ތައުލީމީ ދާއިރާ އަށް އަގު ނުކުރެވޭ ވަރުގެ ހިދުމަތްތަކެއް ކުރެއްވި ޑރ. އާމާލް އަލީ އެންމެ ފުރަތަމަ ފެއްޓެވީ ދަރިވަރުންނަށް ޓިއުޝަން ދެއްވުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ ތެރޭގައި އުޅުއްވުމަށް ފަހު، ޓީޗަރަކަށް ވެވަޑައިގަތެވެ. އޭގެ ފަހުގައި ޕްރިންސިޕަލްއެއްގެ ގޮތުގައި ވެސް ހިދުމަތް ކުރެއްވިއެވެ. ހިތްވަރާއި ޖޯޝުގައި ކުރެއްވި މަސައްކަތުގެ ސަބަބުން އާމާލް ވަނީ ތައުލީމީ ދާއިރާގެ އެންމެ މަތީ ހަރުފަތް ގިރާ ކުރައްވައިފައެވެ.
ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި އަދި ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ އާމާލް ތައުލީމީ ދާއިރާ އަށް ޝައުގުވެރިކަން އުފެދުނީ އުމުރުން އެންމެ 14 އަހަރުއެވެ. އޭރު އާމާލް ކިޔަވަމުން ގެންދެވީ އަމީނިއްޔާ ސްކޫލްގެ ގްރޭޑް 8 ގައެވެ. އެ އުމުރުގައި ޓިއުޝަން ދިނުމުގެ މަސައްކަތް ފެއްޓެވިއެވެ. އުނގަންނަވައި ދެއްވުމުގެ ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން ދެ ކުއްޖެއް ގެއަށް ގެނެސްގެން ޓިއުޝަން ނަގައި ދެއްވިއެވެ. އެއަށްފަހު ތަންކޮޅެއް ގިނަ ކުދިންނާއެކު ގ. އާންމުލީގޭގައި ކުރިޔަށް ގެންދިޔަ ޓިއުޝަން ސެންޓަރަށް ވަޑައިގެން އިނގިރޭސި މާއްދާ ކިޔަވައި ދެއްވިއެވެ. އާމާލް ވިދާޅުވީ ގިނަ ކުދިންތަކަކަށް ކިޔަވައި ދޭން ޖެހުމުން ވެސް އެއްވެސް ވަރަކަށް ޖެހިލުން ނުވި ކަމަށެވެ. އަދި ކުރާހިތްވާ ކަމަކަށް ވުމުން ވަރަށް އެކަމާ ގަޔާވެގެން، އެ މަސައްކަތް ކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ނޮވެމްބަރު 1979 ގައި އޯލެވެލް އިމްތިހާން ހަދަން ޖެހުނު ކަމުގައިވީ ނަމަވެސް ސިލަބަސް ކަވަރު ނުކުރެވުމުގެ ސަބަބުން އާމާލްއާއެކު ކިޔަވަމުން ދިޔަ ބެޗްގެ ދަރިވަރުންނަށް އޯލެވެލް އިމްތިހާނުގައި ބައިވެރިވެވޭ ގޮތްވީ ޖެހިގެން އައި އަހަރުއެވެ. އޯލެވެލް އިމްތިހާނު ނިމުނު އިރު އާމާލް ގެންދެވީ އަމިއްނިއްޔާ ސްކޫލްގެ ޕްރައިމެރީ ގްރޭޑަކަށް ކިޔަވައި ދެމުންނެވެ. އެއީ އެ ގްރޭޑްއާ ހަވާލުވެ ހުންނެވި ޓީޗަރު ބަނޑު ބޮޑުވެ، ބަލިކޮށް އުޅުމުގެ ސަބަބުން ގިނަ ގަޑިތައް ނުނެގި ދާތީ އެވެ.
