ގއ. ދާންދޫ، ވިނަމަތި، މަރިޔަމް އިބްރާހީމް (މަރީ) އާއި އޭނާގެ ފިރިމީހާ ނާފިއު ހަސަން މިދިޔަ ހޮނިހިރު ދުވަހަކީ ވަރަށް ހާއްސަ ދުވަހެކެވެ. އެއީ ކައިވެންޏަށް އަށް އަހަރު ފުރުނު އަދި މަރީ އަށް އުމުރުން 28 އަހަރު ފުރުނު ދުވަހެވެ. އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން ރާވާފައި އޮއްވައި، އެ ދެމަފިރިންގެ ދިރިއުޅުން "ބަނަ" ވުމުގެ އިހްސާސް ކުރަން ފެށީ މަރީ ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ. އޭގެ ފަހުން މަރީގެ ހާލު ދުވަހެއް، ދުވަހަކަށް ދިޔައީ ދަށަށެވެ. އެންމެ ފަހުން ކޮވިޑް ބަލީގައި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މަރީ ނިޔާވީ ރޭ ފަތިހުއެވެ.
ދާންދޫގައި ދިރިއުޅެމުން އަންނަ ދެ މަފިރިންގެ ތެރެއިން މަރީ ހުން އައިސް ކެއްސުން ފަދަ ކޮވިޑްގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. މަރީގެ ނޭވާ ހާސްވެ އޮކްސިޖަން ދަށްވާ ކަން ފާހަގަ ކުރެވިގެން ޑޮކްޓަރަށް ދެއްކުމަށް އޭގެ ތިން ދުވަސް ފަހުން ގއ. އަތޮޅު ހޮސްޕިޓަލަށް ދިޔައެވެ. މަރީ ކޮވިޑް-19 އަށް ފައްސިވި ކަން އެނގުނީ ގއ. ވިލިނގިލީގައި ހުންނަ ހޮސްޕިޓަލްގައި އެޑްމިޓް ކުރިތަނާއެވެ.
"ސާމްޕަލް ނެގިތާ ދެ ވަނަ ދުވަހު މަރީ ނޭވާލާން އުނދަގޫވެ ޑޮކްޓަރަށް ދެއްކީ. ޑޮކްޓަރު ފުރަތަމަ ބަލާފަ ގެއަށް ފޮނުވާލީ. އެ ދުވަހު ހަވީރު އަނެއްކާވެސް މާ ބޮޑަށް އުނދަގޫ ވާން ފެށުމުން ދާންދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ، އޭރު އޮކްސިޖަން ލެވެލް ދަށްވެ ވިލިނގިއްޔަށް ގެންދަން ޖެހުނީ،" މަރީ އަށް ވަމުން ދިޔަ ގޮތް އެންމެ ކައިރިން ދެކިފައިވާ ނާފިއު ކިޔައި ދިނެވެ.
އޭގެ ހަތަރު ދުވަސްވީ އިރު ވެސް މަރީގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ދަށަށެވެ. އޮކްސިޖަން ލެވެލް ދިޔައީ ދަށްވަމުންނެވެ. އެހެންކަމުން އިމަޖެންސީގައި މާލެ ގެންނަން ހޮސްޕިޓަލުން ނިންމައި، އެކަމުގެ ތައްޔާރީތައް ވާން ފެށިއެވެ.
މަރީގެ ކޮއްކޮ އިރުޝާދު އިބްރާހިމް ބުނީ ދައްތަ އެޑްމިޓް ކުރަން ޖެހުނީ ނިއުމޯނިއާ މޭގަނޑު ތެރޭގައި ވަރަށް ބޮޑަށް ހުރެގެން ކަމަށެވެ. އޭގެ ސަބަބުން ނޭވާލާން ވަރަށް ބޮޑަށް ދަތިވި ކަން އޭނާ ފާހަގަކުރިއެވެ. މަރީގެ ހާލަތު އެހާ ގޯސްވެފައި އޮތުމުން ފްލައިޓުގައި މާލެ ގެނައީ އިރުޝާދު ބުނި ގޮތުގައި މެއި 21 ވަނަ ދުވަހު ވެންޓިލޭޓަރުގެ އެހީގައެވެ. އެކަމަކު، އޭނާ ދެން ހާމަކުރީ މާ ސީރިއަސް ވާހަކައެކެވެ.
