ހިންދުމާކަނޑު ތެރޭ އަމުނާލެވިފައިވާ މުތީތަކެއް ފަދަ އަޅުގަނޑުމެންގެ ލޯބިވާ މި ވަޠަނަކީ ދުނިޔެމަތީގެ ސުވަރުގައެއްގެ ގޮތުގައި ސިފަކުރެވޭ އެފަދަ ދެވަނައެއް ނުވާ މަންޒިލެކެވެ. ކާބަފައިންގެ ޒަމާނުން ފެށިގެންވެސް އެއްބައިވަންތަކަމާއި އެކުވެރިކަމާއެކު އެއް ދީނަކަށް އުޅެމުން އައި، މުޅި ދުނިޔެއަށް ނަމޫނާ ކުޑަ މުޖުތަމަޢެކެވެ. އެހެނަސް ޒަމާން ބަދަލުވެގެން މިއަދާ ހަމައަށް އައިއިރު، ހިތްތަކަށް ފިނިކަން ގެނެސްދިން އެ ވާހަކަތައް ވަނީ މާޒީއަށް ބަދަލުވާން ފަށާފައެވެ. ލޯބިވާ މި ފަސްގަނޑުގައި ވަކިހިއްޕާލުމަށް އައި އަނދިރި ދައުލަތެއްގެ ކަޅު ހިޔަނީގެ އަނދިރިކަން ދިވެހިރާއްޖޭގެ މަތީންވެސް ވަނީ ފާޅުވާން ފަށާފައެވެ. ލާދީނީއްޔަތުން ފެށިގެން، ހައްދުފަހަނައެޅި ހަރުކަށި ފިކުރުން ދިވެހި ޤައުމިއްޔަތުގެ ރިވެތި ނަން ވަނީ ކިލަނބުވާން ފަށާފައެވެ.

ހަރުކަށި ފިކުރޭ ބުނުމުން އެ ބަހުގެ މާނަ ނަގާ ކިތަންމެ ގޮތެއް އެބަ އޮތެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ މާތް ނަބިއްޔާ (ސ.އ.ވ) ގެ ސުންނަތަށް އުޅޭ މީހުންނަށް ނިސްބަތް ކުރެވޭ ބަހެކެވެ. ގިނަ ފަހަރަށް ބަހުގެ މާނަ މިގޮތަށް ކިޔައިދެނީ ވެސް އެ ފިކުރަށް ތަބާވާ މީހުންނެވެ. ނަމަވެސް މި ބަސް ހަޤީޤަތުގައި މާނަކުރެވޭ ގޮތަކީ، ވަކި ޚާއްސަ ޖަމާޢަތެއް ހަދައިގެން އެހެން އެންމެންނާއި ވަކިވެގަނެ އަމިއްލަ އުސޫލުތަކަކަށް ތަބާވެ ހައްދުފަހަނައަޅައިދާ ދިއުމަށެވެ. އެފަދަ މީހުންނަކީ ހަރުކަށި ފިކުރު ނުވަތަ ހަރުކަށި ވިސްނުމުގެ މީހުންނެވެ. މުސްލިމުންގެ ނަމުގައި އެބަޔަކު ނިކުމެ މުސްލިމުންގެ ލޭ ހުއްދަކޮށް ހައްދުފަހަނައަޅާފައިވާ ޙާލުގައި ބޮޑެތި ޖަރީމާތައް ހިންގައި ލޭއޮހޮރުވުންތަކަށް ވާގިދިނުމަކީ، "ހަރުކަށި" މި ބަސް އެމީހުންނަށް ނިސްބަތްކުރެވޭ އަސްލު ސަބަބެވެ.

މީގެ ޒަމާންތަކެއްް ކުރީން މެދުއިރުމަތީން އުފަންވެގެން އައި ހައްދުފަހަނައެޅި ހަރުކަށި ފިކުރު މިއަދު ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ވަކި ޚިލާފަތަކަށް ތަބާވާ އެމީހުންނަކީ ޚީލަތްތެރި ރޭވުންތަކުން މުސްލިމުން ބައިބައިކޮށް މުޅި ދުނިޔެ ފަސާދަކުރުމަށް މަސައްކަތް ކުރަމުން އަންނަ ބައެއްކަން މިއަދާ ހަމައަށް ހިނގާފައިހުރި ބޮޑެތި ބައެއް ޖަރީމާތައް ހެކިދެއެވެ. ރާއްޖޭގެ މި ކުޑަކުޑަ މުޖުތަމަޢަށް ވެސް މި ދެންނެވި އަނދިރި ދައުލަތުގެ ހިޔަނި މިއަދު ވަނީ އެޅިފައެވެ. މިފިކުރަށް ގިނަ ބަޔަކަށް ދަޢުވަތުދީ ދިވެހީންގެ ތެރެއިން ވެސް އެތައް ބައެއްގެ ސިކުނޑިއާއި މިއަދު އެމީހުން ކުޅެމުން އަންނަ އައުމަކީ އެންމެންނަށްވެސް އެނގޭ ސިއްރެކެވެ.

މިއީ "ވަގުތު 26 ތަހުޤީޤު" ޓީމުން އައްޑޫ ސިޓީ ހިތަދޫއަށް ކުރި ދަތުރުގައި މި ރަށުގައި ހަރަކާތްތެރިވާ ހައްދުފަހަނައެޅި ފިކުރުގެ މީހުންގެ ހަޤީޤަތް ހޯދައި އެމީހުންގެ ރޭވުންތައް ފަޅާއަރުވާލުމަށް ކުރި މަސައްކަތުން އެއްކޮށްފައިވާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ގެނެސްދޭ ރިޕޯޓެކެވެ. އައްޑޫ ސިޓީގައި "ވަގުތު 26" ޓީމުން ހޭދަކުރި ދެމަހެއްހައި ދުވަސް ތެރޭގައި އަޅުގަނޑުމެންގެ ޓީމުން ވާނީ އެ ސިޓީގެ އެކި ރަށްރަށުގައި ހަރަކާތްތެރިވާ ހައްދުފަހަނައެޅި ފިކުރުގެ ގިނަ މީހުންގެ މަޢުލޫމާތު އެއްކޮށްފައެވެ. އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އެ މީހުން ދިރިއުޅޭ ތަންތަނާއި، މަޝްވަރާ މަޖިލީސްތައް ބާއްވާ ތަންތަނާއި ސަރަޙައްދުތަކަށް ފާރަލައި، އެމީހުންގެ ތެރެއިން ބައެއް މީހުންނާއި ސީދާ ބައްދަލުކޮށް ކުރީން އެނގިފައި ނުވާ ގިނަ ވާހަކަތަކެއް ހޯދާފައި ވާނެއެވެ.

އައްޑޫ ސިޓީގައި ހައްދުފަހަނައެޅި ފިކުރުގެ ހަރަކާތްތައް ދުވަހުން ދުވަހަކަށް ފުޅާވެ، މި ފިކުރަށް ތަބާވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަނީ ހީވެސް ނުކުރާ ހަލުވި މިނުގައިކަން މި ތަހުޤީޤުގެ ތެރެއިން ތަޞައްވުރު ކުރެވެއެވެ. އެ މީހުންނަކީ މުސްލިމުންގެ ނަމުގައި ތިބެ، އެ މީހުންނާ އެކީގައި އުޅޭ މީހުން ފިޔަވައި އެހެން އެންމެންނަކީ ޝިރުކު ކުރާ ކާފަރު ބައެއް ކަމަށް ޤަބޫލުކުރާ ނުރައްކާތެރި ޖަމާޢަތެކެވެ.

ހައްދުފަހަނައެޅި ފިކުރަށް އުޅޭ އައްޑޫ ގިނަ މީހުންނަކީ އިރާގާއި ސީރިޔާއިން، އިސްލާމިކް ސްޓޭޓްސް (އައިސިސް) ގެ ނަމުގައި އުފަންވެގެން އައި ޖަމާޢަތަށް ތާޢީދުކުރާ ބައެކެވެ. 2014 ވަނަ އަހަރު އިރާޤުގައި އިއުލާނުކުރެވުނު އެ ޚިލާފަތަށް ތަބާވާ ބަޔަކު އައްޑޫ ސިޓީގައި ވެސް އުފެދި ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ރޭވި އިންތިޒާމް ވަމުން އަންނަތާ މިހާރު ހައެއްކަ އަހަރު ވެއްޖެއެވެ. އެންމެ ފުރަތަމަ އެ މީހުންގެ ޚިލާފަތުން އިއުލާނު ކޮށްފައި އޮތީ، ސީރިޔާގެ ބިން ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ބިމަކީ ޝިރުކުގެ ބިންތައް ކަމަށެވެ. އެހެންކަމުން އެ މީހުންނަށް ތަބާވާ މީހުން ޖިހާދުގެ ނަމުގައި ހަނގުރާމަ ކުރުމަށް ސީރިއާއަށް ދާން އޮތީ އަންގައި ދަޢުވަތު ދީފައެވެ. އަދި ސުވަރުގެއަށް ދެވެން އޮތް އެންމެ ފަސޭހަ "ޝޯޓްކަޓް" އަކީ އެ ބިމަށް ގޮސް ހަނގުރާމައިގެ މައިދާނުގައި ނަފްސު ޤުރުބާންކުރުން ކަމަށް ވެސް އޮންނަނީ ވިސްނައިދީފައެވެ. ނަމަވެސް ސީރިޔާގައި މި ޚިލާފަތުގެ ބާރު ކެނޑެން ފެށުމުން މިހާރު އިސް ޚިލާފަތުން އަންގާފައި އޮތީ އެ ބަޔަކު އުޅޭ ތަނެއްގައި ތިބެގެން ޖިހާދު ކުރުމަށެވެ.

ހަރުކަށި ފިކުރަށް ތަބާވާ ދިވެހީންގެ ރަޢުޔު

ހަރުކަށި ފިކުރަށް ތާޢީދުކުރާ މީހުން، އެހެން އެންމެންނަކީ ކާފަރުން ކަމަށް ޤަބޫލުކުރާ މައިގަނޑު ދެ ތިން ސަބަބެއް އޮވެއެވެ. މިގޮތުން ރާއްޖެއަށް ބަލާއިރު މި ފިކުރަށް ތާޢީދުކުރާ މީހުން ފާހަގަކުރާ ތިން ދަރަޖައެއް އޮވެއެވެ. ވޯޓުލުމާއި، ޑިމޮކްރެސީއަށް ތާޢީދުކުރުމާއި ސިޔާސީ ޕާޓީއަކަށް ނިސްބަތް ވުމަކީ މިބައި މީހުން ބުނާ ގޮތުން ބޮޑުވެގެންވާ ޝިރުކެކެވެ. އެހެންކަމުން އެފަދަ މީހުންނަކީ ދީނާއި އެއް ގޮތަށް އުޅުނަސް މުސްލިމުން ކަމަކަށް ހަރުކަށި ފިކުރުގެ މީހުން ޤަބޫލެއް ނުކުރެއެވެ. އެހެން އެންމެންނާ ވަކިވެގަނެ ވަކި ޖަމާޢަތެއް ހަދައިގެން ދީނުގެ ނަމުގައި މިބައި މީހުން އުޅޭ ސަބަބަކީ މިއީއެވެ.

ކުޑަކުދީންނަށް ވެކްސިން ދިނުމާއި، މަދަރުސީ ތަޢުލީމު އުނގެނުމަށް ދަރީން ތަންތަނަށް ފޮނުވުމަކީ ވެސް އެ މީހުން ޤަބޫލު ކުރާ ގޮތުން ދީނުގައި ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް ރާއްޖޭގައި ފަހަކަށް އައިސް ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ފެންމަތިވާ މިންވަރު އިތުރުވާން ފެށުމުން، މި ފިކުރު ފެތުރުމަށް ހުރަސް އެޅިދާނެ ކަމަށްޓަކައި އައްޑޫގައި އުޅޭ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު ދަރީންނަށް ވެކްސިންދީ މަދަރުސާތަކަށް މިހާރު ދަރީން ފޮނުވައެވެ.

ފިކުރަށް ތަބާވާ ގިނަ މީހުންނަށް ޢިލްމެއް ލިބިފައި ނުވޭ

ހަމަ ކުއްލިގޮތަކަށް ހަފްތާއެއްހައި ދުވަސްތެރޭ، މީހަކު ދައްކާ ވާހަކައެއް އަޑުއިވިފައި ދަންނަ ބޭކަލަކަށް ނުވާނެއެވެ. މަގުމަތީގައި އުޅެ ބޮޑުވެ މަގުމަތީގެ އުސޫލުތަކުގައި އިއްޔެ މަސްއޫލުވެ އުޅުމަށްފަހު މިއަދު ދީނީ ޢިލްމުވެރީން ކަމުގައި އެމީހުން ދަޢުވާ ކުރިޔަސް އެއީ ހަމަ ބުއްދި ލިބިފައި ހުރި އެއްވެސް މީހަކު ޤަބޫލު ކުރާނެ އަދި ބަލައިގަންނާނޭ ކަމެއް ވެސް ނޫނެވެ. އެހެންކަމުން އެއްވެސް އުޅުމެއް، އަދަބެއް ނެތި ކުށްކުރުން ކަށީގައި ހަރުލާފައި ތިބި ބަޔަކު މިއަދު މި ފެންނަނީ ކުށުގެ އާ ދާއިރާއަކަށް އެމީހުންގެ ހަރަކާތްތައް ބަަދަލުކުރަމުން އަންނަ މަންޒަރެވެ. މުއުމިނުންގެ ފޭރާން އަޅައިގެން ސޯލިޙު އަޅުންގެ ގޮތުގައި އެ މީހުން މިއަދު ފެންނާން ތިއްބަސް، އެއީ ފުރުސަތަކަށް ބަލަބަލައި ތިބޭ ޙީލަތްތެރި އަދި އަނިޔާވެރި ވިސްނުން ގެންގުޅޭ ބައެކެވެ. މާދަމާ އެ މީހުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކާއި މެދު ސަމާލުވާން ޖެހޭ ސަބަބަކީ މިއީއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންނަށް ބަލާއިރު އޭގެތެރޭގައި ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައި ތިބި މީހުން ވެސް މަދެވެ. މި ފިކުރަށް ދަޢުވަތު ދޭ އިސް މީހުން ޢާންމު ގޮތެއްގައި "ޓާގެޓަކަށް" ހަދަނީ ވެސް އެފަދަ ތަޢުލީމެއް ނެތް، މަގުމަތިވެ ގޮތްހުސްވެފައި ތިބޭ ޒުވާނުންނެވެ. އެއީ އެފަދަ ޒުވާނުންގެ ވިސްނުމާއި ކުޅެ ބޭނުން ގޮތަކަށް ވިސްނުން ބަދަލުކޮށްލުން ފަސޭހަ ކަމަކަށް ވާނެތީއެވެ.

ހަރުކަށި ފިކުރަށް ދަޢުވަތު ދިނުމަށް ފަހު އެންމެ ފުރަތަމަ ވެސް ކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ހެޔޮމަގު އަލުން ލިބޭން އޮތް ހުރިހާ ދޮރެއް ބަންދުކޮށްލާ ފަދަ ޝަރުތުތައް އެ މީހުން ކުރާނެއެވެ. މިގޮތުން މަޝްހޫރު ޢިލްމުވެރީންނާއި ދީނީ ތަޢުލީމު ޙާސިލްކޮށްގެން ތިބޭ ފަރާތްތަކާއި ސުވާލުކޮށް ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމާއި، އެމީހުން ދައްކާ ވާހަކަތައް އަޑުއަހައި ޤަބޫލުކުރުމަކީ ވެސް ތިމާގެ އީމާންތެރިކަމަށް ލޮޅުން އަންނާނެ ކަމެއް ކަމަށް ވިސްނައިދެއެވެ. އެހެންކަމުން މި ފިކުރުގެ އިސް މީހުން ދައްކާ ވާހަކައިގެ ސައްޙަކަމާއި މެދު ދީނީ ޢިލްމުވެރީންނާއި ސުވާލު ކުރަން ވެސް، އެ ދަޢުވަތު ލިބޭ މީހާ ޖެހިލުންވާ ވަރު ކޮށްލައެވެ.

ދުނިޔެއަށް މިފަދަ ބައެއްގެ ދުއްތުރާތަކާއި ކުރިމަތިލާން ޖެހޭނެކަން ކީރިތި ރަސޫލާ (ސ.ޢ.ވ) ގެ ޙަދީޘްތަކުން ވެސް ހާމަވާން އޮވެއެވެ. ހައްދުފަހަނައެޅި ފިކުރުގައި، މުސްލިމުންނާއި ދެކޮޅަށް ތެދުވެތިބި މި މީހުންގެ ވާހަކައަކީ އޭގެތެރެއިން އެންމެ ސާފުކޮށް ބަޔާންކޮށްފައިވާ އެއް ވާހަކައެވެ. އަދި ދުނިޔޭގެ ހުރިހައި ކަންކޮޅަކުންވެސް މިބައި މީހުން ފާޅުވާނެކަމުގެ އިންޒާރުވެސް ބޮޑެތި ބައެއް ޢިލްމުވެރީން މީގެ ކިތަންމެ އަހަރެއް ކުރީން ދީފައި ވެއެވެ.

އައްޑޫ ސިޓީއަށް ހަރުކަށި ފިކުރު ތަޢާރަފްކުރުން

ހަރުކަށި ފިކުރު އެންމެ ފުރަތަމަ އައްޑޫ ސިޓީއަށް އުފަންވީ 2012 ވަނައަހަރުއެވެ. އެންމެ ފުރަތަމަ އެމީހުން މި ފިކުރު ފެތުރުމުގެ މަސައްކަތް ފެށީ ރުޤުޔާ ކިޔަވައިދިނުމުގެ ނަމުގައި ބޭއްވި ވޯކްޝޮޕްތަކެއްގެ ތެރެއިންނެވެ. މި ވޯކްޝޮޕްތަކުގެ ތެރެއިން ފިކުރު ޕްރޮމޯޓުކޮށް ހައްދުފަހަނައަޅައި ދިއުމަށް ގިނަ ބަޔަކަށް ނުސީދާ ގޮތެއްގައި ހިތްވަރު ދީފައި ވެއެވެ.

އެންމެ ފުރަތަމަ އައްޑޫގައި މިބައި މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްފައި ވަނީ މާލެއިން ދަތުރުކުރި ޓީމަކުންނެވެ. އެ ޓީމުގައި އެންމެ އިސްކޮށް އުޅުނީ އަމީން ނަމަކަށް ކިޔާ މީހެކެވެ. މި ޓީމުން ވަނީ އެތައް ދުވަހެއްގެ މަސައްކަތުން އައްޑޫގެ ބައެއް މީހުންގެ ބޮލަށް ސަވާރުވެ، ނުވަތަ "ބްރެއިންވޮޝް" ކޮށްގެން މަގު އޮޅުވާލާފައެވެ. އޭގެ ފަހުން މި ފިކުރު އިތުރަށް އައްޑޫގައި އާލާކޮށް ދިރުވުމުގެ މަސައްކަތް ކޮށްފައި ވަނީ ކުރީން ތަމްރީނު ހޯދި އައްޑޫ މީހުން މެދުވެރިކޮށެވެ. އޭގެ ތެރޭގައި ހިތަދޫއަށް ނިސްބަތްވާ ނައުޝާދު ނަމަކަށްކިޔާ ޒުވާނަކާއި އަދުހަމް ނަމަކަށް ކިޔާ ޒުވާނަކު ފާހަގަކުރެވެއެވެ.

ހަރުކަށި ފިކުރުގެ "ދާދާ" އިން

1. ނައުޝާދު

ނައުޝާދަކީ އައްޑޫ ސިޓީގައި ހަރުކަށި ފިކުރަށް އެންމެ ފުރަތަމަ ބޯލެނބި މީހުންގެ ތެރެއިން އެކެކެވެ. ސްރީލަންކާގައި ކިޔަވަން ގޮސް އުޅުމުގެ ތެރޭގައި އޭނާއަށް މި ދަޢުވަތު ލިބުނީ އެ ޤައުމުގެ ބައެއްގެ ފަރާތުން ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

ސާނަވީ ތައުލީމު ހާސިލްކުރަމުން ދިޔަ ނައުޝާދު ކިޔެވުުން ހުއްޓާލުމަށްފަހު ލަންކާއަށް އަށް ބަދަލުވީ 2012 ވަނަ އަހަރުގައެވެ. ލަންކާގައި އޭނާ ދިޔައީ ބިޒްނަސް މެނޭޖްމެންޓް ކިޔަވަމުންނެވެ. ލަންކާއަށް ބަދަލުވުމާއި އެކު އޭނާގެ ދިރިއުުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ވެއެވެ.

ހަރުކަށި ފިކުރުގެ ތެރެއަށް ނައުޝާދަށް ވަދެވުމާއި އެކު، އޭނާ ވަނީ އެގައުމުގައި ދިރިއުޅެމުން އައި އެހެން ދިވެހީންތަކެއްވެސް މި ފިކުރުގެ ތެރެއަށް ވެއްދުމަށް މަސައްކަތް ކޮށްފައެވެ.

"އޭރު ނައުޝާދު ލަންކާގަ ހުރެފައި އަޅުގަނޑަށް ދަޢުވަތު ދިނީ ކޮފީއަކަށް. އެ ކޮފީއަށް ގޮސް އަޅުގަނޑަށް އޭނާ ދެއްކީ ސީރިޔާގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އައިސިސް ޖަމާޢަތުގެ މީހުން ހަދިޔާ ބަހާ ވީޑިއޯއެއް. ދެން އޭނާ ބުނީ ހަނގުރާމަ ކުރީމަ މުސާރަވެސް ލިބޭނެއޭ. އަދި އެމީހުން ވަރަށް ރަނގަޅުވާނެއޭވެސް ބުނި. އަޅުގަނޑު އޭނާ ކައިރީ ވަގުތުން ބުނިން އަޅުގަނޑު ބޭނުމެއް ނޫނޭ ތިކަން އިތުރަށް ބަލާކަށްވެސް،" ނައުޝާދުގެ ފަރާތުން ހަރުކަށި ފިކުރަށް ދަޢުވަތު ލިބުނު ޒުވާނަކު ކިޔައިދިނެވެ.

އެއަށްފަހު 2013 ވަނަ އަހަރުގެ ފަހުކޮޅު އެނބުރި ރަށަށް އައިސް އައްޑޫގައި އެ ފިކުރު ފެތުރުމުގައި، ނައުޝާދުގެ ރޯލު އިތުރުކޮށްފައި ވެއެވެ. މިހާރު ގޭގައި އަމިއްލަ ވިޔަފާރިއެއް ހިންގައިގެން ޢާމްދަނީ ހޯދާ ނައުޝާދުގެ ޙަރަކާތްތަކަށް ވެސް "ވަގުތު 26" ޓީމުން ފާރަލާފައި ވާނެއެވެ. މިގޮތުން ލިބުނު މަޢުލޫމާތަކަށް ބަލާއިރު އޭނާއަކީ މިހާރު އައްޑޫގައި މި ފިކުރުގެ ފެތުރުމުގައި އިސްކޮށް އުޅޭ އެއް "ކޮމާންޑަރެވެ."

2. އަދުހަމު

އަދުހަމަކީ ފެށުނީއްސުގެ އައްޑޫ ސިޓީ ހިތަދޫގައި ދިރިއުޅެމުން އަންނަ މީހެކެވެ. މިހާތަނަށް އޭނާ ދުވަހަކުވެސް އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މީގެ ކުރިން އޭނާ ވަނީ ކައިވެންޏެއްކޮށް، އެ ކައިވެންޏަށް ވަނީ ދަރިއަކު ލިބިފަައެވެ. އެހެން ނަމަވެސް މިހާރު އެ ކައިވެނި ވަނީ ރޫޅިފައެވެ.

އަދުހަމަކީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި ނައުޝާދާއި އެއް ގިންތިއެއްގައި މަސައްކަތްކުރާ މީހެކެވެ. އަދުހަމު ދިރިއުޅޭ ގޭގައިވެސް މީގެކުރިން އެ ފިކުރުގެ މީހުން ތަމްރީން ކުރުމުގެ ހަރަކާތްތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

3. މުޙައްމަދު (އައުލާކީ)

މުޙައްމަދު ނުވަތަ ހަރުކަށި ފިކުރުގެ މީހުންގެ ނަމުންނަމަ "އައުލާކީ" އަކީ އެ ފިކުރުގެ މީހުން "ޖިހާދަށް" ފުރުމުގެ ކުރީން، އެންމެ ފަހުން ބައްދަލުކުރާ މީހާއެވެ. އެ ބައްދަލުވުމުގައި އޭނާ އެމީހުންނަށް ދެން ވާންވީގޮތް ކިޔައިދީ ހިތްވަރުދީ، ދަތުރުގެ ކަންކަން ހަމަޖައްސާނެ ގޮތާއި، ފައިސާ ހޯދާނެ ގޮތްތަކާއި، ލޯނު ނަގާނެ ގޮތްތަށް ކިޔައިދެއެވެ. އަދި އެމީހުން ނަގާ ލޯނުތަކަށް ޒިންމާވާނެ ކަމަށްވެސް އައުލާކީ ބުނެއެވެ. އެހެންނަމަވެސް ޖިހާދަށް ދާ މީހުންނަށް އެމީހުންގެ ލޯނުތައް ނުދެއްކި، އެންމެ ފަހުން އެކަމަށް ޒިންމާވާން ޖެހެނީ އެމީހުންގެ އާއިލާއިންނެވެ.

އެހެން މީހުންނަށް ހަރުކަށި ފިކުރު ކިޔައިދީ އެ ފިކުރަށް ވެއްދުމުގައި އިސްކޮށްއުޅޭ "އައުލާކީ" ސާނަވީ ތަޢުލީމުވެސް ފުރިހަމަކޮށްފައިވާ މީހެއް ނޫނެވެ. ކިޔެވުން ހުއްޓާލިފަހުންވެސް އޭނާ އިތުރަށް ތަޢުލީމު ޙާސިލްކޮށްފައެއް ނުވެއެވެ. އޭނާ ކަންކުރަނީ އޭނާއަށްވުރެ އިސްކޮށް ހަރަކާތްތެރިވާ މީހުންގެ އިރުޝާދާއި އެއްގޮތަށެވެ.

