެ އުޅެނީވެސް ކަމެއްވެގެން ! އަދި މިސްކިތުގައި ހުޅު ޖެހިމީހާ އަށްވެސް ވީ ހަމަ ތިހެން !

    21
  8. ނާނި

    ވަރަށް މޮޅު ޅެމެއް، ތީ ހަމަ ހަދަން ޖެހޭ ޅެމެއް، އެހެންވެގެންތާ މިއަދު މައުމޫނު އެ ބުނީ ކުށެއް ނުކުރާ ވަރަށް ގިނަ މީހުން ޖަލުގަ ތިބޭނޭ. އޭނައަށް އެނގޭ ކުށް ނުކުރާ ކިތަންމެ ބަޔަކު ޖަލަށް ލީކަން.
    މައުމޫނަކީ ލަދުގެ ކަންފުޅެއްވެސް ހުރި މީހެއްނޫން.

    32
    3
  9. ޚަލީލު

    ޝާކިރުއަކީ ވަރަށް އެކީގަ މަސައްކަތް ކުރަންފަސެހަ ބޭފުޅެއް އަކުލާގު ރަނގަޅު ބޭފުލެއް

    24
  10. ޝަބްނަމް

    މިއީ މައުމޫނުގެ މައްސަލައެއް ނޫނެވެ. ދިވެހިންގެ އޭރުގެ ވިސްނުމުގެ ފެންވަރެވެ. ޝާކިރުގެ މިމައްސަލަ ޖައްސާނީ މައުމޫނެއް ނޫނެވެ. ޜަނގަޅަށް ވިއްޔާމައުމޫނަށް ތިކަން ނުވެސް އެނގޭނެއެވެ. ތިކަންކުރާނީ ކޮންމެވެސް އެހެން މީހެކެވެ. މައުމޫނުގެ ކުރިން ނާސިރުގެދައުރުގައިވެސް އަދި އޭގެކުރިންވެސް ކަންއޮންނަނީ މިހެންނެވެ. ވައިއަޅުވަން އުޅޭ މީހުންގާނޫނު އަސާސީގެ 38 ވަނަ މާއްދާގެ ބޭނުން ހިފަނީއެވެ. އެއީ ބުނާބަހަކުން ކުރާއިޝާރާތަކުންކިޔާފައި އޮންނަ މާއްދާއެވެ. މިރާއްޖެއަށް އައު ގާނޫނު އަސާސީއެއް ގެނެސް މިމިނިވަންކަން ހޯދައިދިނީ މައުމޫނެވެެ.

    15
    23
    • ކަރެކްޓް

      ހަގީގަތުގަވެސް މައުމޫންއިރުގަ ހިނގާފަ ހުންނަ ބައެއް ކަންކަން މައުމޫނަކަށް ނޭނގޭނެ. އެއީ ބައެއް މީހުންނަށް ގަބޫލުކުރަން ވަރަށް ދަތި ވާހަކައެއް. އެކަމު އެކަން އެނގޭ މީހުންވެސް އެވާހަކަ ނުދައްކާ ތިބޭތީ މައުމޫން ޚުދުމުޚުތާރުކަމުގެ ލަގަބު ލިބިގެން ގޮސްފައިވަނީ.

      7
      1
  11. ލާމު

    މައުމޫނުގެ ތިޔަބުނާ ކަމެއް އުޅޭނަމަ ޝާކިރަކަށް ތިމައްސަލައިގެ ފަހުން ސަރުކާރުން ވަޒީފާ ނުދިނީސްކަން ޔަގީން. އޭރު ވަޒީފާ ދޭ މީހަކީ މައުމޫނު.

