މި މަހުގެ ކުރީ ކޮޅުން ފެށިގެން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ކޮވިޑް-19 އާ ގުޅިގެން އަމަލު ކުރަންވީ ގޮތުގެ އިރުޝާދުތައް ފުލުފުލުގައި އެސްއެމްއެސް މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދެމުންނެވެ. ބައެއް ފަހަރު ދުވާލެއްގެ މައްޗަށް ހައެއްކަ މެސެޖް އަންނަ ފަހަރުވެސް އެބަ އާދެއެވެ. ދުވާލަކު އެއް ފަހަރު މެސެޖް އަންނަ ފަހަރު ވެސް އެބަދެއެވެ. ހުރިހާ މެސެޖެއްގައި ހެން ބުނެފައި ވަނީ ބަލިން ރައްކާތެރިވުމަށެވެ!
އެކަމަކު، އެޗްޕީއޭގެ މެސެޖްތަކާ ހުރެ އެއް ބަޔަކަށްވީ އުދަނގުލަކަށެވެ. އަނެއް ބަޔަކު ކުރީ މަލާމާތެވެ. އެޗްޕީއޭގެ މެސެޖްތަކަށް ޖެހީ ޖޯކެވެ. އާންމުންގެ އެކިއެކި ޝުއޫރުތައް ހާމަކުރަން ބޭނުން ކުރި އެއްޗަކަށް ސޯޝަލް މީޑިއާވިއެވެ. ބައެއް މީހުްނ އާންމު ކުރި ހިޔާލުތަކުން އެނގުނު ކަމަކީ އެޗްޕީއޭ އިން ކުރާ މެސެޖްތަކުން ބޮޑު ތަކުލީފަކަށްވި ކަމެވެ.
" މިދެން ކިހާ ދެރަ ކަމެއް. ދެ އިރު ދެ ގުޅައަށް ކާ ބޭސް ގުޅައެއްހެން މެސެޖް ނުކުރިއަސް މަށަށް ވެސް އެނގޭ އަތް ދޮންނަން ޖެހޭ ގޮތް. މި ނޫން ކަމެއް އެޗްޕީއޭގެ ނެތީތަ؟" މީހަކު ފާޅު ކުރި ޝުއޫރެއްގައިވެއެވެ.
ޒުވާން ފުރައިގެ ބައެއް މީހުންނާއި ސޯޝަލް މީޑިއާ ގްރޫޕްތަކުގައިވާ ބައެއް ލިޔުންތަކުގައި ވަނީ އެޗްޕީއޭގެ މި މެސެޖްތަކަށް ހަޖޫ ޖަހައި މަލާމާތްކޮށްފައެވެ.
"މެސެޖެއް އަންނަ ކޮންމެ ފަހަރަކު ބިޓު ކަމަށް ހީކޮށް ބަލާލާއިރު، އެޗްޕީއޭ. ބިޓަށް ވުރެ ގިނައިން މިހާރު އެޗްޕީއޭއިން މެސެޖް ކުރޭ. ދެރަ ކަންކަން،" ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ޕޯސްޓެއްގައިވެއެވެ.
ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭއިން ފޯރުކޮށްދޭ މައުލޫމާތުތަކަށް ޖޯކު ޖަހަމުން ދިޔަ ނަމަވެސް މުވާސަލާތީ ގޮތުން ކުރިއަރާފައިވާ އަދުގެ ދުނިޔޭގައި ކޮންމެ މީހެއްގެ ފޯނާއި ހަމައަށް އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އެޗްޕީއޭއިން ކުރާ މަސައްކަތްތަކަކީ ސަމާސާ ކަމެއް ނޫނެވެ.
އެއީ ސިއްހީ ދާއިރާގެ މަސައްކަތް ކުރާ މުވައްޒަފުން މި ބަލި ރާއްޖޭގައި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިކުރުވުމަށް ރެ އާއި ދުވާލު ކުރާ މަސައްކަތުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.