4. ނާހިދު

އުމުރުން 31 އަހަރުގެ ނާހިދަކީ އައްޑޫ ސީޓީ ހިތަދޫގެ މަޝްހޫރު ވިޔަފާރިވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. ދާދި ފަހަކާއި ޖެހެންދެން އޭނާ ވަނީ އެ ވިޔަފާރީގެ ކަންކަމުގައިވެސް އުޅެފައެވެ. ހަރުކަށި ފިކުރަށް ބަދަލުވެ އޭނާގެ އުޅުން ބަދަލުވީ ފުރަތަމަ ކުރި ކައިވެނި ރޫޅުނުތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ބަޔަކު އޭނާގެ ވިސްނުމާއި ކުޅެ ހަރުކަށި ފިކުރަށް ބޯލެނބުނީ ދިރިއުޅުމުގައި ދިމާވި އެ ދަނޑިވަޅަށްފަހު އެކަމާއި "ޑިޕްރެސްވެގެން" އުޅެނިކޮށް ކަމަށް ޢާއިލާއިން ބުނެފައި ވެއެވެ.

ހަރުކަށި ފިކުރަށް ބަދަލުވިފަހުން އެހެން މީހަކާއި ކައިވެނިކޮށްގެން އުޅޭ ނާހިދު މިހާރު އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އޭނާގެ ފިކުރު ބަދަލުވީ ފަހުން އާއިލާގެ އެހެން މެމްބަރުންނާއި ދުރުވެ މިހާރު އުޅެމުން އަންނަނީ އެހެން ގެއެއްގައެވެ. ފާއިތުވެދިޔަ އަހަރެއްހައި ދުވަސް ތެރޭވެސް އޭނާ ގެއިން ބޭރަށް ނިކުމެފައި ވަނީ މަދު ފަހަރެއްގައިކަން ފާހަގަކުރެވެއެވެ. ދިރިއުޅުން އެހެން ތަނަކަށް ބަދަލުކުރިފަހުން އާއިލާއާއި މާބޮޑު ގުޅުމެއް ނާހިދު ނުބާއްވައެވެ.

ނާހިދު ދިރިއުޅެމުން އަންނަ ގެޔަކީ އައްޑޫގެ ހަރުކަށި ފިކުރުގެ މީހުން ޢާންމުކޮށް އެއްވެ އުޅޭ ގެއެކެވެ. މި ފިކުރުގެ މީހުން، ފިކުރަށް ޖޯޝު ގެނައުމަށް ވީޑިއޯ އާއި ޑޮކިއުމެންޓްރީތައް ދައްކާ "ސިނަމާ" ހިންގަނީ އެގޭގައެވެ.

ނާހިދުގެ އިތުރުން ޖިނާހު ނަމަކަށްކިޔާ މީހަކާއި ގައިސްގެ އިތުރުން ހުނައިފް ނަމަކަށްކިޔާ މީހަކުވެސް އައްޑޫގައި މި ފިކުރު އާލާކުރުމުގައި މިހާރު "އެކްޓިވް" ކަން ފާހަގަކުރެވިފައި ވެއެވެ. ހަމައެންމެ މަރަދޫ ޓީޗަރެއް ކަމަށްވާ ހުސެން ނަމަކަށްކިޔާ މީހަކުވެސް ހިމެނެއެވެ.

މާލެއިން އައްޑޫއަށް ތަމްރީނުތައް ކުރިޔަށް ގެންދިއުމަށް ބައެއް މީހުން މިހާރުވެސް ދޭތެރެ ދޭތެރެއިން ދަތުރުކުރާކަން ފާހަގަކުރެވިފައި ވެއެވެ. މިގޮތުންކުރާ ދަތުރުތަކުގައި އައްޑޫގައި ހަރުކަށި ފިކުރަށް މީހުން ތަބާކުރުމުގައި އެންމެ އިސްކޮށް އުޅޭ މީހުންނާއި ބައްދަލުކޮށް މަޢުލޫމާތު ސާފުކޮށް ދެންކަންކަން ކުރަންވީގޮތް ރާވައި އިންތިޒާމް ކުރެއެވެ. މިބައިމީހުން މިފަދަ މަޝްވަރާތައްކޮށް އުޅެނީ ސިއްރުން ބައްދަލުވުމަށްޓަކައި އެމީހުން ޚާއްސަކޮށްފައި ހުންނަ ގެތަކާއި ތަންތަނުގައެވެ. އަދި ބައެއް މީހުންނަށް މި ފިކުރު އުނގަންނައި ދިނުމުގައި ޢަމަލީގޮތުން، މާލެއިން ދަތުރުކުރާ އިސް މީހުންވެސް ހަރަކާތްތެރިވެއެވެ.

ހަރުކަށި ފިކުރަށް ދަޢުވަތު ދިނުން

ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން އެ މީހުންގެ ފިކުރަށް އެހެން މީހުން ލަންބާލުމަށް ކުރާ މަސައްކަތް އެންމެ ފުރަތަމަ ފަށަނީ ދަޢުވަތަކުން ނޫނެވެ. ޢާންމު ގޮތެއްގައި އެ މީހުންގެ އަމާޒަކަށް ހަދަނީ މިސްކިތްތަކަށްދާ ޒުވާން އުމުރުގެ މީހުން ނުވަތަ ކުޑަކުދީންނެވެ. އާދަކޮށް މިސްކިތަށް ނަމާދަށްދާ މީހުން ފާހަގަކޮށް އެ މީހުންނާއި މަޑުމަޑުން ރަޙުމަތްތެރިވާން ކުރާ މަސައްކަތަކީ މިކަމުގެ ފުރަތަމަ މަރުޙަލާއެވެ. މި އެކުވެރިކަން ބަދަހި ކުރަމުން ގޮސް އިތުބާރު ލިބޭ ދަނޑިވަޅަކީ އެމީހުންގެ ހަޤީޤީ މަޤުސަދު ޙާސިލް ކުރުމަށް މަސައްކަތް ފަށާ ހިސާބެވެ.

މިކަމަށް ޚާއްސަކޮށް ތަމްރީނު ލިބިފައިވާ މީހުން އައްޑޫގައި ވެސް މިހާރު ގިނައެވެ. މި ގޮތުން ތައުހީދުން އަރަބި ބައިތައް ހިތުދަސްކޮށް ކިޔައިދީގެން، އޭގެ ހަޤީޤީ މާނަ އޮޅުވާލުމަކީ އެމީހުންގެ އެންމެ ޢާންމު ސިފައެވެ. އެންމެ ފުރަތަމަ ނަސޭހަތް ދޭނީއެވެ. އަޅުކަމާއި ހެޔޮ ޢަމަލުތައް ގިނަކުރުމުގެ މުޙިންމު ކަމުގެ ވާހަކަ ވެސް ދައްކާނެއެވެ. އަދި ނުބައި ކަންކަމުގެ ދަރަޖަތައް އެ މީހުން ކަނޑައަޅާފައި އޮންނަ ގޮތެއްގެ މަތީން ކިޔައިދެއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމާއި އެނޫންވެސް އެފަދަ ކުށް ކުރުމަކީ އާދައިގެ ފާފަތައް ކަމަށް ވިސްނައިދީ، އެންމެ ބޮޑު ފާފައަކީ ޢިލްމުވެރީންނާއި އިމާމުން ދައްކާ ވާހަކަތައް ޤާބޫލުކޮށް އެފަރާތްތައް ނަމޫނާއަކަށް ބެލުން ކަމަށްބުނެ، ޢިލްމުވެރިންނާއި މެދު ނަފްރަތުވުން އުފައްދާނެއެވެ. އަދި އެއަށްފަހު އެފަދަ ޢިލްމުވެރިން ފާހަގަކޮށް އެމީހުންނަށް ބަދުބަސް ބުނުމަކީ ހެޔޮ ޢަމަލެއް ކަމުގައި ވެސް ދައްކައި ވިސްނައިދެއެވެ.

މި ފިކުރަށް ދަޢުވަތު ލިބުނު ޒުވާން ފިރިހެން ކުއްޖަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި، އޭނާގެ ދެ އެކުވެރިޔަކު މިހާރު އެ ފިކުރަށް ތަބާވެއެވެ. އަދި ދޭތެރެ ދޭތެރެއިން ދިމާވެފައި ދަރުސް ދީ އެ ފިކުރަށް އުޅެން ޖެހޭ ސަބަބުތައް ކަމަށް ބުނެ ކަންކަން ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ. އަދި މި ބިމުގައި ޖިހާދުކޮށް އަވަހަށް މަރުވުމަކީ ޝިރުކުން ސަލާމަތްވެ އެންމެ އަވަހަށް ސުވަރުގެޔަށް ދެވެން އޮތް ގޮތް ކަމަށް ބުނެ ވިސްނުމާއި ކުޅެލަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.

"ސްކޫލުގައި ކުރިން ކިޔަވަން އުޅުނުއިރު ދީން ކިޔަވައިދެއްވި މުދައްރިސުންނާއި ރަށުގެ ބޮޑެތި ޢިލްމުވެރީންގެ މައްޗަށް މި މީހުން އެބަ ވާހަކަ ދައްކާ. އަދި އެއީ ކާފަރުން ކަމަށް ބުނޭ. އެހައި ހިސާބުން އަޅުގަނޑަށް ދަތިވޭ މި ދައްކާ ވާހަކަ ޤަބޫލުކުރަން. އެކުގައި ކިޔަވަން އުޅުނު މީހަކު ކުއްލިއަކަށް މުދައްރިސުންނާއި ޢިލްމުވެރީންނާއި އިމާމުން ކާފަރު ކުރީމައި އެއީ ހެޔޮ ނިޔަތެއްގައި އުޅޭ، އެބުނާހާ ސޯލިހު ބައެއް ނޫން ކަން ވިސްނޭ،" އެ ކުއްޖާ ކިޔައިދިނެވެ.

"ވަގުތު" އަށް އައްޑޫ އިން މަޢުލޫމާތު ދިން ބޭފުޅަކު ވިދާޅުވެފައިވާ ގޮތުން ވަރަށް ޢާންމު ގޮތެއްގައި އޭނާ މިސްކިތުން ނިކުންނަ ވަގުތާއި ދިމާކޮށް ހަރުކަށި ފިކުރުގެ މީހުން މިސްކިތުން ބޭރުގައި މަޑުކޮށްލައިގެން ތިބެއެވެ. މިގޮތުން ކައިރިން ހުރަސްކުރާ ވަގުތު "ޙިމާރަށް" ގޮވައި އެނޫންވެސް ބޭއަދަބީ ބަހުންނާއި ހަޑިހުތުރު ބަސްތައް ބުނެ އުޅޭ ކަމަށް ބުންޏެވެ.

"މިސްކިތުން ނިކުމެގެންދާ ވަގުތު ބައެއް ފަހަރަށް ތިބޭނެ މަޑުކޮށްލައިގެން ބޭރުގައި. ހުރަސް ކޮށްފައި ދާ ވަގުތު ބުނާނެ މިހިރާ ޙިމާރާއޭ މާ ބޮޑަށް ސައިޒު އޮޅިގެން ނޫޅެއްޗޭ. ވަރަށް ހަޑިހުތުރު ބަހުން ވެސް ވާހަކަ ދައްކާނެ. އެ މީހުން ޤަބޫލު ކުރާ ގޮތުން އެއީ ދަރުމަ ލިބެނިވި ހެޔޮ ޢަމަލެއް. ޝިރުކު ކުރާ ކާފަރުންނާއި މުޙާތަބު ކުރަން ޖެހޭ ގޮތަކީ އެއީ ކަމަށް އެމީހުން ބުނޭ،" މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

ދަޢުވަތަށް ފަހު ފިކުރަށް ހިތްޖެއްސުން

ހައްދުފަހަނައަޅާފައިވާ ފިކުރަށް މީހަކު ބަދަލުކޮށްލުމަށްދޭ ދަޢުވަތު އެ ފަރާތަކުން ޤަބޫލުކޮށް އެކަން ކަށަވަރުވެއްޖެނަމަ، އެ މީހުން މަސައްކަތް ކުރާނީ ދެން އަނބުރާ އެ މީހަކަށް ހެޔޮ ވިސްނުން ނުލިބޭ މިންވަރަށް މަގު އޮޅުވާލުމަށެވެ. މި ގޮތުން ބޭރު ޤައުމުތަކުގައި އައިސިސް ޖަމާޢަތުން ހިންގާފައިވާ ޖަރީމާތައް ފެންނަ ވީޑިއޯތަކާއި، ދިވެހިން އަޑުއަޅާފައި ހުންނަ ޑޮކިއުމެންޓްރީތައް ދައްކައިގެން އެ ފިކުރަށް ހިތް ޖައްސުވައެވެ. އަދި ހަޤީޤީ މުސްލިމުންނަކީ ހަމައެކަނި އެއީ ކަމަށް ބުނެ ޖިހާދަށް ހިތްވަރުދީ ޝެއިޚުންނާއި ޢިލްމުވެރިންގެ ލޭ ހުއްދަ ކުރާ ހިސާބަށް ގޮސް، ލޭއޮހޮރުވުންތައް ހިންގުމަށް ހިތްވަރުދެއެވެ.

އައްޑޫގައި މި މަސައްކަތް ކުރުމަށް ކަނޑައަޅާފައި ހުންނަ ވަކި ގެއެއް ހުރެއެވެ. ޢާންމުގޮތެއްގައި ހިތަދޫގައި އުޅޭ ހަރުކަށި ފިކުރުގެ ގިނަ ބަޔަކު އެއްވާ މި ގެޔަކީ އެމީހުންގެ "ސިނަމާ" އެވެ. މި ސިނަމާއަށް ގެންދަނީ އިތުބާރު ލިބިފައިވާ މީހުން އެކަންޏެވެ. އެތަނުގައި ދައްކާ ވަކި ޚާއްސަ ޑޮކިއުމެންޓްރީތަކުންނާއި ވީޑިއޯތަކުން ހަރުކަށި ފިކުރަށް ޖޯޝު ގެނުވާ ކަމަށް ވެއެވެ. އައްޑޫ ހަރުކަށި ފިކުރުގެ މީހުން ސިނަމާގެ ގޮތުގައި ބޭނުން ކުރަނީ މި ފިކުރަށް ތަބާވާ މީހުންގެ ތެރެއިން އިސްވެ ފާހަގަކޮށްފައިވާ ނާހިދު މިހާރު ދިރިއުޅޭ ގޭގައެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ސިނަމާ -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ސީރިޔާގައި އުޅޭ އެހެން ދިވެހީންގެ ރެކޯޑް ކޮށްފައިވާ ވީޑީއޯތަކާއި، އެނޫން މީހުންވެސް ބޭރު ޤައުމުތަކުގައި ހިންގާ ޖަރީމާތަކުގެ މަންޒަރު މި ސިނަމާގައި ދައްކައެވެ. އަދި އެއީ ﷲ ގެ މަގުގައި ޖިހާދު ކުރާ ގޮތް ކަމަށް ވިސްނައިދީ އެ ކަމަށް މީހުން ތައްޔާރު ކުރެއެވެ. ސިނަމާގެ އިތުރުން މީސްމީޑިއާގެ އެކިއެކި މަންސަތައް މެދުވެރިކޮށް ވެސް ގްރޫޕްތައް ހަދައިގެން މިފަދަ ވީޑީއޯތައް ޢާންމުކޮށްފައި އެބަ ހުއްޓެވެ. އައްޑޫގެ ހަރުކަށި ފިކުރުގެ މީހުން މިފަދަ ގިނަ ގްރޫޕްތައް ހަދައިގެން ހިންގަމުން ދެއެވެ. މި ގްރޫޕްތަކުގެ ތެރޭގައި އައްޑޫގެ ބައެއް ޢިލްމުވެރީންނަށް ބަދުބަސް ރައްދުކޮށް އެމީހުންނަށް މަލާމާތްކޮށް ކުރަހާފައި ހުންނަ ކުރެހުންތައް ޢާންމު ކުރެއެވެ.

"މި ޖިހާދުގައި ބައިވެރިވުމަކީ މިހާތަނަށް ކޮށްފައިހުރި ހުރިހާ ފާފައެއް ފޮހެވޭނެކަމެއްކަން ވިސްނައިދޭ. އެހެންވެ އާންމުކޮށް ކުރިން ކުށްކޮށް އުޅުނު މީހުންނަށް ދެނީ އިޚްތިޔާރެއް މި ފުރުސަތުގައި ހިފާނީތޯ ނޫނީ ދޫކޮށްލާނީތޯ. އެހައި ހިސާބުން އެމީހުންވެސް ބޭނުންވަނީ ހެޔޮގޮތް މެދުވެރިވާންތާ. ހަޤީޤަތް އެމީހުންނަށް ވިސްނޭއިރު، އެމީހުން މި ތިބެނީ އެހެން މީހުން މަގުފުރެއްދުމުގެ މަސައްކަތުގައި،" ދަޢުވަތު ލިބުނު ހިތަދޫ ޒުވާނަކު ބުންޏެވެ.

އައްޑޫ ހަރުކަށި ފިކުރުގެ މީހުންގެ "ހެޑްކުއާޓާސް"

"ވަގުތު 26" ޓީމުން ވާނީ ޒަމާނީ އާލާތްތައް މެދުވެރިކޮށް މިމީހުން ޢާންމުކޮށް އެއްވެ އުޅޭތަންތަން އެމީހުންނަށް ނޭނގި ބަލައި މޮނިޓާކޮށްފައެވެ. މިގޮތުން މިފިކުރުގެ އައްޑޫގައި އުޅޭ މީހުން ޢާންމުކޮށް މަޝްވަރާ ބައްދަލުވުންތައް ބާއްވައި އުޅެނީ ހިތަދޫ ހުކުރު މިސްކިތާއި ދުރުނޫން ހިސާބެއްގައި ހުންނަ ގެއެއްގެ ތެރޭގައިކަން ވަނީ ފާހަގަކުރެވިފައެވެ. މިއީ އައްޑޫސިޓީ ހަރުކަށި ފިކުރަށް ތަބާވާ މީހުންގެ "ހެޑްކުއާޓާސް" އެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ހެޑްކުއާޓާސް -- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ގެޔަކީ އެއްވެސް ގޮތަކަށް އެތެރެ ނުފެންނާނެ ހެން ބަންދުކޮށް އަދި ސެކިއުރިޓީ ވަރުގަދަކޮށްފައި ހުންނަ ގެއެކެވެ. ޢާންމު ގޮތެއްގައި ރޭގަނޑުގެ ވަގުތުތަކުގައި މި ގެ ހުންނަ ސަރަޙައްދަށް ހަރުކަށި ފިކުރުގެ ބައެއް މީހުން ގޮސް އުޅޭ މަންޒަރު ފެނެއެވެ. އަދި ވަރަށް ގިނަ ވަގުތުތަކުގައި އެ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމަށް އެކަކު ނުވަތަ ދެ މީހަކު ބޭރުގައި ތިބޭ ތަން ވެސް ފެނިފައި ވެއެވެ. މީގެ އިތުރުން އެ ސަރަޙައްދުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި ސައިކަލްތަކުގައި އެމީހުން އެ ސަރަޙައްދުގައި ދުއްވައި އުޅޭ މަންޒަރު ވެސް ފެނިފައި ވެއެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ހެޑްކުއާޓާސް -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އައްޑޫ ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި ވެސް އެކި ފަންތީގެ މީހުން ތިބެއެވެ. މިގޮތުން އެމީހުންގެ ތެރޭގައި އެމީހުން ޤަބޫލުކުރާ ޤާޟީއަކ ވެސް އައްޔަންކޮށްފައި ވެއެވެ. އުނައިސް ނަމަކަށް ކިޔާ އެ ޒުވާނާއަކީ ގްރޭޑް 10 އާއި ހަމައަށް ކިޔަވައިގެން ހުރި މީހެކެވެ. އެ ފިކުރުގެ މީހުންގެ ޤާޟީގެ ގޮތުގައި ކަނޑައަޅާފައި ހުންނަ އުނައިސް އެ މީހުންނަށް ކައިވެނި ވެސް ކޮށްދެއެވެ. ދައުލަތުގެ ކޯޓުތައް މެދުވެރިކޮށް މި މީހުން ކައިވެނި ނުކުރެއެވެ.

ހަރުކަށި ފިކުރުގެ މީހުންގެ ހެޑްކުއާޓާސް (ބޮޅު އަޅާފައި) -- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ތަމްރީނުވުމާއި ތަމްރީނުތައް ކުރިޔަށްގެންދާ ގޮތް

އައްޑޫ ހަރުކަށި ފިކުރުގެ ޖަމާޢަތުން މީގެ ކުރީން މި ސިޓީގެ ބައެއް ގެތަކުގައި ވެސް ތަމްރީނުތައް ހިންގާފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ވެއެވެ. ހަމަ އެހެންމެ ހިތަދޫ ޒޯން ސްޓޭޑިއަމް އާއި ހުކުރު މިސްކިތް ކައިރީގައި އޮންނަ ރަސްމީ ދަނޑުގައި ވެސް ރޭގަނޑުގެ ބައެއް ވަގުތުތަކުގައި ތަމްރީނުތައް ހަދައި އުޅުނު މަންޒަރު ބައެއް ޢާންމު ފަރާތްތަކަށް ފެނިފައި ވެއެވެ. މިގޮތުން ކުރިޔަށްގެންދާ ތަމްރީނުތައް ވީޑިއޯކޮށް އެ ވީޑިއޯތައް އެމީހުންގެ "ސިނަމާ" ގައި ވެސް ދައްކައެވެ.

ހަރުކަށި ފިކުރުގެ އެންމެ ފުރަތަަމަ ތަމްރީނުތައް ކުރިޔަށް ގެންދިޔަ އައްޑޫ ސްޓޭޑިއަމް -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

މިފަދަ ތަމްރީނު ޕްރޮގްރާމެއްގެ ވީޑިއޯ ފެނުނު ޒުވާނަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ ފަހަކަށް އައިސް ރަށު ތެރޭގައި ތަމްރީނުތައް ކުރިޔަށް ގެންދިއުން ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށެވެ. މިހާރު އެފަދަ ކަންކަން ކުރިޔަށް ގެންދަނީ ދަތުރު ދިއުމުގެ ނަމުގައި އައްޑޫގެ ބައެއް ފަޅު ރަށްތަކަށް ގޮސްގެން ކަމަށް ވެސް އޭނާ ބުންޏެވެ. ޢާންމު ގޮތެއްގައި އައްޑޫ ހަރުކަށި ފިކުރުގެ މީހުން ތަމްރީނުވުމަށް ދަތުރު ގޮސް އުޅޭ ފަޅުރަށްތަކުގެ ތެރޭގައި ހިތަދޫ އާއި ދުރުނޫން ހިސާބެއްގައި އޮންނަ "ފަސްގަނޑަ" އާއި "އެއް ރުއް ހެރަ" އަދި "ކަނޑިހެރަ" ހިމެނެއެވެ.

ފަޅު ރަށްތަކަށް އެ މީހުން ހުކުރު ދުވަސްތަކާއި ޢީދު ދުވަސްތަކާއި ދިމާކޮށް ވެސް ދަތުރު ކުރެއެވެ. އަދި އެ ތަންތަނުގައި ޖަމާޢަތް ހަދައިގެން ހުކުރު ނަމާދާއި ޢީދު ނަމާދު ކުރެއެވެ.

މި އަހަރުގެ ކުރީކޮޅު "ކަނޑިހެރަ" އަށް ދިޔަ އައްޑޫގެ ހަރުކަށި ފިކުރުގެ ޖަމާޢަތުން އެ ރަށުގައި ވަރުގަދަ ތަމްރީނުތަކެއް ހަދާފައިވާ ކަމުގެ މަޢުލޫމާތު ވެސް ވަނީ ލިބިފައެވެ. މި ގޮތުން އަމިއްލައަށް ތައްޔާރުކޮށްފައި ހުރި "ބަޒޫކާއެއް ފާޑުގެ" ގޮވާ ތަކެތި އެރަށުގައި ޓެސްޓު ކުރިކަން ވެސް އެނގިފައި ވެއެވެ. މި ޓެސްޓުކުރުންތައް ކުރިޔަށްދިޔަ ވަގުތު ނަގާފައިވާ މަންޒަރުތައްވެސް "ސިނަމާ" ގައި ވަނީ ދައްކާފައެވެ.

ޢާންމު ގޮތެއްގައި މި މީހުން ފަޅުރަށްތަކަށް ދަތުރު ދަނީ އަނބި ދަރީން ވެސް ގޮވައިގެންނެވެ. އަދި ބައެއް ކަހަލަ ތަމްރީނުތަކުގައި އަންހެނުންނާއި ކުޑަކުދިންވެސް ބައިވެރިކޮށް އުޅެއެވެ. މި ގޮތުން ބިރު ކެނޑުވުމަށް ދިރޭތަކެތި އެމީހުންގެ އަތަށް ދީ ހަދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ވެސް ސިމަނާގައި ދައްކާފައި ވެއެވެ.

ފަހަކަށް އައިސް ޢާންމުންގެ ނަޒަރު އެ މީހުންގެ ތަފާތުއެކި ޙަރަކާތްތަކަށް އަމާޒުވަމުން އަންނާތީ، އެމީހުން އަންނަނީ ތަމްރީނުވުމުގެ ކަންކަމުގައި ވެސް އިތުރު ގޮތްތަކެއް ހޯދާފައެވެ. މިގޮތުން ޓްރެއިން ހެދުމާއި ބޮޑެތި މަޝްވަރާ ބައްދަލުވުންތައް، މަސްވެރިކަންކުރާ ދޯނިފަހަރުތަކުގައި ކަނޑުމަތީގައި ވެސް ކުރަމުން އަންނަކަން ފާހަގަކުރެވިފައި ވެއެވެ.