"ވެންޓިލޭޓަރުގައި ގެނައީ، އެކަމަކު ފްލައިޓު މަތީގައި އޮއްވައި ވެންޓިލޭޓަރުގެ ބެޓެރީ ޗާޖު ދިޔައީ. އެންމެ ފަހުން އަތުން ޕަމްޕުކޮށްގެން ގެނެވުނީ. ގއ. އަތޮޅު ހޮސްޕިޓަލަށް ދޭން ޖެހޭނީ އެންމެ ޗާޖަރެއްތޯ؟ ބެކަޕް ޗާޖަރުތަކެއް ގެން ގުޅެން ޖެހޭ ނޫން ތޯ މިކަހަލަ ބޮޑު ކަމެއްގެ ތެރޭގައި އުޅޭ އިރު. މިކަމުގައި ވަރަށް ބޮޑު އިހުމާލެއް މިއޮތީ ވެފައި، މިއީ ވަރަށް ކަމެއް،" އިރުޝާދު ބުންޏެވެ.
މާލެ ގެނައި ގޮތަށް މަރީ ވެއްދީ ދަރުމަވަންތަ ހޮސްޕިޓަލަށެވެ. ދަރުމަވަންތަ ހޮސްޕިޓަލަށް ވެއްދި ފަހުން ދެ ދުވަހަކު ޑޮކްޓަރުންނާ ވާހަކަ ދެއްކި ކަމަށްވެއެވެ. އެކަމަކު، އާއިލާގެ އެއްވެސް މެމްބަރަކާ މަރީ އަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އެދުވަހަށްފަހު ނާފިއުއަކަށް މަރީ ހަމަ ލޮލަކަށް ނުފެނެއެވެ. ނާފިއުއަކަށް ވެސް މަރީއާ ވާހަކަ ދެއްކުމުގެ ފުރުސަތެއް ނުލިބެއެވެ.
ކައިވެންޏަށް އަށް އަހަރު ފުރުނީވެސް މަރީ ވެންޓިލޭޓަރުގައި އޮއްވައެވެ. މަރީގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
"30 ވަނަ ދުވަހު ވީޑިއޯ ކުރީ، ހަމައެކަނި ވީޑިއޯ އެ ދުވަހު ވެސް ފެނުނީ،" ނާފިއު އަސަރާއެކު ކިޔައި ދިނެވެ.
އިރުޝާދު ބުނީ މަރީ މާލެ ގެނައި އިރު، އާ އިންފެކްޝަނެއް އުފެދި، ނިއުމޯނިއާ ވަރަށް ބޮޑަށް ޖެހިފައި ހުރި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލަށް ގެނައި ފަހުން ދެ ހަފްތާވީ އިރު، ފަސް ލީޓަރުގެ ދެ ފެން ފުޅިއެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ގެންނަން ހޮސްޕިޓަލުން ގެންނަން އަންގާފައި ނުވާ ކަމަށް ވެސް އިރުޝާދު ބުންޏެވެ.
"އެ 14 ދުވަހު ބޭނުންވީ ފަސް ލީޓަރުގެ ދެ ފެން ފުޅިތޯ؟ ހީސް ނުލެވި ވެސް ދެ ދުވަސް ވަރު ވަންދެން އޮތް ކަމަށް ވަނީ. މިކަމުގައި ވެސް ބޮޑު އިހުމާލެއް އޮތް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ،" އިރުޝާދު ބުންޏެވެ.
އިރުޝާދު ބުނީ އިއްޔެ ދިން ބޭސް ސިޓީ ވެސް ލިބިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި އޮތް އިރު ބޭސް ނެތިގެން، މަރީ އަށް އެ ވެސް ނުދެވުނު ކަމަށް އިރުޝާދު ބުންޏެވެ.
"ރާއްޖޭގައި ނެތް ބޭހެއް ކަމަށް ބުނެފައި ވަނީ. އެއީ އިންޑިއާގައި ލިބެން ހުންނަ ބޭހެކޯ ބުނީ. އެހެންވީ އިރު ކޮވިޑް ބަލިގެން ހާލު ބޮޑުވާ ބަލި މީހުންނަށް ރާއްޖެ އިން ލިބޭ ފަރުވާއެއް ނެތެއްނު؟ އިންފެކްޝަނަކަށް ދޭ ބޭހެއް ނެތް ކަމަށް ބުނީ. އެ ލިބޭނީ ހޯމަ ދުވަހު އިންޑިއާ އިން އަންނަ ފްލައިޓަކުން ކަމަށް ބުނީ. އެންމެ ފަހުން އެ ވެސް ނުދެވި ވަކި އެ ވީ،" އިރުޝާދު ބުންޏެވެ.