އެޗްޕީއޭއިން ކުރާ މެސެޖްތަކުގައި ކެއްސާ ކިނބިހި އަޅާ އިރު ޓިޝޫ އަކުން އަނގަ ނިވާ ކުރުމާއި، ޓީޝޫ ބެނުން ކުރުމަށް ފަހު ޑަސްބިނަށް އުކާލާ، ޓިޝޫ އުކާލުމަށް ފަހު ރަނގަޅަށް އަތް ދޮވުމަށް އިލްތިމާސްކޮށްފައިވެއެވެ.
މީގެ އިތުރުން ޓިޝޫ އެއް ނެތް ނަމަ އަތުގެ އުޅަނބޮށި ލަންބާލުމަށް ފަހު ނޭފަތާއި އަނގަ ނިވާކުރުމަށް ވެސް އިލްތިމާސްކުރެއެވެ.
އެ މެސެޖްތަކުގައި ހުން އައިސް ކެއްސާ ކިނބިހި އަޅާ ނަމަ، އަމަލު ކުރާނެ ގޮތްތައް ވެސް ތަފްސީލްކޮށްދީފައިވެއެވެ.
އެ މެސެޖްތަކަކަކީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކާއި މެދު ހޭލުންތެރި ކުރުމަށް އެޗްޕީއޭއިން އަދާކުރާ ޒިންމާއެކެވެ.
އަދި އެޗްޕީއޭގެ މެސެޖްތަކާއި އެކު އެ ބަައްޔާއި ގުޅިގެން ރާއްޖޭގައި އަޅާ ފިޔަވަޅުތަކާއި، އެންމެ ފަހުގެ އަދާހަމަ (އަޕްޑޭޓް)ތައް އެސްއެމްއެސް މެދުވެރިކޮށް ލިބުމުގެ ފުރުސަތު އެޗްޕީއޭއިން މިވަނީ ފަހިކޮށްދީފައެވެ.
މިފަދަ ހައްސާސް ދަނޑިވަޅެއްގައި ކުރާ މުހިއްމު މެސެޖްތައް ހުޅުވާލާފައި ރަނގަޅަށް ނުކިޔާ ދޫކޮށްލުމުގެ ބަދަލުގައި ގައުމުގެ ހާލަތާއި މެދު އަހުލުވެރިވެ، ރައްކާތެރިވެ ތިބުމަށް އެޗްޕީއޭގެ އިރުޝާދުތައް އަޑު އެހުމަކީ މުހިއްމު ކަމެކެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިއްމު ފިޔަވަޅަކީ ފަރުދީ ޒިންމާ އަދާކުރުމެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ނުވަ މީހަކު ފައްސި (ޕޮޒިޓިވް) ވެފައިވާ އިރު، ބަލި ޖެހިފައިވަނީ މުޅިން ބިދޭސީންނަށެވެ.
ތި އެޗްޕިއޭ ކިޔާ ތަނުން މެސެޖު ކުރަން އެގުނީ މާޗު މަހުގައިތޯ ސުވާލު ކޮއްލަން ބޭނުން. ކޮބާ ތޯ ތިޔަ އެޗްޕިއޭ ވޭތުވެދިޔަ ޖެނުއަރީ ފެބްރުއަރީ ގައި. ގައިމު ކޮވިޑް ފެތުރެން ފެށީ އިއްޔެއަކު މިއަދަކު ނޫން. އެޗްޕިއޭ ގެ ޒިންމާ އަދާކުރަން ހަދަންވީ ރޯވީމަތަ.
ރާއްޖެއަށް އައީ ކޮންއިރަކު ކަން ބުރޯއަށް އެނގޭތަ
ރާއްޖެއަށް ކޮވިޑް އައީމަތަ އިޓަލީންނާއި ޖަރުމަނުން ނާއި ސުޕެއިނުން ފަތުރުވެރިން އައުން މަނާ ކުރަންވީ. ބުރާންޗާ އަޑު ނަހަމުތަ ރައްކަވެތިބިއްޔާ ދަތުރޭ.