އޯލެވެލް އިމްތިހާން ނިމުމާއެކު އެދުވަހު އެޑިއުކޭޝަން މިނިސްޓްރީން އާމާލްއާއެކު ކިޔަވަމުން ދިޔަ ފަސް ކުއްޖެއް އެ އިދާރާއަށް ހާޒިރުކޮށް، އަމީނިއްޔާ ސްކޫލްގެ އެސިސްޓެންޓް ޓީޗަރު ކަމުގެ ވަޒީފާ ދިނެވެ. އަދި އެ ހުށަހެޅުން ގަބޫލްކޮށް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދެމުން ގްރޭޑް 11 ގައި ކިޔަވަމުން ގެންދެވި ކަމަށް އާމާލް ވިދާޅުވިއެވެ.. ނަމަވެސް ޒަވާޖީ ހަޔާތެއްފެށުމާއެކު ގްރޭޑް 11 އިން ވަކިވާން ޖެހުނުކަން ފާހަގަކުރެއްވިއެވެ.
ޕްރައިމަރީ ޓީޗިންގް ކޯސް ފެށެންދެން އަމީނިއްޔާ ސްކޫލްގައި ކިޔަވައިދެމުން ގެންދިޔައެވެ. އެ ކޯސް ފުރިހަމަ ކުރުމަށްފަހު އަނެއްކާވެސް އެނބުރި އަމީނިއްޔާއަށް ވަޑައިގެން އުނގަންނަވައި ދިނުމުގެ މަސައްކަތް ފެއްޓެވިއެވެ. އެހެން އުޅުއްވުމުގެ ތެރޭގައި ސެޓްފިކެޓް ފޯ އެޑިއުކޭޝަން ކިޔާ ކޯހެއް ހަދަން ސިންގަޕޫރަށް ވަޑައިގަތުމުގެ ފުރުސަތު ލިބުނެވެ. އެ ކޯސް ފުރިހަމަ ކުރެއްވުމަށް ފަހު އަނެއްކާވެސް އެނބުރި ވަޑައިގެން އަމީނިއްޔާގެ ޓީޗަރަކަށް މަސައްކަތް ކުރަން ފެއްޓެވިއެވެ.
ޓީޗަރަކުން ސުޕަވައިޒަރަކަށް މަގާމުގެ ކުރިއެރުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިވަޑައިގަތެވެ. އަދި އެޑިއުކޭޝަން ދާއިރާއިން ޑިގްރީއަށް ކިޔަވަން ދާން ސްކޯލާޝިޕެއް ލިބުމުން ކިޔަވާ ވިދާޅުވުމަށްފަހު އެނބުރި ވަޑައިގަތުމާ އެކު އަމީނިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމް ލިބިވަޑައިގަތެވެ. އަނެއްކާވެސް ލިބުނު ފުރުސަތެއްގައި މާސްޓާސްއަށް ކިޔަވާ ވިދާޅުވާން އިނގިރޭސި ވިލާތަށް ފުރާވަޑައިގަތެވެ. މާސްޓާސް ހެއްދެވީ ސްކޫލް އިފެކްޓިވްނެސް ސްކޫލް އިމްޕްރޫޓްއިންނެވެ. މާސްޓާސް ނިންމެވުމަށް ފަހު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވާންވެސް ފެއްޓެވިއެވެ. ނަމަވެސް ކޯސް އެއްކޮށް ފުރިހަމަ ނުކޮށް އެނބުރި ރާއްޖެ ވަޑައިގެން އަމީނިއްޔާ ސްކޫލްގެ ހިންގުމާ ހަވާލުވެ ވަޑައިގެންނެވިއެވެ.
ޕްރިންސްޕަލް ކަމުގައި ހަތަރު އަހަރު ހޭދަކުރެއްވުމަށްފަހު ޕީއެޗްޑީ ނިންމެވުމަށް ފަހު އަނެއްކާވެސް އިނގިރޭސި ވިލާތަށް ވަޑައިގެންނެވިއެވެ. ދެ އަހަރާއި ބައިގެ ތެރޭގައި އެޑިއުކޭޝަން ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވިއެވެ.
