ދިވެހިންނަށް ފޭސްބޫކް އިން ކުރާ އަސްލު ބޭނުން އޮޅިއްޖެ އެވެ. ބޭނުން ކުރަމުންދާ ގޮތް މުޅިން ތަފާތު ވެއްޖެ އެވެ.

މިހާރު އެންމެ ގިނަ މީހުން ބޭނުންކުރާ އަދި އެންމެ މަޝްހޫރު އެއް މީސްމީޑިއާ އަކީ ފޭސްބޫކް އެވެ. އެއްބަޔަކު ބުނާ ގޮތުން އެއީ ދިވެހިންގެ ތެރެއަށް ތައާރަފްވި އެންމެ ބޮޑެތި ވަބާ ތަކުގެ ތެރެއިން އެއް ވަބާ އެވެ.

ބޮޑެތި ވަމުން އަންނަ ފުރާވަރުގެ ކުދިން އެންމެ ހިފާލާފަ ހުންނަނީ ފޭސްބޫކް ބޭނުން ކުރުމަށެވެ. މައިންބަފައިންނަށް ވަގަށް އެކައުންޓް ހަދައި ސިއްރުން އޭގެ ބޭނުން ހިފަމުން ދެއެވެ. މިކަމަކީ ހިތާމަވެރި ކަމެކެވެ. މިއަދުގެ ޅަކުދިން މާދަމާގެ ޒުވާނުންގެ ގޮތުގައި ތިބެ ފޭސްބޫކް އިން ނުވަތަ މީސް މީޑިއާއިން ކަންކަން ނިންމާލީމަ ޒުވާން ދުވަސްވަރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފޭކަމަކަށް ނުބެލެވޭނެ އެވެ. މިއީ ކުދިންގެ ބެލެނިވެރިން މިއަދު ވިސްނަންވި ކަމެކެވެ.

އުމުރުން އެންމެ 12 އަހަރު ވާންވާއިރަށް އަމިއްލަ މޯބައިލް ފޮނެއް އޮވެއެވެ. ބެލެނިވެރިން އެމީހުންގެ އަމިއްލަ ވާޖިބު އަދާކުރުން އެއީ އެންމެ މުހިންމު އެއްކަމެވެ. އިސްލާހުގެ މަގަސް ގެނައުމަކީ އެމީހުންގެ ވާޖިބެކެވެ. ޅައުމުރުގައި ފޯނެއް ދިނުމަކީ ދަރިފުޅު ދެކެވާ ލޯބި ބޮޑުކަމުން ކަމަށްވެސް ވެދާނެ އެވެ. ނަމަވެސް އޭގެ ސަބަބުން ދަރިފުޅަށް ނަފްސާނީ ގޮތުން ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދު ވިސްނާލަން ޖެހެއެވެ. ޓެކްނޮލޮޖީއަކީ ފައިދާވެސް ކުރަނިވި ނުރައްކާ އެއްޗެކެވެ.

ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތެއް ވާނެ އެވެ. އަދުގެ ޒުވާން ޖީލު މިވަނީ ފޯނުގެ ތެރޭގައޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މިއަދު ގިނަބަޔަކު ޚިޔާލު ފަޅު ކުރަމުން މިދާނީ ސޯޝަލް މީޑިއާގަ އެވެ. ނަމަވެސް ހިތާމަ އަކީ ހައްދުފަހަނައަޅާގޮސް މީހުންގެ އަބުރު ކަތިލާ، ގަނާ ކުރާ ވަސީލަތަކަށް ފޭސްބުކް ވެފައިވުމެވެ. ރީތިގޮތް ހަނދާން ނެތި އެންމެ ހަޑި މުޑުދާރު ގޮތްް ނޭންގި ނަމަވެސް އިޚްތިޔާރު ކުރެވެ އެވެ. ހިތު ހުރިހާއެއްޗެއް އެނެކާއާ ދިމާލަށް ގޮވާލަނީ ފިކުރެއް ޚިޔާލެއް ނެތިއެވެ.

ފޭސްބޫކް މެދުވެރިކޮށް އެތައް ބައެއްގެ ދިރިއުޅުން އަނދިރިވަމުން ދާކަމީ ހިތާމަހުރި ކަމެކެވެ. އަދުގެ ޒުވާނުން ކަމަކާ ހިންހަމަ ނުޖެހުނަސް އެންމެ ފުރަތަމަ ދަނީ ފޭސްބޫކް އާ ދިމާލަށް، މޮޅު ސްޓޭޓަސް އެއް ޖަހާލުމަށެވެ. ވާނުވާ ނުބަލާ ހަގީގަތް ނޭންގި، އެކަމުގެ ސަބަބުން ރަށްޓެހި ކަމުގެ ގުޅުން ކެނޑި ގަޔައް ބޮލަށް އަރާ ހިސާބައް ކަންކަން ދާކަން މިއަދުގެ މުޖްތަމަޢު އަށް ބަލައިލިޔަސް އެންގި ހާމަވެ އެވެ.

