މި ހަފްތާ ބަންދުގައި ދިވެހިންނަށް މިވަނީ ކުޑަނަމަވެސް ކުރި އެރުމެއް ލިބިގެން ގޮސްފައެވެ. އެއީ އަހަރެމެންގެ މި ދިވެހި ރާއްޖޭގައި އުޅެމުން އައި ބަންގްލަދޭޝްގެ "މާސްޓަރެއް" އޭނާގެ ގައުމަށް ޑީޕޯޓް ކޮށްލެވުމެވެ.

2014 ވަނަ އަހަރުގެ ތެރޭގައި ވަޑިއެއްގެ ގޮތުގައި ރާއްޖެ އައިސް ރ. އަލިފުށީ މީހެއް މެދުވެރިކޮށް އަބޫ ހަނީފް ކުރީ ވަޑާމުގެ މަސައްކަތެއް ނޫނެވެ. އެ މީހާގެ ނަންމަތީ މި ދިވެހި ފަސްގަނޑުގައި ވިޔަފާރި އެއް ރަޖިސްޓްރީކޮށް އެ ވިޔަފާރި ހިންގަމުން ދިޔައީ ހަނީފްއެވެ. ވޭތުވެދިޔަ އަހަރުތަކު ތެރޭގައި އޭނާގެ ވިޔަފާރި އެތައް ތަނަކުން ފުޅާކޮށްފައި ވާއިރު، އޭނާ ވަނީ ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތުގެ އިތުރުން ދިވެހި ރާއްޖޭގެ ގާނޫނުތަކާއި ހިލާފު ކަމެއް ކަމުގައިވާ "މަނީ ލޯންޑްރިން" ގެ ކުށަށްވެސް އަރައިގެންފައި ކަމަށް މިހާރު މިވަނީ ތުހުމަތު ކުރެވިފައެވެ.

ހަނީފްގެ ވިޔަފާރިތައް މާލޭގެ އެކި ދިމާތަކަށް ބަހާލާފައި ވާއިރު، ހެންވޭރުގައި އޭނާގެ ދެ ގެސްޓު ހައުސްގެ އިތުރުން ފިހާރަ އެއް ހުންނައިރު، މާފަންނާއި މައްޗަންގޮޅީގައިވެސް ހަނީފްގެ ދެ ފިހާރަ ހުރެއެވެ. މި ވިޔަފާރިތަކުން އޭނާ އަށް ލިބުނު އެތައް މިލިއަން ރުފިޔާ އެއް ޑޮލަރަށް ބަދަލުކޮށް އޭނާގެ އަމިއްލަ ގައުމަށް ގެންދާއިރު، އޭނާ ދަތުރު ކުރަނީވެސް މިނިސްޓަރުންގެ ފެންވަރުގައެވެ.

ހަނީފް މީގެ ކުރިން އޭނާގެ ގައުމަށް ދަތުރު ކުރުމުގެ ކުރިން ވީއައިޕީ ލޯންޖު ތެރޭ ނަގާފައިވާ ފޮޓޯއެއް

މިކަން މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކަށް ބަލައިލުމުން ވަރަށް ރަނގަޅަށް ހާމަވާނެއެވެ. އެންމެ ލަގްޒަރީ އެއާލައިން ތަކުގެ ބިޒްނަސް ކްލާހުގައި އޭނާ ދަތުރު ކުރާއިރު، އަމިއްލަ ގައުމުގައި އޭނާ އުޅެނީ އަގުބޮޑެތި ޕްރައިވެޓް ކާރު ތަކުގައެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން ހަނީފް އާއި މުހާތަބު ކުރަނީ "މާސްޓާ" މިހެންނެވެ. އެއީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. އެމީހުންގެ ފައިސާތައްވެސް ލޯންޑާ ކުރުމަށް ހަނީފް އެހީތެރިވެދޭ އިރު، ބަންގްލަދޭޝްގައިވެސް އޭނާ މިވަނީ ވަރަށް މަޝްހޫރު ވަމުން އަންނަ މީހަކަށް ވެފައެވެ. އޭނާގެ އަތު ކުރީގައި އަޅާފައިވާ އެޕަލް ގަޑިއާއި ގެންގުޅޭ އައިފޯނުންވެސް އެއީ އާދައިގެ ބިދޭސީ ވަޑިއެއް ނޫންކަން ވަރަށް ރަނގަޅަށް ހާމަވެއެވެ.