ކޮވިޑް-19 ގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާ މަރީއަކީ މީގެކުރިން އެއްވެސް ބޮޑު ބައްޔެއް ހުރި މީހެއް ނޫނެވެ. މަރީއަކީ ދާއިމީ ބައްޔަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހެއް ނޫން ކަމަށް ވެސް އިރުޝާދު ބުންޏެވެ.
މަރީ ދަންނަ ގިނަ ބަޔަކު ބުނާ ގޮތުގައި، އޭނާއަކީ ހިތްހެޔޮ، އަހުލާގު ރަނގަޅު އެންމެންނާ ގުޅޭ މީހެކެވެ. ހާއްސަކޮށް ރަށުގައި އޮންނަ ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވާ ކަމަށް އެމީހުން ފާހަގަކުރެއެވެ. އަދި ދާދި ފަހުން ބޭއްވި ހޭންޑް ބޯޅަ މުބާރާތެއްގައި މަރީ ބައިވެރިވި ކަން ފާހަގަކުރިއެވެ. ނާފިއު އާއި އިރުޝާދު ވެސް ސިފަ ކުރި ގޮތުގައި ގެއްލިގެން އެ ދިޔައީ އެންމެންނާ ގުޅޭ ބޮޑު ޖަވާހިރެކެވެ.
ރަށުގައި އުޅުނަސް، އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން އައީ މަރީ ކަން އިރުޝާދު ފާހަގަކުރެއެވެ.
މަރީ އާއެކު މި ބަލީގައި ރާއްޖެއިން މިހާތަނަށް 182 މީހަކު ވަނީ ނިޔާވެފައެވެ. މަރީއަކީ ދެ ވަނަ އަށް މި ބަލީގައި ނިޔާވި އެންމެ ހަގު މީހާއެވެ. މީގެކުރިން ކޮވިޑް-19 ބަލީގައި 30 އަހަރުގެ އަންހެނަކު ވެސް ނިޔާވެފައިވެއެވެ. އަދި ކޮވިޑް ބަލީގައި 10 އަހަރުގެ ކުއްޖަކު ވެސް ނިޔާވިއެވެ.
ކޮބާތަ ރައީސް. މި ކީއްކުރާ ސަރުކާރެއްތަ
ބަލަ މިސަރުކާރަށް އަހަރަކުން ކޮވިޑް އައީ. ބުރިޖު ނާޅައި ސިއްހީ އާލާތް ގަތްނަމަ. ސަރުކާރޭ ކިޔާ
ބަލަ ބުރިޖުވެސް އަޅާފަ ދަރުމަވަންތައާއި އުގޫފަރު ހޮސްޕިޓަލާއި އައްޑޫ އިކްއަޓޮރިއަލް ހޮސްޕިޓަލް ވެސް ހަދާ މިހުރިހާތަނަކަށް ސިއްޙީ އާލަތް ތައްވެސް ހުރީ ލާފަ. ޢެކަމަކު އެތަންތަން ހިންގާނެ ގާބިލުކަމެއްނެތް ސަރކާރެއްވީމަ މުޅިސިސްޓަމް މި ފޭލްވީ!
ލައިފަ ހުރީމަ ދޯ ވެންޓިލޭޓަރު ގަނޑެއްވެސް ނެތީ. އާ ހަތަރު ފާރު އެބަހުރި. ތިތަންތަނު ގެ ހަތަރު ފާރުވެސް އެޅީ ކާކުތޯ ބަލާ. މިހާލަތު ގަ ތިބުނާ ބުރިޖު ގެ ބޭނުމަކީ ކޮބަޔޯ. ފިނިބުރު ޖެހުނެތަ
ތިބުނާ ނެތް ސިއްހީ ހިދުމަތްދޭ ތަނުންދޯ ރޯޔަލް ފެމިލީއަށް ވަކިން އެ ހިދުމަތްދެނީ ހެހެހެހެހެހެ
ޥެންޓިލޭޓަރާއި އޮކްސިޖަން އިން ވައްކަން ކުރީ ނިމިދިޔަ ސަރުކާރުންތަ؟
ބަލަ ކޮންމެތާކުވެސް ތިބޭނެ ވަ ގުން. ޔާމީނުވެސް ވައްކަން ކުރީމަ ލީ ޖަލަށް. ހަމަ އެ ގޮތަށް އެމީހުންވެސް އަދި ލާނެ
ބުރިޖާ ދަރުމަވަންތަ ހޮސްޕިޓަލް ނެންނަމަ އަދި ކިތައް މީހުން މި ހިތާމަ ތަހައްމަލް ކުރާނެބާ. ކުރީ ސަރުކާރު ޔާމީނު ނުކިޔާ އަމިއްލަ އިހުމާލު ގަބޫލް ކޮށްގެން އިސްތިއުފާ ދޭންވެއްޖެނުން.