ޑރ. ރޭޓަށް ކިޔަވައި ވިދާޅުވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓްރީގެ އެކްސިކިއުޓިވް ޑިރެކްޓަރު ކަމުގެ މަގާމް އަދާ ކުރައްވަން ފެއްޓެވެވިއެވެ. އެ މަގާމުގައި ހުންނަވަނިކޮށް 2007 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު މަޖީދިއްޔާ ސުކޫލްގެ މެނޭޖްމަންޓް ކަމުނުގޮސްގެން ބެލެނެވެރިން ޝަކުވާކުރުމުން މަޖީދިއްޔާ ސުކޫލް ހިންގުން ވަގުތީ ގޮތުން އާމާލްއާ ހަވާލު ކުރެވުނެވެ. މަޖީދިއްޔާ އާއި ހަވާލުވެގެން އަހަރެއްހާ ދުވަހު ހުރުމަށްފަހު އެޑިއުކޭޝަން މިނިސްޓްރީގެ ޕާމެނެންޓް ސެކެޓްރީ ކަމުގެ މަގާމް 4 އަހަރު ވަންދެން ފުރުއްވިއެވެ. އަދި ލިބުނު ފުރުސަތެއްގައި އެމެރިކާއަށް ވަޑައިގެން ހަމްފްރީ ފެލޯޝިޕް ޕްރޮގްރާމެއް ފުރިހަމަ ކުރެއްވިއެވެ. އެ ޕްރޮގްރާމް ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވުމާއި އެކު ރައީސް ވަހީދުގެ ކެނބިނެޓުގެ ވަޒީރުކަމަށް އިސްކުރެވުނެވެ. ޖެންޑާ މިނިސްޓަރުކަން 09 ޖުލައި 2013 އިން 21 ނޮވެމްބަރ2013 އަށް ކުރެއްވިއެވެ. އާމާލް މިހާރު ގެންދަވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެކްސެކިއުޓިވް ލައިބްރޭރިއަންގެ މަގާމު އަދާކުރައްވަމުންނެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 900 އެއްހާ ދަރިވަރުން ގެންގުޅުނު އިރު އެ ކުދިންގެ ނަތީޖާ ހިފަހައްޓާލުމަކީ ވަރަށް ބުރަކަމެއް. އަމީނިއްޔާއަކީ ރާއްޖޭގެ އެންމެ މޮޅު ދަރިވަރުން ނިކުންނަ ސްކޫލަސް ހެދުމަށްޓަކައި އަޅުގަނޑު ގިނަ މަސައްކަތްތަކެއް ކުރިން. ޔޫ ސެޓް ގެންނަމުން ދިޔަ ދަރިވަރުން ދަސްވަރުން ބާކީ ނުކުރުމަށް ދަސްވާރާއި ބީޓެކް ފަދަ ވޮލެންޓްރީ މާއްދާތައް އުފެއްދިން. އަދި އެކުދިން ޝައުގުވެރިކަން ހުންނަ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގު ހުޅުވާލަދިނިން. މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެ ފުރުސަތު އެކުދުންނަށް އޮތީތީވެ އަޅުގަނޑު އުފާކުރަން. އަދި ހަމަ އެޔާއި އެކު އަޅުގަނޑު ޕްރިންސްޕަލް ކަމުގައި ހުންނެވިއިރު އަމީނިއްޔާގެ ނަތީޖާ ވަރަށް ބޮޑަށް ރަނަގަޅު ކުރެވިގެން ދިޔަދިޔުމަކީ މިއަދުވެސް ވަރަށް ހިތްހަމަ ޖެހުން ގެނުވައިދޭ ކަމެއް. ތައުލީމީ ހަޔާތުގެ އެންމެ އުފާވެރި ހަނދާންތައް ވަޅުލެވިފައި ވަނީ އަމީނިއްޔާގައި" އާމާލް ވިދާޅުވިއެވެ.
އާމާލްގެ ހަޔާތުގެ ބޮޑު ބައެއް ހޭދަ ކުރައްވާފައި މިވަނީ ތައުލީމީ ދާއިރާގައެވެ. އުނގެނުމާއި އުނގަންނަވައި ދިނުމުގައެވެ. ތައުލީމީ ދާއިރާއިން ގައުމަށް އެތައް ގިނަ ހިދުމަތްތަކެއް ކޮށްދިނުމުގައެވެ. އާމާލް ވިދާޅުވީ ތައުލީމު އުގަންގަންނައި ދިނުމުގައި ކުރި މި ދިގު ދަތުރުގެ ތެރެއިން އެންމެ އުފާވެރި ދުވަސްތަކެއް ހޭދަކުރެވުނީ އަމީނިއްޔާގައި ކަމަށެވެ. އަދި ދަރިވަރުންގެ ފަރާތުން ލިބުނު ލޯތްބާއި އެއްބާރުލުމަކީ މިހާރުވެސް ހިތަށް ފިނިކަން ގެނެސްދޭ ފޮނި ހަނދާންތަކެއް ކަމަށް ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ދަރިވަރުންނަށް އާމާލް ވިދާޅުވީ "ޝައުގުވެރިކަމާއެކު، މަސައްކަތަށް ފަރުވާ ބަހައްޓައިގެން، ކުދިންނާއި ގުޅިގެން މަސައްކަތް ކުރާ ކޮންމެ މީހަކަށް ވެސް ކާމިޔާބު ލިބޭނެ ކަމަށެވެ. އަދި ކުދިންގެ ލޯތްބާއި އިހްތިރާމް ހޯދިއްޖެނަމަ ކުރިއަށް ދާން ފަސޭހަ ވާނެ ކަމަށް ވިދާޅުވިއެވެ.