އިމިގްރޭޝަންގެ ތަފާސް ހިސާބުތަށް ދައްކާ ގޮތުން ވޯކް ވިސާގެ ދަށުން ރާއްޖެ އައިސްފައިވާ 144،607 މީހުންގެ ތެރެއިން 63،000 މީހުންނަކީ ގަވާއިދާއި ހިލާފަށް އުޅޭ މީހުންނެވެ. މި 63،000 މީހުންގެ ތެރޭގައި އެތައް "މާސްޓަރުން" ތަކެއް އުޅޭނެ ކަމަށް ބެލެވޭއިރު، ހަނީފް އެއްވެސް ތަހުގީގަކާއި ނުލައި ޑީޕޯޓް ކޮށްލުމުން އާއްމުންގެ ގިނަ ބަޔަކު އަންނަނީ އެކަމާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ ދިވެހި ގައުމުގައި ހުންނަން ޖެހޭ އެތައް ފައިސާތަކެއް ބޭރު ފަރުދެއްގެ ފަރާތުން ގައުމުން ބޭރުވާއިރު، އޭނާ ކުރި ކަންތައް ފަޅާ އެރުމުން ޑީޕޯޓް ކޮށްލުމަކީ މި ގައުމުގައި އުޅޭ އެތައް ބިދޭސީންނަށް ލިބިގެންދާ ހިތްވަރެއް ނޫންތޯއެވެ؟ ހަނީފް ޑީޕޯޓް ކޮށްލުމުގެ އެންމެ މައިގަނޑު އެއް ސަބަބަކަށް ވެފައި ވަނީ އޭނާ އާއި ގުޅިގެން މި ވިޔަފާރިތައް ހަނީފް ހިންގުމަށް އެހީތެރިވި ދިވެހިންނަށް ފައިސާތަކެއް ނުދިނުމެވެ.

ހަނީފް ބަޔަކާއި އެކު ވިޔަފާރީގެ ކަންކަން މަޝްވަރާ ކުރަނީ. މައުލޫމަތު ލިބޭ ގޮތުގައި އޭނާ އަކީ ލަންކާ އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ މީހުންނަށްވެސް މަނީ ލޯންޑާ ކޮށްދޭ މީހެއް

މިގޮތަށް ދިވެހިންނާއި ގުޅިގެން އުޅޭ މީހުން އަތުލައިގަތުމަކީ އުނދަގޫ ކަމެއް ނަމަވެސް، އާއްމު ރައްޔިތުންނާއި އިމިގްރޭޝަންގެ ބުރަ މަސައްކަތުން މިފަދަ ހުރިހާ "މާސްޓަރުން" ތަކެއް ހައްޔަރުކޮށް، އެމީހުން އަރައިގަންނަ ކުށްތަކަށް އަދަބު ދެވެން އެބަ ޖެހެއެވެ. މިކަން ހުއްޓުވޭނޭ އިތުރު ގޮތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