    13
    17
  12. ޖަވާދު / ދޮންބެ ނަސީމް / ނަދީމާ

    ތި ހުކުމް ކުރީ ކޮންމާއްދާއެއްގެ ދަށުންބާ؟

    15
  13. އީޖާބޭރާއްޖެ

    މިރާއްޖެއަށް އައު ގާނޫނު އަސާސީއެއް ގެނެސް މިމިނިވަންކަން ހޯދައިދިނީ މައުމޫނެވެެ.ތިކަން ވަރަށް ސާފް ނާސިރު އިނގިރޭސިން އަތްދަށުން މިގައުމު މިނިވަން ކުރީ ތިޔަބުނާ ދިގުރާސްތާ 30 އަހަރު ރައްޔަތުން އަޅުވެތިކުރީ ދޭތެރެ ދުރުކުރުވީވެސް ނިކަމެތި އާއިލާ އެއްގެ ދަރިޔަކު ވެރިކަމަށް އަތުވެދާނެތީ ސިޕިންގް ލައިން ދުއްވާލީވެސް ރަގަނޅު މުސާރަޔެއްލިބޭ ވަޒީފޡތައް ނައްތާލަން ބިންތައްހިސޯރުކޮއް ފުލެޓްގެ ނަމުގައި ގެސްޓް ހއުސް ހިންގަން ފެށީވެސް ރަށްޔަތުން ނިކަމެތިކޮށް އަޅުވެތިކުރަން ދެން އައި ވެރިކަމުގައި ޖީއެސްތީ ނަމުގައި ޖިޒީނަގަން ފެށީވެސް ރަށްޔަތުން އަޅުވެތިކުރަން މިހާރު މިތިބީ އަހަރުމެން ވޯޓްލައިގެން ހޮވި މީހުންގެ އަޅުވެތިކަމުގައި ޕޯޗް ގީޒުން އިނގިރޭސިންގެ އެއްނޫން

    1
    5
  14. ހަވީރުގެ އިދާރާގައި އުޅުނު މީހެއް

    މައްސަލަ ބަލަން އެންގީ ސީދާ މައުމޫނު ، ޒާހިރު ހުސައިން އަށް ފޯނު ކޮށް އެންގީ މައްސަލަ ބަލައި ދިނުމަށް، ހަމަ އެރެއިން އެރެ އަށް ހަވީރުގެ އިދާރާ ހުޅުވައިގެން މައްސަލަ ބަލާ ޝާކިރުގެ އިތުރުން ސަފްހާ ތައްޔާރު ކުރި ޝިޔާމުވެސް ފުލުސް އޮފީހާ ހަވާލު ކުރީ ހަވީރުގެ އިދާރާއިން އެމީހުން ފުލުހާ ހަވާލު ކުރީ ހަވީރުގެ އިދާރާގެ ސިޓީ އަކާއި އެކުގައި ..... އެޒަމާނުގައި ބަންދުގައި ތިބޭމީހުން ގެ މައުލޫވާތު ސީދާ މައުމޫން އަށް ދުވަހުން ދުވަހަށް އިނގޭނެ. މައްސަލަ ތައް ޝަރިއަތަށް ހުށަހަޅަނީ ޑިފެންސް އިން އެޓާރނީ މެދުވެރި ކޮށް ނުވަތަ ފުލުސްކޯޓް މެދުވެރިކޮށް...

    6
    2
    • އެނގޭވާހަކަ މިއީ

      ހަވީރުގެ އިދާރާގައި އުޅުނުމީހާ ކާރީގައި ޒާހިރު ހުސައިން އެހެން ބުނީތަ؟ އެދުވަސްވަރަކީ އައިނައިގޮތެއް ރޭކާނުލައި މައްސަލަ ބަލާ ޒަމާން. މަހުވާކޮށްފައި ބުނާނަން ޒާހިރު ހުސައިން ނުބުނާނެކަން މިމައްސަލަ ބަލަނީ މައުމޫނު ބުނެގެންނޭ. މަވަރަށް ރަނގަޅަށް އޭރުގެ ކަންކަން ދަންނަން. މިއީ ޒާހިރު ހުސައިންގެ އެންމެ ޕަވަރުގަދަ ދުވަސްވަރު. ހަވީރުގައި އުޅޭ މީހަކަށް ޒާހިރާ ދިމާލަށް އިސްއުފުލާފައި ބަލާކަށްވެސް ނުކެރޭނެ. ކޮން ފޮންޏެއް ތިކަނޑަނީ.

      2
      3
  15. މޮޔަވަނީ

    މި ލިޔުމުގެ މަޤްޞަދަކީ މައުމޫނު ކުށްދައްކައިގެން އެއްވެސް ރަނގަޅުކަމެއް ނުކުރައްވާ ކަމަށް ހަދައިގެން އެމަނިކުފާނުގެ އަގު ދަށްކޮއްލުން. އަދިވެސް އަނިޔާވެރިކަމާ ވައްކަމާ ޚިޔާނާތުގެ ސިސްޓަމް އޮންނަން ބޭނުންވަނީ ތޯއްޗެ؟

    2
    6