ހުރިހާ ކަމެއް ވެސް ފަށާނި އެކަމަށް އެންމެ އެކަށޭނެ ހާލަތުގަ އެހާލަތު ނިންމާނި ސިއްޚީ މާހިރުން.. ތިޔަ ކަހަލަ ކޮރު ވިސްނުމުގެ ދިވެހިންނެއް ނޫން އަދި މަޖިލީހުގެ ރައީސްއާ އޭނާގެ އައުވާނު ޕަޕެޓު މެންބަރުންނާ ސިޔާސީ އެކްޓިވިސްޓުންނެއް ވެސް ނޫން.. ވަގުތު ނޫހުގެ އާޓިކަލް ހަމަ ހަބޭސް.. ހޭލުން ތެރިކުރުވުމަށާއި ސިޔާސީ ނުވެ ރައްޔިތުންގެ ވިސްނުމާ ފިކުރު ހެޔޮމަގަށް ގެންދަން ތިޔަ ކުރާ މަސައްކަތަށް ސާބަސް ދޭން
ތިހާ އުނދަގޫ ވަންޏާ ފޯނު ނަގާ އެއްލާލަން ވީނު
ހާދަ އަސަރެއް އެބަ ކުރެޔޭ ދޯ މީނައަށް
އެކަމަކުބޮޑު އުނދަގުލެއް. މެސެޖް އަންނަވަރުން. ނުވެސް ކިޔަން.
މީ ދިވެހިން އެނގޭ އެއްކަމެއްވެސް ނޭނގޭ އެއްކަމެއްވެސް ނޯންނާނެ.
ޢެއްޗެއް އެނގިގެން ވާޙަކަ ދައްކާ މީހަކު އެބައުޅޭތަ ދެމ މީހަކު އަރާ އެކައްޗެއް ނުކިޔައެވެ
އެވްޕީއޭ އިން މިއަދާކުރަނީ މިހާލަތުގައި އެފަރާތުގެ ގާނޫނީ ޒިންމާ. މީމިކަމަށް ޖޯކުޖަހާ މަލމާތްކުރަން ޖެހޭކަމެއްނޫން. ތިހެން ޖޯކުޖަހާ މަލާމާތްކުރަން ސޯސަލްމީޑިއާގަ ތިއްބަ ސިޓަލީއަށް އެހާލަތު މެދުވެރިވީ. ދެންވެސް ހޭއަރާ މިކަންކަމުން އިބްރަތް ލިބިގަންނަންވީ.
ދިވެހިންނަކީ އޭޝިއާގައި ތިބި ސުޕަރ އިންޓަލިޖެންޓް މީހުން އެކަމަކް ކޮންމެ ކަމެއްދިމާވިޔަސް ކާރިގައުމެއްގެ ބަޔަކް އައިސް އަތްދަނޑި މައްޗައްލައިގެން ސަލާމައްކުރަންޖެހެނީ. ސޯލްޝާލް މީޑިއާ އަށްވަދެ ރެޑްބުލް އާއި ލައިޓް ސިގިރެޓް ޖަހައިގެންގެ ތިބެލިޔެވިދާނެ!!
ދިވެހިންގެތެރެއިން ގިނަމީހުންނަކީ ގަމާރު ނުލަފާބައެއް. ތަންދޮރުދަންނަ އިލްމީބަޔަކު އެއްޗެކޭ ބުނެފިއްޔާ އެކަމަކަށް ޖޯކުޖަހާ މަލާމާތްކުރާނެ. %100 މުސްލިމުންނޭ ކިޔައިގެންއުޅޭނީ ، އެކަމަކު ޒިނޭނުކޮށް ރާނުބޭ އުޅޭމީހުންނަކީ ދިވެހިންގެކުރީމަތީގައި ވަރަށް ކަޓުބައެއް...
2ގަޑިން 2ގަޑިން ދޭ ބޭހެން ހެން. މިއިން އެބަ މެސެޖް ކުރޭ. ބޯ ހަލާކް.
ބްލޮކް ކޮއްލަބަ ތިހާ އުނދަގޫ ވަންޏާ ތި ހުރިހާ ޝަކުވާއެއް ނުކޮއް. ޢެ ނުފޮނުވާނަމަވެސް ކޮންމެސް ކޮހެއް ގޮވާފަ އެތިވަރުގޮވީސް. ބަޔަކު ބުރަކޮއް ކުރާ މަސައްކަތުގެ އަގުވަޒަން ކޮއްބަލަ. އެކަން ކުރަން ނުކެރުނިއްޔާ ހިމޭނުން ތިބެބަލަ.