މަޝްހޫރު ޔުނިވަސިޓީތަކުން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ފޭސްބުކް އާއި އެހެނިގެން މީސްމީޑިއާގެ ވަސީލަތްތައް ފުރާވަރުގެ ކުދިން ބޭނުން ކުރުމަކީ އެމީހުންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރާ ކަމެކެވެ. އެންމެ ގިނައިން އެ އުމުރުގެ ކުދިން ޑިޕްރެސްވެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލުތައްވެސް ކޮށްފައިވަނީ މީސްމީޑިއާގައި ގަނާ ކުރުމުގެ ޝިކާރައަށް ވެގެނެވެ. ރާއްޖޭގައިވެސް މިފަދަ ކަންކަން ވެފައި ހުރީ ހަމަ މިހެންނެވެ.

ފޭސްބުކް މެދުވެރުކޮށް ދީނަށް ފުރައްސާރަ ކުރުންވެސް މިއަދު ވަނީ އިތުރުވެފަ އެވެ. ނޭންގި ނަމަވެސް ކުފުރުވަމުންދާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުން މިއަދުވަނީ މުޖްތަމަޢުގައި ގިނަބަޔަކު ބަލައިގަނެފަ އެވެ. ނަސޭހަތް ތެރިވާ މީހަކު މިއަދު މިވަނީ އެފަދަ ކުފުރުބަސް ބުނާ މީހުންނަށްވުރެ ގޯސްވެފައެވެ.

ފޭސްބުކް އަކީ އޭގެ ޒާތުގައި ރައްޓެހިންނާއި އާއިލާއާ މެދު އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާ ކުރުމަށް ހުޅުވާލާފައިވާ ވަސީލަތެކެވެ. ނަމަވެސް މި ޕްލެޓްފޯމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަނީ މަދު މީހެކެވެ. ފޭސްބުކް މެދުވެރިކޮށް ރުޅިވެރިކަމާއި ފަސާދަ އުފެއްވުން މިއަދު މިވަނީ އިތުރުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަރުމޯލު

    އަހަރެން ފޭސްބުކު ބޭނުން ކުރަނީ އިސްލާމް ދީނުގެ ޢިލްމުވެރިންގެ އަރިހުން ޢިލްމު ހޯދައިގެން އިސްލާމްދީނުގެ ޞައްޙަ މައުލޫމާތު ފެތުރުމަށް.

    36
    4
  2. ކުޑަމަރިޔަނބު

    އަހައްނެށް ނުވެސް ވައްނަން ފޭސްބުކް އަކަށް ދެން ލަލަލާ ަ..

    29
    2
  3. ޒުވާން ޖީލު ސަލާމަތުގެ އައްސޭރިއަށް

    ރައްޔިތުންގެ މަޖިލީހުން ދެން އެއްމެ އަވަހަށް ގާނޫނެއް ހަދަންވީ 18 އަހަރު ނުފުރޭ ކުޑަކުދިން މޯބައިލް ފޯނު ގެންގުޅުމާއި އޭގެ ބޭނުންކުރުން މަނާކުރުމަށާއި އަދި މައިންބަފައިންވެސް އެފަދަ ވަސީލަތްތައް 18 އަހަރު ނުފުރޭ ކުޑަކުދިންނަށް ދިނުން މަނާކުރަން. އަދި އެކަން މަނާ ނުކުރެވޭނަމަ މައިންބަފައިން އެކަން ކުރާނެ ރަނގަޅު ގާނޫނެއް ހަދަންވީ

    39
    9
  4. ތަކުރު

    "ޒުވާން ޖީލު ސަލާމަތުގެ އައްސޭރިއަށް" އަށް ދަންނަވާލަން ބޭނުމީ ކަންކަން ރަގަޅު ނުވެގެން މި އުޅެނީ ޤާނޫނު ތައް ނެތިގެނެއް ނޫނޭ. ހަތް އުޑުމަތިން ބާއްވައިލެއްވި ޤާނޫނަށް ވެސް ޢަމަލުކުރަންކެރޭ އިޙްލާޞްތެރި އިންސާނުން ނެތުނީމަ ވާނެ ގޮތްތަށް މި ވަނީ

    17
    1
  5. ވާނުވާ

    ދިވެހިން ފެސްބުކް ބެނުން ކުރަނީ މީހުންގެ އަބުރު ކަތިލާ މިހުންގެ ޒިންްދަގީ ދުއްވާލަން

    9
    2
  6. އައްލެއިކަލޯ

    "ނަސޭހަތް ތެރިވާ މީހަކު މިއަދު މިވަނީ އެފަދަ ކުފުރުބަސް ބުނާ މީހުންނަށްވުރެ ގޯސްވެފައެވެ." ތަދު ތެދު