ތިބުނާ ބުރިޖު ބޭނުންކުރަނީ ކިތައް މީހުން ކީއްކުރަންތޯ ފުރަތަމަ ބަލާ. އޭ ގެ ފަހު ގަ ވިސްނައިލާ ގެއްލުމު ގަ ވިޔަސް އެލާރިޔަށް އެހެން ކަމެއް ކުރިނަމަ ވާނެ ފައިދާ
ކަލޯ ކަލޭ ހަމައިގަތަ ތިޔަހުރީ؟ އެއްކަލަ މީހާބުނާ 24 ގަޑިއިރުގެ ހިނދުކޮޅުގަތަ ނޫނީ؟ ޔާމީނު ސަރުކާރުގަ ހަމަކޮށްދީފައޮތް ޞިއްޙީ އާލާތްތަކާ އިންފްރާސްޓްރަކްޗަރާ މިހުރިހާ ކަމެއް ލޯކަނު ނޫނިއްޔާ ފެންނާނެ. އެހެންވިއްޔާ ދެންކީއްވެއޯ ޔާމީނު ބްރިޖް އެޅީޔޭ ކިޔާފަ މިސަރުކާރުން ބްރިޖްނޭޅިގެން ތެޅިބާލަނީ، އިންޑިޔާ ފައިބުޑަސްވެއްޓި ސަލާންޖަހާ ކަލާކޮށްޓަކާ ގޮވަނީ؟ ލަދުކުޑަ!
ޔާމީނު އެޅީ ހިލޭތަ. އޭގެ ލާރި ދައްކަނީ ކޮންބައެއް. ކަލޭ އެކަނިތަ ދައްކަނީ. މި ސަރުކާރުން އާދޭސް ކޮށްގެން އެޅިޔަސް އެދައްކަނީ ކާކު؟ ތިޔަ ބުނާ އިންފްރާސްޓްރަކްޗަރ އަށް ހުރީ ދަރުމަވަންތަޔާ ބުރިޖާ. އިތުރު ތަނެއް ކިޔައިބަލަ. ދެން ގެނައީ އެމްއާރު އައި މެސިނެއް. ދެން ކަލޭ ބުނެބަލަ. މިހާރު ސާމާނު ނެތިގެން އުޅެނީ ކީއްވެ؟ ޔާމީނު ހޯދި އެއްޗެހި އިބޫ އައީމަ ވިރުނީތަ؟
ބަލަ ޔާމީނު ބުރިޖު އެޅީ ފުރަތަމަ ދެއަހަރުގަތަ؟ ޔާމީނު ވެރިކަން ނިންމައިފަ ދިޔައިރުވެސް ބުރިޖުގެ ކަންކަން އެއްކޮށް ނުނިމޭ. ދެން ކިހިނެއް ކަލެޔަށް އެނގެނީ މިސަރުކާރުވެސް ނިމިދާއިރު ބުރިޖު މަސައްކަތް ނުފަށާނެކަމެއް. ވާން އޮތް ކަންތައްވެސް ރޯނު އެދުރަށް އެނގެނީތަ.
ޔާމީނު އުޅުނީ ކާކުގަ ފައިގަ ދޫލައިގެންކަންވެސް ބުނެލިނަމަ. ކީއްވެ ޗައިނާ މީހަކު ފައިގަ ދޫލި ވާހަކަ ބުނަން ނުކެރިގެން ތިއުޅެނީ
އިހުމާލު،އިހުމާލު، އަދިވެސް ރައްޔިނުން ނުކުންނާކަށް ނުވޭތަ.