ދިވެހިންނަކީ ތަހުޒީބު އެގޭ ވިސްނޭ ބަޔަކަށް ވަނީ ހަމަ އެކަނި ސިޔާސީ މައުލޫތަކުގަ....މީ ވ ވާހަކަ...ދުވާލު ހަތަރުދަމު ސޯޝަލް މީޑިޔާގަ އުޅޭ ޒުވާނުން އެހާގިނަ އިރުވެސް މީ ކިހާވަރެއްގެ ކަމެއްކަން ރޭކާވެސް ނުލާކަން ތި ހާމަވާނީ...އީމާންތެރިކަން ކުޑަވެ އަގީދާ ބަލިކަށިވެފަ ވާ ވަރު ތި ފެންނަނީ....ހެއްދެވި ފަރާތް މަތިން ގިނަގިނައިން ހަދުމަކުރާ ބަޔަކަށް ދިވެހިން ވެފަވާ ވަރު ކުޑަކަން ތި ފެންނަނީ...
މެސެޖް އަންނަން ބޭނުން ނޫނިއްޔާ ފޯން އެއްލާލާ!
ކޮން ކަހަލަ ފޯނެއް ފޮޓޯގަ އިން އެމަންޖެ އެގެންގުޅެނީ؟؟
އާފޯނެއް ?
އެޕަލް އައިފޯނެއް.
މި ދިވެހިންނަކަށް ނޯއްނާނެ ރަނގަޅު އެއްގޮތެއްވެސް..
ވަގުތު މީހުން ލިޔާ ގިނަ އާޓިކަލް ކަމަކު ނުދޭ ... އެކަމަކު މި އާޓިކަލް ހަބޭސް ... ތިހެން ތިޕޯސްޓް ކުރާ މީހުންނަށް ގިނަފަހަރު ކަމަކު ނުދާނެ ބިޓު ގުޅިޔަސް .. ނޫނީ އަނބިމީހާ ގުޅިޔަސް...
ކޮނބްމެވެސް ހުތުރު ވާހަކަތަކެއް މެސެޖްކުރާނަމަ ތި މީސްމީހުންނަށް އޯކޭވާނެ!
ތިހެން ތި ކިޔަނީ އަމިއްލަ އަށް.. ތީ ލަދު ގަންނަން ޖެހޭ ކަމެއް
ދިވެހިންނަށްރަނގަޅު ގޮތް ނޯންނަނީކީ ނޫން. ދިވެހިންގެ ތެރޭގައި ތިބި ދޮޅުރޯނާ އިން ތަކަކަށް ރަނގަޅުގޮތެއްނެތީ.
އަސްލު ރަންގަޅު މިބުރު ސަރުކަަރުން ދުރާލާ ކަންކަން ފަށައިފި.ރައްކާތެރިކަމުގެ ގިތުން އެޅިފިޔަވަޅުތައް ގިނަކަން ފާހަގަ ކުރެވޭ.މި ކަމާ އުފާކުރަންވީ
އެޗްޕީއޭ މެސެޖްތައް ހަމަ ވަރަށް ފައްކާ. ތޭންކްސް ޓު ހޫ އެވަރ އިޒް ޓެކްސްޓިންގ އަސް.
މިއީ ސިޔާސީ ނަފުރަތު އިސްކުރަންވީ ވަޤުތެއްނޫން، މިއީ އެއްމެންގުޅިގެން މި ބޮޑު ވަބާއިން މިޤައުމު ސަލާމަތްވެވޭތޯ މަސައްކަތްކުރަންވީ ވަޤުތު، ހުރިހާ އެއްމެންނަކީ ހުރިހާ ކަމެއް އެއްމެ ރަނގަޅަށް އެނގިފަތިބޭނެ މީހުންނެއްނޫން، އެޗް ޕީ އޭ ގެ މުޥައްޒަފުން އެކުރައްވާ ބުރަމަސައްކަތަށް ފަށްފަށުން ޝުކުރުވެރިވުން ޙައްޤު، އެޗް ޕީ އޭ އިން ތިކުރައްވާ ބުރަ މަސައްކަތުގައި ބަރަކާތްލައްވާށި، ފެތުރެމުންމިދާ މިބޮޑު ނުރައްކާތެރިބަލިމަޑުކަމުން އަޅަމެންގެ މިޤައުމު އަވަހަށް ސަލާމަތްކޮށްދެއްވައި މުޅިދުނިއެއިންވެސް މިބަލިމަޑުކަން އެއްކޮށް ފޮހެލަދެއްވާށި ، އާމީން
ޔާމީން އިސްތިއުފާ
ކީއްވެގެންތަ ތަމެެއްނަަށް ކޮކާކޯލާ މެސެޖުތައް ބޮޑުކަމަކަށް ނުވަނީ. ޢަންތަރީސްހަމަ.