ފައިސާ އާއި އާމްދަނީ ހޯދުމަށް ކުރަނީ ކޮން ކަމެއް؟

އައްޑޫ ސިޓީގައި އުޅޭ ހަރުކަށި ވިސްނުމުގެ މީހުން ފައިސާ ހޯދުމަށް އެކިއެކި މަސައްކަތްތައް ކޮށް އުޅެއެވެ. މީގެ ތެރެއިން އިސް ބައެއް މީހުންގެ މަޢުލޫމާތުތައް ހޯދައި ބެލިއިރު ބައެއް މީހުން ދަނޑު ހެއްދުމުގެ މަސައްކަތްވެސް ކޮށް އުޅެއެވެ. އަދި ހިތަދޫގައި އުޅޭ މި ޖަމާޢަތުގެ އިސް ޒުވާނަކު ހެދިކާހަދައި އަމިއްލަ ވިޔަފާރިއެއް ހިންގައެވެ. މީގެ އިތުރުން ހިތަދޫ ބޮޑުމަގުގައި މި މީހުންގެ އިސް މީހެއްގެ ފިހާރައެއްވެސް ހިންގަމުން ދެއެވެ.

ހަރުކަށި ފިކުރުގެ މީހުން ތަމްރީނުހަދާ ކަމަށް ބެލެވޭ ސަރަހައްދު --- ވަގުތު އިމޭޖްސް: އިބްެރާހިމް ޝާބިލް

އަމިއްލަ ވިޔަފާރިތަކުން އައްޑޫގައި އުޅޭ ހަރުކަށި ފިކުރުގެ ބައެއް މީހުން އާމްދަނީ ހޯދާއިރު، މި ސިޓީގައި އުޅޭ މި ޖަމާޢަތުގެ އެންމެ އިސް ފަރާތްތަކަށް ބޭރުގައި ހިންގާ ނިރުބަވެރި ޖަމާޢަތްތަކުންވެސް ފައިސާ ފޯރުކޮށްދެއެވެ. މިއީ މި ޖަމާޢަތުގެ ގިނަ މީހުންނަށްވެސް ސިއްރު ކުރެވިފައި އޮންނަ މުޢާމަލާތެކެވެ. މިގޮތުން ލިބޭ ފައިސާއިން މި ޖަމާޢަތުގެ މެމްބަރުން އެއްތަންކޮށް ޙަފްލާތަކާއި ތަމްރީނު ހަރަކާތްތަކާއި ދަތުރު ދިޔުންފަދަކަންކަން ކޮށް އުޅެއެވެ.

ހަރުކަށި ފިކުރަށް ތަބާވާ މީހުން އެމީހުން ކުރީން ބޭނުންކޮށްފައިވާ ބައެއް ކަހަލަތަކެއްޗަކީ ބޭނުންކުރުން ހުއްދަ ތަކެތި ކަމަށް ޤަބޫލެއް ނުކުރެއެވެ. މިގޮތުން ޓީވީ އާއި ޕްލޭސްޓޭޝަނާއި އެނޫންވެސް އެފަދަ އަގުހުރި ތަކެއްޗަކީ ކާފަރުން ބޭނުންކުރާ ތަކެތިކަމަށް ބަލައި އެތަކެތި ވިއްކާލައެވެ. އަދި ބައެއް މީހުން އެފަދަ ތަކެތި ހަލާކުކޮށް ނައްތާލަނީއެވެ. މީގެ ކުރީން ބޭރުގެ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތްތަކާއި ގުޅިގެން އުޅުނު ބައެއް މީހުން، ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމުގެ ބޭނުމުގައިވެސް މިގޮތުން ބޭނުންކުރާ އަމިއްލަ މުދާ ވިއްކައިގެން ފައިސާ އެއްކޮށްފައި ވެއެވެ.

އެހެން މީހުންގެ މުދަލަކީ ޣަނީމާ މުދާ

ހަރުކަށި ފިކުރުގެ މީހުން ޤަބޫލުކުރާ ގޮތުން އެބައި މީހުން ނޫން ދެންތިބޭ "ކާފަރުން" ގެ މުދަލަކީ ޣަނީމާ މުދަލެވެ. އެއީ އެމީހުން އުޅެނީ ހަނގުރާމައިގެ މައިދާނުގައި ކަމަށް ޤަބޫލުކުރާތީ އާއި، ހަނގުރާމައިގެ މައިދާނުން ދުޝްމަނުންގެ އަތުން ލިބޭ ތަކެއްޗަކީ މިގޮތުން އަތުލައިގަތުން ހުއްދަ ތަކެތި ކަމަށް ވާތީއެވެ. އެހެންކަމުން ވިޔަފާރިތައް ހިންގާ ތަންތަނާއި ފިހާރަތަކާއި ގެތައް ފަޅާލައިގެން ވައްކަން ކޮށް ވަގަށްނަގާ މުދަލާއި ފައިސާއަކީ މިގޮތުން ބޭނުންކުރުން ހުއްދަ އެއްޗެއް ކަމަށް ހަރުކަށި ފިކުރުގެ މީހުން ޤަބޫލުކުރެއެވެ.

އައްޑޫ ސިޓީގައިވެސް ހަރުކަށި ފިކުރުގެ މީހުން މީގެ ކުރީން މިފަދަ ޢަމަލުތައް ހިންގާފައިވެއެވެ. މިގޮތުން މި ޖަމާޢަތުގެ މީހުން ހިތަދޫގެ ބައެއް ގެތަކާއި ފިހާރަތައް ފަޅާލި މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. ޢާންމު ގޮތެއްގައި އެމީން މިގޮތަށް ވަގަށްނަގާ ތަކެތި ވިއްކަނީ ރަށުން ބޭރަށެވެ.

ޖިހާދުގެ ނަމުގައި ބޭރަށް ފުރައިގެން ދިއުމާއި އެކަމަށް ތައްޔާރުވުން

މި ފިކުރަށް ތަބާވެ މަގުގުއޮޅިފައިވާ ގިނަ މީހުންގެ މަޤްސަދަކަށް ވަނީ "ޝިރުކުގެ މި ބިމުން" ފުރައިގެން ސީރިޔާއަށް ދިއުމެވެ. އެމީހުންނަށް އަންގާފައި އޮންނަނީ ސީރިޔާގެ ބިމުގައި މަރުވުމަކީ ސުވަރުގެ ޔަޤީންވާނެ ކަމެއްގެ ގޮތުގައެވެ. އަދި އެތަނުގައި ހިނގާ ދާޚިލީ ހަމަނުޖެހުމުގައި ބައިވެރިވެ އަވަހަށް މަރުވެ ދިޔުމަކީ އިތުރު ފާފަތަކަށް އަރައިގަނުގަނެވެނީސް ދާޢިމީ އުފާވެރިކަން ޙާސިލްކުރެވެން އޮތް ގޮތްކަމަށް އޮންނަނީ ވިސްނައިދީފައެވެ. ބޭރު ޤައުމުތަކުގައި ހަނގުރާމަކޮށް އުޅޭ ހަރުކަށި ފިކުރުގެ މީހުން އަމިއްލަ ނަފްސު ދުއްވާލައި ޖާނުން ފިދާވަނީވެސް މި ވިސްނުމުގައެވެ.

ޖިހާދަށް ފުރުމުގެ ކުރިން އައުލާކީއާއި ބައްދަލުކުރާ ސަރަހައްދު -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫން

އައްޑޫއިން ސީރިޔާއަށް ފުރަން ބޭނުންވާ މީހުން އެކަމުގެ އިރުޝާދު ހޯދުމަށް ބައްދަލުކުރަނީ މުޙައްމަދު ނަމަކަށްކިޔާ ހިތަދޫ މެދު އުމުރުގެ މީހަކާއެވެ. އޭނާއަށް އެމީހުން ކިޔައި އުޅެނީ "އައުލާކީ" އެވެ. މި ނަން އޭނާއަށް ދީފައި އޮންނަނީވެސް އޭނާއަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭނެހެން ސިއްރުކުރުމުގެ ބޭނުމުގައެވެ. "އައުލާކީ" އަކީ ބޭރަށް ފުރައިގެން ދިއުމުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަމަށް މަގުދައްކައިދޭ މީހާއެވެ. އަދި އައްޑޫގައި އޮންނަ ހަރުކަށި ވިސްނުމުގެ ޖަމާޢަތުގެ އެންމެ އިސް އެކަކީވެސް މިބުނާ "އައުލާކީ" އެވެ.

ޖިހާދަށް ފުރުމުގެ ކުރިން އައުލާކީއާއި ބައްދަލުކުރާ ސަރަހައްދު -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ފުރައިގެން ދިއުމުގެ ކަންކަމުގައި އައުލާކީއާއި ބައްދަލުވާ މީހުންނަށް އޭނާ އިރުޝާދު ދެނީ، އެންމެ ފަސޭހައިން ފުރަގެން ދިއުމުގެ ޚަރަދުތައް ހަމަޖެއްސެން އޮތް ގޮތަކީ ބޭންކުން ލޯނު ނަގައިގެން ކަމަށެވެ. ފިކުރަށް ދަޢުވަތު ލިބި ފުރައިގެންދާ މީހާ ރާއްޖެ ދޫކޮށް ދިއުމުން ލޯނަށް ފައިސާ ދެއްކުމުގެ ކަންކަން އެމީހުން ހަމަޖައްސާނެ ކަމަށް ބުނެ "އައުލާކީ" އެމީހުންނަށް އޮޅުވާލައެވެ. ގިނަ ފަހަރަށް މިގޮތަށް ލޯނު ނެގުމަށްފަހު ފުރައިގެންދާ މީހުން ނަގާފައިވާ ލޯނުތައް އަދާކުރަން ޖެހެނީ އެމީހެއްގެ ޢާއިލީ މީހުންނެވެ. ނުވަތަ ލޯނުގެ ގެރެންޓާއެވެ. "އައުލާކީ" އާއި ހަރުކަށި ފިކުރުގައި ފުރައިގެންދާން ބޭނުންވާ މީހުން ޢާންމު ގޮތެއްގައި ބައްދަލުވަނީ ހިތަދޫ ހުކުރު މިސްކިތްކައިރީގައި އޮންނަ ރަސްމީ ދަނޑުންނެވެ.

ޖިހާދަށް ފުރުމުގެ ކުރިން އައުލާކީއާއި ބައްދަލުކުރާ ސަރަހައްދު -- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އިސްލާމް ދީނުގެ ޙައްޤުގައި ޖިހާދު ކުރުމަށްކަމަށް ބުނެ އަނބިދަރީންނާއި ޢާއިލާ ބިކަކޮށް އައްޑޫއިންވެސް ގިނަ ބަޔަކު ފުރައިގެންގޮސް ބޭރުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވެފައި އެބަހުއްޓެވެ. މިގޮތުންދާ ގިނަ ޢަދަދެއްގެ ބަޔަކު ޙާލުގައި ޖެހިގެން އެހީއަށް އެދޭއިރު އޭގެތެރެއިން ބައެއް މީހުން ރެފިއުޖީ ޙާލުގައި، ރެފިއުޖީ ކޭމްޕުތަކުގައި ވެސް އުޅެމުން އެބަދެއެވެ. ހަމަ އެހެންމެ ހަނގުރާމައިގެ މައިދާނުގައި މީގެ ތެރެއިން ބައެއް މީހުން މަރުވެފައިވެސް ވެއެވެ.

މަޢުލޫމާތު އެނގޭ ފަރާތަކުން "ވަގުތު" އަށް ބުނެފައިވާގޮތުން ހަނގުރާމައިގައި ބައިވެރިވުމަށް އިރާގާއި ސީރިޔާފަދަ ޤައުމުތަކަށް، ޚާއްސަ ގޮތެއްގައި އައިސިސް ޖަމާޢަތާއި ގުޅިގެންދާ މީހުންނަށް އަނބުރާ ޤައުމަށް އާދެވުމަކީ ނާދިރު ކަމެކެވެ. މިގޮތުން އެބިމަށް ގޮސް ހަނގުރާމަވެރީންނާއި ބައިވެރިވުމާއެކު ޕާސްޕޯޓާއި އެނޫންވެސް ލިޔެކިޔުންތައް ވަގުތުން ނައްތާލެވި، އެނބުރި ދިއުމަށް އޮތް ހުރިހާ ދޮރެއް ބަންދުކުރާ ކަމަށް އޭނާ ބުންޏެވެ.

ހަނގުރާމައިގެ މައިދާނުގައި ޖިހާދު ކުރުމަށް ކަމަށްބުނެ ދާ މީހުންނަށް އިހާނާތްތެރިކޮށް ޢަމަލުކުރާ މައްސަލައަކީވެސް ކުރީން އިވިފައިވާ ވާހަކައެކެވެ. މިގޮތުން އަނބިދަރީން ގޮވައިގެންދާ ފިރިމީހާ އެ މައިދާނުގައި މަރުވުމުން ޖާރިޔާއިންގެ ގޮތުގައި ބައެއް ހަނގުރާމަވެރީންގެ އަތްދަށަށް އަންހެނުންނާއި ކުޑަކުދިން ދޫވެދެއެވެ. ހަރުކަށި ފިކުރުގައި ޖާރިޔާއިން ގެންގުޅުމަކީ ވެސް ހުއްދަކޮށްފައި އޮންނަ ކަމެކެވެ.

ހަނގުރާމަވެރީންގެ ކޭމްޕުތަކުގައި ނުރައްކާތެރި އެ މާޙައުލުގައި ބައެއް މީހުންނަށް އެހެން ހަނގުރާމަވެރީންގެ ފަރާތުން އަނިޔާއާއި ގޯނާ ލިބޭ މައްސަލަތައްވެސް ކުރީން ފެންމަތިވެފައި ވެއެވެ. މިގޮތުން އަންހެނުންނަށް ޖިންސީ ގޯނާ ކުރުމާއި ކުޑަކުދިން ބޮޑެތި މީހުންނާއި ކައިވެނިކުރުންފަދަ ކަންކަމަކީ އެބައި މީހުންގެ ތެރޭގައި އޮންނަ ޢާންމު ސަޤާފަތެކެވެ.

މި ފިކުރުގެ މީހުން ޢާންމުކޮށް ވަކި ޖަމާޢަތް ހަދާ މިސްކިތެއް

"ވަގުތު 26" ޓީމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން 13 ޑިސެމްބަރު 2020 ގައި މެންދުރުފަހު 2:45 ހާއިރު ހިތަދޫގައި ހުންނަ *** މިސްކިތަށް ޒިޔާރަތްކޮށްފައި ވާނެއެވެ. މި މިސްކިތަކީ ހަރުކަށި ފިކުރުގެ ގިނަ އަދަދެއްގެ ބަޔަކު އާދައިގެމަތީން ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރާ މިސްކިތެއް ކަމުގެ މަޢުލޫމާތު އޭރު އޮތީ ލިބިފައެވެ. އެއީ ކުރީން ހިތަދޫގެ ގިނަ ބަޔަކަށް އެނގޭ ވެސް ކަމެކެވެ.

ހަރުކަށި ފިކުރުގެ މީހުން ހަތިމްތަކުން ދަޢުލަތުގެ ނިޝާން ކަނޑާފައި --- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ހަރުކަށި ފިކުރުގެ އެ މީހުން މި މިސްކިތުގައި އެ މީހުންގެ ހަރަކާތްތައް ރާވައި ބައްދަލުވުންތައް ޢާންމުގޮތެއްގައި ބާއްވައެވެ. މިގޮތުން މިސްކިތަށް ނަމާދަށްދާ އެހެން މީހުން ނަމާދުކޮށް ނިންމާފައި ގެޔަށްދާ ވަގުތަކީ މިމީހުން މިސްކިތަށްދާ ވަގުތެވެ. *** މިސްކިތް ތެރޭގައި އެ ފިކުރުގެ މީހުންގެ ޙަރަކާތްތައް ކުރިޔަށް ގެންގޮސްފައިވާ މިންވަރު ވަރަށް ރަނގަޅަށް ފެންނާން ހުއްޓެވެ. މިގޮތުން މިސްކިތުގައި ހުރި ދީނީ ފޮތްތަކާއި ހުރިހާ ޙަތިމެއްގައި ޖަހާފައި ހުރި ދައުލަތުގެ ނިޝާންތައް، މާކަރަކުން ކަނޑާލާފައި ހުރި ހުރުން ފާހަގަކުރެވުނެވެ. މިގޮތަށް ކަންތައް ކޮށްފައި ވަނީ ދިވެހި ދަޢުލަތަކީ ޝިރުކުކުރާ ކުފުރުގެ ދަޢުލަތެއްކަމަށް އެމީހުން ކަނޑައަޅާފައި އޮންނާތީއެވެ. އެއީ ޑިމޮކްރަސީގެ ނިޒާމަކުން ހިންގާ ދައުލަތަކަށް ވާތީއެވެ. މި މީހުން ގަބޫލު ކުރަނީ އެ މީހުންގެ ޚިލާފަތަކީ ހަމައެކަނި އޮތް އިސްލާމީ ދައުލަތް ކަމުގައެވެ. އެހެންކަމުން ހަރުކަށި ފިކުރުގެ ދިވެހީން ބޭނުންވަނީ އެ ދަޢުލަތުގެ ބާރު ދިވެހި ފަސްގަނޑަށްވެސް ގެނައުމަށެވެ.

ހަރުކަށި ފިކުރުގެ މީހުން މިސްކިތުގައި ހުތި ޛިކުރު ބޯޑުތަކުން ދަޢުލަތުގެ ނިޝާން ކަނޑާފައި -- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

*** މިސްކިތް ބެލުމުގެ މަސައްކަތް "ވަގުތު 26" ޓީމުން ކުރިޔަށް ގެންދިޔަ ވަގުތަކީ މެންދުރު ނަމާދު ނިންމާފައި ނަމާދަށް ދިޔަ މީހުން ގެޔަށް ދިޔަވަގުތެވެ. ޖަމާޢަތުގައި ނަމާދުކުރަން މިސްކިތަށްދާ އެންމެން ނަމާދުކޮށް ނިންމާފައި މިސްކިތުން ފައިބައިގެންދާ ވަގުތަކީ ހަރުކަށި ފިކުރުގެ މީހުން އަޅުކަން ކުރުމަށް ކަމަށް ބުނެ މިސްކިތަށް އަރާ ވަގުތެވެ. "ވަގުތު 26" ޓީމު މިސްކިތަށް ޒިޔާރަތްކޮށްފައި ވަނީ މިފަދަ ދަނޑިވަޅެއްގައި ކަމުން އެ ފިކުރުގެ ބައެއް ޒުވާނުން ވެސް އެވަގުތު މިސްކިތް ތެރެއިންނާއި މިސްކިތް ކައިރިން ފެނިފައި ވެއެވެ. އޭގެތެރޭގައި "ބީމޯ"ގެ ނަމުން ނިސްބަތްކުރެވޭ މީހަކާއި "އާޒިމް" ނަމަކަށް ކިޔާ މީހަކު އެ ސަރަޙައްދުން ފެނިފައި ވެއެވެ. މި ދެމީހުންނަކީ ވެސް މީގެ ދުވަސްކޮޅެއް ކުރީން މި ޖަމާޢަތާއި ގުޅުނު ބައެކެވެ.

ހަރުކަށި ފިކުރުގެ ޒުވާނެއް ކަމުގައިވާ "ބީމޯ" --- ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެ މީހުންގެ ރޭވުމާއި ހަރަކާތްތައް ބަލައި ހޯދައި އަދި މިސްކިތް ތެރޭގައި ހުރި ފާހަގަ ކުރެވޭ ކަންކަން އަޅުގަނޑުމެން ބަލަމުން ދިއުމުން އެކަމާއި މެދު ވަރަށް ބޮޑަށް ނުރުހުންވެ އެމީހުންގެ މޫނުމަތިން ފެނުނީ އުދާސްކަމެވެ. އަދި އެވަގުތު މިސްކިތުގައި ހުރި "ބީމޯ" ފޯނުން ގުޅައިގެން ޖަމާޢަތުގެ އެހެން ބަޔަކު ވެސް މިސްކިތް ކައިރިޔަށް ގެނެސްފައި ވެއެވެ. އޭނާ މިސްކިތު ތެރެއަށް ވަނުމަށް ފަހު "ވަގުތު 26" ޓީމު ފެނިގެން ނުކުތީ ނަމާދު ވެސް ނުކޮށެވެ.

ހަރުކަށި ފިކުރުގެ މީހުން ވަކިން ޖަމާޢަތުގައި ނަމާދުކުރާ މިސްކިތް --- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ހިތަދޫގެ ބައެއް މިސްކިތްތަކުގައި މި އަހަރުގެ ކުރީކޮޅު ވެސް، ހަރުކަށި ފިކުރަށް ބޯލަނބާ ބައެއްގެ ހަރަކާތްތައް ގިނަވެގެން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިފައިވެއެވެ. މި ގޮތުން ބައެއް މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް ނިމޭ ފަހުން ވަކި ޖަމާޢަތް ހަދައިގެން، ރޭގަނޑުގެ ވަގުތުތަކުގައި ހުރިހާ ބޮކިތަކެއް ނިވާލައި އަނދިރިކޮށްގެން ތިބެ ނަމާދުކުރާ މަންޒަރު މީގެ ކުރީން މި ޓީމަށް ވެސް ފެނިފައި ވެއެވެ. ރޭގަނޑު މިސްކިތްތަކުގެ ބޮކި ނިވާލައިގެން ވަކި ޖަމާޢަތުގައި މި މީހުން ނަމާދު ކުރަނީ ބޭރުންދާ މީހުންނަށް އެކަން ސިއްރު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް ފަހުން ގިނަ ބަޔަކަށް އެ ކަން ފާހަގަކުރެވި ވާހަކަތައް ދެކެވެން ފެށުމުން މިސްކިތްތަކުގައި ވަކި ޖަމާޢަތް ހަދައިގެން ނަމާދު ކުރުން ވަނީ ކޮންމެ ވެސް ވަރަކަށް ހުއްޓިފައެވެ.

ހަރުކަށި ފިކުރުގެ މީހުން ވަކިން ޖަމާޢަތުގައި ނަމާދުކުރާ މިސްކިތް --- ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

ހައްދުފަހަނައެޅި ފިކުރަށް ތަބާވާ މީހުން އިމާމުންގެ ފަހަތުގައި، ޖަމާޢަތުގައި ނަމާދުކުރަން ދެކޮޅު ހަދަނީ "ޝިރުކުވެރިންގެ ފަހަތުގައި ކުރާ ނަމާދު ސައްޙަ ނުވާނެ" ކަމަށް ބުނެއެވެ. ޖަމާޢަތުގައި، "ޝިރުކުވެރީންނާ އެކު" ނަމާދު ނުކުރުމަށް ގިނަ ބަޔަކަށް އެމީހުން ގޮވާލަމުންދަނީ ވެސް ފާޅުގައެވެ. އަދި އިމާމުންނާއި ގުޅޭ ގޮތުން ބުހުތާނު ދޮގު ހަދައި، ނަފްރަތު އުފައްދައި، އާދަކޮށް މިސްކިތްތަކަށް ނަމާދަށްދާ މީހުންގެ މަގު ފުރައްދަން އެ މީހުން މަސައްކަތް ކުރެއެވެ. ސިއްރުން އެ މީހުން ހިންގަމުން ދަނީ ހެޔޮ ނިޔަތުގައި ކުރާކަމެއް ނޫންކަން ޚުދު އެ މީހުންނަށް ވެސް ތަސައްވުރު ކުރެވޭ ކަން އެ ކަމުން އެނގެއެވެ.

އައްޑޫ ހަރުކަށި ފިކުރުގެ އިމާމުންނާއި ޓީޗަރުންނާއި އާންމު ޚިދުމަތްދޭ މީހުން

"ވަގުތު 26" އިން ކުރިޔަށް ގެންދިޔަ ތަހުޤީޤުން އެއްކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އައްޑޫ ސިޓީގެ މިސްކިތެއްގެ އިމާމެއްގެ ގޮތުގައިވެސް މި ފިކުރުގެ މީހުންގެ އިސް މީހަކު ވަޒީފާ އަދާކުރެއެވެ. އައްޑޫގައި އުޅޭ ހަރުކަށި ފިކުރުގެ މީހުން ހަމައެކަނި ޤަބޫލުކުރާ އިމާމަކީވެސް އެއީއެވެ. މިކަމާއި ގުޅޭގޮތުން މި އިމާމާއި ސީދާ ބައްދަލުކޮށް "ވަގުތު 26" ޓީމުން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އައްޑޫގައި ހަރުކަށި ފިކުރު އޮންނަކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް ހަޤީޤަތެއްނެތް ބުހުތާނު ދޮގު ވާތަކަތަކެއް ކަމަށެވެ. ބަޔަކު ތިބޭ ސިފައަކުން އެމީހުން ހަރުކަށިކަމަށް ބުނެ އަޑު ފަތުރަނީކަމަށްވެސް އޭނާ ބުންޏެވެ.

"މިސާލަކަށް ބާސެލޯނާ ޓީމަށް ސަޕޯޓުކުރާ މީހުންނަކީ އެ ޓީމުގެ މީހުންނެކޭ ނުބުނެވޭނެ. އަޅުގަނޑު ހުންނަ ގޮތަކުން އަޅުގަނޑަކީ ހަރުކަށި ފިކުރުގެ މީހެކޭވެސް ބުނެފާނެ. އެކަމަކު އެއީ ކަން އޮތްގޮތެއް ނޫން. ބޭރުޤައުމުތަކުގައި ހަނގުރާމަކުރަން އައްޑޫގެ އެއްވެސް ބަޔަކު ހިއްވަރުދޭ ކަމަށް، ނުވަތަ އެބުނާފަދަ ފިކުރެއް އާލާކުރަން މަސައްކަތްކުރާ ކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ،" އިމާމު ބުންޏެވެ.