ކީއްކުރާނީ. ސިއްހީ ދާއިރާ އޮތީ ހިތެއް ނެތް ބާޣީއެއްގެ ބާރުގެ ދަށުގައި. އޭނާއަކީ އިހުމާލެއް ވާކަން ވެސް ނޭނގޭފަދަ ރޯނުއެދުރެއް
އަޅެ ރައްޔިތުން މިކަމާއި ހަމަހިމޭނުންތިބެންވީބާ ، ނޫނީ ރައްޔިތުންދެކެ ލޯބިވާކަމަށް ބުނާ މުއައްސަސާތަކުން ، މިފެއިލްވެފައިވާ ސިއްހީނިޒާމުން ދިވެހިން ސަލާމަތްކޮށްދޭނީބާ ، އިރުގެ ދޯއްޖެއްހެން ވަކިމީހަކު ގަޔަށް ރޭޒަފުއްތަކެއް އަރާގެން މީހަކު ޖަރުމަނުން ފަރުވާހޯދި އިރު ނިކަމެތި ރައްތިތުމީހާއަށް ފުދެނީ ހުޅުމާލެ ސަހަރާތޯ
ކިހާވަރެއް ވީމަބާ އިހުމާލު ވެވެނީ
އިހުމާލު ކޮބައިތަ؟ ކީއްވެތަ ރަށްރަށު ގަ ވެންޓިލޭޓަރު ނެތީ؟ ގައިމު ތިޔަ ބުނާ އިހުމާލު ނުވާ މީހުން ހޯދައިފަ ހުރި ނަމަ ހުރީސް ދޯ. ބުރިޖު އެޅީމަ އެ އެބަހުރި ދޯ ފެންނަން. ވެންޓިލޭޓަރު ވެސް ހޯދިނަމަ ހުރީސް. ހާސްނުވޭ މިވެރިކަން ނިމޭއިރު ހޯދައިފަ ހުންނާނީ
ބަލަ އޭރު އެޅި ތަންތަން ހުރީމަދޯ މިވަރުވެސްވަނީމީ. މި އަހަރު މިހާރު 3ބިލިއަން ހަރަދުވެއްޖެ ކޮވިޑަށް. އެޔަކީ ދުވާލަކަށް 20މިލިއަން ރުފިޔާ. ކީއްތަކުރީ. ކޮބާތަ ކޮންމެހާލާތަކައްވެސް ތައްޔާރޭބުނި މީހުން. ކީއްވެތަ ބޭސްނެތީ. ކޮންކަމަކަށް ތަ އެހާވަރައް އެ ހަރަދުކުރީ.
ބޭުފުޅާ 20 މިލިއަން ދާ ގޮތް ބަލާ ފުރަތަމަ. ކެއިން ބުއިން، އެލަވަންސް، ދަތުރުފަތުރު، ރިލީފް ޕެކޭޖް. ގިނަފަހަރަށް ހިނ ގާނީ އިންސާނީ ބޭނުންތަކަށް. ދެން އިންފްރާސްޓްރަކްޗަރ އިކުއިޕްމަންޓު. މަދުތަ. ކޮންމެ ތާކުވެސް ނާޖާއިޒު ފައިދާ ނަ ގާ މީހުން އުޅޭނެ. ދެން މަވެސް ހަމަ މިބުނީ ދޯ އެޅިއްޔާ އެޅިތަނެއް އެބަހުއްޓޭ
ބަލަ އާންމު ދުވަހަކު އޭޑީކޭ، އައިޖީއެމްއެޗް އަށް 500 މީހުން ދިޔަޔަސް ހިދުމަތް ދޭން އުނދަ ގޫވާނެ. ސިއްހީ ހިދުމަތް ކުރާ މީހުންނަކީ އެތައް އަހަރަކުން ތަމްރީނުވާ ބައެއް. ދެން މިތަނަށް ސްޓޮކް ގެނަސްފަ ހުންނާނީ ވަކި ބޭސްތަކެއް. މަދު ރަށެއް ގަ ވެންޓިލޭޓަރު ހުންނާނީ. އެމްއާރު އައި މެސިނު ކީއްވެ ކޮންމެ ރަށަކު ނެތީ. ތައްޔާރު ވިޔަސް ރެސްޓެއް ނެތި އެއްބަޔަކު އަހަރެއް ވަންދެން 24 ގަޑިއިރު މަސައްކަތް ކުރަންޏާ ގޯސް ހަދާނެ