ކޮންމެކަމަކަށް ޖޯކު ޖަހައި ، ސިޔާސީ ނުކުރުމަށް ގޮވާލަން. އެޗް. ޕީ. އޭ އިން އެ ފޯރުކުރައްވަނީ އިންސާނީ، ސަލާމަތުގެ މެސެޖްތަކެއް.
ޔޫސް ޑެބް ވެން ޔޫ ސްނީޒް އޯ ކޯފް
ހިންދީ ބަހުން މަށަށް މެސެޖްފޮނުވީމަ މަށަށް ކިޔަންއެގޭނެތަ؟ އެޗްޕީއޭ މެސެޖްފޮނުވާވަރުން މިހާރު އުދަގޫވޭ....މީހަކަށް ގުޅިއަސް އެޗްޕީއޭ ރެކޯޑިން
ސިއްހީ މާހިރުން ނިންމިޔަސް ސަރުކާރުން ނިންމިޔަސް އިޓަލީން ރާއްޖެއަށް މީހުން ގެނައުން މަނާކުރެވުނީ އެކަށީގެންވާވަރށް ވުރެ ލަހުން ސަބަބކީ އިޓަލީން މީހުން މަރުވަމުންދިޔައީ އިޓަލީ ސަރުކަރު ްވިދާލުވި ކަމަށް ނޫހުންދުށިން އިޓަލިއަށް ފުރަތަމަ އެތެރވި ފަރާތްތަކުގެ މައުލޫމާތު ނެގޭތީ އިޓަލީއަށް ވައިރަސް ފެތުރިފަިވާ މިންވަރު ލަފާކުރަންނޭގޭ ކަމަށް މިހިސާބުން ޖެހޭނެ ގައުމުތަކަށް މީހުން އެތެރެ ކުރުން ހުއްޓާލަން .އިޓަލީން މީހުންއައުން މަނާކުރި އިރު އިޓަލީން ދުވާލަކު 100 އާއި 150 އާދެމެދު މީހުން މަރުވާންފަށައިފި އަދި އިޓަލީން ގޮސްގެން 26 ގައުމަށް ވައިރަސް ފެތުރިއްޖެ . ވިމާ މިދަންނަވަނީ ރާއްޖޭން ފިޔަވަޅުއެޅީ މާބޮޑަށް ލަސްވި ފަހުންނޭ.
ކޮބާތަ މައްސަލައަކީ..މެސެޖުލިބޭތީ މައުލޫމާތު އެގޭ..ކަލޭމެނަށް ނުބައިކޮންމެ ކަމަކީ ރަނގަޅުކަމެއް މިކަހަލަ މުހިއްމު މެސެޖުތައް މިވަނީ...ކުރާނެތާ ކަލޭވެސް ރާއްޖޭގަ އުޅެންޏާ.....ނުކުރިޔަސް ގޯސް..ކުރިޔަސް ގޯސް..ހެޔޮގޮތެއްނޯވޭ...ކޮންމެކަމެއް ސިޔާސީ ނުކޮއްބަލަ..ސިޔަސީވާންވެސް ނޭގޭބައެކޭ...
އެޗްޕީއޭ އިން ކީއްވެބާ ދިވެހިރާއްޖޭގެ ޤާނޫނީ އިމުގައި ދިވެހިބަހުން މެސެޖު ނުކުރަނީ. ކިތަންމެ ވަރަކަށް އިނގިރޭސީ ކިޔަވައި ފާސްވެފައި ތިއްބަސް ދިވެހިބަހުން ފޮނުވީމާ އެކުރާ އަސަރެއް ދިވެހިބަހުގެ އަހުލުވެރި ދިވެހިންނަކަށް ނުކުރާނެ.