 1. ބުރޯ

  ބިދޭސީން ރާއްޖެ އެތެރެ ކުރާވާހަކަ އަކީ ދައްކަން ރަނގަޅު ވާހަކައެއްނޫން. ސަބަބކީ ކޮންސްޓްރަކްސަން ބިޑެއްލިބިގެން އެ ބިޑަށް މީހުން ހޯދަންބަލާ އިރު 25 މީހުން ގެނައުމުގެ ހުއްދަ ހޯދަން އެދެފިނަމަ ލިބޭނީ 12 މީހުން މަސައްކަތް ކުރުމަށް 25 މީހުން ބޭނުންވާނަމަ އަނެއް 13 މީހުން ކޮންމެވެސް ދިމާލަކުން ހޯދައިގެންނޫނީ މަސައްކަތް ސްޕީޑް ގާ ގެންދެވޭކަށްނެތް. މި އުޅެނީ ފައިސާގިނަވެގެން މުސާރަދޭން ބަޔަކު ހޯދާކަށެއްނޫން . މިއުޅެނީ މަސައްކަތްކުރަން މީހުން ހޯދަން . ދިވެހިން ކޮންސްޓްރަކްސަން މަސައްކަތް ކުރާކަށް ބޭނުމެއްނުވޭ. ވީމާ މީހުން ހޯދޭނެގޮތަކީ ކޮބާ؟ ބިދޭސީން ވޯކް ވިސާ ނޫން ގޮތުގާ އަންނަނީ މަސައްކަތް ލިބޭތީ މަސައްކަތް ދޭންމަޖްބޫރުވަނީ ސައްިޓްތަކަށް ބޭނުންވާވަރަށް މީހުންގެނައުމުގެ ހުއްދަ ނުލިބޭތީ ، ސައިޓްތަކަށް އެދޭ މިންވަރަށް މީހުން ދޫކުރުމުގެ މަސްކަތް ފަށާއިފިނަމަ ގަވާއިދާ ހިލާފަށް ބަިދޭސީން މަސައްކަތް ކުރާކަށެއްނޫޅޭނެ. ބިދޭސީން ތިބޭނީ ކޮންމެވެސް ސައިޓެއްގަ ރަޖިސްޓަރީ ވެފައި. އިތުރު ބިދޭސީން އަޔަސް ކުރާނެ މަސައްކަތެއް އޭރުން ނުލިބޭނެ. ދިވެހިންނަށް ވަޒީފާ ހޯދާދޭށޭ ކިޔާ މަސައްކަތް ކުރާ ފަރާތްތަކަށް ދަތިވާގޮތަށް މީހުން ދޫނުކޮށް ހިފެހެއްޓުމަކީ ބޭރުމީހުން ގަވާއިދާ ހިލާފަށް ގިނަވެގެން އުޅޭ އެއް ސަބަބު . ހައްލު ހޯދޭނީ ދިވެއްސަކަށް ނުވަތަ ބިދޭސީއަކަށް ވެސް ނުބަލާ މަސައްކަތަށް މީހުންގެނައުނަ ތާށިކަމެއްނެތި ކުރެވޭގޮތް ހަދައިގެން

  17
  80
  • ބަރަވެލި

   ކަލޭ ކަހަލަ މީހުން ނާއި ހެދީ ބިދޭސީން ގިނަވަނީ. ލިބޭފައިސާ ބައްކޮގެން، ގިނަވޭތޯ ބަލާ. ކޮންމެ ފަހަރަކުވެސް ދިވެހިން ގޯސް ކުރާނީ.

   36
   6
  • މި

   ކޮންސްޓްރަކްޝަން ކުރާ ތަންތަނުން ބިދޭސީން ނަށް މުސާރަ ދެނީ ތިން ހަތަރު މަސް ކޮއްފަ. ދިވެހިންނަށް ވެސް ދެނީ އެހާލަހުން. ދެމަސް ވަރު ކޮށްފަ. މީހުން ހަރެް ނުލާނެ އެހެންވަންޏަކާ. ދެން ދިވެހިންގެ ތެރެއިންވެސް ބޮޑުން ހިއްޕުޅާ ހަމަ ކުރައްވާ ކުދިން ނަށް ޤަވާއިދުން މުސާރަ ދެނީ. އެހެން ކުދިންނަކަށް ނުދޭ. ކުދިންގެ މުސާރަ ކަނޑަ އަޅަނީ މޭމައްޗަށް ބަލައިގެން. .. ބިދޭސީންގެ ތެރެން ވެސް ހިތްޕުޅާ ވާމީހުން އަރާ ތިބެނީ އާސް މާނުގަ. އޮފީހުގައި ެިންނަ ކުދިނއވެސް ހެނދުނު ދާގޮތަށް ރޭވާއިރުވެސް އެތާ. އިިތުރު ގަޑި މުސާރަ ނުދޭތާ. މަހު މުސާރައަށްވެސް ޖެހެނީ ރޮއި އާދޭސް ކުރަން.