ރާއްޖޭގެ ސަރުޖާރަށް މިވަނީ ވަރަށް ބޮޑަށް ކޮވިޑު ޖެހުފަ. ރަނގަޅަށް މެނޭޖުކުރާ އެއްކަމެއްވެސް ނެތް. ބާރު އޮތީމަ މުސާރަ ނަގައިގެން ހަމަ ތިބެނީ. ސަރުކާރުގެ ނާގާބިލު ކަމުން ގައުމު ސަލާމަތް ކުރަން ގޮވާލަން
ޢަދިވެސް ހިފަހައްޓާލަނީތަ އިސްތިއުފާނުދީ
އާ އިމަރޖެންސީ ހިން ގައިފަ ސިފައިން ގެއަށް ވަންނަން ޔާމީނެއް ނޫން މީ
ދެލޯފުޅާ ޔާމީނުތަ ހޭބަލިވެގެން ގޮސް ސިފައިންގެއަށް ވަދެގެން އުޅެފަ އިސްތިއުފާދިނީ. ކަލެއަށް އެކަން ނޭނގެނީއުތަ؟
މިތާ ކާކު އިސްތިއުފާ ދިން މީހެއްގެ ވާހަކަ ދައްކަނީ. ފަހުމް ނުވަންޏާ ރައްދު ނުދީ އިނުން ބުއްދިވެރި
Ehenveema mioyhee emergency haalathah varah bodah
thayyaaru vevifa
Meehaku haalu bodu vejjiya dhen hadhaane gotheh neiy
ކީއްވެހޭ އތޮޅުތެރޭގަ ވެންޓިލޭޓަރު ނެތީ؟ ކޮންމެ ރައީސަކުވެސް ބެލީ މާލެ ތަރައްގީ ކުރަން. އަތޮޅުތަކަށް އަޅައިލިނަމަ މާލެ ނައިސް ރީޖަނަލް ހޮސްޕިޓަލުތަކުން ކަންކަން ނިމުނީސް. އިބޫވެސް ދެންވެސް ތަރައްގީ ލާމަރުކަޒު ކުރޭ. ހުޅުމާލެޔަށް މީހުން ތޮއް ނުޖައްސާ
ސަރުކާރު ގެ ވެރިންތައް ހެވިދިލިފަ ރައްޔިތުން ގެ ފައިސާއިން މުސާރަނަން ގަވައި ގެން އެތިއްބަވަނީ ނޫންތޯ މިސަރުކާރުން ވަރަށްބޮޑަށް އަޑަށްބާރު ލައްވާފަ ވިދާޅުވިއަޑުއިވުނު މިތިބީ ކޮވިޑު ގެ ހުރިހާ ސްޓޭޖަކަށް ފުރިހަމައަށް ތައްޔާރުވެ ގެންނޭ އެހެންވީމަ ރައްޔިތުމީހާ ތިކިޔާ އެއްޗެއް ނުވިސްނުނު އެވަރަށް ތައްޔާރުވެފަ ތިބިއިރު ތިފަދަކަންތައް ދިމާވެދާނެބާއޭ އުފެދޭސުވާލެއް !!!!!!!!!!!!!!!!!!!!!!!؟؟؟؟؟؟؟؟؟؟؟؟
އިބްރާހީމާ އިސްތިއުފާ ދީފާ ގެރިމޯދީ ކައިރިއަށް ދޭ. ދިވެހި ރައްޔިތުންގެ ފުރާނަ ކައެއަކަށް މުހިންމެއްނުވިއެއްނު. ކައޭ އިންޑިޔާ ރުއްސޭތޯ ތެޅިބާލަނީ. އައްޑޫ ގައި ކޮންސްލޭޓް އަޅަށް ހާދަ ފޯރިއެއް މިނަގަނޫ ކީއްވެގެންބާ. މިކަލޭގެ އަގައިން ނުބުނެ ހުރެގެން ރޮޒޭނާމެން ކަހަލަ އަނގަފިޔަފާޅި ތައް ލައްވާ މިބުނުވަނީ. ލަދު ޙަޔާތް ކުޑަކަން. ދިވެހިންގެ ގިނަބަޔަކު ނޫނެކޭ ބުނާއިރަށް ރޮޒޭނާ މިގޮވަނީ ވ. އަހަށް އައްޑޫގައި ކޮންސުލޭޓް ބޭނުމޭ. އިބްރާހީމްގެ ބަސް މެންބަރުން މިއިއްވަނޫ. ދިވެހި ބިމަކީ އިންޑިޔާގެ ތަރިކަ މުދާގަނޑެކޭ ހިވާކަހަލަ ދޯ. އިސްތިއުފާދީ . ފެއިލްވެއްޖެ ބޮޑުތަނުން.