"ވަގުތު 26" ޓީމުން ހޯދި މަޢުލޫމާތުތަކަށް ބަލާއިރު އައްޑޫގައި އުޅޭ ހަރުކަށި ފިކުރުގެ ޒުވާނުން ހަމައެކަނި ޖަމާޢަތުގައި އިމާމެއްގެ ފަހަތުގައި ނަމާދު ކުރަނީ އޭނާ އިމާމުކަންކުރާ މިސްކިތުގައެވެ. އެއީ އޭނާއަކީވެސް އެ ފިކުރަށް ތަބާވާ މީހަކަށް ވާތީ، މުރުތައްދުނުވާ ހަމައެކަނި އިމާމަކީ އެއީ ކަމަށް އެމީހުން ޤަބޫލުކުރާތީއެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އޭނާގެ ފަހަތުގައި އެފަދަ ބަޔަކު ނަމާދުކުރާކަމެއް ނޭނގޭކަމަށްވެސް ބުންޏެވެ.

މީގެ ކުރިން މި އިމާމުގެ އިތުރުން ހަރުކަށި ފިކުރުގެ މީހުން ޤަބޫލުކުރާ އެހެން އިމާމެއްވެސް އައްޑޫގެ މިސްކިތެއްގައި ވަޒީފާ އަދާކޮށްފައި ވެއެވެ. ނަމަވެސް ފަހުން އޭނާއަށް ހެޔޮ ވިސްނުން ލިބި ހަރުކަށި ފިކުރުގެ މީހުންނާއި ދުރުވުމުން އޭނާއަކީ ކުފުރުވެފައިވާ މުރުތައްދެއް ކަމަށް މިފިކުރުގެ އައްޑޫ މީހުން ވަނީ ކަނޑައަޅާފައެވެ. އަދި އޭނާގެ ފަހަތުގައި ނަމާދުކުރުން ވެސް ހުއްދަ ނޫން ކަމަށް ކަނޑައެޅިއެވެ.

އިމާމުގެ އިތުރުން އައްޑޫ ސިޓީ މަރަދޫގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާ މީހަކަށްވެސް ތުހުމަތުތަކެއް ކުރެވިފައި ވެއެވެ. މިގޮތުން އޭނާގެ ކައިރިޔަށް ކިޔަވަންދާ ކުދިންނަށް ހަރުކަށި ވިސްނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތައް ދައްކާފައިވާކަން ޢާންމުންގެ ވާހަކަތަކުން ވަނީ އެނގިފައެވެ.

އައްޑޫ ސިޓީ ފޭދޫ ޕޯސްޓު އޮފީހުގައި ވެސް ހަރުކަށި ފިކުރަށް ތާޢީދުކުރާ މީހަކު ވަޒީފާ އަދާކުރަމުން އަންނަކަށް "ވަގުތު 26" ޓީމުގެ ހޯދުންތަކުން އެނގިފައި ވެއެވެ. ނަމަވެސް މި ފިކުރު ފަތުރަން އޭނާ ޢަމަލީގޮތުން ބައިވެރިވާކަމެއް އެނގިފައެއް ނުވެއެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލުގެ ޓީޗަރަކުވެސް ހަރުކަށި ފިކުރަށް ތާޢީދުކުރާކަމުގެ ވާހަކަތަކެއް ފަތުރާފައި ވެއެވެ. ނަމަވެސް މި ފިކުރު ފަތުރައި، ފިކުރަށް އިތުރު މީހުން ހިތްޖެއްސުމަށް އޭނާ މާބޮޑު ދައުރެއް އަދާކުރަމުންނެއް ނުދެއެވެ.

އައްޑޫގައި ހަރުކަށި ފިކުރުގެ މީހުން ހިންގި ބައެއް އޮޕަރޭޝަންތައް

އައްޑޫ ސިޓީގައި ހަރުކަށި ވިސްނުމުގެ މީހުން އިތުރުވަމުން އަންނަ އައުމާއެކު އެމީހުންގެ ޙަރަކާތްތައްވެސް އިތުރު ކުރަން މަސައްކަތްކޮށްފައިވާކަން "ވަގުތު 26" ތަޙުޤީޤުން ހާމަވެފައި ވެއެވެ. މިގޮތުން މި ފިކުރުގެ މީހުން ގްރޫޕް ހަދައިގެން ގޮސް ތަންތަނަށް ގެއްލުންދީ ޙަމަލާތައްދިނުމަށް މަސައްކަތްކޮށްފައިވާކަން ވެސް ވަނީ އެނގިފައެވެ.

2012 ވަނަ އަހަރު އައްޑޫގައި ހަރުކަށި ފިކުރުގެ ވިސްނުން އެންމެ ފުރަތަމަ ފެތުރެން ފެށި ދުވަސްވަރުވެސް އެމީހުންގެ ޙަރަކާތްތައް ފާޅުގައި ހިންގާފައި ވެއެވެ. މިގޮތުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ހުރިހާ މިސްކިތެއްގައިހެން ހުރި ކީރިތި ޤުރުޢާނުގެ ދިވެހި ތަރުޖަމާތައް އެމީހުން "ވަގަށް ނަގާފައި" ވެއެވެ. އެމީހުން މިގޮތަށް ޢަމަލުކޮށްފައި ވަނީ ރާއްޖޭގެ "ކުފުރު"ގެ ދަޢުލަތުން ޤުރުޢާނުގެ މާނަ އޮޅުވާލާފައިވާ ކަމަށް ބުނެއެވެ. ޤުރުޢާން ތަރުޖަމާތައް މިސްކިތްތަކުން ނަގައިގެން ގޮސް ތަރުޖަމާތައް ވަނީ ކަނޑުފައްތާލާފައެވެ.

2008 ގައި ސަރުކާރުން މިސްކިތްތަކަށް ފޯރުކޮށްދީފައި ހުރި ޤުރުޢާން ތަރުޖަމާތަކުގައި ކުށް ހުރި މައްސަލައެއް ފެންމަތިވެފައި ވެއެވެ. މިކަމާއި ގުޅިގެން ސަރުކާރުން ފަހުން ވަނީ އެ ހުރިހާ ތަރުޖަމާއެއް އަނބުރާ ގެންގޮސް އެކުށް އިސްލާޙުކޮށްފައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ކުރީކޮޅު، އައްޑޫ ސިޓީގެ ހަރުކަށި ފިކުރުގެ މީހުން ވަނީ އައްޑޫގެ އެކި ސަރަޙައްދުތަކުގައި ޖަހާފައި ހުރި އިޝްތިހާރު ބެނާތަކަކަށް ވެސް ގެއްލުންދީފައެވެ. މިކަން ހިންގާފައި ވަނީ ހަރުކަށި ފިކުރަށް އުޅޭ ހިތަދޫއަށް ނިސްބަތްވާ ގްރޫޕަކުންނެވެ. އެ ގްރޫޕުން ހިންގި މި ޢަމަލުގައި ޢަމަލީގޮތުން ބައިވެރިވި ހަތް މީހަކު "ވަގުތު 26" އަށް ވަނީ ދެނެގަނެވިފައެވެ. އޭގެތެރޭގައި ނައުޝާދާއި އަދުހަމް ހިމެނެއެވެ.

ހަރުކަށި ފިކުރުން ބެނާތަކަށް ގެއްލުންދިނުމުގެ އޮޕަރޭޝަނަށް މީހުން ޖަމާވި ތަން --- ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

މި އޮޕަރޭޝަން ހިންގުމުގެ ކުރީން މަންޒަރުދުށް ފަރާތްތަކުން ދިން މަޢުލޫމާތުތަކުން އެނގިފައިވާ ގޮތުން، އޮޕަރޭޝަނަށް މި އެންމެންވެސް ނައްޓާލީ އަދުހަމް ދިރިއުޅޭ ގެއިން ތައްޔާރުވެގެންނެވެ. މިގެއިން އެ ގްރޫޕުގެ މީހުން ނިކުމެގެން ދިޔައީ "ކަޅުކުލައިގެ ޖެކެޓްތަކެއް ލައިގެން" ކަމަށް މަޢުލޫމާތުދިން ފަރާތަކުން ބުންޏެވެ.ފ

ހަރުކަށި ފިކުރުގައި ފުރައިގެންދިޔަ އައްޑޫ ޒުވާނެއްގެ ވާހަކަ

ނަން ހާމަކުރަން ބޭނުން ނުވާ އޭނާގެ ކުޑައިރުން ފެށިގެން އެކުގައި އުޅުނު ރަހުމަތްތެރިޔަކު "ވަގުތު" އަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ އެއީ ހިތްހެޔޮ، މިޒާޖު ރަނގަޅު ރަހުމަތްތެރިއެއް ކަމަށެވެ. އަދި ދީނީ ކަންކަމަށް އަބަދުވެސް ފަރުވާތެރިވާ އެ ޒުވާނާ އައިސިސްގެ ފިކުރަށް ތާޢީދުކުރާން ފެށީ ރިސޯޓް ވަޒީފާއަށް ގޮސް އުޅުމުގެ ތެރޭގައި ދިމާވި ބައެއްގެ ބަހަށް ހެއްލިގެން ކަމަށް ވެއެވެ.

2016 ވަނަ އަހަރު އެ ޒުވާނާ ސީރިޔާއަށް ފުރައިގެން ދިޔައީ އައްޑޫގެ އިތުރު ޒުވާން ދެމަފިރިޔަކާވެސް އެކުގައެވެ. ހަނގުރާމައަށް ދިޔަ ފަހުންވެސް މީސްމީޑިއާގެ މަންސަތަކުން އޭނާއާއި ބައްދަލުވި ކަމަށާއި މިގޮތުން ސީރިޔާ އަދި އިރާގު ފިޔަވައި ދެން ދުނިޔޭގައި ވަނީ ކުފުރުގެ ބިންކަމަށް ބުނެއުޅޭ ކަމަށް ރަހުމަތްތެރިޔާ ކިޔައިދިނެވެ.

"އޭރު އަބަދުވެސް ބުނާނެ ތި ކުފުރުގެ ބިން ދޫކޮށް އަވަހަށް އެކޮޅަށް ދިއުމަށް. އަދި އެ ބިމުގައި މަރުވުމަކީ އާޚިރަތުގައި ލިބޭނެ ބޮޑު ނިޢުމަތަކަށް ވާނެކަމަށް ބުނޭ. ތައުބާވާށޭ، ތިއުޅެނީ ނޭނގިވެސް ޝިރުކުކުރުން މަތީ ކަމަށް ބުނި،" އޭނާގެ ވާހަކަތައް ޙިއްސާކޮށް ރަހުމަތްތެރިޔާ ކިޔައިދިނެވެ.

ކުއްލިއަކަށް ފިކުރު ބަދަލުވެ ފުރައިގެން ދިޔަ ރަޙުމަތްތެރިޔާ އާއި އެންމެ ފަހުން މީސްމީޑިއާއިން ދިމާވެފައި ވަނީ 2017 ވަނަ އަހަރުގެ ފަހުކޮޅު ކަމަށާއި، އޭގެ ފަހުން ހަނގުރާމައިގެ ތެރެއިން ސީރިޔާ ސިފައިންނާއި އައިސިސްގެ ޖަމާޢަތަކާއި ދެމެދު ހިނގި ކުރިމަތިލުމެއްގެ ތެރެއިން ރަޙުމަތްތެރިޔާ މަރުވި ޚަބަރު ލިބުނު ކަމަށްވެސް އޭނާ ބުންޏެވެ.

"އަޅުގަނޑަށް މަޢުލޫމާތު ލިބުނީ އެއްރޭ ދަންވަރު އައިސިސްގެ ކުޑަ ޖަމާޢަތަކާއެކު އޭނާ ސީރިޔާ ސިފައިންނާއި ކުރިމަތިލާން ގޮސް އުޅުމަށްފަހު ވައިގެމަގުން ދިން ޙަމަލާތަކުގައި މަރުވެފައިވާ ކަމަށް. އެރޭ ބޮން އަޅަން ފެށުމުން އޭނާއާއެކު ދިޔަ ހަނގުރާމަވެރިން ވަނީ ފިލާފައި. ކޭމްޕަށް ދިޔައިރު އޭނާ ނެތްކަމަށް ވަނީ. އޭނާގެ ހަށިގަނޑުވެސް ފެނުނީ ޙަމަލާ ބަދަލު ކުރެވުނު ސަރަޙައްދުގައި އޮއްވާ އޭގެ އަނެއް ދުވަހު ކަމަށްވޭ،"

އެ ޒުވާނާ ފުރައިގެން ދިޔައީ އޭނާގެ އާއިލާއާއި ރަހުމަތްތެރީންނަށްވެސް ނޭނގި ކުއްލި ގޮތަކަށް ދުބާއީއަށް ގޮސް ތުރުކީ މަގުންނެވެ. ފުރަން ތައްޔާރުވަމުން ދިޔަ ދުވަސްވަރު އޭނާ ޓިކެޓް ނެގުމަށާއި އެނޫންވެސް ޚަރަދުތައް ހަމަޖެއްސުމަށް، އޭނާގެ އަތުގައި ހުރި މުދާ ވިއްކާލިއެވެ.

ސީރިއަސް އަހަންމިއްޔަތުކަމެއް ދޭން ޖެހޭ ހާލަތުގައި

އައްޑޫ ސިޓީގައި ހަރުކަށި ފިކުރުގެ ބަޔަކު އުޅޭކަން ވަރަށް ގިނަ މީހުންނަކަށް ނުވެސް އެނގެއެވެ. ޚާއްސަކޮށް އައްޑޫގެ އިދާރާތަކާއި ބައެއް އިސް ބޭފުޅުންނަށްވެސް މިކަމުގެ ނުރައްކާ އޮތް މިންވަރު ތަސައްވުރު ނުކުރެވޭކަން އެނބޭފުޅުންގެ ވާހަކަތަކުން އެނގެއެވެ. ކަން މިހެން އޮތުމުން އައްޑޫގައި މި ފިކުރު ފެތުރުމަށް މަސައްކަތްކުރާ މީހުންނަށް އެމީހުންގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އިތުރު ހިއްވަރެއް ލިބެއެވެ. އަދި ސިއްރިއްޔާތުގައި އެ މަސައްކަތް ކުރުމުގެ ބަދަލުގައި ފާޅުކޮށް އުޅުމުގެ ފުރުސަތު އެމީހުންނަށް އެކަމުން އޮންނަނީ ލިބިދީފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އައްޑޫ ސިޓީގައި މި ފިކުރުގެ މީހުން ކޮންމެވެސް ވަރަކަށް އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިކަން އޮތީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައި ނޫންކަމާއި ބައެއް މީހުންގެ ވިސްނުމުގައި އެއީ ނުރައްކާ ބޮޑުކަމެއްކަން ފާހަގަކުރެވުނަސް އެފަދަ ރޭވުމެއް އެމީހުން ރާވަމުންދާކަން މިހާތަނަށް އެނގެން ނެތްކަމަށް ވިދާޅުވިއެވެ.

އައްޑޫގައި ހަރުކަށި ފިކުރުގެ ރޭވުންތައް ރާވަމުންދާކަން އައްޑޫ ސިޓީގައި ހަރަކާތްތެރިވާ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަން އެއިން ބައެއް ބޭފުޅުންގެ ވާހަކަތަކުންވެސް އެނގެއެވެ. މިގޮތުން ދާދިފަހުން ހިތަދޫގައި ކުރިޔަށްގެންދިޔަ "ކަލާރަން" ހަރަކާތެެއްގެ ތެރޭގައި ހަމަލާތަކެއް ދިނުމަށް އެ ފިކުރުގެ މީހުން ރޭވިކަން "ވަގުތު 26" އަށް އެނގިފައި ވެއެވެ. މިކަމާއި ގުޅިގެން އޭރު ހިތަދޫގައި އުޅޭ ހަރުކަށި ފިކުރުގެ އިސް ހަވަރަކަށް މީހުން އެ ދުވަހާއި ދިމާކޮށް ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔައެވެ.

"ކަލާރަން" ޙަރަކާތުގެ ތެރެއިން ހަރުކަށި ފިކުރުގެ މީހުން ދޭން މަސައްކަތްކުރި ޙަމަލާ ނާކާމިޔާބުވީ، ހިތަދޫގައި ހަރަކާތްތެރިވާ ގްރޫޕުން ބޭނުންވި ޢަދަދަށް މީހުން ހަމަނުވުމުންނެވެ.

އައްޑޫ އިން މަޢުލޫމާތުދިން ފަރާތަކުން ވަނީ، ހަރުކަށި ފިކުރަށް ތާޢީދުކުރާ ބަޔަކު ފުލުހުންގެ ތެރޭގައިވެސް އުޅޭކަމަށް ތުހުމަތުކޮށްފައެވެ. މިގޮތުން އެފަދަ މީހުންނާއި ގުޅޭގޮތުން ޢާންމުން ފޯރުކޮށްދޭ މަޢުލޫމާތާއި މައްސަލަތައް ފުލުހުންގެ ތެރެއިން ލީކުވާކަމުގެ ޝަކުވާ ބޮޑެވެ.

"ވަގުތު 26" ޓީމުން ހޯދި މަޢުލޫމާތުތަކުން އެނގޭގޮތުގައި މިވަގުތުވެސް އައްޑޫ ސިޓީގައި ހަރުކަށި ވިސްނުމަށް ތާޢީދުކުރާ 50 އަށްވުރެ ގިނަ ފިރިހެނުން އެބަތިއްބެވެ. އޭގެތެރޭގައި ހިތަދޫ 30 އެއްހައި މީހުން ހިމެނެއެވެ. އަދި މަރަދޫ އާއި މަރަދޫ ފޭދޫ އަދި ފޭދޫގައި މި ފިކުރަށް ތާޢީދުކުރާ 20 ވަރަކަށް މީހުން ތިބިއިރު، މި އަތޮޅުގައި ވަކީން އޮންނަ ހުޅުދޫ-މީދޫ ގައި މި ފިކުރު ފެތުރިފައި ނެތްކަމާއި، މި ފިކުރަށް ތާޢީދުކުރާ މީހުން ނޫޅޭކަން ވަނީ ފާހަގަކުރެވިފައެވެ.

އިމާމުންނާއި ދީނީ ޢިލްމުވެރީންނަށް ނުރައްކާ ކުރިމަތިކުރޭ

އައްޑޫ ސިޓީއަކީ ޢިލްމުވެރީންނާއި ދީނީ ރޮނގުން ކިޔަވައިގެން ތިބި ބޭފުޅުންނާއި އިމާމުން ގިނަ ސިޓީއެކެވެ. މިފަދަ އެންމެންނަކީވެސް ހަރުކަށި ފިކުރުގެ މީހުންގެ ކުރިމަތީގައި އެންމެ ނުރައްކާތެރި މީހުންނެވެ. އަދި އެފަދަ ފަރާތްތަކަކީ ސީދާ ދީނަށް ފުރައްސާރަކުރާ އަދި ދީން އޮޅުވާލައިގެން އުޅޭ މުނާފިޤުންކަމަށް ބުނެއެވެ. އަދި އޭގެތެރެއިން ބައެއް ބޭފުޅުންގެ ލޭ ހުއްދަކޮށް މަރާލުމަށްވެސް ރާވަމުން ދެއެވެ.

"ވަގުތު 26" ޓީމާއި ބައްދަލުވި ދީނީ ޢިލްމުވެރީންގެ ތެރެއިން ބައެއް ބޭފުޅުންނަށް ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ތަކުރާރުކޮށް އިންޒާރު ލިބެމުންދާ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. މީގެ ތެރޭގައި ގިނައީ މިސްކިތްތަކުގެ އިމާމުންނެވެ. އަދި ބައެއް ބޭފުޅުންނަށް ނުރައްކާ ބޮޑުވުމުން ފުލުހުންގެ ޙިމާޔަތުގައި މެނުވީ އެއްވެސް ތަނަކަށް ދިޔުންވެސް މަނާކޮށްފައި އެބަހުއްޓެވެ.

"އަޅުގަނޑު މަގުމަތިން ދަނިކޮށް އެތައް ދުވަހެއްގެ މަތީން އަޅުގަނޑު ހުއްޓުވައި އިންޒާރު ދީފައިވޭ. އަދި އަޅުގަނޑު ދުއްވާ ވެހިކަލަށް މަގުމަތިން ދަމުން ގެއްލުން ދީފައިވެސްވޭ. އެއްފަހަރަކު މަގުމަތީން ހުއްޓުވައި ތަޅައިގަންނަންވެސް އުޅުނު،" "ވަގުތު" އަށް މަޢުލޫމާތުދެއްވި ހިތަދޫ މިސްކިތެއްގެ އިމާމަކު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހަރުކަށި ފިކުރުގެ މީހުން އަންނަނީ ފާޅުކަން ބޮޑުކޮށް އަމިއްލަ ނަމްބަރުތަކުން އިމާމުންނަށް އިންޒާރުގެ މެސެޖުތައް ފޮނުވައި، މަރުގެ އިންޒާރުދީ ބިރުދެއްކުމަށް މަސައްކަތް ކުރަމުންނެވެ.

"ވަގުތު 26" ތަހުޤީޤު ހުއްޓުވުމަށް ކުރި މަސައްކަތް ނާކާމިޔާބު

ހަރުކަށި ފިކުރުގެ މީހުން އެންމެ ޖެހިލުން ވަނީ އެ މީހުންގެ ރޭވުންތައް ބޭޒާރުވެ، އެންމެންނަށް އެ މީހުންގެ ހަޤީޤަތް ފަޅާ އަރާފާނެތީއެވެ. އެހެންކަމުން އެފަދަ ކަމެއް ހިނގިޔަނުދިނުމަށް އެ މީހުން ތިބެނީ ކޮންމެ ފަދަ ކަމެއްވެސް ކުރާން ތައްޔާރަށެވެ. އެ މީހުންގެ ވާހަކަދައްކަން އާއްމުން ބޭނުން ނުވަނީވެސް މި ސަބަބަށްޓަކައެވެ.

"ވަގުތު 26" ޓީމުން ހަރުކަށި ފިކުރުގެ މީހުންގެ ޙަރަކާތްތައް ބަލައި އެ މީހުންނަށް ފާރަލަމުންދާކަން އެނގުނު ހިސާބުން ވެސް އެ މީހުން ޖެހިލުންވެފައިވާ މިންވަރު މި ޓީމަށް ވަނީ ފެނި ތަޖުރިބާ ކުރެވިފައެވެ. މިގޮތުުން ނޫސްވެރިން ފެންނަ ކޮންމެ ތަނަކުން އަވަހަށް ދިއުމާއި އެ މީހުން އެހެންޏާ ކުރިއަށްގެންދާ ހަރަކާތްތައް "ލިމިޓް" ކޮށްފައިވާކަން އެނގިފައި ވެއެވެ. ހަމަ އެހެންމެ އާއްމުކޮށް މިބައި މީހުންގެ ބައްދަލުވުންތަކާއި، މަޝްވަރާ ކުރުމަށް އެއްވާ ތަންތަނަށް ދިއުން މަދުކޮށްފައި ވެއެވެ. އަދި ޖަމާއަތް ނިމޭ ފަހުން މިސްކިތަށް ދާ ވަކި ޖަމާއަތުގެ ގްރޫޕް "ގެއްލުނު"ކަންވެސް ފާހަގަ ކުރެވުނެވެ.

މީގެ އިތުރުން، މި ފިކުރާއި އަލަށް ގުޅިގެން އުޅުނު ޒުވާނުންތަކެއް "ވަގުތު 26" ޓީމާއި މަގުމަތިން ދިމާކޮށް، ވަޅިން ޙަމަލާ ދިނުމަށް މަސައްކަތްކޮށްފައި ވެއެވެ. އެހެނަސް، ބިރުދެއްކުމުގެ ނިޔަތުގައި ނުވަތަ މީހަކަށް އަނިޔާއެއް ދީ ލޭ އޮހޮރުވުމުގެ މަގްސަދުގައި އެމީހުން ރޭވި އެ ފިނޑި ރޭވުން ވެސް ބޭޒާރުވެ ނާކާމިޔާބުވީ އެވެ. "ވަގުތު" އިން ފަހުން ވަނީ ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ ގެނެސްފައެވެ.

"މި ތަހުޤީޤު އަޅުގަނޑުމެން ފެށީވެސް އެމީހުންނަކީ ކޮން ބައެއްކަން ވަރަށް ރަނގަޅަށް އެނގިތިބެ. ތަހުޤީޤަށް ހުރަސް އަޅާނެކަންވެސް އެނގޭ. ނުރައްކާތެރި ރޭވުންތައް ރާވާނެކަންވެސް އެނގޭ. އެކަމަކު އަޅުގަނޑުމެން ބިރުން ފަހަތަކަށް ނުޖެހޭނަން. ކުރިޔަށް އޮތްތަނުގައި ވެސް ހަޤީޤަތް ހާމަކޮށް ބަސް ބުނާނީ ކެރިތިބެ. މުޖުތަމަޢަށް ކުރިމަތިކުރަން އުޅޭ ކޮންމެ ނުރައްކަލެއްގެ ވާހަކަ، އެމީހުން އެކަމެއް ޙާސިލްވުމުގެ ކުރީން ފަޅާއަރުވާލާނަން،" ވަގުތު 26 ޓީމުން ބުންޏެވެ.

ހަރުކަށި ފިކުރަށް އުޅުމަކީ ސުންނަތަށް އުޅުމެއް ނޫން

ހަރުކަށި ފިކުރާ ދެކޮޅަށް ބަސްބުނާ މީހުންނަށް ޢާންމު ގޮތެއްގައި އެމީހުން ދޭ ރައްދެއް އޮވެއެވެ. މިގޮތުން އެ ފިކުރުގެ މީހުންގެ ރޭވުންތަކާއި ޙީލަތްތެރިކަން ބޭޒާރުކުރާ މީހުންނަކީ ލާދީނީ ފިކުރު ދިފާޢުކުރަން އުޅޭ ބައެއް ކަމަށް ބުނޭ އެމީހުން ދައްކަނީ އެމީހުންގެ ސޯލިޙުކަމެވެ. އެހެނަސް ހަޤީޤަތަކީ މިބައި މީހުންގެ ފިކުރަކީވެސް ލާދީނީ ފިކުރާއި އެއްފަދައިން ހަމައިން ނެއްޓިފައިވާ ފިކުރެއް ކަމެވެ. ދީނަށް އުޅޭކަމަށް ދެއްކިނަމަވެސް ހަރުކަށި ފިކުރުގެ މީހުންގެ ވިސްނުމަކީ މުސްލިމުން ބައިބައިކޮށް ދީނީ ކަންކަމުގައި އެމީހުންގެ ބަލި ހިތްތަކަށް އަމިއްލައަށް ގެންނަ އުސޫލުތައް އުފަންކުރުމެވެ. ތައުހީދާއި އާޔަތްތަކުގެ މާނަވެސް އޮޅުވާލައިގެންނެވެ.