   13
   1
 2. ޒވނއ

  ހަމަ ޑީޕޯޓް ކޮށްލީ މިއީ އުޅޭމީހެއްކަން އެންމެންނަށްވެސް އެނގޭ! ކޮންފަދަ ޤައުމެއް މިއީ!

  52
  3
 3. ދިވެހި

  ތިކަމުގައި ތިސޮރަށް އެހީވާ ދިވެއްސަކު ހުއްނާނެ މަށްސަލަރަނގަޅަށް ތަހުގީގުކުރޭ...

  79
  1
 4. ?

  ހަމަ ވީއަޕީ ތޯ ? ވަރެއް ވެފަ ތިހިރީ ލިޔުން ތެރިޔާ

  17
  50
  • ހަ

   މަޖަލެއް ނޫން..... ކުއްކުރާ މީހުންނަށް ތާއީދު ކުރުމަކީ މަޖާކަމެއް ނޫން ?

   67
   4
 5. ކޮލެޖު ބޯއި

  ޑިޕޯޓުކުރީ ތަހުގީގުކޮށްފިނަމަ ކޯޓުވާނެ އިމިގްރޭޝަން އޮފިސަރުން ތިބީމަ

  72
  2
  • ޢަލީ

   ކޮލެޖް ބޯއި ތިބުނީ މީގެ އަސްލު ހަގީގަތް އިމިގްރޭށަން ބޮޑުންގެ ކުޅިގަނޑެއްމީ މިކުޅިގަނޑު މިމީހުން ވަރައްގަދަޔައްކުޅޭ ސަރުކާރުގެ ވަރެއްނެތް މިކަންތައް ހުޓުވާ

   30
 6. މާސްޓާސް

  ކޮބާހޭ ތިމީހުންނަ އެހީތެރިވާ ދިވެހިން. އެމީހުންނަވެސް އަދަބެ ކަޑައަޅާބަލަ.. މަޖުލިހުން ގަވާއިދެ ހަދާބަލަ.. މާލޭގަ ބިދޭސީންނަ ގެ ކުއްޔަންދީފަތިބި އެއްމެންނަ ފިޔަވަޅުއަޅާބަލަ.. ރާއްޖެތެރޭގަ ބިދޭސީންނަ ފިހާރަ ހުޅުވަދީފެންތިބި ހުރިހާ ދިވެހިންނަ ފިޔަވަޅުއަޅަބަލަ.. ބިދޭސީން އޮނޑިދޯނިފަހަރުބަދެ މާސްޓަރުންނަވަނީ އެމީހުންނަ ދިވެހިން އެހީތެރިވާތީ.. ތިކަމެ މިހުރިހާ ދުވަހު ހިންގަމުންދިޔައިރު ފަޅާނޭރީ ބަރާބަރަށް ފައިސާދޭތީ ދިވެހިމީހާއަށް.. މިއީ ހަރާންކޯރު ދިވެހިންނެނޫންތަ.. ނޭގޭކަމަށްހަދާތިބެ ގައުމު ލޫޓުވަނީ ބިދޭސީންލައްވާ.. އިމިގްރޭޝަނަށް އެކޮނުމިކް މިނިސްޓްރީއަށް ފުލުހުންގެ އިންޓެލެޖެންސް މިތަންތަނަށް މިކަންއިގޭނެ އެކަމަކު ނުހުއްޓުވަނީ މިއިން ކޮއްމެތަނެއްގަ މިބައިމީހުންލައްވާ މިވިޔަފާރިކުރާ މީހުންތިބީމަ..