އާމާލް އަކީ ރާއްޖެ އުފެއްދި ހެޔޮލަފާ ދަރިއެއް. އާމާލް އަކީ އޭނާ ގެ އަމިއްލަފުޅު ކަންކަމަށް ވުރެ އެހެން މީހުންގެ ކަންކަމަށް އިސްކަން ދެއްވަވާ ބޭފުޅެއް. އާމާލް އަކީ ވަރަށް ރަނގަޅު ބޭފުޅެއް !
ވަރަށް އެލީޓިސްޓު ބޭފުޅެއް ކަމަށް ތަޖުރިބާ ކުރެވުނީ މަށަށް
ވަރަށް ހިތް ހެޔޮ ބޮޑާ ކަމެއްނތް ބޭފުޅެއްގެ ގޮތުގައި ފާހަގަވޭ
ކަމަކަށް ފައިނަގަނީތޯ؟..ނޫސްތަކުން ފެނިލައި މީހުންގެ ސިކުނޑީގަ އިމޭޖް ހަރުކޮށްލަން. ގޯހެއްނޫން. މަސައްކަތް ކޮށްގެން ކާމިޔާބުވާނީ.
އާމާލް ތައުލީމީ ދާއިރާއައް ހިދުމަތް ކުރާހެން ކޮންމެސް ފިރިހެން ބޭފުޅަކަށްވެސް ހިދުމަތް ކުރައްވާނަމަ ކިހާ ރަންގަޅުވީސްތޯ؟
ޝުކުރިއްޔާ އާމާލްމިސް.
ވ. އޯގާތެރި ދަރިވަރުން ދެކެވ. ބޮޑަށް ލޯ ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިބިފުޅުވާ މިސްއެއް. އަޅުގަނޑު ހުރިގެއިން ދެރަ މައްސަލައަކާއި ދިމާވެ ސްކޫލް ދޫކޮށް ރަށަށް ދާން ޖެހުމުން އާމީލްމިސް އެހީތެރިގޮތް މިއަދުވެސް ހަނދާންވޭ. ކިޔެވުމަށް ދެއްވިހިތްވަރާއި ވެދެއްވި ްްެްްެީްްެްްެީްްެްްެީްްެްްެްްެްްެީްްެްްެީްްެްްެީްއެހީ. އަމިއްލަ ފުޅު ގެކޮޅުގައި ހުރުމުގެ ފުރުޞަތު ދެއްވިގޮތް . ތަޢްލީމަށް އެކަމަނާގެ ހިތުގައި އޮތް ލޯބި ހާމަވީކަމެއް. ހިފެހެއްޓުމަށް ނެތް ލޯތްބާއި ޝުކުރު އާމާލްމިސްއަށް
މިހާރު ހުރި ހިސާބަށް ވުރެ އުހުގަ ހުރި މީހެއް. ޢެމްއެންޔޫ ގެ ލައިބްރޭރިއަން ކަން ކުރުމަށް ވުރެ ރަގަޅު ހިދުމަތެއް ގައުމަށް ކޮށްދެވިދާނެ ކަމުގައި ގަބޫލު ކުރަން.
ޢެހާ ހިއްވަރު ނެތަތީ ވަރަށް ދެރަ. ޢަބަދު ސަރުކާރު ވަޒީފާގައި އުޅޭހާ ޕޮޓެންޝަލް އެކަނިތޯ ހުރީ؟
ތައުލީމީ ދާއިރާ ހަލާކު ކުރާ އެކަކުތީ