ކިނބޫ އިސްތިއުފާ
ހުސް އިހުމާލު! މިޝްކާގެ ހާދުސާއާ ހަމައަށްވެސް އަޑުގެ ކޮޅަށް ގޮވީ ފަރުދީ ޒިންމާއޭ! ތިމާމެންގެ އެއްވެސް ޒިންމާއެއް ނެތޭ ބުނާ ކަހަލަ. ސިއްހީ ދާއިރާ ހަފުސް ކޮށްލައިފި! ސިއްހީ ޚިދުމަތްތެރިންގެ އަގު ވައްޓާލައފި. މިބައިމީހުން ވެރިކަމަށް އަރައިފިއްޔާ މިނޫން ވަރެއް ނުވޭ! އަދިވެސް ވޯޓު ދީފަ ބަހައްޓާ!
އަތޮޅުތަކަށް ޑޮކުޓަރުންފޮނުވާއިރު ގިނައީ ތަޖުރިބާއެއްނެތްމީހުން ކޮއްމެ ކަމެތްދިމާވިއަސް މާލެއަންނަން މިޖެހެނީ ހެލްތުމިނިސްޓަރު އިސްތިއުފާ ދޭންވީ
ކަމެއްވާއިރަށް އިސްތިއުފާ އަށް ގޮވީމަ އިސްތިއުފާ ދިނީމަ ކޮމެންޓްކުރިތާ އެބަހުރިބާ ހަވާލްވާން ކެރޭނެ މީހެއް ؟އަދި މިހާލަތުގަ އެމީހަކަށް ކުރެވޭނީ ކޮންކަމެއްބާ ؟ އީމާން ކަމުގެ ރުކުންތަށް ހަނދާން ހުރި މީހެއް އެބަހުރިބާ؟
ދެންވެސް ޢިބުރަތް ހާސިލު ކޮށް ކޮވިޝިލްޑް ނޫން ވެކްސިނެއް ހޯދޭތޯ ބަލާބަލަ
ޑަކުޓަރުންތަ؟ ނޫނީ ޑުރައިވަރުންތަ؟ ހޮސްޕިޓަލު ގަބަލިމީހުން ބަލަނީ 🤔
ކުލަގަދަކޮށް ފާހަގަ ކުރަން ރޭވުނީ ދިރި ހުންނާނެ އެންމެ ފަހު އަހަރު. އުފަން ދުވަހޭ ކިޔައި ފާހަގަ މި ކުރެވެނީ މަރާ ގާތްވުމެއް ނޫންތޯ؟ ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތެއް. އިސްލާހުވާކަށް ނުވޭތޯ؟
އަސްލު ހަގީގަތުގައި މުޅި ސިއްހީ ދާއިރާ އޮތީ ވަރަށް ބޮޑަށް ފެއިލްވެފައި.. މީ އިއްޔެއަކު މިއަދަކު ވެގެން އުޅޭކަމެއް ނޫން.. މިގައުމުގައި ވެރިކަން ކުރި އެންމެން މިކަމުގެ ޒިންމާ ނަގަން ޖެހޭ.. މިހާރު ވެރިއަކަށް ހުރި މީހާއަށް ހަމަ ނުފެންނަނީތަ؟ މަތި މައްޗަށް ދަރަނީ ނަގާއިގެންވިޔަސް އިހްލާސްތެރިކަމާއެއްކޮށް އެބަޖެހޭ ސިއްހީ ދާއިރާ ރަނގަޅު ކުރަން.. ހަމަ ދަރަނި ނަގައިގެން ސިޔާސީ އެންމެންގެ މުސާރަ ދެނީ.. ހާއްސަކޮށް މަޖިލުހުގައި ތިބި ސިޔާސީ ރަންޑިން މި ދަނޑިވަޅުގައި މުސާރަތަށް އެބަ ޖެހޭ ސިވިލް ސާވިސް މުއައްޒިފުންގެ މުސާރައާ ހަމައަށް ގެންނަން.. މިގޮތުން ސަލާމަތް ކުރެވޭ ބައިން އެބަޖެހޭ ބެކަޕް ބެޓަރިއާ އަދި މި ނޫންވެސް ރަނގަޅުކުރަން ޖެހޭ ހުރިހާ ކަމަކަށް ހަރަދުކުރަން..
މީ އެމް ޑީ ޕީ ސަރުކާ ރެކޭ - ޑިމޯ ކުރޭޒީ ފުރިހަމަ ވާނެ، ހެލްތު މެކުހުގަ، ޒީރޯ ޓޮލެރެންސް ކޮރަޕްށަން އާ އެއްކޮޅައް.
ޕުލީސް ވޯޓް ފޯ 2 ވަނަ ޓާމަކައް އޯކޭ!!!