  44
  1
 7. RA އަތޮޅު

  ސާބަސް

  15
  1
 8. ވަލްނާޒް

  މީގެ އެތައް ބިދޭސީންނެއް ރާއްޖޭގައި އުޅެމުން އެބަގެންދޭ. މިކަންތައް އެންމެ ބޮޑީ ރާއްޖޭގައި އުޅޭ އިންޑިޔާ މީހުންގެ. އެކިއެކި ވިޔަފާރިތަކަށް ވެރިވެގަނެ މުޅި އާއިލާ ރާއްޖެ ގެނެސް މިތާހުންނަ ލާރި ކޮޅު ހިފައިގެން އިންޑިޔާ ލަންކާ ބަންގާޅަށް ބޭރުކުރާ އެތައް ބޮންދެން މިހާރު އެބަތިބި. މިކަންކަންވަނީ އަތް ނުފޯރާ ފަށަށް ގޮސްފަ. އެމީހުންދަނީ އެމްޕީ އިން ވެސް އެމީހުންގެ ޑިފެންސަށް ފައިދޮށުގައި ބަންނަމުން

  42
  1
 9. އަލި

  މީނަ އަބަދު އުޅެނީ ޗާންދަނީ މަގުގައި ހުންނަ ވެސްޓަރނ ޔޫނިއަންގަ. ޢެތަނުގެ ހިއްސާއޭނަގެ އޮވޭ އަދި އެތަނުގެ ހުރިހާ ވިޔަފާރިތައް ކުރަނީ އޭނާގެ ބެލިމިގެ ދަށުން މީނާ އަބަދު ވެސް އުޅެނީ މަނީލޯންޑްރިންގް ހަރަކާތްތަކުގައި މިކަން ސަރުކާރުން ބެލުން މުހިންމު. އަދި ރިޒީ އިލެކްޓްރޮނިކްސް މޮލނަލާލސް ޖެހުގެން ހުންނަ މިފިހާރަ ޔަކީ މީނަގެ އެޖެްޓުން އުޅޭތަނެއް އަދި ޑޮލްރުގެ ވިޔަފާރި ވަރައް ފުޅާދާެިރާއެއްގައި ކުރާތަނެއް މިކަން ބަލަން ސަރުކާރައް ގޮވާލަން

  32
  1
  • ޭެަިާެތީހަމަ ތެދެއް

   މަށައްވެސް ފެނޭ މިސޮރު ޗާނދަނީމަގު ވެސްޓާން ޔޫނިއަންގައި، ވަރައް ބޮޑު ރޯލެއް ކުޅޭ މިސޮރު! ޕްރީޕެއިޑް ޝިޔުނާގެ ފިރިމީހާވެސް އުޅޭ އެތާނގަ، ކުރިން ހަބަރެއްގަ އޮތް ވާހަކައެއްގަ، އޭނަވެސް ގަވައިދާ ހިލާފައް ގެސްޓުންނައް އޮޅުވާލައިގެން ކަމެއްކުރި ވާހަކަ! ގިނަ ލާރި ހޯދަނީ ޙުސް ޖަރީމާއިން މިމީހުން!

   7
   1
 10. ވާނުވާ

  ޑީޕޯޓް ކޮއްލީ ތި ކަމުގެ އަޑީގައި އުޅޭ ބާރުގަދަ ދިވެހި ފަރާތްތަކެއް ފަޅާ އަރާނެތީ

  53
  1
 11. މަ

  ހުޅުމާލޭގަ ވެސް އުޅޭ ތީގެ މީހުން. ރެހެންދި ކައިރީ ޖޫސް ވިއްކާ ތަނެއް ހުޅުވައިގެން އުޅޭ މީހެއް. އޭނަގެ އެތައް ވިޔަފާރިއެއްވޭ

  42
 12. ސ

  ރަގަޅު.... މި ކަހަލަ ބޭރު މީހުންތަކާ މެދު ވަރުގަދަ ފިޔަވަޅު އަޅަން ވީ....