"ޖިހާދުކޮށް ލޭއޮހޮރުވުން ހުއްދަކޮށް ތައުހީދުން ބާރުލިބޭ ކަމަށް ބުނެ އެމީހުން ދައްކަނީ، ﷲ އަށްޓަކައި ރުޅިވެރިވޭ އޮންނަ ބައި. އެކަމަކު އެބައިގައި އަސްލު އޮންނަނީ ﷲ އަށްޓަކައި ލޯބިވާށޭ، އަދި ﷲ އަށްޓަކައި ރުޅިވެރިވާށޭ. ފުރަތަމަ މި އަންނަނީ ﷲ އަށްޓަކައި ލޯބިވާށޭ. އަލަށް ފިކުރަށް ވައްދާ މީހުންނަށް މިބައި ކިޔައިނުދީ ރުޅިވެރިވާން އޮންނަ ބައި އެކަނި މި ކިޔައިދެނީ. އެހެންވީމަ އެމީހުން އޮންނަނީ ތައުހީދުވެސް އޮޅުވާލާފައި،" ހިތަދޫގެ އިލްމުވެރިޔަކު ވިދާޅުވިއެވެ.

މިއީ ޒަމާނުއްސުރެވެސް މުސްލިމުންގެ ޢަދުއްވުންގެ ފަރާތުން ފެނިފައިވާ ސިފައެކެވެ. ދޮގުހަދާ މުނާފިޤުންނާއި ކާފަރުންގެ ސިފައެކެވެ. އަދި ހަމައެހެންމެ ދީނީ ދަންނަ ބޭކަލުންނާއި ޢިލްމުވެރީނަކީ މުރުތައްދުން ކަމަށް އެމީހުން ދެކެނީ ލާދީނީ މީހުންގެ ވިސްނުމާއި ވެސް ދާދި އެއް ބީދައަކުންނެވެ. ކަން މިހެން އޮތްއިރު ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެ މީހުންނަކީވެސް މުސްލިމުން ދެކެ ރުޅި އަންނަ ބައެކެވެ. މުސްލިމުންގެ ތެރެއިން މުނާފިޤުވާ ބަޔަކު ނިކުމެ މުސްލިމުންނާއި ދެކޮޅަށް ލޭއޮހޮރުވުންތައް ހިންގާނެކަމަށް ދަލީލުވެފައި އޮންނަ ބަޔަކީ ހަމަ އެއީއެވެ.

ވީމާ ހޭ ހުރިހާ ހިނދަކު ހަރުކަށި، ހައްދުފަހަނައަޅާފައިވާ ފިކުރަށްވެސް އަދި ލާދީނީ ހައްދުފަހަނައެޅި ފިކުރަށްވެސް މުސްލިމުންގެ ހިތްތަކުން ޖާގަ ލިބޭކަށް ނޯންނާނެއެވެ. ސުންނަތަށް އުޅުމަކީ އެކަކު އަނެކަކު "ކޮށައި" ކުދިކޮށްލުމެއް ނޫނެވެ. ނުވަތަ އަމިއްލަ ޖާނު ގޮއްވާލައިގެން މަރުވެ އެތައް ބައެއްގެ ފުރާނަ ދުއްވާލުމެއްވެސް ނޫނެވެ. އަދި އެއީ އޮޅުވާލުމާއި ހެދެން އޮތް ކޮންމެ ދޮގެއް ހެދުމާއި ޢާއިލާ ބިކަކޮށް ހާލުގައި ޖެއްސުމެއްވެސް ނޫނެވެ.

ޢިލްމުވެރީންގެ ނަސޭޙަތް

އިސްވެ ފާހަގަކުރެވުނު ފަދައިން އައްޑޫގެ ހާލަތަށް ބަލާއިރު ހަރުކަށި ވިސްނުމުގެ މީހުންގެ ތެރޭގައި ގިނައީ ތަޢުލީމެއް ނެތް ޒުވާނުންނެވެ. އެހެންކަމުން ބަޔަކު އެފަދަ ވާހަކައެއް ދައްކައިގެން ތިމާގެ އަޤީދާ ބަދަލުކޮށްލުމަށް މަސައްކަތް ކުރިނަމަވެސް އެކަމުގެ ތެދު ހަޤީޤަތް ބަލައި ހޯދުމަކީ މުޙިންމު ކަމެކެވެ. އަދި ދީނީ ކަންކަމާއި ގުޅޭގޮތުން، ދީނީ ކަންކަން ނުވެސް ދަންނަ ބަޔަކު ހަދަހަދައިގެން ދައްކާ ވާހަކަތަކަށް ބޯލަނބައި ނޭނގުމެއްގެ ތެރޭގައި ދީނުން ބޭރުވުމުގެ ކުރީން އެކަމުގެ ސައްޙަކަން، ޢިލްމުވެރީންގެ ފަރާތުން ސާފު ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ.

"އެހެން އެންމެންނަކީ މުރުތައްދުން ކަމަށް ބުނެ، މިއީ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި ސިފަކޮށް ވައްކަންކުރުމާ ދޮގުހެދުންފަދަ ކަންކަން ހުއްދަކޮށް މި ފިކުރަށް ޣަރަޤުވެގެން ދިއުމުގެ ކުރީން މިކަމުގެ ހަޤީޤަތް، އެންމެ ބޭސިކުން ފަށައިގެން އެނގި ތިބުމަކީ ވަރަށް މުޙިންމު ކަމެއް. އެހެން ނޫންނަމަ ނޭނގުމެއްގެ ތެރޭގައިވެސް ތާއަބަދަށް ހިތާމަކުރަންޖެހޭފަދަ ނަތީޖާއަކާއި ކުރިމަތިވެދާނެ،" އައްޑޫގެ ޢިލްމުވެރިޔަކު ވިދާޅުވިއެވެ.

ފުލުހުންގެ ބަސް

ފުލުހުން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރާއްޖޭގެ ބައެއް އަތޮޅުތަކާއި ރަށްތަކުގައި ހަރުކަށި ފިކުރު އޮތްމިންވަރަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން އެކަމުގެ ކަންބޮޑުވުން އެކި ލެވެލްގައި ފާހަގަކޮށްފައިވާނެ ކަންކަންކަމަށެވެ. "މިކަމަށް އެކަށީގެންވާ ޤާނޫނީ ފިޔަވަޅުއެޅުމުގެ މަގުފަހިކުރުމުގެ ގޮތުން ޤާނޫނޫތަކަށް ގެނެވިފައިވާ ބަދަލުތަކަކީ މޯލްޑިވްސް ޕޮލިސް ސާރވިސްއިން ފާހަގަކުރާ ކަންކަމެވެ. ޚާއްސަކޮށް ހަރުކަށި ފިކުރުގެ މީހުންގެ ފިކުރު ބަދަލުކުރުމަށް ރިހިބިލިޓޭޓްކޮށް، ރީއިންޓެގްރޭޓް ކުރެވޭނެ މަގު މިހާރު ޤާނޫން ފަހިވެފައިވުމާއި، މިކަމަށް ސަރުކާރުން އިދާރާއެއް ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރގެ ނަމުގައި ގާއިމުކޮށް މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމީ މިކަން ހައްލުކުރުމަށް ކުރެވެމުންދާ މުހިންމު ކަންކަމެވެ." ފުލުހުން ވިދާޅުވިއެވެ.

ހަރުކަށިފިކުރަށް ތާއިދުކުރާ ފަރާތްތަކާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެފަދަ ފަރާތްތަކުގެ ސަބަބުން ގައުމީ އަދި ދާޚިލީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ހިނގިޔަނުދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި، އެފަދަ ފަރާތްތަކުން ކުރާ ޖިނާޢީ ކުށްތައް ތަހުޤީޤުކޮށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، މުޖުތަމަޢުގެ ތެރެއިން ހަރުކަށި ފިކުރު ނައްތާލުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިމަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރަމުން މިދަނީ ނެޝަނަލް ސްޓްރެޓެޖީ އޮން ޕްރިވެންޝަން އޮން ޓެރަރިޒަމް އެންޑް އެކްސްޓްރީމިޒަމްގެ ތެރެއިން ގުޅުންހުރި ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުމާއި އެކުއެވެ. މިގޮތުން މި ނިމޭ 2020 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުގެ ގުޅުންހުރި އިދާރާތައް ގުޅިގެން ވަރަށް ކާމިޔާބު ހަރަކާތްތަކެއް ހިންގި، އެފަދަ ބައެއްފަރާތްތަކުގެ މައްސަލަތައް ތަހުގީގުކުރެވިފައިވާނެއެވެ. ކުރިއަށް އޮތް އަހަރު މޯލްޑިވްސް ޕޮލިސް ސާރވިސްއިން މަސައްކަތްތައްވެސް މިހާރަށްވުރެ ބޮޑަށް ވިލަރެސްކުރިވިގެން ހިންގޭނެ ހަރަކާޑް ހަރަކާތްތަކަކަށްވާނެއެވެ. ށްވާނެއެވެ. މިގޮތުން ހަރުކަށިފިކުރާއި ދެކޮޅަށް ގައުމީ ލެވެލްގައި އެކުލަވާލެވިފައިވާ ނެޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވަޔަލަންޓް އެކްސްޓްރީމިޒަމް އަށް އަމަލުކުރަން ފެށުމުން އެޕްލޭންގައި ވާ ކަންކަން ތަންފީޒުކުރުމުގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިންވެސް އިސްދައުރެއް އަދާކުރާނެއެވެ." ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

128 ކޮމެންޓް

  1. ކިޔުންތެރިއެއް

    ވަގުތުގެ ޓީމަށް ހަމަ ސާބަސް، ހަމަ ތިގޮތަށް އިސްލާމް ދީނާއި ދެކޮޅު މީހުންތައް ހޯދާ ދިރާސާއެއްވެސް ކޮށްލަން ކެރޭނެބާ

    377
    38
    • ވަގުތައް

      ތިކުރި މަސައްކަތައް މަރުހަބާ.. ވަރަށް އިހުތިރާމްކުރާ ހާލު ދަންނަވަން.
      މިފަދަ ދީނުގެ މުހިއްމު މައްސަލައެއްގައި ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ ބައެއްގެ ވާހަކަ ގެނެސްދޭއިރު އޭގެ އަނެއްކޮޅު [ލާދީނީ ފިކުރު] ގެ ވާހަކަ ގެނެސްދިނުމަކީ ލާޒިމްކަމެއް.. އެއީ މިއަދު ރާއްޖެ އޮތް ހާލާތުގެ ގޮތުން.. އަދި އެއީ ރާއްޖޭގައި ބެލެންސް ސްޓޭންޑް އެއްގައި ބަޔަކު ތިބުމާއިވެސް އެކީ.. ވީމާ ލަސްނުކޮށް މި ފޯރީގައި މި ރާއްޖޭގައި އޮތް އިސްލާމް ދީން ފުހަލަން ބަޔަކު މީހުން އެކުރާ މަސައްކަތް ރައްޔިތުން ނާއި ހަމައަށް ތިލަކޮށް ލުމަކީ އެންމެ ރަނގަޅުގޮތް.. ސަބަބަކީ ލާދީނީ މީހުންގެ އަޑު ގަދަވާވަރަކަށް ހަރުކަށި މީހުންގެ ފޯރި ގަދަވާނެތީ.. އަދި ބޭރު ގައުމުތަކުގައި ދާފަދަ ހާޖާނު ގަނޑެއް އުފެދިދާނެތީ.. އޭރަށް ގެއްލުންވާނެ އެންމެންނަށްވެސް.. ވީމާ ނޫސްވެރިން މިކަމުގައި އިސްނަގައިގެން ރާއްޖޭގައި ތިބި އިތުބާރު ހިފޭ އިލްމުވެރިންގެ ކޮމާންޑްގެ ދަށުން
      މިކަމުގައި ބެލެންސް ސްޓޭންޑް އެއް ގާއިމް ކޮށްދިނުމަށް އެދެން.. ވަރަށް ވެދުން.

      203
      29
      • ރިކޯ

        ދީނީ ގޮތުން ހަރުކަށި ވުމަކީ ﷲ ބާވައިލެއްވި ޝަރީއަތުގައިވާ ހުކުމްތައް ބަދަލުކޮށް ވަޞަޢީ ޤާނޫން ހެދުން. އެއީ ﷲ ގެ އިލަހުވަންތަކަމަށް އަރައިގަތުން.

        21
    • ޙަރުކަށި

      ޢެއަށް ވުރެ ފިނޑި.

      41
      12
    • ހަރުކަށި

      ތިޔަ ހުރިހާ ހަރުކަށި ފިކުރެއްގެ ފުރިހަމަ ނަމަކީ ރީނދޫ ބުއްޅަބެ ފިކުރު. ކުރު ނަމަކީ ބުއްޅަ ފިކުރު. މިރާއްޖެއަށް ހުރިހާ ހަރުކަށި ކަމަކާއި ނޭންގާނީ ކަމަކީ ނުބައި ނުލަފާ އެންމެހައި ކަންކަން އާންމުކުރަން ހިތްވަރުދިން މީހަކީ އެއީ. ހަނދާން އެބަހުރިތޯ މާލޭގެ މިސްކިތެއްގައި ވަކިން ހުކުރުކުރާތީ މީނާގެ އޯޑަރަށް ރީނދޫ ލަޝްކަރެއް ނުކުމެ ލައުޑްސްޕީކަރު ބަހައްޓައިގެން ހުކުރުކުރުވި ދުވަސް. އޭރު އެކަމަށް ފާޅުގައި ނެރެފައި ހުރީ ރީނދޫ ބާގައިގެ މަޖިލީހުގެ އައިޕެޑް މެންބަރު.

      121
      29
    • ކިޔާން

      ކޮބާތަ އައްޑޫ ލާދީނީ ބައިގަނޑުގެ ވާހަކަ؟ އައްޑޫ ލާދީނީ މީހަކު ވާހަކަ މި ވަގުތު ނޫހުގަ އޮއްވާ ދުށިން...

      56
      9
    • ޖެން

      މި ރިޕޯޓްގައި ޢިލްމުވެރިންގެ ރައްދެއް އައިސިސް ފިކުރަށް ދިނުން ވަރަށް މުހިއްމު. އެހެނީ މިރިޕޯޓް ވަރަށްގިނަ ކުޑަކުދިންވެސް ކިޔާނެ.

      13
      1
  2. ސިނެކް

    ވަގުތު ނޫސްވެރި ން ނަށް ތިކުރެއްވި ހިތްވަރަށް ސާބަސް ތިގޮތުގަ ގައުމާއިގެ ން ކުރިޔަށް

    174
    51
    • ސިނެކް

      އައްޑޫގަ ލާދީނީ މީހެއްގެ ވާހަކަ ފެނުނު،، އެކަންތަށް ތަހުގީގު ކޮށްލަދެއްވާ!!

      43
      10
  3. ނަރުގިސް

    ދީނަށްޓަކާ ﷲ އާއި ރަސޫލާއަށްޓަކާ ޖިހާދުވުމަކީ އޮންނަކަމެއް.

    174
    45
    • އަޙުމަދު

      ޖިހާދުގެ ނަމުގައި މުސްލިމުންނާ މުސްލިމުން އެއްބަޔަކު އަނެއްބައެއްގެ ލޭ ހުއްދަކުރުމަކީ ޙަރާމްކަމެއެ އަދި ޣައިރު މުސްލިމުންގެ ތެރެއިންވެސް މުސްލިމުންނާ ހަނގުރާމަ ނުކުރާ ބަޔަކާ ހަނގުރާމަކުރުމަކީ ވެސް އޮތްކަމެއް ނޫން.

      145
      10
    • ާިަަޖިންނި

      ކަާކުތަ ބުނީ އެއީ ނެތް ކަމެކޭ. داخلي ގެ މާނަ އިނގޭތަ؟؟؟؟؟

      43
      17
    • ޢލީ

      އައިއެސް ކުދިންކޮޅު ހާދަ ވަރަކަށް މި ކެކި އަރަނީ

      27
      9
  4. އޯކޭ

    ސަމާލުކަމާއި ފައިސާގެ ދަހިވެތިކަމަށް ދުނިޔޭގެ އެދުމަށް ﷲ ގެ އަޅުންތަކެއް ތިޔަ ބަދުނާމުކޮއްލީ.

    70
    108
  5. ޖިހާދު

    ވަގުތު ނޫ ހުން މިކުރާ ކަމަކީ ރާއްޖޭގެ ތިބުނާ ކަންތަށް އިސްތިހާރު ކޮއް ބަޔަކު ފުރޭމް ކުރުން މިގައުމު ދެކެބަޔަކު ރުލިއެރުވު ނޫނީ ބަޔަކު މީ ހުންބުނެގެން ބަޔަކަ ހަސދަފިލުވުން މިއީ ކޮންމެވެސް ކަ ބަލަ ޖަރީމާއެއް ވަގުތު ނޫ ހުން ހިންގި

    63
    36
  6. ނިއުއިޔާ

    މީ ނިއުއިޔާގެ އަޑު ކަޑުވާލަންވނެރުނު ރިޕޯތުތަކެއްދޯ

    53
    29
  7. މީދޫ ކައްލަބާއި ބޭ

    އެ ފިކުރުގެ ގިނަ ބޭކަލުންނަކީ ޕީޕީ އެމަށް ތާއިދު ކުރާ ބައެއް ކަމެއް ބުނޭ@ އަދި އެ ބޭ ކަލުންނަކީ ޖާހިލިއްޔާ އިން ކިޔަވާއިގެން އައި ބައެއް ކަމެއް ވެސް ބުނެ އުޅޭ

    24
    54
    • ޢައުލާކީ

      ޤާޟީ އުނައިސު އަކީ ރުގިއްޔާ ކޮމާންޑަރު އޭނާ ރުގްޔާ ކުރަން ގޮސް މި ފިކުރު ފަތުރާ.

      32
      7
      • އައުލޫކީ

        އޭނާ އަހަރެމެންގެ ގެއަށް އައިސް ޖަހާލި ރުގްޔާއިން ގެއަށް ޖެހިފައި ހުރި ސިހުރު ރަނގަޅު ނުވެ މިހާރު އާވައްތަރެއްގެ ސިހުރެއް ޖެހިފަހުރީ!

        20
        5
  8. ޙހހހ

    ތިކަހަލަ ކަންކަން އުފަންވާންޖެހޭ ސަބަބުވެސް އެބަޖެހޭބަލަން ، މިޤައުމަކީ ސައްތަ މުސްލިމުންކަމަށް ކިޔާގެން އުޅެނީ ، އެކަމަކު ދީނާއި އަހްލާޤިއްޔަތާއި ދުރު އެތައްކަމެއް ފާޅުގައި އެބަހިނގާ ، ކަމުގެގޮތުން ކުޑަކަމުގައިވިޔަސް ، މިކަންކަން ދޫވެގެންގޮސް އިޖްތިމާއި ފޭރާންވީދި ކިޔަމަންތެރިކަން އަހްވަންތަކަން ، މިވަނީ ގެއްލިފައި ، މިކަމާއި ވިސްނާނެ ދައުލަތެއްނެތް ، މުއައްސަސާއެއް ނޫސްވެރިންނެއްނެތް ް ޤަބޫލުކުރަންވީ ހަނގީގަތަކީ މިޤައުމުގައި އިސްލާމްދީން ފުހެވިގެންދާން ބޭނުންނުވާބަޔަކުވެސް އުޅޭނެ ، މިވަގުތު ނޫހުން ތި ރިޕޯޓް ހެދި މީހުން އަމިއްލައަށް ދިރާސާ ކޮށްބަލަ މިޤައުމަށް ވަމުންދާގޮތް

    46
    4
  9. އިމާމް

    ބުނަން ކުދިންނޭ ވާހަކައެއް . ގިޔާމަތްދުވަހު ވަރަށް ރަނގަޅަށް ކަލޭމެނަށް ހަރުކަށި ފިކުރު ފެންނާނެ.. ތިދެން ތަންކޮޅެއްބޮޑުވަރު ކަންނޭންގެ މަށަށްހީވަނީ.. ކެނެރީގޭ ނަޝީދު ޒަހަބަ ކޮށްފަ ނިންމާނީ މިކަން...

    63
    40
    • ޢެޅިގާ

      ކަލެއަށް މުޅި ގުރުއާނާއި ހަދީސުން ފެނުނީ 15 އާޔަތާއި 5 ހަދީސްފުޅުތޯ. ދެން ހުރި ހުރިހާ ހަދީސްތަކާއި ވަޙީ ބަސްފުޅުން ކަލެއަށް ދޭހަކުރެވޭތަ މިދުނިޔެއާއި އާހިރަތަށް އިންސާނާ މަސައްކަތްކުރަން އަންގަވާފަވާމިންވަރު. ޢަންނި މަރާލިއަސް ފަގުޑިގަނޑެއްގެ އަތްދަށުގަ މިރާއްޖެ ނުލެވޭނެ.

      40
      19
      • އީގާން

        މިއީ އިސްލާމީ ގައުމެއް... ފަގުނޑި އެއްގެ އަތް ދަށޭ ތިކިޔަނީ، ދިވެހި ރާއްޖޭގެ ރައިސްކަމަށް އިސްކުރެވޭނީ ހަމަ އެކަނި ސުންނީ މުސްލިމުން އެކަނި... މުހައްމަދު ނަޝީދު، އިބްރާހިމް ސޯލިހު ހުސް މުސްލިމް ނަންތަށް... ގާނޫނު ބަލައިލަ ބަލަ

        9
        12
        • Anonymous

          އިސްލާމްދީން ނޭނގި ވާނުވާގަ ތިބޭ ތިމާނޫން އެންމެންނީ ކުއްފާރުންކަމުގަ ދެކޭނީ ފަގުޑީން. ޢެއީޝީއީންނަށް ވުރެވެސް ނުބައި ބައެއް. ސުންނީންނަކީ ނަބިއްޔާ އަމަލުފުޅު ހަބޫލުކުރާމީ ހުން. ތިބާގެ މަންމަގެ ރުހު ހުން ހޯދުމަށާއި މައިންބަފައިންނަށް ހިދުމަތްކޮށް ސުވަރުގެ ހާސިލް ކުރަން އަމުރުކުރެއްވިސާ ހިބާގެ ފޮލޯވަރސް ސުންނީންނަކީ

          11
          3
    • ލަދނ

      މީލާދީނީ މީހެއްގެ ކޮމެންޓެއް. ޒަހަބަ އެއް ނޫން އިންނާނީ. ޒަބަހަ

      13
      3
  10. ވަގުތަށް

    ރާއްޖޭގައި ހަރުކަށި ފިކުރުގެ ނިސްބަތަކީ ގާތްގަޑަކަށް % 0.50 އެކަމަކު ލާދީނީ ފިކުރުގެ އެބައުޅޭ ލަފާކުރެވޭގޮތުގަ %7 މީހުން. މީނިސްބަތުން ބޮޑު އާބާދީއެއް.. ރިޕޯޓެއް ގެންނަން ކެރޭނެބާ

    77
    10
    • ފަލިބެ

      ތިޔަބުނާ ލާދީނީމިީހުން ނޫޅޭ މޮޔަވެގެން މީހުން ނުމެރިގެނެއް.

      35
      31
      • މުސްލިމް

        ކާފަރަކާ މުސްލިމަކާ އެއްވަރެއް ނުވާނެ. ކާފަރު ކަލޭގެ މަރުވީމަ ދަނީ ޖަހަންނަމައަށް.

        21
        8
  11. Anonymous

    މީ ވަރަށް ދެރަކަމެއް ، މިކަހަލަ ފިކުރު ގެންގުޅޭ މީހުންނަކީ ނުރައްކާތެރި ބައެއް، އެމީހުންގެ ހަބަރު ވެސް ގެންނަންވާނެ، އެކަމަކު ދޮގު ހަބަރު ވެސް ފަތުރައިގެން ނުވާނެ، މިހަބަރުގައި ސީދާ ކަނޑައެޅިގެން ވަކި މީހެއްގެ ނަންނުޖަހާ އޭނާއަކީ އެ ފިކުރުގެ މީހުން ތާއީދުކުރާ އައްޑޫ ސިޓީ ގެ އިމާމެކޭ ލިޔެފައި އެބައޮތް، ސީދާ ބުހުތާނު ދޮގު ވާހަކައެއް އެ ގޮތައް ގެނެސްދީފައިވާތީ ހިތާމަކުރަން، ތިބޭފުޅުން އެ ފިކުރަށް ތާއީދުނުކުރާ މީހަކު އިސްމީހެއްގެ ގޮތުގައި ގެނެސްދީފައިވުން އެއީ ބޮޑު ގޯހެއް، އައްޑޫގެ އިމާމެއްގެ ގޮތުގައި އެމީހުން ތާއީދުކުރާ އެ އިމާމު ފަހަތުގައި އެހެންވިއްޔާ ކީއްވެތޯ ހަރުކަށި މީހުން ނަމާދުނުކުރަނީ؟ ތިބޭފުޅުން މީހުންގެ އަބުރަށް އަރައިގަންނަނީ ކީއްވެތޯ؟ އެފަދަ މީހުންނާ ކިރިޔާވެސް ވާހަކަދައްކާ ހަދާ މީހަކު ވެއްޖެއްޔާ ތިހަދާލަނީ އެ ފިކުރުގެ މީހަކަށް ދެއްތޯ، މިތާ ސީދާ ނަން ހާމަކުރިނަމަ ސީދާ ކޯޓް ކޭސް އަކަށް މިކަން ދާނެ، ދެން ނަންހާމަނުކޮށް މީހެއްގެ އަބުރާ ޢިއްޒަތް މޮޑެލަން ކަމުގެ ހަގީގަތް ނުބަލާ މަޝްހޫރު ވާން ވެގެން ހަބަރު ގެނެސްދިނުމަކީ ވަރަށް ނާތަހުޒީބު ޢަމަލެއް! ތިއީތޯ ދެފުއްފެންނަ ނޫސްވެރިކަމަކީ؟

    97
    24
  12. މަޑުކަށި ފިކުރު

    ފައްކާ ޖޯކެއް އިނގޭ! ހީހީ ހަލާކުވެއްޖެ! ދެން ލާދީނީ ފިކުރަށްވެސް ރިޕޯޓެއް ހަދާބަލަ. ޔަގީން ނުކެރޭނެކަން.

