ހޮންކޮންގެ ރައްޔިތުން ސަރުކާރު ބަދަލުކުރުމަށާއި، ޑިމޮކްރަސީއަށް ގޮވާލާ އަދި ކުށަށް ތުހުމަތުކުރެވޭ މީހުން ޗައިނާއާ ހަވާލުކުރެވޭ ގޮތަށް ހޮންކޮންގްގެ ގާނޫނަކަށް ގެންނަން އުޅޭ ބަދަލާ ދެކޮޅަށް މުޒާހަރާތަށް ކުރާތާ މިހާރު ދެ މަހަށް ވުރެން ގިނަ ދުވަސްވެ މިހާރު މުޒާހަރާތަށް ދަނީ ވަރުގަދަ ވަމުންނެވެ.

ތާރީހުގައިވެސް ހޮންކޮން ގައި ހިންގާ އެންމެ ބޮޑު މި ހަމަނުޖެހުމުގައި އެގައުމުގެ ހާލަތު އިތުރަށް ގޯސްވެ އެމެރިކާ އަދި އޮސްޓްރޭލިޔާ އިން މިހާރު ވަނީ އެގައުމުގެ ރައްޔިތުން ހޮންކޮންއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް އެދި ޓަރެވެލް އެޑްވައިޒަރީ ނެރެފައެވެ.

އެކްސްޓްރެޑިޝަން ބިލް ފާސް ކުރުން ހޮންކޮންގް ސަރުކާރުން
ފަސްކުރި ނަމަވެސް އެ ބިލް އަނބުރާ ނުގެންދާތީ އެކަމާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން ގައުމު ހީނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކަށް ވެއްޓިދާނެ ކަމަށް ހޮންގް ކޮންގްގެ ސަރުކާރުން ބުނެފި އެވެ.

ހޮންގް ކޮންގެ ހާލަތު ގޯސްވަމުންދާ ކަމުގެ އެއް ހެއްކަކީ ހޮންގް ކޮންގް ގެ ސިފައިން ހިންގި ހާއްސަ ރެއިޑެއްގައި ގިނަ އަދަދެއްގެ ގޮވާ ތަކެތި މިދިޔަ ހަފްތާއި ހޯދައިފައިވުމެވެ. މި ގޮވާތަކެތި ހޯދާފައިމިވަނީ ހޮންގ ކޮންގ ގައި އެކްސްޓްރެޑިޝަން ބިލާ ދެކޮޅަށް ހިންގުމަށް ނިންމާފައިވާ ސިލްސިލާ މުޒާހަރާތަކާ ދިމާކޮށެވެ.

އަދި މިދިޔަ މަހު ދެވަނަ ދުވަހު ޗައިނާ ގެ ބާރުގެ ދަށަށް ހޮންކޮންގު ދިޔަތާ 22 އަހަރު ފާހަގަކުރުމުގެ ގޮތުން ބޭއްވި މުޒާހަރާ ގައި 5000 މީހުން ވަނީ ހޮންގް ކޮންގެ މަޖިލިސް އިދާރާއަށް ވަދެ އެތަން އެމީހުންގެ ބާރުގަދަށް ވެސް ގެނެސްފައެވެ. ނަމަވެސް ފަހުން އެމީހުން އެތަން ދޫކޮށް ނިކުމެފައިވެ އެވެ.

މުޒާހަރާތަކުގެ ސަބަބުން އެގައުމަށް ދަތުރުކުރަން ހަމަޖެހިފައިވާ ފްލައިޓުތައް ކެންސަލްވެ އަދި ބޮޑެތި މަގުތަކުގެ ދަތުރުތައް ވެސް ވަނީ ހުއްޓިފަ އެވެ. މުޒާހަރާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 200އަށް ވުރެ މައްޗަށް އަރަ އެވެ.

އިނގިރޭސިންގެ ދަށުގައި 100 އަހަރަށް ވުރެ ގިނަ ދުވަހު އޮތް ހޮންގް ކޮންގްއަކީ ޗައިނާގެ ބައެއް ނަމަވެސް ފަންސާސް އަހަރު ވަންދެން ވަކި ވަރެއްގެ މިނިވަންކަމެއް އެތަނަށް ލިބެ އެވެ. ހޮންގް ކޮންގްގެ ރައްޔިތުންނަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ބޭނުންވާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މިގައުމުގެމީހުންނަމަތިކަންވެސްއޯކޭވާނެ މިހާރުވެސް ކިނބޫސަރުކާރުން ކުއްވެރިން އިންޑިއާއައްގެންގޮސްގެން ތަހުގީގުކުރާގޮތައް އެބިލުގަސޮއެކުރީމަ ހަމަހޮންކޮންގެކޭ އެއްފަދަވީ އެކަމަކުމިގައުމުގަމިއުޅޭބޯގަޅި ރައްޔިތުންނަކައް އެވަރުނުވިސްނޭތީދެރަވަނީމިމީހުންނައް ވިސްނޭނީވާނެއެއްޗެއްވީމަ