ކޮވިޑް-19 އަކީ މިއަދު ދުނިޔެއަށް ވެސް އަދި ރާއްޖެއަށް ވެސް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެހެންކަމުން ކޮވިޑް-19 އާއި މެދު އާއްމުންގެ މެދުގައި ހޭލުންތެރިކަން އުފައްދާ، ގައުމުގެ ހާލަތު އޮތްގޮތް ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއްމު ކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ގައުމުތަކަށް އަންގާފައި އޮންނަ އެންގުމެކެވެ. މިއެންގުމާއި އެއްގޮތައް ދިވެހި ސަރުކާރުން ވެސް ކޮންމެ ދުވަހަކު ދެއިރަށް ނޫސްވެރިންގެ ބައްދަލުވުން ބާއްވައެވެ. ނަމަވެސް ކޮންމެ ނޫސްވެރިޔަކަށް ވެސް ކުރެވެނީ އެންމެ ސުވާލެކެވެ. ހިތާމައަކީ އެސުވާލަށް ވެސް ޖަވާބު ނުލިބޭ ކަމެވެ.
ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ނޫސްވެރިންނާއި "ވަރަށް ގާތް ގުޅުމެއް" ބާއްވާނެ ކަމަށް އެތައް ފަހަރަކު ވައުދުވެ ވަޑައިގެންފައެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރުން ނޫސްވެރިންނަށް ފަހިކޮށްދިން މާގިނަ ފުރުސަތުތަކެއް ނެތެވެ. ކުރިއެކޭ މިހާރެކޭ މާބޮޑު ތަފާތެއް ނެތެވެ.
ރަސްމީ އިދާރާތަކުގެ ތަރުޖަމާނުން ފޯނަށް ޖަވާބު ނުދެއްވާ ވާހަކަ އާއި ތަރުޖަމާނުންގެ މަގާމުގައި ތިއްބަވާ ބޭފުޅުން އެކި މީޑިއާތަކާއި މެދު އެކިގޮތައް އަމަލުތައް ކުރަމުން ގެންދާކަމުގެ ޝަކުވާ ކޮންމެހެން މިވަގުތު ކުރުމުގެ ބޭނުމެއް ނެތެވެ. ރައީސް ޞާލިހް ނޫސްވެރިންނާއި ބައްދަލު ނުކުރައްވާތާ ހަމަސް ދުވަސް ވެއްޖެ ވާހަކަ ވެސް ފަހަށް ބާއްވާށެވެ.
ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް އަކީ މިސަރުކާރުގެ މޫނުމަތި ރީތި ކުރުމަށް ރައީސް އޮފީހުގައި އޮންނަ ބޮޑު ޓީމްގެ އެއް މެންބަރެވެ. އޭނާ ފަހަކަށް އައިސް ހުރިހާ ވަގުތެއް ހުސްކުރައްވާފައި ވަނީ ކޮވިޑް-19 އާއި ގުޅޭ މައުލޫމާތުތައް ސާފުކުރައްވާ މައުލޫމާތުގެ ހަޒާނާ މުއްސަނދި ކުރައްވާށޭވެ. އެކަން އޭނާގެ ޓްވިޓާ ފީޑް ބަލާލުމުން ވެސް އެނގެއެވެ. ނަަމެވެސް ހިތާމައަކީ "ކޮންމެ ނޫސްވެރިޔަކަށް ކުރެވޭނީ އެއް ސުވާލު، ސުވާލުގެ ޖަވާބު ހޯދާލާފައި ފަހުން އަރުވާނަން." ކަމަށް ވިދާޅުވެ މަބްރޫކް ގެންގުޅުއްވާ އާދަޔާއި ހިލާފު ސިޔާސަތެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އެންމެ އާއްމުކޮށް ވިދާޅުވަނީ މިބައްދަލުވުން ނިންމާލާފައި "ތި ސުވާލަށް ޖަވާބު އަރުވާނަން." ކަމަށެވެ. ޔަގީނުން ވެސް "ވަގުތު" އިން ކުރާ ސުވާލެއްގެ ޖަވާބު ފަހުން ލިބިފައެއް ނެތެވެ. ނަމަވެސް ޓީވީން މަންޒަރު ބަލާ ފަރާތްތަކަށް ހީވާނީ މަބްރޫކަކީ މީޑިއާ އިން ކުރާ ހުރިހާ ސުވާލަކަށް ޖަވާބު ދެއްވާ ބޭފުޅެއް ކަމަށެވެ. ހަޤީޤަތަކީ އެއީއެއް ނޫނެވެ.
ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ނޫސްވެރިން ކުރާ ސުވާލުތަކަށް ޖަވާބު ދޭށެވެ. ސުވާލު ކުރަން ފުރުސަތު ނުލިބޭ، ނޫސްވެރިންނަށް އެކަށީގެންވާ ފުރުސަތު ސުވާލު ކުރަން ނުލިބޭ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމެއް ކޮބައި ހެއްޔެވެ؟ އެތައް ބައެއްގެ ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި މަބްރޫކް ކޮންމެ ދުވަހަކު ދެފަހަރު ގައުމީ ޓީވީ އަށް އަރައިވަޑައިގެން ގައުމުގެ ހާލަތާއި، ކުރިއަށް ކުރަން ރޭވިފައި ހުރި ކަންތައްތަކާއި، މިހާތަކަށް ކުރެވުނު ކަންތައްތައް ބަޔާންކޮށް، ބަޔާނެއް ދެއްވުމުން ނިމުނީ ނޫންތޯއެވެ.
ހެލްތު މިނިސްޓަރ އަމީނާއި، އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީގެ ވެރިން ފަހަތަށް ޖެހިވަޑައިގަތުމަށް ފަހު ރައީސް އޮފީހުގެ އިއްޒަތްތެރި ބޭފުޅަކު ކުރިމައްޗަށް ނެރުމުން ޒިންމާދާރުވާން ޖެހޭ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން މަންޒަރުން ގެއްލުނީއެވެ. ބައެއް ސުވާލުތަކަށް މަބްރޫކް ޖަވާބު ނުދެއްވި ނަމަވެސް މިހާރު ދެން ކުރާނެ ކަމެއް ނެތެވެ. ނަމަވެސް އެތަނުގައި ސުވާލުތަކަށް ޖަވާބު ދެއްވަން ހެލްތު މިނިސްޓަރު ނުވަތަ މިނިސްޓްރީގެ ވެރިޔަކު އިންނަވާނަމަ މަބްރޫކް ހައްދަވާހެން "ބައެއް ސުވާލުތައް ދިރުވާލުމުގެ ފުރުސަތެއް ނުލިބޭނެއެވެ."
ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ދާއިރާގެ ވެރިން ގޯސްތަކެއް ހައްދަވައިފިއެވެ. މީޑިއާތަކަށް އެހުރިހާ ވާހަކަތަކެއް ގެނެސްދިނުމުގައި އެތައް ދައްޗެއް ކުރިމަތިވެފައި ވަނީ މައުލޫމާތު ވެރިފައި ކުރަން ސަރުކާރުން އަޅާފައި އޮތް އެތައް ހުރަހެއްގެ ސަބަބުންނެވެ. މިހާލަތުގައި ގައުމީ މަސްލަހަތާއި، ވަށައިގެން ހުރި ހުރިހާ ކަމަކަށް ނުބަލައި ނޫސްވެރިންނަށް ލިބޭ ހުރިހާ މައުލޫމާތެއް ނޫސްވެރިން އާއްމު ކުރަމުން ގެންދަނަމަ މިއަދު ގައުމު މިއޮތް ހާލަތުގައި ގައުމު އޮތުން އެއީ ދުރު ކަމެކެވެ.
ސަރުކާރުގެ މޫނުމަތި ރީތި ކުރަން ބޮޑު މުސާރަ ދެއްވާފައިވާ ބޭފުޅުން، އެބޭފުޅުންގެ ޒިންމާ އަދާކުރެއްވުމަށް މަސައްކަތް ކުރައްވާނެއެވެ. ނަމަވެސް އެބޭފުޅުންގެ ޒިންމާއަކީ މައުލޫމާތު ހޯދައި ލިބިގަތުމަށް ހުރަސް އެޅުން ކަމަށް ދެކިގެން އެކަން ކުރައްވަން އުޅުއްވުން އެއީ ރީތި މަންޒަރެއް ނޫނެވެ.
ސަރުކާރު ހިފަހައްޓަން، އަދި އާއްމުންގެ މެދުގައި ސަރުކާރުގެ މަގުބޫލްކަން ދަމަހައްޓަން މީޑިއާ ސްޓަންޓްތައް ބޭނުންވެއެވެ. ނަމަވެސް މިއީ ެމީޑިއާ ސްޓަންޓްތައް ޖައްސަންވީ ވަގުތެއް ނޫނެވެ. މިއީ އާއްމުންނަށް ތެދު ހަޤީޤަތް ހާމަކޮށްދޭންވީ ވަގުތެވެ.