    58
    27
  13. Anonymous

    އަޅުގަނޑު ބުއްޅަބެއަށް ތާއީދުނުކުރާ ތީ ދެއްތޮ

    36
    8
  14. އަހަރެން

    ވަރަށް ބޮޑު ފަންޑަކާއި އެކު ނޫނީ ތިހާ ބޮޑު ތަހުގީގެއް ކުރެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވޭ. "އަނދިރި ލަވްލަތް" ފަދަ އިބާރާތާއި ރާގު ހުރުމުން ފަންޑު ލިބި ތިޔަފަދަ ތަހުގީގެއް ހިންގުމުގެ ޖޯޝްއާއި މަދަދާއި އެހީ ލިބުނީ ކޮންބައެއްގެ ފަރާތުން ކަން އެބަ އެނގޭހެން ހީވޭ. ތިޔަކީ ދިވެހިންނަށް ހެޔޮ އެދިގެން ކުރިކަމެއްކަން ޘާބިތު ކުރަން ބޭނުން ނަމަ ލާދީނީ ފިކުރު މިގައުމުގައި މޫލާފައި އޮތް މިންވަރާއި އޭގެ މުލުގައި ތިބި މީހުން ގެ ތަހުގީގީ ރިޕޯޓެއް ގެނެސްދީބަލަ. ދެން ޘާބިތު ނުހިފޭ ކަމެއްގެ ތުހުމަތެއް ކޮށް އެއަށް ހެކި ނުދެއްކޭ ޙާލު މީހުންގެ ފޮޓޯ ޖެހުން އެއީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއް .

    67
    16
  15. ހުސޭނުބޭ

    ވަގުތު ޓީމުން ކުރި މަސައްކަތަށް 100

    57
    45
    • ހުސޭނުބޭ

      ކޮބާ އައްޑޫ ލާދީނީ މީހުންގެ ރިޕޯޓް، އަދި އެމީހުންގެ ނުބައި މަކަރުވެރި ރޭވުންތަކުގެ ވާހަކަ... ވަރަށް ފަހުން ދުށިން ވަގުތު ނޫހުގަ އެމީހާޔާ ބެހޭގޮތުން އޮތް އާޓިކަލް އެއް... ލާދީނީ މީހުންނާ މެދު ވެސް ވަރަށް ސަމާލު ވާން ޖެހޭ...

      15
      9
  16. Anonymous

    "އައްޑޫ އިން މަޢުލޫމާތުދިން ފަރާތަކުން ވަނީ، ހަރުކަށި ފިކުރަށް ތާޢީދުކުރާ ބަޔަކު ފުލުހުންގެ ތެރޭގައިވެސް އުޅޭކަމަށް ތުހުމަތުކޮށްފައެވެ." މި މަޢުލޫމާތު ދިނީ ބިއްޖެހިފަހުރި ބީތާއެއްބާ، މައުލޫމާތު ދޭ އިރު ވަކިކުލައަކަށް ބަލާފައި ބައެއްގެ އަގު ވައްޓާލުމުގެ މަގުސަދުގައި މައުލޫމާތު ދެނީ! ރީނދޫ ފިކުރު ނެތިއްޔާ ދެން އެވީ ތުހުމަތުކޮށް އިނގިލިދިއްކުރަންބާ! ފުލުހުންނާއި އާންމު ފަރުދުންގެވެސް އޮންނަނީ އަބުރެކޭ، ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާއި ގަރީނާއެއްނެތި ބަޔަކު މީހުންގެ އަބުރު ކަތިލަނީ! މިހާރު އެނގިއްޖެ އެމްޑީޕީ ކުދިން އެ ކިޔަނީ ތެދެއް ކަން! މިވަގުތު ނޫހުން ގެނެސްދޭ މިފަދަ ހަބަރުތަކުގައި މުޅިން ވެސް ކޮންމެވެސް ވަކި ފަރުދެއްގެ ނުވަތަ ވަކި ފަރުދުންގެ އަގު ވައްޓާލުމައްޓަކައި ދޮގުހަބަރު ގެނެސްދޭނެ، މަވާ ސަލާން،

    82
    14
  17. އެލެކްސް

    ވެރިކަން ވެއްޓޭހެން ހީވާ ކޮންމެ ދަނޑިވަޅެއްގައި ހަރުކަށި ހަރުކަށި.. ކޮބާހޭ އަހަރުމެންގެ ހައްޤުތައް!!

    42
    19
  18. އިރެކްސް

    ވަރަށް ލާރި ލިބޭނެ މި އާރޓިކަލް އަށް. ފަންޑް ރެއިޒަރ އެއް ދޯ

    47
    17
  19. ހައްޕު

    ދޮގު ރިޕޯޓެއް.

    41
    34
  20. އަޙްމަދު

    ވަރަށް ރަނގަޅު ރިޕޯޓެއް! ވަގުތު ޓީމަށް ސާބަސް! އިސްލާމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ އަދި ފުލުހުންނާއި ސިފައިން މިރިޕޯޓް ބަލާ ފިޔަވަޅު އަޅާނެ ކަމަށް އުއްމީދު ކުރަން!!!

    44
    23
    • ގ

      ހަހާ ހަހާ... 🤣🤣🤣🤣... ސީޕީ އަށް ހޮވަންޖެހެނީ ވަގުތު ދެއްތޯ!!! 😅😅😅

      12
      4
    • އަޙްމަދު

      މައްސަލަބަލަން ގޮވާލަން!!!

      15
      3
  21. މައިތިރި

    ވަގުތު މީ ސިފައިންނާ ފުލުހުނަށް ވުރެ މަތިބައެއް.. މީ ކޯޓް ތައްދޯ.. މޮޔަ ހީވޭ..

    29
    13
  22. ސަކިންދާ

    މިއީ އެމް.ޑީ.އެން އިން ސްޕޮންސާކޮށްފައިވާ ރިޕޯޓެއް

    57
    17
  23. ޢަލޫ

    ތިކުރެއްވީ ނުހަނު އަގު ހުރި މަސައްކަތެއް. ސުވާލަކީ ނޫހަކުން ތަހުޤީގެއްކޮށް މީހުންގެ ފުޓޯ އާއި ވަނަވަރު އާންމު ކުރެވޭނެ ބާއޭ.

    39
    8
  24. ޓަކަފިރޯށި

    އަނަނިގެ ވެރިކަމަށްފަހު ސަލްޓަން ޕާކު އިރުން ހުޅަނގަށް އޮންނަ އޮންނަ މަގުބުރީގައި ހުންނަ ދުވަސްވީ ކުޑަމިސްކިތަކު ވަކިންހުކުރު ކުރުމަށް ބަޔަކަށް ހިތްވަރުދީ ހާޖާނުއުފައްދަން ގޮސްތިބީ އ.ޑ.ޕ ވެރިންނާއި ބިއްޖެހި ސޮނިފައިބާ އެޕާޓި އެކްޓިވިސްޓުން އެދުހު އެތަން ދެކޭނެ ނޫސްވެރިން މިއަދު ދުނިޔޭގައި އެބަތިބި! އަދި ހަމަ ބައެއް ޝޭހުން ފަހަތުގައި ނަމާދު ނުކުރުމަށްވެސް އ.ޑ.ޕ އިސްފަރާތްތަށް ގޮވާލާފަ އެބަހުރި! އެހެން ދީންތަކުގެ މީހުންގެ ހައްގުގައި މުޒާހަރާ ކުރަންގޮވާލައިފަ އޮތްވަގުތަކު މިފަދަ ރިޕޯޓެއް އިއްތިފާގަކުން ނިކުތުމުން އެންމެހާ ދިވެހި މުސްލިމުން ހޭވެރިވެތިއްބަވާ!

    13
    2
  25. ލާހަރުކަށި

    ހަރުކަށި ފިކުރަށް ސަޕޯޓްކޮށް އެންމެ ގިނަ ލިއުންތައް ޝާއިއު ކޮށްފައިވަނީ މި ނޫހުން ކަމަށް ފާހަގަ ކުރެވޭ. އެކަހަލަ އާޓިކަލް އެއް ލިއުނީމަ އެއަށް މީހަކު ކޮމެންޓެއް ކޮށްލިޔަސް އެއެއް ނުޖަހާނެ. ޖެހިއްޔާ ޖަހާނީ އެފިކުރަށް ތާއީދު ކޮށްފަ ހުންނަ ކޮމެންޓެއް.
    ހައްތާވެސް އެއް މަސްގަނޑަކުން ތައްޔާރު ކޮށްފައި ހުންނަ ހެދިކާ. ގުޅަޔަކަސް ކަވާބަކަސް. މިއާޓިކަލް ޖެއްސަސް އެމީހުން ހުއްޓައެއް ނުލާނެ. އެއްވެސް ބަޔަކަށް މިކަންތައް ހުއްޓުވައެއް ވެސް ނުލެވޭނެ.

    13
    10
  26. ޢަދުރޭ

    ހާދަ ރަނގަޅު ބައެކޭ މި ރިޕޯޓް ހެދީ . މާތް ﷲ އަންގަވާފަވޭ ކީރިތި ޤުރްއާނުގައިވެސް އަދި ޒަބޫރު ގައިވެސް.. މާތް ﷲ ދުނިޔޭގެ ބިމުގަ ވާރުތަ ވެރިން ކަމުގައި ލައްވަނީ ސުލްޙައަށް މަސައްކަތް ކުރާ ސުލްޙަވެރި އަޅުންކަމުގައިމ.. މި ރިޕޯޓް ހެދި ބަޔަކީ ހަމަ ޔަޤީނުންވެސް އޭގެ ބައެއް . މާތް ﷲ ވަގުތުގެ މި ރިޕޯޓް އުފެއްދި ބަޔަކަށް ދެދުނިޔޭގައިވެސް ނަޞްރާއި ބާއްޖަވެރިކަން ދެއްވާށި آمين . އެއްވެސް އެހީއެއް ބޭނުންވިޔަސް އަންގާލެއްވުން އެދެން. އަޅުގަނޑު މިހިރީ ތި ޓީމްއާ އެކީ

    30
    36
    • ޙައިރާން

      ވަކި ޚާއްސަ ޖަމާޢަތެއް ހަދައިގެން އެހެން އެންމެންނާއި ވަކިވެގަނެ އަމިއްލަ އުސޫލުތަކަކަށް ތަބާވެ ހައްދުފަހަނައަޅައިދާ ދިއުމަށެވެ.
      މިހެން ބުނުމުން އެމްޑީއެން އަކީވެސް ހަމަ މީގެ ބައިގަނޑެކޭ ބުނެވޭނެ. ވަކި އުސޫލުތަކަކަށް ތަބާވާ އަދި އިލާހީ ގާނޫނަށް ގޮންޖަހާ މީހުން.

      19
      4
      • ޢަދުރޭ

        އެމް ޑީ އެން އާއި ސަލަފީ ވައްހާބީ ފިކުރަކީ. އަޤީދާގެ ޙައްދުން ނެއްޓިފައިވާ ދެކޮޅު . އެމްޑީއެން ފިކުރަކީ ކަލަކު ނުވާކަމަށާއިﷲ އަށް އަދާކުރަން ޖެހޭ ޙައްޤެއް ނެތް ކަމައް ބުނާ ބައެއް . އޭގެ އަނެއް ކޮޅަކީ ﷲ އިންސާނާޔަށް ދެއްވާފައިވާ ދިރިއުޅުމުގެ ހުރިހާ އުފަލަކުންވެސް މަޙްރޫމްވެ ދުނިޔޭގައި އުޅެން ދެއްވި ހެޔޮކަން ބޭނުން ނުކޮށް ރަނގަޅުމަގުން ގޮސް ޙައްދުފަހަނަ އަޅާ ބައެެއް . ربنا آتنا في الدنيا حسنة . ކިއުމުގެ ބަދަލުގައި މިވެރިން ކިއަނީ في الاخرة حسنة އެކަނި . ޝައިތޯނާ ވަނީ މި ދެބައި މީހުންވެސް ﷲ ގެ މަގުން އެއްކިބާ ކޮށްފައި

        6
        6
  27. ހަރުކަކަށި ކުއްޖެ

    ދެރައީ ތިޔަ ރިޕޯޓުގައި "ހަރުކަށި ކުއްޖެއް" ގެ އިންޓަވިއުއެއް ނެތީމަ.. ވަކި ފިކުރެއްގެ ބައެއްގެ ވާހަކަގެންނަ އިރު އެމީހުންގެ ބަހެއް ނެތް.. އެއްފަރާތުގެ ވާހަކަ ހުސް، އެވެސް އެމީހުންނާ ދެކޮޅު މީހުންގެ.. އެހެންވީމަ މަގްސަދު ވަރަށް ސާފު.. އިސްލާމްދީނުގައި އޮންނަ ދުލުގެ މިނިވަންކަމުން އަނެކާގެ އަބުރަކަށް ނޭރޭނެ.. މުބާލަހާކުރުމަކީ ދީނުގައި އޮތްކަމެއް.. ދިވެހި ދަންނަ ބޭކަލުން ހަރުކަށި ފިކުރު ކުދިންނަށް މުބާލަހާކުރަން ގޮވާލަން ވީނުން ކެރެންޏާ؟؟

    19
    7
    • އައުލާކީ

      އައިއެސް ކުދިން ގަބޫލު ކުރާ ގޮތުގަައި ރާއްޖެ މި އޮތީ ހަގުރާމައިގެ ހާލަތުގައި .. މިތާ ތިބީ އެމީހުން ފިޔަވައި މުޅިންވެސް މިއްލަތުން ބޭރުވެފައި ތިބި މީހުން....... ސޯ އެމީހުން އެހެން ބައެއްގެ ސަލާން ވެސް ބަލައި ނުގަންނާނެ

      7
      2
      • އަންވަރު

        މުބާލަހަ އަކީ ކޮން އެ އްޗެންކަން އެނގޭބާ؟

  28. މުޙައްމަދު އަޒްހީމް

    މާކަނާ ކަލޯތާ މަގައިގާ ޖެހީތާ، ޖަހައިފާ ފިލީތާ..

  29. ނާސިރު11

    މިފަދަ ދިގު ރިޕޯޓެއް ނެރުނުއިރު އިންސާނީ ކަރާމަތާ މީހުންގެ ގެދޮރާ ވިޔަފާރިފަދަ ރައްކާތެރިކަން ލިބެންޖެހޭ ތަންތަނުގެ ފޮޓޯޖަހާ ޢާއްމުކުރުމަކީ ނޫސްވެރިކަމެއްނޫން. ކިތަންމެ ރަނގަޅުކަމެއް ކުރިކަމުގައިވިޔަސް އެކަމުގެ ނިޔަތް ގޯސްވެއްޖެނަމަ ހުރިހާކަމެއްގޯސްވީ. މިބުނީ ތިޔަރިޕޯޓްގައި އެމީހުންގެ ފުރިހަމަނަމާ އެމީހުންގެ ގެދޮރާ އެމީހުންގެ ފޮޓޯ ޢާންމުނުކުރިޔަސް އެކަންކުރެވިދާނެ. އެފަދަތަކެތި ވަގުތުގެ ފަރާތުން ޕޮލިހަށް ހަވާލުކުރީމަ އެމީހުންއެކަންބަލާ ފިޔަވަޅުއަޅާނެ. މިހާރު އެމީހުންނަށް ތިޔަރިޕޯޓްގައިވާކަންތައްތައް ތަޙުޤީޤަކަށް ދާއިރު ބަދަލުވެސް ކުރެވިދާނެ. އަހަހަރެން ފޮތެއްގަލިޔެ ސޮއިކޮށްފަވެސް ދީފާނަން މިރާއްޖޭގެ އޮތް ލާދީނީ ހާލަތުބަލާ ތިޔަކަހހަލަ ދިރާސާއެއް ހަދަން ނުކެރޭނެކަމަށް. ޗެލެންޖްކޮށްފަ މިބުނީ. ޚަބަރެއް ހެދިޔަސް އެމީހުންގެ ފޮޓޯކީއްކުރަން އެމީހުންތިބިހިސާބުވެސް ބުނެލަން ނުކެރޭނެ. އެއީ ތިޔަނޫސްވެރިންގެ ފެންވަރު. ެ ާާާާާާާާާާާާާާާާާ

    41
    7
    • ލާދީނީ

      އަހަރެން ގަނޑުކަނޑާފޮތެއްގަ ސޮއިކޮށްފަ ލިޔެ ދީފާނަން، ލާދީނީން ގިނަވެގެންނެއް މީހުންގެ ބޯ ކަނޑައި އަތްފައި ބުރިކުރާ މީހުން ގިނައެއް ނުވާނެ. ހަރުކަށި މީހުން ނެތްތާކު އެކަމެއް ނުކުރާނެ.

      13
      15
  30. އަލީ

    ކޮބާ ދޮންނާގެ ކައްދާދީގެ އައްލާ؟؟؟؟؟؟؟؟

    11
    2
  31. Anonymous

    އައްޑޫ މީހުން ބުނީ ނަން އޮފް ޔޯ ބިޒްނަސްއޭ ބޭނުމީ ތަރައްޤީ އޭ

    9
    2
  32. Anonymous

    އޭ މަ މިހުރީ ބިރުން ވިރިވިރި

    9
    9
  33. ޜލޔ

    މުސްލިމުންނަށް ފާރަލައި ސްޕައި ކޮއްދެނީ އެއްނުން ތީ.. ޤުރުއާންގެ ނައްސުން ހަރާމް ތިކަންވެސް

    18
    12
  34. ހަމްދު

    އައްޑޫއަކީ ހުރިހާ ގޮތަކުން ހައްދުފަހަނަ އަޅާފައި މީހުން އުޅޭ ރަށެއް. ލާދީނީ ވިޔަސް އެވަރު. ރާ ބުޔަސް އެވަރު. ހަކުރު ވިޔަފާރީގައިވެސް އެވަރު. މާރާމާރީގައި އެވަރު. ދީނީ އިލްމުގެ ރޮގުންވެސް އެއްވަނައިގައި އުޅޭމީހުންގެ ތެރޭގައި އައްޑޫ މީހުން ހިމެނޭ.

    24
    4
  35. ޙހހހ

    ލާދީނީ ފިކުރު ފެތުރެމުންދަަލެއް ހަލުވިކަމާއި މަކަރުވެރިކަމުން ފިތްއެކަންޏެއް ނޫން ބޯވެސް ބުރިވާވަރުވޭ

    6
    7
  36. ވިންދުފާ

    ތިވަގުތު ޓީމްގައި އުޅޭ ގިނަ މީހުންނަކީ ހަމައަށް ނަމާދު ނުކުރާ މީހުން. ދެން ކޮން ދީނެކޭ ކިޔާކަށް. ﷲ ޢާއި ރަސޫލާ ދެކެ ލޯބިވާ ބައެެއް ނޫންކަން ވަރަށް ރަނގަޅަށް ހާމަވޭ ތި ޢާޓިކަލް ކިޔާލީމަވެސް.
    ކެނެރީގެ ނަޝީދް އަައީ ބެހޭގޮތުން ވަރުގަދަ ދިރާސާއެއް ކޮށްލާއި އާޓިކަލް އެއް ލިޔެލާބަލަ.

    35
    11
    • ޢަދުރޭ

      އަބޫ ޖަހުލު މެންނަކީ ވެސް ގެފުޅު ކައިރީ ތި ސަލަފީން އުޅުނުހެން އުޅުނު ބައެއް އެ މީހުން ޤަބޫލް ކުރާގޮތް ނޫން އެއް ވެސް ގޮތެއް ނެތް ކަމަށް އަބޫ ޖަހުލުމެން ވެސް ދަޢު ވާ ކުރި . ކީރިތި ޤުރްއާނުގައި މިކަން ބަޔާން ކުރަށް ވާ ﷲ އަންގަ ވާފައި ވަނީ އަބޫ ޖަހުލު ދުޢާކުރިކަމަށް .. اللهم ان كان هٰىذا هوالحق امطر علينا حجارة من السماء او بعذاب عظيم . މާނައީ ހައްދަ ވައި ބޮޑު ކުރެއް ވި ރަސްކަލާކޮ މި މުޙައްމަދުގެ ފާނު ދައްކަ ވާ ވާހަކަ މީ ތެދެއް ނަމަ އުޑުން ހިލައިގެ ވާރޭ ވެއްސަ ވައި ނޫނީ ބޮޑު ޢަޒާބެއް ފޮނުއް ވައި އަޅަމެން ނެތިކުރައް ވައި ފާންދޭ ވެ. . އެއީ ތެދެއް ނަމަ ތެދުމަގު ދައްކަ ވައިފާންދޭ ވެ އެއް ނޫން... އެ ވެރިން ވެސް ނަމާދު ވެސް ކުރިއޭ. އެހެންނަމަ ވެސް
      ﷲ އަންގަ ވާފައި ވަނީ. وما كان صلواتهم الا مكاء وتصدية .. ެެ އެ މީހުންގެ ނަމާދު އެއީ ތުބުންފުމުމާއި އަތްތެލި ބަޑި ޖެހުން ފަދަ ކަމެއް ކަމުގައި މެނު ވީ ނު ވެއެ ވެ.s

      5
      2
  37. އަހްމަދު

    ބަލަ ލާދީނީ މީހުން ވެސް ނަމާ ފޮޓޯއާއެކު ރިޕޯޓެއް ހަދާ ޖަހާބަލަ

    22
    7
    • މޑ

      ހަރުކަށި ޖަމާއަތުގެ އައްޕަ ލާދީނީ ވަގު ކާމިނީގޭ ބުއްޅަބެ ލާދީނީ ވަގު ވައްކަމައް ފައްސިވެގެން އެއޮތީ ޖަލުގައި

      2
      3
  38. ސނ

    ވަރަށް ބޮޑަށް ޝުކުރިއްޔާ ވަގުތު ޓީމް. ވަރަށް ހިތްވަރުގަދަ ކުދިންކޮޅެއް. ގިނަމީހުން ހީކުރަނީ ހަރުކަށި ފިކުރަކީ އިސްލަމްދީނާ އެއްކޮޅު ފިކުރެއް ކަމަށް . ވަރަށް ދެެެރަ ފުލުހުންނާއި ސިފައިންނަށް މިމީހުން ނުހުއްޓުވޭތީވެ. ހަމަ ރަނގަޅަށްވެސް ހީބިހި ނަގާވަރުވި.

    16
    20
  39. ސުން ނަތު

    ހަދީސްތައް މިވަނީ އޮޅުން އަރާފައި . ނުވަތަ އޮޅުވާލާފައި. އާޔަތްތަކުގެ މާނަވެސް ބަދަލު ކޮށްލާފައި. ދެން ތިބެ އިސްލާމޭ ސުންނަތޭ ކިޔައި މީހުންގެ ބޮލަށް ސަވާރު ވަނީ ކީއްވެ؟ އިސްލާން ދީނުގައި އުޅެންޏާ އަނިޔާވެރިކަން ނެތް މަޒުހަބެއްގައ، ނުވަތަ އުސޫލެއްގެ މަތީ ތިބެވޭތޯ ބަލާ. ބުދިސްތު ވިޔަސް ކުރިސްޓިއަން ވިޔަކަސް މީހުންނަށް އަނިޔާ ކުރާކަށް މަޖްބޫރު ކުރާކަށް ނުނުކުންނާނެ. ބޮލެއް ކަނދުރާއެއް ނުކަނޑާނެ.

    4
    9
  40. ސުވާދީބު ސަރުކާރު ގެ ބަޔާން

    އިނގިރޭސިން އައްޑު އިން ފޭބި ފަ ހުން އެ މީސް ކޮޅު ހަރުކަށިވީ

    4
    2
  41. ޒުހު

    ވަގުތުގެ ޓީމަށް ހަމަ ސާބަސް

    14
    7
  42. ޖާބެ

    ތިކުރި ހިއްވަރަށް ސާބަސް. ކޮމެންޓު ތަކުގަ މީހުން ފިނޑިއޭ ބުންޏަސް އަދި މިލެވެލްގެ އާޓިކަލް އެއް އެއްވެސް މީޑިއާއަކުން ނެރުނުތަނެއް ނުދެކެން. ހަރުކަށި ފިކުރުގެ މީހުން ނަކީ އިސްލާމް ދީނަށް ވެސް އޮތް ހުތުރެއް. މީހުން ގެ ތެރޭ އިސްލާމް ދީނާ މެދު ނަފްރަތު އުފައްދައި އެދީނަކީ ޓެރަރިސަމް އަށް ހިއްވަރުދޭދީނެއް ކަން މީހުންނަށް ދެއްކުން. މިކަހަލަ މީހުންނަކީ ދީނަށް އޮތް ނުރައްކަލެއް!

    21
    14
  43. ހުސެން

    ވަގުތު ޓީމާއެކު ފުލުހުންގެ އިންޓެލް އާއި އެމްސީ ހަމީދު ހަރަކާތްތެރިވެ އެމީހުން

    6
    4
  44. Anonymous

    ވަރަށް ދޮގުހަދާ ބައެއް މީ އަދި ކިރިޔާ މިއިނގުނީ މިއީ ފުޓްސެލް ނަމުގަ މި ރިޕޯޓު ނެރެން ދިޔަ ބައެއް ބުއްޅަބޭގެ ހަރަދުގަ

    21
    12
  45. ހުސެން

    ޕޮލިސް އިންޓެލް އާއި އެމްސީ ހަމީދު ބުނެގެން ހިންގި ޖާސޫސީ ގޭސްގަނޑެއް.ލާދީނީ މީހުންގެ ރިޕޯޓެއް ތައްޔާރުކުރާއިރު އެމްސީ ހަމީދު ހިމެނޭނެ ކަން ޔަޤީން

    14
    6
  46. ....