  31
  1
 13. ހަމް

  މިހާރު އެއަރޕޯޓް ޑިޕަރޗަރ ގަ ވެސް ޔަގީން ވޯކް ވިސާ ހޯދަން ތިބޭނެ ކަން އެތަށް ބައިވަރެއް... ދެރަ ކަމެއް..... ވަގަށް އުޅޭ ބޭރު މީހުންތަށް ޑީޕޯރޓް ކުރަންވީ

  17
  1
 14. ކިންގފިޝަރ

  މަނީލޯންޑަރ މައްސަލައެއް އުޅޭކަމަށް ބުނެ ޑިޕޯޓްކުރުމުން ދެކޮޅެއް ނުޖެހުނު. މައްސަލަ ތަހްގީގުކުރުމަށްފަހު ޑިޕޯޓްކުރެވެން ޖެހޭނީ. މިކަމުގައި ސަރުކާރުން ޒިންމާ ނަގަންޖެހޭނޭ. ވަގުތުން ފުރުވާލުމުން ސަރުކާރުގެ ބޮޑުން މިކަމުގައި ޝާމިލުވާކަމަށް ބެލެވޭ.

  28
  2
 15. ހުދުހުދު

  އަހަރެމެންގެ ގައުމުގައި އަހަރުމެން މިއުޅެނީ އަނގައާ އަތާ ދިމާ ނުވެގެން އުޅޭ އިރު ބަންގާޅީން މިގައުމުގައި ތިބެ ބިލިޔަނަރުންނަށް ވަނީ

  24
 16. ކެރަފާ ސައްތާރު

  މިހާރުވެސް ތިކަމުގަ އިސްކޮށް އުޅެނީ އިކްނޮމިކް މިނިސްޓަރ ފައްޔާޒް އޭނަޔަށް ދޭންޖެހޭ ކޯޓާޔަކުން 10 ހާސް ރުފުޔާ .މިލާރިތައް ކަލެކްޓް ކުރަނީ އޭނަ ބޯއީ.މިކަން މި ސަރުކާރުން ނުބަލާނެ. މީ އެތަނުގެ ހާލަތު .އެތަން އޭނަގެ ބާރުގެ ހިނގާ ގޮތައް ހެދީވެސް ޖަރީމާ ހިންގަން.

  8
  1
 17. ވިސްނޭ

  މީނަ އަކީ އެރަށު މީހުން ބުނާނަމަ ވަރައް ދީލަތި މީހެއް.. ބަންގާޅި ކޮންމެ މީހެއް އެހީއަށް އެދުނަސް އެހީވެދީ..ބަންގާޅިން މައްސަލަ ޖެހުމުން އެކަންތައް ހައްލުވެސް ކޮށްދޭ މީހެއް..

 18. ވިސްނޭ

  މިނިސްޓަރުންނާ ..ދައުލަތުގެ ވެރިންވެސް ގުޅިގެން ތި ޖަރީމާތައް ހިންގަނީ..ތި ވާނީ ކޮންމެވެސް މީހަކައް ކަޓެއްނުލިބިގެން އެސޮރައް ލަނޑެއްދިނީކަމަށް...

  11
  1
 19. ޖާބިރު އަލް ކަބީރު

  ތިޔައީއޭ މައްސަލައަކީ މާސްޓަރ ލޯންޑާރ ކުރީމަ ރަށަށް ޔާމީން ލޯންޑާރ ކުރީމަ ޖަލަށް ތީތި ކަޑަ ދޯ؟

  8
  2
 20. ނާޖައިޒު ފާއިދާ

  ތިކަން ހައްލު ކުރެވޭނީ އަމިއްލަ އެދުން ބޮޑު ދިވެހިން ވެސް އިސްލާހުވެގެން އަދި ރާއްޖޭގެ އަދަބުތައް މާބޮޑަށްވެސް ހަރުކަށިކޮއްގެން. މިހާރުވެސް ދިވެހި މުއައްސަސާތަކުން ހޭވެރިކަންވެ އެބަޔަކު ހޯދަން އުޅެ ތަހުގީގު ހިންގާ އަދަބު ހަރުކަށި ކުރަންވީ.