ޥަރަށް ފުރިހަމަ ލިޔުމެއް، ކޮންމެ އަމަލެއް ބިނާވަނީ ނުޔަތުގެ މައްޗަށެވެ.
ކީއްވެ ބާ ވަޒީފާގައި އުޅޭ މާބަނޑު މީހުންގެ ހައްގުގައި އެއްވެސް ނޫހަކުން ވެސް ވާހަކަ ނުދައްކަނީ
ކުރެވޭނީ އެއްސުވާލު! އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބޭނެ! ހޫނ
ދައުލަތުގެ ވަޒީރުންނަށް މެޑަލް އަރުވަންވީ މިހާރުވެސް އެއްބަޔަކު ބޮޑުރާޅާ އަޅަނިއްޔޯލަ
ކުރިން ރިސޯޓެއްގެ ގޮތުގަ ބޭނުންކުރިރަށެއްގަ ހުރި އިމާރާތެއް ސާފުކޮއްލާފަ މިބުނީ 10 ދުވަހުން ނިންމާލިވާހަކަ ބީޗުގަ އޮވެލާފަ މިބުނީ އެތާއޯ ނިދީވެސް މީ ވަރައްފައްކާސަރުކާރެއް ގައުމު ހިންގަނީ މަޖިލިހުން ބަރުލަމާނީ ސިފައަކައް ކޮންމެއަކަސް އިގޭ ހަގީގަތަކީ ވެރިކަންކުރަނީ ނަސީދު ކަން އިބުރާހިމް ހުންނަނީ ނަމެއްގަ ކަން ވާނީވެސްއެހެންތާ ނަސީދު ވާށޭބުނީމަ ވެގެން ހުރިމީހެއް އެ އީ ދެން އަޅާނުލަމާ ދޯ..
ކޮފީ ގިރަންހުރި ސޮރަކު މީޑިއާ ކުރިމައްޗަށްނެރެ ކަމާބެހޭމީހުންގެ އަނގަ ބަންދުކޮށްފަ!
ހަހަހަ ކެކެކެ
މިކަހަލަ ކަންކަމުގަ ސިޔާސީ މީހުން ޖަވާބުދާރީވާނެ ފަންނީ ބަޔަކު ނެތީ؟ މިފެންނަނީ ސިޔާސީ އުނދުޅިތައް. ރާއްޖޭގެ ތަޖުރިބާކާރު ސީނިއަރ ޑޮކްޓަރުން ކޮބާ؟ އެޗްޕީއޭގެ ދައުރަކީ ކޮބާ؟ ހެލްތު މިނިސްޓަރަށް ސިއްހީ ކަންކަން ރާވާ ހިންގުމަށް ބާރެއް ނެތީ ކީއްވެ؟ އެއްވެސް ސުވާލަކަށް ޖަވާބެއް ނެތްތަ؟ ދުނިޔޭގެ ގައުމުތައް ސީރިއަސް! ރާއްޖެ ރިލެކްސް!
މީޑިޔާއަށް ދެވޭ ޖަވާބަކީ ރައްޔިތުންނަށް ދެވޭ ޖަވާބެއް.
ތުވަރުވެސް ކޮއްލަން ކެރުނީތީ ށުކުރުދަނަނަވަން
ތިވަރުވެސް ކޮއްލަން ކެރުނީތީ ށުކުރު ދަންނަވަން މިނަލަި ރާއްޖޭގަ ފެތުރުމުގަ ކަމާބެހޭ އިދާރާތަކުގެ އިހުމާލު ވަރައްވެސް ބޮޑު އަހަރެމެން މުއައްޒަފުން ވަރައް އަވަހައް ކުރެއްދޫގަ މިކަން ހިންގާދިއަގޮތުގެ ވީޑިއޯ ނޫސްބަޔާނެއް އަޕް އެބަކުރަން އޭރުން ކަންހިނގާދިޔަގޮތް ސަރުކާރުން ރައްްޔިރުންނައް ކިޔާދޭއިރު އުނިކުރާބައިތައް ވަރައް ރަނގަޅައް ހާމަވޢނެ
އަނެއްކާ މިހެންލިޔެގެން ސުރުޚީ ބަދަލުކުރާކަށް ނާންގާތަ! ދެން އަތްޖަހާ.