    ޙަރުކަށި މާނަ ކުރަންވާނީ އިސްލާމް ދީނުގައި މާނަ ކުރާ ގޮތަށް...މީހުން މިނެކިރާނީވެސް ހަމަ އިސްލާމީ ޝަރީޢާ އިން...ޝިރުކު ދެނެގަންނާނީވެސް ގުރުޢާނާއި ސުންނަތުން...މި ރިޕޯޓް ހަދަން ކިޙަވަރެއް ލިބުނުތޯ...އަހަރެންވެސް ގަބޫލު ކުރަން އައިސިސް އަކީ ހަވާރިޖުން ކަމަށް...އެއީ އެމީހުންގެ ކިބައިން ހަވާރިޖުންގެ މައިގަނޑު ސިފަތަކާއި އާންމު ސިފަތައް އެއްކޮށް 30ސިފަ އަހަރެންނަށް ފެނިފަވާތީ ގުރުއާނާއި ސުންނަތުން ސާބިތު ދަލީލު ފެންނަން ހުރި...އަދި އައްޑޫ ގަވެސް މުޅި މާލޭގަވެސް އައިސިސް އަށް ސަޕޯޓް ކުރާ މީހުން އުޅޭކަންވެސް އެއީ އެންމެނަށް އެނގޭ ކަމެއް...އެހެނަސް މި ރިޕޯޓްގަ އެބަހުރި ސީދާ ދީނުން ސާބިތު ކަންކަމަށް އިންކާރު ކުރާ ބީދައިން ވާހަކަ ގެނެސްފަ...އަދި ބޮޑެތި އިލްމުވެރިންގެ އިއްތިފާގާއި ތައާރަޒް ވާ ވާހަކަތައްވެސް އެބަހުރިކަން ފާހަނގަ ކުރެވޭ..މިގައުމުގައި ނުރައްކާ އެބައޮތް ހަވާރިޖުންގެ ވެސް އަދި ލާދީނީ މީހުންްގެވެސް....މިވަގުތު ނުރައްކާ ބޮޑު އަދި އޭގެ ގެއްލުން މުޖުތަމައުއަށް ބޮޑަށް ކުރާނެ ކަމަށް ފެންނަނީވެސް ލާދީނީ މީހުންގެ...ކޮން އިރަކުންތޯ އެމީހުންގެ ރިޕޯތެއް ނެރުން އޮތީ...
    ޑިމޮކްރަސީ އާއި އަދި އެ ނޫންވެސް ބާތިލް ފަލްސަފާ ތަކަކީ ޝިރުކު ކަމުގައި މާކުރިންވެސް އިލްމުވެރިން ވަނީ އިއްތިފާގުވެފަ...އެހެން ކަމަށްވާނަމަ ޑިމޮކްރަސީ އަށް ވޯޓް ލުން ހުއްދަވާނެބާ...ވަގުތު ނޫސްވެރިންނަށްވުރެ ބޮޑެތި އިލްމުވެރިންގެ ފަތުވާ އެބަހުރި ފެންނަން މިކަމަށް...
    ޖިހާދު އެއީ އޮތް ކަމެއް ދީނުގަ...ސީރިޔާގައި ކުރަނީ ޖިހާދު ނޫން ކަމުގައި ވެދާނެ..އެހެނަސް ޔަގީން ކަމާއެކު އެތާ އެކުރަނީ ޖިހާދު ނޫން ކަމަށް ބުނާ މީހަކު ޖެހޭނެ ދައްކަން ހައްގު ޖިހާދު ކުރެވެމުންދާ ތަނެއް...އެއީ ހަދީސްގަ އެބައޮތް ގިޔާމަތާ ޖެހެންދެން ހައްގު މަގުގައި ޖިހާދު ކުރާނޭ ބަޔަކު ތިބޭނޭ ކަމަށް...އަދި ޝަހީދު ވުމަކީ ފާފަތައް ފުހެވިގެންދާ ކަމެއް ކަމަށް އެބައޮތް ދީނުގައި އަންގަވާފަ...އަދި އެވެސް ފުރަތަމަ ލޭތިއްކާ އެކު...މި ކަންކަމަށް އިންކާރު ނުކުރުން އެދެން...މީދީނުގަ އޮތްގޮތް...މީ ހަރުކަށި މީހުންގެ ވާހަކަ އެއް ނޫން...
    ދީނޭ ކިޔަންވާނީ ވަރަށް ރަނގަޅަށް ބަލާފަ...ވަގުތު ގަ ހިޔެއްނުވޭ ހުރިހެން މީހަކު ހަވާރިޖެއްގެ ގޮތުގައި ކަނޑައެޅޭނެ ވަރުގެ އިލްްމުވެރިއެްް..އެހެން ނަމަ މިއަދު ތިކުރި އަމަލަކީ ހަމަ ތިބުނާ ދީނީ ހައްދުފަހަނަ އެޅުމުގެ އަމަލެއް...ހަވާރިޖުންގެ ސިފައެއް އެއީ އިލްމު ނެތި މީހުނަށް ގޮތް ނިންމުން އެއީ...މީހަކަށްް ގޮތް ނިންމާނަމަ އެނގެން ޖެހޭ ޝަރުތުތަކަކާއި މަނާތަކަކާއި އެކަމާ ގުޅުންހުރި ގިނަ އިލްމަކާއި ކުރީގެ އިލްމުވެރިން ކަން ކުރެއްވި ގޮތާއި ހާލަތާއި ވަގުތާއި ހުދު މައްސަލަ ރައްދުވާ މީހާގެ ބަސް ވެސް އެބަ ބޭނުންވޭ...ދީނުގެ ސައްހަ މިން ނޭނގި އެމިން ފަހަނަ އަޅާ ބަޔަކު ދިޔަކަމަށް ނިންމާނީ ކޮންގާއިދާ އަކުންތޯ.. ފިގުހުގެ އުސޫލެއް ހަމައެއް ވިސްނުމަށްވެސް ނާންނަނީސް ޑީއެން އޭ އިން ދަރި ސާބިތު ކުރާހެން މީހުުންގެ އަބުރާއި ކަރާމާތް ކަތިލާނީ ކޮން އިންސާފަކުންތޯ...މީހެއްގެ ކިބައިގަ މުރަނގަޅު އަމަލެއް ހުރުމަކީ އޭނާ އެއީ ނުބައި މީހެއް ކަމަށް ކަނޑައަޅާނިންމާނެ ސަބަބެއްނޫން..މިސާލަކަށް ވެދާނެ އެއީ އޭނާއާއި ހަމަޔަށް ލިބިފަ ހުރި އިލްމެއްގެ ކޮށިކަމުގެ ނުވަތަ ޖާހިލުކަމުގެ ނަތީޖާ ކަމަށްވެސް..އެހެންނަމަ އޮތީ އޭނަައަށް ބަޔާން ކޮށްދިނުން...ތިބުނަނީ އެއީ އިލްމު ނެތް ބައެކޭ...އެހެން ނަމަ އެމީހުންނަށް އުޒުރު ލިބިގެން ނުވޭބާ...އިސްލާމީ ޝަރީޢާ ބަލާ....

    25
    17
    • ޜަޟީ

      ކޮން ދިގު ތަގުރީރެއް ދޭކަށް

      11
      9
    • ސޭހް

      މަވެސް ގަބޫލުކުރަން ކަލޭގެ ތިދިގު ތަގުރީރު އެމީހުން އެގަބޫލުކުރާ އުސޫލަކީ ދީނުގަ އަސްލު އޮންނަގޮތް އެއީދީނުގެ އަސްލު ސޫރަ

      2
      3
  47. Anonymous

    ތިޔަބައި މީހުން ތިޔަބައިމީހުނައް ފޮނުއްވުނު ރަސޫލުންނައް ތަބާނުވެ ފާޑުފާޑުގެ ޖަމީޔާ ޖަމާއަތްތަ ހަދައިގެން އެއުރެންނައް ތަބާވަނީ ސުވަރުގެ ވަދެވޭނެތީ ތޯއެވެ. ހަމަކަށަވަރުން ތިޔެއީ ކުއްހީ އެކެވެ، ތިޔަބައި މީހުނައް ފޮނުއްވުނު ރަސޫލުންނައް ތަބާނުވެ ތަބާވާންޖެހޭ ދެވަނަ ފަރާތެއް އަދި ޖަމިއްޔާ ޖަމާއަތެއް ނޯންނާނެއެެވެ. ހަމަކަށަވަރުން ތިމަންރަސްކަލާންގެޔަކީ މޮޅަ ދެނިވޮޑިގެންނަވާ ރަސްކަލާންގެއެވެ.

    8
    3
    • ޢަދުރޭ

      އިލްމު ވެރިން އިއްތިފާޤު ވެގެން ކަމެއް ނުނިންމޭނެ މާތްﷲ ކަނޑަ އަޅުއް ވާފައި ވާ ޙުދޫދުތަކުން ބޭރު ވުމުން އެއީ ޙައްދު ފަހަނަ އެޅީ . މާތް ރަސްކަލާންގެ އަންގަ ވާފައި ވަނީ ތިމާޔަށް ނުއުފުއްލޭ ވަރު ތަކްލީފެއް އެއް ވެސް ނަފްސަކަށް ނުޖައްސަ ވާ ކަމަށް އެހެންކަމުން އެފަދަ ޙާލެއް ކުރިމަތި ވެއްޖެ ނަމަ ތަކްލީފްތަކުގައި އެކަލާންގެ އަށް ވަކީލް ކުރަން لا يكلف الله نفسا الا وسعها . ﷲ އަންގަ ވާފައި ވަނީ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިި ދުނިޔޭގެ ހެޔޮކަން ލިބިގަތުމަށް ربنا آتنا في الدنيا حسنة . އެއަށް ފަހު އާޚިރަތުގެ ހެޔޮކަން އަންނަނީ . ޙައްދުފަހަނަ އެޅުން ކަމަށް ވަނީ މާތްރަސްކަލާންގެ އަށް ލިބި ވޮޑިގެން ވާ ޙިސާބު ބެއްލެ ވުމާއި ކާފަރުން ނާއި މުސްލިމުން ކަނޑައެޅުމުގެ ޙައްޤު ސަލަފީން ނާއި ވައްހާބީން އެ ވެރިންގެ އަތަށް ނެގުމަށްފަހު ތަ ވުޙީދު ކިޔާ ޢިލްމެއް ހަދައިގެން މީހުން މުޝްރިކުންނަށް ހަދަން ފެށީމާ...
      އަލިފް ހާ.... ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

      5
      8
  48. ހުސެން

    ކުއްވެރިއެއްކަން ކަނޑައަޅަނީ ވަގުތުންތޯ ނޫނީ ކޯޓުތަކުންތޯ؟ފުލުހުންގެ އިންޓެލް އިން ވަގުތާއި ގުޅިގެން ހިންގި ޖާސޫސީ ޖައްގާސެއް މިއީ

  49. Anonymous

    މި ލިޔުނު ކުއްޖާ އަށް މާތް ﷲ ގެ ރައްކާތެރިކަން މިންވަރު ކޮށްދެއްވާށި. އާމީން.

    21
    8
  50. ޙުސެން

    ގަދަ، އަދި އިތުރަށް ފުރިހަމަވީސް ބައްދަލުކުރި މީހުންގެ ފުޓޭޖްއާ އެމީހުންގެ ވަނަވަރު ހާމަކުރި ނަމަ. ހީކުރަން އެހިސާބަށް ދާނެކަމަށް

    12
    7
    • ޙޯހޯ

      ކިހިނެތް ވަނީ އެހިސާބަށް ދިއުންގަނޑު ؟

      2
      2
  51. ސަލީމް

    ވ.ރަގަޅު ރައްދެއް

    1
    3
  52. ޙާލަތު

    ލާދީނީ އަދި ﷲއަށާ އެކަލާނގެ ރަސޫލުންނަށް ފުރައްސާރަކުރާ މީހުން ވަރަށް ގަޔާވާ ލިޔުމެއް މީ. އެއްވެސް އޮއްޓަރެއްނެތް... ވަގުތު ޓީމުން މުބާރާތް ބޭއްވުމުގެ ނަމުގައި އައްޑޫ އަށްގޮސް މިގަންނަގަނޑަކީ ލާދީނީ މީހުންގެ އެޖެންޑާ ފެތުރުން ދޯ!!! ތިޔަ މުބާރާތަށް ފަންޑު ކުރަނީ ސެކިއުލަރ ޖަމާޢަތްތަކުންކަމަށް ވަރަށް ބެލެވޭ. އޭގެ އަސްލު މިފެންނަނީ.

    11
    10
  53. ވަގުތު އިންވެސްޓިގޭޝަން

    މީ އެމްސީ ހަމީދުއާއި އަންނި ޖެއްސި ޕްރޮޕެގެންޑާ އެއްތަ

    12
    6
    • ދީދީ

      މިތަނުގެ އަސްލު ހާލަތު ބަޔާން ކޮށްދީފަ މިއޮތީ.. ތިއީ ރަށު ގިނަ މީހުންނަށް ވެސް އެނގޭ ނަންތައް .. ތިތާ އަދި މަދު ހަސަން ރިޔާޒުގެ ނަން

      10
      3
      • ލަތީ

        ވަގުތުގެ މަސައްކަތަށް ސަކޭތަ. މިކަންކަން ހުއްޓުވަން ތިބި މީހުން ބޮޑު މުސާރަ ނަގާގެން ދުނިޔޭގެ މަޖަލުގައި. މަސްހިފުމާ ބޭނުމާ ބިޓުން ނެގުމާ، ފުޓްބޯޅަ ބެލުމާ ކުޅުމާ ދަތުރު ދިއުމާ ދައުލަތުގެ ހަރަދުގައި ދުނިޔޭގެ ހަބައްރަށް ދަތުރު ކުރުމުގައި އަވަދިވެ އަވަދިވެ އުޅެދާނެތާ. މިހަރުކަށި މީހުންގެ ތެރޭގައި އުޅޭބާ މީގެ ތެރެއަށް ދިއުމަށްފަހު ޤުރުއާން ހިތުދަސްކުރި އެކަކުވެސް. އިސްލާމްދީން ދެކެ ލޯބިވާ މީހުން އެންމެ އިސްކަންދޭނީ ނަމާދާ ޤުރުއާންއަށް. ރާއްޖެއިން 1000 ހަރުކަށި ހޯދިއަސް އެތަނުން ގިނަވެގެން 5 މީހެއްވެސް ޤުރުއާން ހިތުދަސް ނެގިދާނެއެކޭ ހިތެއް ނުބުނޭ

        3
        1
  54. Anonymous

    ކޮމެންޓުތައް ކިޔާލީމަވެސް އެނގިއްޖެ ހަރުކަށި ފިކުރު ފެތުރިފައިވާ މިންވަރު. މިމީހުން މިތިބީ ސީރިޔާއަށް ފުރަން ތައްޔާރަށް ކަންނޭނގެ މިމީހުންގެ އަމަލުތަކަށް ތަބާ ނުވާ މުސްލިމުން މަރަން .

    15
    13
  55. ައަބްދުﷲ

    މީހުންގެ ސަމަާލުކަން ހޯދަން ޖެއްސި ސްޓަންތެއް.

    9
    4
    • މާފީ

      ކަލޯ ގަޔާ މިއީ އައްޑޫ މީހުންނަށް މެންދުރު އިރު ފެންނަހާ ސާފުކޮށް ފެންނަ ކަންތައްތައް .. އޮޅުވާލަން އުޅޭނެ ކަމެއް ނެތް

      16
      4
  56. އައްދު

    ބަރަާބަރު އާޓިކަލް އެއް.. ވަގުތަށް 100 .. ފޭކު އާޓިކަލްތަކަށް ވަގުތު ބޭކާރު ކުރިމުގެ ބަދަލުގަިއި މިކަހަލަ މުޖްތަމައު ހޭލުންތެރިވާ ކަހަލަ އާޓިކަލް ތަކަށް ވަގުތު ދެއްވާ!

    13
    7
  57. ތުނބުޅިބޭ

    ސާބަސް. އަދިކިރިޔާ ވަގުތު ނޫހަށް ރަނގަޅު ޚަބަރެއް ލިޔެވުނީ. ކަލޯ ބަލައިގެން އުޅޭތި. އެ ތޯރާބޯރާ މީހުން ތިކަހަލަ ހިއްވަރުގަދަ ނޫސްވެރިން ކުރިންވެސް މަރާލާފަ/ގެއްލުވާލާފަ ވޭ. މަށަށް ފެންނަނީ އެމްއެންޑީއެފް ގެ އެންޓި ޓެރަރިޒަމް ނަމްބަރަށް ގުޅާފަ އަންގަން. އަސްލު ރައްރަށު މީހުން ނޭނގޭގޮތަށް ސިޓީއަކުން ވިޔަސް ކަމާބެހޭ ފަރާތަށް އަންގާ.

    7
    3
  58. އަމީޒާ

    އިންޑިއާ ސިފައިން އައްޑޫގަ ވަޒަނަވެރި ވެރި ކުރުވަން ބޮޑުން ގުޅިގެން ހިންގ ޖަރީމާ އެއް. ރައްޔިތުން ހޭލާ ތިބޭ. އިންޑިއާ އައުޓް.

    11
    5
  59. މޭންއެއް

    ދުނިޔަވީ މައުލޫމާތާ އިސްލާމް ދީނުގެ ބޭސިކްވެސް ނޭނގޭ ޖާހިލުން މި މަގުފުރެދި އަނިޔާވެރި ފިކުރަށް ލެނބެނީ ، މީހުންގެ މައުލޫމާތު މުއްސަނދި ކޮއްދިނުން މުހިންމު ، ވަގުތު ނޫހަކީ ހަރުކަށި ފިކުރުގެ މީހުން ގިނައިން ކޮމެންޓު ކުރާ ނޫހެއް ވަގުތު ނޫހުން އެއަށް ފީޑު ނުކޮށް އެއާ ދެކޮޅަށް މަސައްކަތް ކުރީތީ ވަގުތު ނޫހަށް ރެސްޕެކްޓް އިތުރު ވެއްޖެ ، ޝުކުރިއްޔާ ވަގުތު ނޫސް.

    7
    8
  60. ރަޓު މީހާ

    ވ ފުރިހަމަ ރިޕޯޓެއް👏👏 ގދ ހޯޑެއްދޫ މަޑަވެލި ގައިވެސް އެބައުޅޭ
    މާބޮޑު ކުރިއެރުމެއް އެމީހުންނައް ނުލިބޭ އެއައްވުރެން މާލާދީނީބައެއް ހޯޑެއްދޫ މަޑަވެލިގައި އުޅެނީ 😀

    10
    2
  61. ޙާލަތު

    ހަރުކަށި ފިކުރާ ގުޅިގެން ތެދު މައުލޫމާތުވެސް އެބަހުރި.. ނަމަވެސް ހަދަ ހަދައުގެން ލިޔެފަވާ ދޮގު ޙަބަރުވެސް އެބަހުރި.. އެއީ ދޮގެއް އެކަކުވެސް ވަޅިހިފައިގެން ބިރުދައްކާކަށް ނޫޅޭ

    6
    3
  62. ސައިމާ

    ބަރާބަރު އާޓިކަލް އެއް ހުޅު މީދޫގައިވެސް އެބަ އުޅޭ އެފިކުރުގެ މީޙުން ،

    9
    9
  63. ޙެލޯ

    ތި އިންވެސްޓޮގޭޓް ނުކުރިޔަސް ތިހުރިހާ އެއްޗެއް އެނގޭ އެންމެނަށް. ވަކި ަަަަަަަަަަަަަަަަަަަަަަަަަަަަަަަަައvaahakaެw ނެތް. ކޮއްދޭންވިކަމަކީ ތިހުރިހާ ނަޖިސްތައް ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާ ދެއްވުން

    6
    5
  64. ލަތީ

    ވަގުތުގެ މަސައްކަތަށް ސަކޭތަ. މިކަންކަން ހުއްޓުވަން ތިބި މީހުން ބޮޑު މުސާރަ ނަގާގެން ދުނިޔޭގެ މަޖަލުގައި. މަސްހިފުމާ ބޭނުމާ ބިޓުން ނެގުމާ، ފުޓްބޯޅަ ބެލުމާ ކުޅުމާ ދަތުރު ދިއުމާ ދައުލަތުގެ ހަރަދުގައި ދުނިޔޭގެ ހަބައްރަށް ދަތުރު ކުރުމުގައި އަވަދިވެ އަވަދިވެ އުޅެދާނެތާ. މިހަރުކަށި މީހުންގެ ތެރޭގައި އުޅޭބާ މީގެ ތެރެއަށް ދިއުމަށްފަހު ޤުރުއާން ހިތުދަސްކުރި އެކަކުވެސް. އިސްލާމްދީން ދެކެ ލޯބިވާ މީހުން އެންމެ އިސްކަންދޭނީ ނަމާދާ ޤުރުއާންއަށް. ރާއްޖެއިން 1000 ހަރުކަށި ހޯދިއަސް އެތަނުން ގިނަވެގެން 5 މީހެއްވެސް ޤުރުއާން ހިތުދަސް ނެގިދާނެއެކޭ ހިތެއް ނުބުނޭ

    2
    16
    • ފުއާދު

      ޝޭހު އަނިލް ވެސް ގުރުއާނެއް ހަދީޘް ފޮތެއް ހިތު ދަހެއް ނޫން.

      13
      • ސަޅި

        ގުޑް ޕޮއިންޓް. ތަޖުވީދު ކިޔަވަންވެސް އަނީލުއަކަށް ނޭގޭ. ގަޑިން މިސްކިތަށް ބަންގި ދޭން ނުދެވޭ. އާއްމުކޮށް ފަތިސް ނަމާދު އަޅާނެ. އެކަމް އެއީ ހަރުކަށި ފިކުރާ ދެކޮޅަށް ތެދުވެފަ ހުރި މަންޑޭލާ.

        9
        1
      • ފުތާ

        މަ ހީކުރީ އަނިލު އަކީ ޤުރުއާން ދަސް މީހެއް ކަމަށް. ޤުރުއާން ކިޔަވަން ނޭނގި ޢިލްމުވެރި އަކަށް ވެވެނީ ކިހިނެއްބާ؟

  65. ސޭހް

    ލާދީނީއޭ ކިޔައިގެން ކޮމެންޓުކުރާ މީހުން ހަޅޭލަވާއިރު މިދޭދި އަޅާނުކިޔޭނެ ބަޔަކު ލާދީނީވިޔަކަސް ދީނަން އުޅެންބޭނުންވާ މީހާއަށް އެކަމަކަށް އެއްވެސް ހުރަހެއްނެތް މިތާކު އަދި އެމީހުންގެ ގޮވާލުމަށް އިޖާބަނުދިނަސް މުދަލާ އަނބިދަރިންނާ ކަނދުރާގަ އިންނަ ބޮލާ ސަލާމަތުން އިނދޭ އިސްލާމްދީނުގަ ހައްދުފަހަނަ އަޅާދާހެން ލާދީނީ ގަވެސް އޮންނަ އެއްޗެއް ހައްދުފަހަނަ އެޅުން އެފަދަ ގައުމުތަކުގަ ފިޔަވާ ދެން ހުންނަ ލާދީނީ ގައުމުތަކުގަވެސް މުސްލިމުން އުޅޭ ހަމަޖެހިގެން

    3
    5
    • މޫސަ

      ބަލަ މޮޔަޔާ. ﷲ އާއި އެއިލާހުގެ ރަސޫލާ އަށް ހަޖޫ ޖެހުމަކީ މީހެއްގެ ކަނދުރާ ވަކި ކުރުމަށް ވުރެ ބޮޑު ކަމެކޭ.

      12
      2
  66. ކޮތަރު

    ހަރުކަށިފިކުރުގެމިހުން ގެ ހާލަތު ބަޔާންކޮށް ދިންވަރަށްހައެވަރައް ލާދީނީ ފިކުރު ބިރުވެރިކަން ރާއްޖޭގައި އިންތިހާ އެބޮތް އެހެންވީމާ ވަގުތުގެނޫހުގެ ބޭފުޅުން ހަމަތިޔަގޮތައް ލާދީނީ ފިކުރުގެ މީހުންހާމސކަންބޮނޑު ގޮތައް ސާފްކޮއްފަ ނޫސްބަޔާން ކ ނުކުންނަނީ އެކެވެ ތިކުރާ މަސައްކަތައް ޝުކުރިއްޔާ

  67. ދޮންމޮހޮނާ

    އިންވެސްޓިގޭޓިވް ޖާނަލިޒަމްގެ ގޮތުން މިއީ ރަގަޅު ފަށައިގަތުމެއް. ނަމަވެސް ދެން ފަހަރަކު މިފަދަ ރިޕޯޓެއް ގެނެސްދޭއިރު ތަންކޮޅެއް 'އެވިޑަންސް' ހުށައަޅައިދޭ ގޮތް ރަގަޅުކުރުމަށް ލަފާ އަރުވަން. ދެން ހައްދު ފަހަނަ އަޅާފައިވާ މީހުން ބަލަން ޖެހޭ ގޮތަށް ލާދީނީ މީހުން ވެސް ބަލަން ޖެހޭނެ ކަމަށް ބުނާ ފަރާތްތަކަށް... އާދެ، ލާދީނީ ފިކުރު ފަތުރަން އުޅޭނަމަ އެކުރެވެނީ ދިވެހި ޤާނޫނާއި ހިލާފުކަމެއް. ނަމަވެސް ތަނެއްގައި ލާދީނީ ބަޔަކު އުޅުން އެއީ ތަހުޒީބީ މުޖުތަމައެއްގައި އެހެން އެއްވެސް މީހަކާއި ބެހޭ ކަމެއް ނޫން.