  6
  1
 21. ސައްދާމް

  އިމިގްރޭޝަންގެ މުވައްޒަފުންގެ އަތް ކަންޑަންޖެހޭ. މިފަދަކަންކަމުގެ ފަހަތުގައި މުއްސަދިވެފައިތިބި އިމިގްރޭޝަން މީހުންގެ ވާހަކަވެސް ގެނައިނަމަ ތަންކޮޅެއް ރީތިވާނެ.

  11
 22. ނަސްލް

  ޙަޤީގަތުގައިވެސް މަޝްހޫރުފިލްމީތަރި ޔޫސޭ ގެ ޑްރާމާތަކަކީ ހަމަޢިބުރަތުން ފުރިންގެންވާ ޑްރާމާ ތަކެއް އެދުވަސްވަރުން ފެށިގެން އެޑްރާމާތަކުން ޢިބްރަތް ލިބިގަނެ ސަރުކާރުގެ ބާރުތަކުން ފިޔަވަޅު އަޅަންޖެހޭވަރަށް ފިޔަވަޅު އެޅުއްވިނަމަ މިޤައުމުގަ ބިދޭސީންގެ ބާރު މިހާވަރުގަދަވެގެން ނުދިޔައިސް
  އަޅުގަނޑު މިފުރުޞަތުގައި ޔޫސޭ އެކުރެއްވި އަގުހުރި ބުރަމަސައްކަތް ފާހަގަކޮށް ވ. ޚާއްޞަކޮށް ޔޫސޭ އަށް ޝުކުރުދަންނަވަން

  12
 23. މޯދީ

  ގދ. ތިނަދޫގަ ވެސް އުޅެ ތިޔަ ކަހަލަ ކިތަންމެ ކިތަންމެ މާސްޓަރ އެއް ..

 24. ާވަކަރު

  ކަލޭ ނުޖެހެ 2 ރުފިޔަ ދީގެން މީހުން ލައްވާމަސަކައް ކުރުވާކައް.

 25. ތާހިރާ

  މި ސަރުކާރަށް މިކަލޭގެ ހިފަހައްޓައި ނުލެނީ ބޮޑުސިއްރުތާ!

 26. ވެލެނީން

  އޭނަގެ މުދާ ހިިފެއްހެއްޓުމަކާއި ނުލައި ޑީޕޯޓު ކުރުމަކީ ގޯހެއް އުޅޭ ކަމެއް. ޑީޕޯޓް ކުރަން ޖެހޭނީ މައްސަލަ ރަނގަޅަށް ތަހުގީގު ކުރުމަށްފަހު. އެކަމާއި ގުޅުން ހުރި އެހެން ފަރާތްތައްވެސް ހޯދުމަށްފަހު. އަލީފުށީ މީހުން މިކަމުގައި ކުރީ ސަފުގައި އުޅޭކަން ފާހަގަވޭ. މިދެމީހުންވެސް މިތިބީ އަލިފުށީ މީހުންގެ ބެލެނިވެރިކަމުގެ ދަށުގައި އައިސްފައި.

 27. އިމީތެއްލީ

  އިމިގްރޭޝަން އޮފިސަރުންގެ އޮޑިޓެއް ހަދަން ޖެހޭ އެބަ. އެއްވެސް ކަމެއް ނުކޮށް ކުއްލިއަކަށް އެބަތިބި މިލިއަނަރުންނަށްވެފަ. ފައިސާ ގެންގުޅެނީ ތިޔަހެނެއް ނޫން.