ޢެކިޑުރާމާތައްކުޅެ ނެރޭއިރުވެސް ބަލާނެބަޔަކު ނެތުމީ މިސަރުކާރުގެ އިތުބާރު ގެއްލިފަވާކަމުގެ ހެއްކެއް ބޮޑުރާޅު އެޅުން 10 ދުވަހުން ރިސޯޓެއް ހޮސްޕިޓަލަކައްބަދަލުކުރުން ފުލެޓް ޓަވަރްތަކައް ބަދަލުވުން ތިންމަސްދުވަހުގެ މުދާގުދަންކުރެވޭ ތަންތަން ހަމަސްދުވަހުގެ ގުދަންތަކައްބަދަލުވުން
ތިޔަވަރުން ދަންޔާ ތިޔަ ބައްދަލުވުންތައް ބޯއިކޮޓް ކުރަން ހުރިހާނޫހަކަށް ކެރޭނެތަ
ދެންވެސް ގައުމު ހިން ގޭވަރުގެ ބަޔަކާގައުމު ހަވާލުކޮއްފަ ފާބާންވީ ރައްޔަތުންނައް އަނިޔާނުކޮއް މިޔައް ވުރެން ބޮޑެތިގައުމުތަކުން ވެސް މި ވަނީ ބަލި ކޮންޓޮރޯލް ކޮއްފަ މި ކުޑަކުޑަ ގައުމުން ކޮންތޮރޯލް ނުވެ މިދްނީ ސަރުކާރުގެ ނާގާބިލުކަމުންކަން މި ހާރުޔަގީން އެބަވޭ ނިސްބަތުން މި ގައުމުގަ ޕޮޒެޓިއުވާ އަދަދު ގިނަކަން ފާހަގަކުރެވޭ އިބޫ އިސްތިއުފާ ރައްޔަތުން ރަތަނާރަނީސް ވިސްނާލުން ރަގަޅު
މޮޔަތަރުޖަމާނެއް
ކޮފީބޯއި ކީއްތަމިކުރަނީ؟؟؟
އަސްލު ވާގޮތަ ކީ ބައެއް ނޫސް ތަ ކުން ސަރު ކާރު ބަދުނާމް ކުރަން ދޮގު ޙަބަރުވެސް ފަތުރަނީ. ޒާތީވެސް ވަނީ. ޙާއްސަ ކޮށް، ވަގުތު،ޗެނަލް13، ދިޔަރެސް ކަހަލަ ނޫސްތައް. އެއްޗެއް ބުންޔަސް ގޯސް ނުުބުން ޔަސް ގޯސް. ޝަހީމް އާ ސުވާލު ކުރީމަ ކޮންމެ ސުވާލެއްގެ ޖަވާބުގަ އައީ ތިޔަސުވާލު ކުރިމަތި ކުރައްވާ ތިޔަ ތަނާ.ޔާމީން ގެ ސަރު ކާރުގަ މި ވައިރަސް ރާއްޖެ އަށް އައި ނަމަ ސުވާލެއް ކޮށްލާއިރަށް ބުނާނެ ތިޔަ ސުވާލު ކުރިމަތި ކުރައްވާށޭ ކޮވިޑް 19 އާ.
ތިހުރިހާ ސަކަރާތެއް ގަނއގެން ރައްޔިތުން ގުނބޯ ނުހައްދަ
ޜިސޯޓްތައް ބަންދު ކުރޭ.!
މި މަބްރޫކެއް އަރާތި ހާދަ ފޫހި ވެއޭ އަމީން އަރުވަބަލަ ޖަވާބު ލިބޭނެ.. ތި ސުވާލުގެ ޖަވާބު ފަހުން އަރުވާނަމޭ ނުކިޔާނެ
ހެލްތު މިނިސްޓަރަކީ ފެއިލްވެފަހުރި މީހެއް.އެއްގޮތަކަށްވެސް އެފަފަ ޒިންމާދާރު ވަޒީފާއެއްގައި ބަހައްޓަން ހެޔޮވާވަރުގެ މީހެއްނުން.ފަންނީ އެއްވެސް ގާބިލުކަމެއް ހުރި މީހެއްނުން.
ރޮއެބަލަ ދެން ކަލޭމެން. ލޮލް
ރޮއެބަލަ ދެން ކަލޭމެން. ލޮލް