ނޮވެމްބަރު 3 ގަހާއިނުން ތައްމެރީމަ ދިވެހިން ކިބައިން ބަދަލުހިފަނީ ކެރަފާ އާއިލާ އަދިވެސް ތަނެއްގަ އެނދުމަތިވެފައޮތް މުސްކުޅިޔަކު ގެނެސް ގޮނޑީގަ ބޭންދޭތޯބަލާ
ޞިއްޙީ ނިޒާމް މުޅި ރާއްޖޭގައި ފެއިލްވެއްޖެ ސަރުކާރުން މިކަމުގެ ޒިންމާ އުފުލަންޖެހޭނެ، މިއީ ކޮވިޑް ގެ ނުރައްކަލުން ރައްޔިތުން ސަލާމަތް ކުރުމަށް ސަރުކާރުން އިސްކަން ނުދިނުމުގެ ސަބަބުން ކުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތައް، ކޮންމެ މީހަކީވެސް މަރުވާނެ މީހެއް ނަމަވެސް ބަލިވީމަ އެބައްޔަށް ދެވެންހުރި އެންމެމަތީ ފެންވަރުގެ ފަރުވާދިނުމަށް މަސައްކަތް ކުރުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމެއް، އެހެންވެ މިދެންނެވީ ޞިއްޙީ ނިޒާމް ފެއިލްވެ ސަރުކާރުގެ ހިންގުން ފެއިލް ވި ވާހަކަ .
ވެންޓިލޭޓަރ ގެ ބެޓެރި ގޮސްފަ އެންބިއުލާންސު ފުރޮޅު ގޮސްފަ ބެއިތެލްމާލު ފޫ ގޮސްފަ ގައުމު ފާލުންނެއްޓިފަ .
ޑޮކްޓަރުންވެސް ވަރަށް ވާނުވާގަ އުޅެނީ ދޭންވީ ކޮން ބޭހެއްކަމެއް އެނގޭކަމެއް ނޭނގޭކަމެއްނެތީ. ދުނިޔޭގެ އެހެން ގައުމުތަކުން ދިރާސާތަކާ ޓްރީޓްމަންޓް ގައިޑްލައިންތައް ނެރޭއިރުވެސް އެކަމަށް ސަމާލުކަމެއްނުދޭ. ރެމްޑެސިވިރު ހުންނަނީ ދަރުމަވަންތައިގަ މެޖިކް ޓްރީޓްމަންޓްއަކަށް ބަހައްޓާފަ. ސެކަންޑަރީ އިންފެކްޝަނަކަށް އާދައިގެ އެންޓިބަޔޯޓިކެއް ހިސާބު ނުދެވޭ. މިކޮމެންޓް ކިޔާފަވިޔަސް އެންޓިބަޔޯޓިކްއެއް ދީބަލަ ވާއެއްޗެއް ބަލަން
ކޮވިޑް-19 ގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާ މަރީއަކީ މީގެކުރިން އެއްވެސް ބޮޑު ބައްޔެއް ހުރި މީހެއް ނޫނެވެ. މަރީއަކީ ދާއިމީ ބައްޔަކަށް ބޭސް ބޭނުން ކުރަމުން އަންނަ މީހެއް ނޫން ކަމަށް ވެސް އިރުޝާދު ބުންޏެވެ.
ވޭތުވެދިޔަ ސަރުކާރުތަކުން ސިއްޙީދާއިރާއަށް އަޅާލާފަ އޮތްނަމަ މިހެންނުވީސް ގައިމު، ދަރުމަވަންތަވެސް އޭގެ ފާރުގަނޑު ތިންހޮސްޕިޓަލްއަޅާވަރަށް ނުނަގާ ސިއްޙީ އާލާތްތަށް ފުރިހަމަކޮށްފަހުރިނަމަ އެހެންނުވީސް
އިންޑިޔާއިން އެގެންނަ ބޭސްނެތިގެން ކިތައް ފުރާނަ އެދުވަހުވެސް ގޮސްފަހުންނާނެތޯ ޢެބޭސް ހުސްވިޔަ ދީގެންނުވާނެނޫންތޯ ތިހިރަ އިބުރާހިމާ ކީއްތަތިކުރަނީ ވެރިކަމުގަ ހުރެގެން
ތިކަންްތައްބަލާނެ ބަޔަކުމިޤައުމުގާނެތް ސަރުކާރުގެ މުއައްްްްްްްްްސަސާތަކުގައި މުޅިން އުޅެނީ ވެރިން.