    3
    7
    • މައިނާ

      އެއްވެސް ކޮތަރަކަށް ލާދީނީންގެ ކިބައަކުން ބިރެއް ނެތް. މިނިވަންކަމާއި ސަލާމަތުން ކަލޯމެން އުދުހެންވީ. ދިވެހީންނަކީ މިނިވަން ހިތްފަސޭހަ ތަނަކަށް ހެދޭނީ ތިޔަ ބައިގަނޑު ކޮންމެވެސް ގޮތަކަށް މިތަނުން ފިލުވާލައިގެން. ކަލޭމެން އަވަހަށް ޖިހާދުވެ އަވަސްގޮތަކުން ނެތިގެންދޭ.

      1
      1
  68. ނަޖްވާ

    ކޮބާތަ މި ކަހަލަ ރިޕޯޓެއް އާއްމު ނޫހަކުން އެކުލަވާލި އިރު ޕޮލިހުން؟ އެ މީހުންނަށް މިަކަމެއް ނޭނގޭތަ؟ އެނގޭނަމަހީ މިހާރު ހުންނާނީ ފިޔަވަޅު އަޅާފަކަމަށް ދެކެނީ!

  69. ތެދު

    ބައެއް ދިވެހިން ހަރުކަށިފިކުރު މާނަކުރާގޮތް ރަގަޅެއްނޫން.
    އިސްލާމްދީނުގައި ކުރުމަށްއަންގަވާފައިވާ ކަނކަމުގަ ހަރުކަށިވާންވާނެ.
    މަރަށްމަރުހިފުން ހަރުކަށި .ތުބުޅި ހަރުކަށި .މޫނުބުރގާ ހަރުކަށި. ޒިކުރު ހަރުކަށި.ރުގުޔާ ހަރުކަށި.ސުންނަތްނަމާދުހަރުކަށި.
    ގޭތެރޭގަ އާއި މަގުމަތީގަ ބަރަހަނާ މަންޒަރު.ގޭޓީވީތަކުން ﷲއަށްޝަރީކު ކުރާ އަޑުތައް.މިޔަށްދޭނެ ނަމަކީ ކޮބާ

    3
    3
  70. ލާހަރުކަށި

    ލާދީނީ ވެގެން އެއްވެސް ދިވެއްސަކަށް ނޫނީ އިންސާނަކަށް، އަދި ކީތް، ޖަނަވާރަކަށް ވެސް ހުރި ބިރެއް ކަލޭމެން ދައްކަ ބަލަ.
    ދެން ލާދީނީއާއި ހަރުކަށި އައިސިސްއާ އެއްހަމަ ކުރަން ތި އުޅެނީ ކޮން ގޮތަކުން؟
    ރާއްޖެ އަމާންތަނަކަށް ވާނީ ލާދީނީ ގިނަވީ ވަރަކަށް. ކުރިއަރާނީ އަދި ތަރައްގީވާނީ އޭރުން.
    ހަރުކަށި މީހުން ގިނަވެއްޖެ ތަނެއް ވާނީ ހަނާ. ތަނުގެ ބިމުން ތެޔޮ ނުނެގޭނަމަ ވާނީ ފަނާ

    3
    7
  71. ހަލާދީނީ

    މި ހަރުކަށި މުއްލާއިން ރާއްޖޭގައި ގަދަވެގެންފި ނަމަ، ރާއްޖެ ކަނޑުއަޑިޔަށް ދާކަށް ގިނަ ދުވަހެއް ނުވާނެ. މިހާރުވެސް ރާއްޖެ ތަރައްގީވެ ކުރި ނާރައިގެން އުޅެނީ އެކިފެންވަރުގައި ތިޔަ މީހުންގެ ނުފޫޒު ގަދަވެފައި އޮތީމަ. ސައުދީގައި އެތައް ގަރުނެއް ކުރީގައި ތިބި ކަހަލަ ބަދަވީންތަކެއް މީ. މި ފިކުރު އެބަ ވައްދާ ތަނުގައި ތިބި އަންހެން ވެރީންގެ ބޮލަށް. ދެން އެމީހުން ވިހާ ދަރީން މިމަގަށް އެބަ ހާނުވާ. ދުވަސްކޮޅަކުން އެސޮރު ހިފާނީ އަމާ ކަރުގަ. އާއިލާގެ އެންމެން ގޮވައިގެން ސީރިއާއަށް ދާން ތެޅިގެންފާނެ.
    އެއެންމެން ކޮންމެ މީހަކަށް ހަތަރު އަންހެނުންނާ ހަ ޖާރިޔާއިން ވާވަރަށް އަންހެނުން އުފައްދަނީ ކޮން ގޮތަކުން؟

    3
    4
  72. ކަލޯ

    ވަގުތެއް އެހެން ތަނެއް އޮވޭތަ، ހަލާލެއް ހަރާމެއް ބެލޭނީ އެކަން އެނގޭ ގަބޫލު ކުރާ ބަޔަކު އުޅޭ ނަމަތާ... ލާރި ވިއްޔާ ދޯ ވަގުތު ސީއައިޑީސް.... ލޮލް! ދެންނެތްތަ މަޑުކަށި އެމްޑީއެން އަކާ އުތެމައަކާއި ރެޑް ބެލޫން ގުރޫޕާއި މި ޓިވިޓާރގަ ފޯރިއަރުވާފަ ދީނައް ޖޯކުޖަހާ މީހުންގެ ތަފްސީލް ކޮށްލުމެއް!

    4
    1
  73. ހަޤީގަތް ހަޖަމް ކުރޭ،...މަވެސް މާމިގިލި

    މާމިގިލީ މީހާ، ކަލެއަށް އެނގޭތަ ކަލޭ ތިޔައުޅެނީ ޑިމޮކުރަސީ ގައި ޖެހި ޑިމޯކުރޭޒީ ވެގެން. ސުންނަތް ދެކެބިރުން. ރޯނު އެދުރާ، މާތް ﷲ ޝަރީއަތާއި ޚިލާފުވުމުގެ އިޚްތިޔާރެއް އެކަކަށް ވެސް ނޯވޭ.އަސްލު ހަރުކަށި މީހާ އަކީ ކަލޭމެންކަލަ މާތް ﷲ 7 އުޑުމަތިން ބާވައިލެއްވި ޝަރީއަތާއި ޚިލާފަށް އުޅޭ މީހުން.

    3
    2
    • ޙމމމ

      ތެދެއް!!!.. މި މީހުންނަށް ފުރަތަމަ ނޭނގެ ރައްބެއް ދީނެއް ވަކި ކުރަން.. މި މީހުން އުޅޭ އުޅުން ލައްކަ ތާހިރު.. އެހެން މީހުންނަކީ ހަރުކަށްޓޭ މި ކިޔަނީ... ފައި ކުރި ބުރި ކޮއްފަ ހުއްޓަސް އެއީ ހަރުކަށި އޯ... ވޯޓު ނުލިޔަސް އެއީ ހަރުކަށި އޯ... ﷲ ގެ ހުކުމް ފުޅުތަށް އެއްލާލާ އެޔަށް ކުޅު ޖެހިޔަސް އެނުވޭ ކަމަކަށް.. އެކަމް އެޔަށް އެއްޗެކޭ ބުނާ މީހާ އެއީ ހަރުކަށި.. މި މީ ހުންނަކަށް ނޭނގެ ﷲ ގެ ހުކުމް ނޫން ފަރާތެއް އަދި ﷲ ގެ ހުކުމް ބަދަލު ކޮއް އެއްލާ ލުމަކީ ސިރުކު ކުރުން ކަމެއް ﷲ ނޫން ފަރާތެއް ނެގުން ކަމެއް. ރައްބެއް ދީނެއް ނޭނގެ ....

    • ހިޖެ

      ތެދެއް!!!.. މި މީހުންނަށް ފުރަތަމަ ނޭނގެ ރައްބެއް ދީނެއް ވަކި ކުރަން.. މި މީހުން އުޅޭ އުޅުން ލައްކަ ތާހިރު.. އެހެން މީހުންނަކީ ހަރުކަށްޓޭ މި ކިޔަނީ... ފައި ކުރި ބުރި ކޮއްފަ ހުއްޓަސް އެއީ ހަރުކަށި އޯ... ވޯޓު ނުލިޔަސް އެއީ ހަރުކަށި އޯ... ﷲ ގެ ހުކުމް ފުޅުތަށް އެއްލާލާ އެޔަށް ކުޅު ޖެހިޔަސް އެނުވޭ ކަމަކަށް.. އެކަމް އެޔަށް އެއްޗެކޭ ބުނާ މީހާ އެއީ ހަރުކަށި.. މި މީ ހުންނަކަށް ނޭނގެ ﷲ ގެ ހުކުމް ނޫން ފަރާތެއް އަދި ﷲ ގެ ހުކުމް ބަދަލު ކޮއް އެއްލާ ލުމަކީ ސިރުކު ކުރުން ކަމެއް ﷲ ނޫން ފަރާތެއް ނެގުން ކަމެއް. ރައްބެއް ދީނެއް ނޭނގެ ....

  74. ރައްޔިތުން

    ވަރަށް ފުރިހަމަ ލިޔުމެއް އަދި އެހާމެ މުހިންމު މަސައްކަތެއް

    2
    4
  75. ޥވބބ

    ހަބަރު ފަތުރަ ފަތުރަ ތިބޭ ހަރުކަށްޓާ މަޑުކަށީ ކޮން ބައެއްކަން އިނގޭނޭ... ﷲ އައުލަމް...

    1
    1
  76. ޞޞޖު

    ހަބަރު ފަތުރަ ފަތުރަ ތިބޭ ހަރުކަށްޓާ މަޑކަށީ ކޮން ބައެއްކަން އިނގޭނޭ... ﷲ އައުލަމް...

    1
    1
    • ކުރަނގި

      ތިހެންވީއިރު ކަލޭމެން ތިޔަ ވަރަށް ފުމެ އަރަނީ ކީތްވެ. މީހަކަށް އަދަބެއް ދެވޭނީ ކަލޭމެން ދިނީމަތަ؟ އެކަލާނގެ މާކުޅަދުންވަންތަ ވާނެ ނު ކަލޭމެން ހަރުކަށީންނަށް ވުރެން؟

  77. މަސީހުއެންމެޑީ

    މިތަނުން ހަރުކަށި ޝޭޚަކު ވިދާޅުވެ ދެއްވަ ބައްލަވަ، ރާއްޖޭގައި ލާދީނީން ގިނަވެގެން މީހަކަށް ވާނެ ގެއްލުމެއް.
    ހަރުކަށީން ގިނަވެގެން ވާނެ ގެއްލުން ދުނިޔޭގެ ގައުމަތަކަށް ބަލާލީމަ އެއޮތީ ފެންނަން.

    1
    4
    • ހެހެ

      ލާދީނީން ފާއިތުވި 20 އަހަރު ތެރޭ މެދުއިރުމަތީގައި ހައްދުފަހަނަ އެޅި މީހުންނާ ދެކޮޅަށޭ ކިޔާ 2 މިލިއަން މީހުން މަރާފައިވާ. މާ ޖޫން ކަމަށް ހެދެން އުޅޭނެ ކަމެއް ނެތް އާނިމް.

      • އާނިމް

        ހެހެ ތިޔަ ބުނަނީ މެދުއިރުމަތީގައި 2 މިލިއަން މީހުން މެރީ ދިވެހި ލާދީނީ ބައެކޭތަ؟ ދިވެހީންގެ ލާދީނީ މީހަކު ނުކުމެ ތިޔައިން ދީނީ އެންމެ މީހަކު ގެއްލުވާލައި ކަރު ބުރިކޮށް ވަޅި އަޅައި އިންޒާރު ދީ ހަދާފައިވޭތަ؟ ތިޔަ މީހުންނަކީ މަރަން ޖެހޭ ކަމެއް ކަމަށް ބުނެ ތިޔަ މީހުންނީ ކުއްފާރުން ކަމުގެ ލޭބަލްކޮށް އިންޒާރުދީ، މުދާތަކަށް ގެއްލުންދީ ދުއްތުރާލެއް ކޮށްފައިވޭތަ. ކަލޭމެން ދީނީ މީހުންނޭ ކިޔައިގެން ތިޔަ އުޅޭ މީހުންގެ އުޅުމާ ސުލޫކާ ކަންތައް ހުންނަގޮތް ބަލާބަލަ. އަންހެނުން އަޅުވެތިކޮށް ދަރީންނަށް އިލްމު ހޯދުމަށް ހުރަސް އަޅަމުން ދަނީ. މުޅި ގައުމަށް ޖަހާލަތުކަން ފަތުރަނީ. ކުރިއަރައިގެން ދިއުމަށް ހުރަސް އަޅަނީ. ކަލޭމެންގެ ފަރާތުން ރާއްޖެއަށް ވެސް އަދި ދުނިޔެއަށްވެސް ލިބޭ އެއްވެސް ފައިދާއެއް ނިކަން ބުނެދީބަލަ.

        1
        7
        • ހުސް ފޮނު

          އޭ މޮޔަޔާ. ގައުމުގެ ވެރިކަމާ ބާރުގެ މެޖޯރިޓީ އޮތީ ތިޔަ ލާދިއްނިޔަތުގެ އަތުތެރޭ. ކަލޭމެން ނުޖެހޭ މީހަކު ކަރު ބުރިކުރާކަށް. ކަލޭމެން ހިންގަނީ ސްޓޭޓް އޯގަނައިޒްޑް ކްރައިމްސް. ތިބުނާ ހަރުކަށި ބަޔަކީ މައިނޯރިޓީ އެއް ވީމަ ކަލޭމެން ބޭނުންވީމަ ވަގުތުން ގާނުނުތައް މޮޑިފައި ކޮށްފަ އެމީހުންގެ ޅަދަރިން ފޭރިގެން އެމީހުން ޖަލަށް ގަޅުވަމުން ތިގެންދަނީ. އޭގެ ބަދަލު ލިބޭނީ މާބޮނޑިންކަމަށްތަ ކަލޭ ހީކުރީ. މިތާ މެޖޯރިޓީ އަކަށް އޮތީ ތިބުނާ ހަރުކަށި މީހުންނަށްވެފަ، ހަރުކަށި މީހުންނަކީ މިތާ ﷲ ގެ ޙުކުމް ތަންފީޛުކުރާ މީހުންނަށް ވީނަމައީ ކަލޭމެން އާނިމް މެން ތިބޭނީ އަނދިރި ދައުލަތް ހަދައިގެން ސީކްރެޓް ސެލް ތަކުގަ އެވެރިކަން ވައްޓާލަން ރާވަރާވަ.

          • ފޮނޭ

            މިގައުމުގެ މެޖޯރިޓީ އޮތީ ލާދީނިއްޔަތުގައި ކަމުގައި ބުނާއިރު، އަދިވެސް މިރާއްޖޭގައި އޮންނަން ޖެހޭނެ ކަމަށް ގާނޫނުގައި އެވަނީ އިސްލާން ދީން ނޫންހެއްޔެވެ؟ ލާދީނިއްޔަތު އޮތަސް ކަލޭމެންގެ ބޮލެއް ބުރިއެއް ނުކުރޭ ނޫންހެއްޔެވެ؟ ކަލޭމެންގެ ދަރީންނެއް ނުފޭރޭ ނޫންހެއްޔެވެ. ހަރުކަށީން ކޮންޓްރޯލް ކުރަން ޖެހެއެވެ. އެއްވެސް ހާލެއްގައި ގައުމަށް ނުރައްކާތެރީން ދޫކޮށްލެވިފައި ތިބެގެން ނުވާނެއެވެ. އެމީހުންގެ ނުރައްކަލުން ރައްޔަތުންނާއި މުދާ ހިމާޔަތް ކުރަން މަޖްބޫރުވާނެއެވެ. ކަލޭމެން ތިޔަ ފަތުރާ ޝައިތާނީ ބިރުވެރިކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތެއް ލާދީނީ މީހުން ކުރާ ތަނެއް ނުފެނެއެވެ. ކަލޭމެން ތިޔަ ދަނީ މޮޔަ އަންހެނުންނާއި ކުށެއްނެތް ޅަދަރީންގެ ސިކުނޑި ތަޣައްޔަރުކޮށް މެޖޯރިޓީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެކަންތައް ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ފަނާވެ ނެތިދާކަށް ގިނަ ދުވަހެއް ނުވާނެއެވެ. ސޮމާލިޔާ ޔަމަން ފަދަތަންތަނަށް ވީހެން ރާއްޖެއަށް ވެގެންދާތަން ބަލަހަށްޓައިގެއް ރާއްޖެއަށް ހެވެއް އެދޭ ބަޔަކު ތިބެގެން ނުވާނެއެވެ. ކަލޭ ކުރި ތިޔަ ކޮމެންޓުންވެސް ކަލޭގެ އަސްލިއްޔަތު މިއޮތީ ފާޅުވެފައެވެ. ކަލޭ ދޫކޮށްލެވިފައި ހުރެއްޖެ ނަމަ އެކަމުގެ މުސީބާތް ރައްޔަތުންނަށް ކުރިމަތި ވާނެ ކަމީ ކަށަވަރު ކަމެކެވެ. ﷲގެ ހުކުމް ގާއިމު ކުރުމުގެ ހައްގެއް ކަލޭމެންނަކަށް ލިބިގެންނެއް ނުވެއެވެ. ދިވެހީންގެ ނަމުގައި ދިވެއްސެކޭ ކިޔައިގެން އުޅެން ކަލޭ ލަދެއްވެސް ނުގަނޭ ދޯއެވެ!

            1
            3
          • ހުސް ފޮނު

            ކޮން ދިވެއްސެއް ޢަރައްބެެއް؟ އިސްލާމުންގެ ޢަޤިދާ އަކީ މިއީ. އަހަރުމްނެ މުސްލިމުން ހިތުގަ ކާފަރު ދިވެއްސަކަށްވުރެ މުސްލިމު އެމެރިކާ މީހެއް ނުވަތަ މުސްލިމް ބަންގާޅު މީހެއްވެސް ލޮބުވެތި ވެގެންވޭ. ބުރެއިންވޮޝް ކޮށް ދަރިން ހަލާކު ކުރަނީ ކަލޭމެން. ދޮން މީހުން އުޅޭ ގޮތަށް އުޅެ، ޤައުމިއްޔަތުގެ ކުނި ދިދަގަނޑަކަށް އަޅުކަން ކޮށް، ދުވާލު ދެދަޅަށް މަސްތުގަތިބެ ﷲ ގެ ޙުކުމްތައް ބަދަލުކުރާ މަޖްލީސް މެމްބަރުންތަކަކަކށް ލޯބި ކުރުވަން އެދަރިންނަށް ބާރު އަޅަނީ ކަލޭމެން. އެދަރިންނަށް ﷲ ޙަރާމް ކުރެއްވި މިއުޒިކާއި ފާހިޝް މަންޒަރު ދައްކުވައި ދެނީ ކަލޭމެން. ކަލޭމެން ނުހުއްޓުވިއްޔާ މިޤައުމު ދުވަސްކޮޅަކުން އޮންނާނީ ސެކިއުލާ އެމެރިކާ އާއި އިއުރޮޕް ގޮތަށް. ކޮންމެ ކަންމައްޗެއްގަ ލިވާތު ފިރިހެންކުޅި ކުލަބެއް ހުންނާނެ. ދަރިންގެ ނަސްލެއް ނޭގޭނެ. މަންމަޔާ ދަރިޔާ ޒިނޭ ކޮށްގެންވެސް ދަރިން ހޯދާނެ. ފެނުނު އެއްޗަކާ ކައިވެނި ކޮށްގެން އުޅޭނީ. އޭ ހެޔޮ ބުޅަލެއް މީދަލެއް ވިޔަސް. ލާހިކައެއް ނޫން އެގޮތަށް އެކަންވާން ދޫކުރަން. ކަލޭމެންގެ ހުރި ހަރުކަށި ހައްދުފަހަނަ އެޅިގޮތް މިގައުމުންނާ މުޅި ދުނިޔެއިންވެސް ފޮހެލާނަން. ﷲ ވަނީ އަހަރުމެންނާއެކު. ދެން އެއަށްފަހު އަރާ ރުޅީގަ މަރުވޭ.

            1
            2
        • ހުސް ފޮނު 2

          އިންސާނީ ކަރާމާތް ނަގާލުމަކީ ކަރު ބުރިކޮށްލުން އެކަންޏެއް ނޫން. ދުނިޔޭގެ ކާފަރު ދައުލަތްތަކުން ވެސް މަރަށް މަރު ހިފާ. އެކަމަކު މީހުންގެ ޅަދަރިން ފޭރިގެން ކަލޭމެން ތިގަންނަ ގަނޑު އިންސާނީ ކަރާމާތް ނަގާލުމަށް ނުވަދެ ނުދާނެ. ދެން އޮތް ކަމަކީ، އިސްލާމީ ޝަރީޢަތުގައި ކަލޭމެން އާނިމް މެން ﷲ އާއި އެއިލާހުގެ ރަސޫލާއަށް ފުރައްސާރަ ކުރާ ކުރުން އެންމެން ކަރުބުރިކޮށްލުމަށްވުރެ ނުބައިކަން ބޮޑުވެގެންވޭ. މިދައްކަނީ އިސްލާމީ ޝަރީޢަތުގެ ވާހަކަ. އެއްގޮތަކަށްވެސް ކަލޭގެ ބުއްދީގަ ހެވާ ނުބައި ކަލެއަށް ހީވާ ގޮތުގެ ވާހަކައެއް ނޫން. ތާރީޚް ބަލަންވީ، ރަސޫލާ އެކަލޭގެފާނަށް ދުއްތުރާކޮށް ފުރައްސާރަކުރި ކިތައްމީހުންގެ ކަރުތޯ ބުރިކޮށްލީ. ކޮބާ ކަޢުބް ބިން ޢަޝްރަފް؟ އޭނަޔާ ދޭތެރޭ ކަންތައް ކުރެވުނީ ކޮންގޮތަކުން؟ ކޮބާ މައްކާ ފަތަހަ ކުރެއްވި ދުވަހު، ކަޢުބާގެ ފޮތިގަނޑުގައި އެލިގެން ތިއްބަސް ޤަތުލުކުރަން އެކަލޭގެފާނު އަމުރުކޮށް ނެރުއްވި ވޯންޓެޑް ލިސްޓް؟ އެލިސްޓުގައި އަންހެނުންވެސް ތިބި. އެމީޙުންނަކީ އެކަލޭގެފާނަށް ޖެއްސުން ކޮށް ފުރައްސާރަކޮށް ޅެންބައިތު ހަދާ އުޅުނު މީހުން. އެހެންވީމަ އާނިމް ކަލޭ ތިދައްކަނީ ކަލޭގެ ބުއްދިއަށް ފެންނަ ހެއްވާ ނުބައި ކަމުގައި ވަނީ ނަމަ ކަލެއާ ވާހަކަ ދައްކަން ނެތިން. އެހެންޏާ އަހަރުމެން އަޅުކަން ކުރަނީ ﷲ އަށް. އަހަރުމެންގެ ބުއްދިއަކަށް ނުން.

          7
          1
          • މޮޔަޔާ

            ދުނިޔޭގެ ކާފަރު ގައުމުތަކުގައި މަރަށް މަރު ހިފަނީ މީހަކު މެރީމަ ޝަރީއަތުގައި ކުށް ސާބިތުވެގެންނެވެ. ކަލޭމެން މީހުން މަރަނީ އެގޮތަށް ހެއްޔެވެ؟ކަލޭމެން ދިވެހީންގެ ކަރު ބުރިކުރަނީ ރަސޫލާއަށް ދުއްތުރާލެއް ކުރީމަހެއްޔެވެ؟ޅެންބައިތެއް ހެދީމަ ކަރުބުރިކުރި ވާހަކަ ތިޔަބުނަނީ ރަސޫލާއަށް ޅެންބައިތެއް މީހަކު ހެދީހެއްޔެވެ؟ހެދިޔަސް ކަލޭމެންގެ ތެރޭން މީހަކު ގޮސް އެމީހެއްގެ ކަރު ބުރިކުރަން ޖެހޭހެއްޔެވެ؟ އެމީހުން ގަތުލު ކުރަން އެންގެވީ ރަސޫލާ ނޫން ހެއްޔެވެ؟ ކަލޭމެން ތީ އެޒަމާނުގައި އުޅުނު ހަނގުރާމަވެރީން ހެއްޔެވެ؟ އެހަނގުރާމަވެރީން ވެސް މީހުންގެ ކަރު ބުރި ކުރީ ރަސޫލާ އެންގެވީމައެއް ނޫންހެއްޔެވެ؟ ކަލޭމެންގެ ތެރޭގައި ރަސޫލާ އުޅުއްވަނީ ހެއްޔެވެ؟ ނުވަތަ އެކަލޭގެފާނު ކަލޭމެންނަށް އެންގެވީ ހެއްޔެވެ؟ ރަސޫލާ ބައެއް ފަހަރު މީހުންނަށް މައާފު ވެސް ދެއްވި ނޫންހެއްޔެވެ؟ އެކަލޭގެފާނު ކަލޭމެންހާ ހަރުކަށްޓެއް ނޫނެއް ނޫންހެއްޔެވެ؟ އަހަރެމެންވެސް އަޅުކަން ކުރަނީ ކަލޭމެން ވެސް އަޅުކަން ކުރާ ކަމަށް ކަލޭމެން ބުނާ ﷲއަށް ނޫންހެއްޔެވެ؟ ކަލޭމެންނަކަށް ﷲ އެއީ ރަހުމާތްވަންތަ ރަޙީމް ވަންތަ ކަލާނގެކަން ނޭނގެނީ ހެއްޔެވެ؟ މީހަކު އެއްޗެކޭ ބުނެލާއިރަށް އެކަލާނގެ މީހުންގެ ބޯ ކަނދުރާއިން ވަތްކެއް ނުކުރައްވާ ނޫންހެއްޔެވެ؟ މަގު އޮޅި ބުއްދި ތަޣައްޔަރުވެފައި ތިޔަ ތިބީ ކަލޭމެން ނޫންހެއްޔެވެ؟

            1
            6
  78. މޯރޗް

    ހާދަ ދިގޭ!!!