މި މެސެޖު އެ އެޗްޕީއޭ އަށް އަންގަވައިލަދެއްވާ.
އެޗްޕީއޭ މީހުން އަހާލަން ބޭނުން ވަނީ ދިވެހިންހެ ބަހަކީ ކޮބައިކަމާ ދިވެހިންގެ ބަސް ދެނެގަތުމުގެ އާންމު ހާލަތު ކިހާވަރަލަށް އެނގޭތޯ. އަދި މި ދަނޑިވަޅުގައި ބަހުގެ އެކަޑަމީ ކޮބައިތޯ
ދިވެހިން އަލީ ހަމަ މިކަހަލަ ކަންތަކަށް.... ދުނިޔޭގެ އެހެން ގައުމްތަކުގަ ވެސް މި ގޮތަށް މެސެޖް ކުރޭ... އެޗްޕީއޭ އަށް ޝުކުރު ދަންނަވަން.
ދުވާލަކު އެއްފަހަރު މެސެޖެއްކޮއްލިޔަސް ވެދާނެ.
ދެން ނުކުރާތި، އަންހެނުން ވަރަށް ޝައްކުރޭ
ސަހާދެއް!! ބޮލާ ނުރުހުއްޕާން!!! މި ދުވަސްވަރު އަހަރެންގެ ބޮޑުމީހާ އަހަރެންގެ މަސައްކަތާ ދޭތެރޭ ހިތްހަމަ ނުޖެހުމުގެ ކޯލްތައް ފުލުފުލުގައި ކުރާއިރު މީހާ އިންނަނީ ހިތްގުޑިގުޑި!!! ކޮންމެ ފަހަރަކު ޖީބުގައި އޮތް ފޯނު ވައިބްރޭޓުވީމާ މޭގުޑެނީ!! ހީވަނީ އަބަދު ބޮޑުމީހާ ހިތްހަމަ ނުޖެހިގެން ގުޅާހެން!! އެކަމަކު ފޯނު ނަގާއިރު އެޗްޕީއޭ މީހުން ދެގެދޭތެރޭގައި މެސެޖުކުރަނީ!! ބޮޑުމީހާ ކުރާ ކޯލުތަކަށްވުރެ މިމީހުން ކުރާ މެސެޖު މާގިނަ!!! މި ދެން ބޮޑު ދުއްޕާނެއްނު!!!
މަށަށް ދެގެދޭތެރޭގައި މެސެޖު ނުކުރިއަސް މަގޭ އަތުގައި ފޯނާ، އިންޓަނެޓާ، ޑާޓާ އެބަހުރި!! މި ވަސީލަތްތަކުން މަށަށް ބަރާބަރަށް ޚަބަރު ފަތުރާ ވަސީލަތްތަކާ އެނޫންވެސް މަންސަތަކުން 24 ގަޑިއިރު ތާޒާ ޚަބަރު ލިބޭ!! ދެން އެޗްޕީއޭ މީހުން ކޮން ނުރުހުއްޕާނެއްތަ މިކުރަނީ!!!! ??????
އެޗް ޕީ އޭ ގެ މުވައްޒަފުންގެ ހިތްވަރަށް ހަމަ ސާބަސް، ކުރިޔަށް ބާރަށް ކުރިޔަށް.
މި ދިވެހިން ނަށް ނޯންނާނެ ރިނގަޅު އެއް ގޮތެއް ވެސް ބުނާގޮތް ހަދާ ގޮތްދޫކުރާ ބައެއް ނޫން މީ ވަރަށް ފޫހިވޭ އަސްލު ތަޅުވާ އަނގަތަކުން ދެން އުޅޭނީ ކޮންމެ ކަމެއްވެސް މާ ސިޔާސީ ކޮއްގެން ބުނާގޮތަށް ކަންތައް ކުރީމަ ވީނުން
އުދަގުލެއް ތޯއްޗެއް. މެސެޖް އަންނަ އިރައް ޑިލީޓް،