ސްރީލަންކާގެ ބޮޑުވަޒީރު ކަން ފަސް ފަހަރެއްގެ މަތިން ކުރެއްވި ރަނިލް ވިކްރަމަސިންހަ އަނެއްކާވެސް އެ ގައުމުގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރައްވަން ވަނީ ނިންމަވައިފައެވެ. އެމަނިކުފާނު މިއަދު އެ ގައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާނެ ކަމަށް މީޑިއާތަކުން ބުނެފައިވާއިރު، ފާހަގަކުރެވުނު އެއް ކަމަކީ ލަންކާގެ ކޮންމެ ހާލަތެއްގައިވެސް "ފޫބައްދަން" ހުންނެވީ ރަނިލް ކަމެވެ. ރަނިލްއަކީ އޭނާ އިސްވެ އުފެއްދެވި ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ފަރާތުން ގާނޫނު ހަދާ މަޖިލީސް ތަމްސީލް ކުރައްވަމުންގެންދަވާ މެންބަރެކެވެ.

ރަނިލް ސިޔާސީ ދާއިރާއަށް!

ރަނިލް ސިޔާސީ ދާއިރާއަށް ވަދެވަޑައިގެންނެވީ 1970 ވަނަ އަހަރު ޔުނައިޓެޑް ނޭޝަނަލް ޕާޓީގެ މެމްބަރެއްގެ ގޮތުގައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ މަޖިލީސްއަށް ހޮވިިވަޑައިގެންނެވީ 1977 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބިޔާގާމާ ދާއިރާ ރައްޔިތުންގެ ވޯޓާ އެކުގައެވެ. ރަނިލްގެ ބޮޑުބޭބެ، އޭރުގެ ރައީސް ޖޭއާރް ޖަޔަވަރުދަނޭ ވަނީ އެ ގައުމުގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރުކަމަށް އެމަނިކުފާނު އައްޔަން ކުރައްވައިފައެވެ.

އޭގެ ފަހުން 1989 ވަނަ އަހަރު މިނިސްޓަރ އޮފް ޔޫތު އެފެއާޒް އެންޑް އެމްޕްލޯއިމަންޓްގެ މަގާމަށް އެމަނިކުފާނު އައްޔަން ކުރެއްވިއިރު، އެމަނިކުފާނު ވެވަޑައިގެންނެވީ ލަންކާގެ ކެބިނެޓްގެ އެންމެ ޒުވާން ވަޒީރަށެވެ.

އަދި އޭގެ ފަހުން ރައީސް ރަނަސިންހަ ޕްރޭމަދާސަ ވަނީ މިނިސްޓަރ އޮފް އިންޑަސްޓްރީ، ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ހައުސްގެ ލީޑަރުކަމަށް ރަނިލް އައްޔަން ކުރައްވައިފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ 1994 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ގަމިނީ ޑިސަނަޔަކަ އަވަހާރަކޮށްލުމާއި ގުޅިގެން އެ އަހަރުގެ ނޮވެމްބަރު މަހު އިދިކޮޅު ލީޑަރުގެ މަގާމަށް އޭނާ އައްޔަން ކުރެވުނު ކަމެވެ.

ލަންކާގެ ބޮޑުވަޒީރުކަން ފަސް ފަހަރަށް!

ބޮޑުވަޒީރުކަމުގެ ދަރުއަކީ ފަސް އަހަރެވެ. ބޮޑުވަޒީރަކީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ރައީސް އައްޔަންކުރައްވާ ބޭފުޅެކެވެ. އެބޭފުޅާ އެ މަގާމަށް ގެނައުމަށް ގާނޫނު ހަދާ މަޖިލީސްއިން ފަސްވުމާއެކު ރުހުން ދެއްވާނީ އެ ގައުމެއްގެ ރައީސެވެ. އެއީ ސަރުކާރުގެ ހިންގުމުގެ އިސް ވެރިޔާއެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ ކެބިނެޓް މިނިސްޓަރުންގެ ތެރެއިން އެންމެ އިސް ބޭފުޅާވެސް މެއެވެ.

ރަނިލް ލަންކާގެ ބޮޑުވަޒީރުކަން ފަސް ފަހަރަށް ކުރެއްވިއެވެ. އެއްގޮތުން ބުނާނަމަ އެމަނިކުފާނަކީ ހާލަތްތައް ފޫބައްދަން ހުންނެވި މަޖިލީސް މެންބަރެކެވެ.

މިފަހަރުވެސް އެހެން ބުނެވިދާނެއެވެ. އެއީ ލަންކާ މިހާރު އޮތީ ވަރަށް ނާޒުކު ހާލަތެއްގައެވެ. އެގޮތުން ފާއިތުވެދިޔަ މަސްތަކުގައި ލަންކާގެ އިގްތިސާދަށް އައި ހީނަރުކަމާއެކު ގައުމު އޮތީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އެ ގައުމުގައި ހުއްޓުމެއް ނެތި މުޒާހަރާތައް ކުރަމުންދާއިރު، އަނިޔާވެރި އެތައް އަމަލުތަކެއް މިހާރު ވަނީ ފެންނަން ފަށާފައެވެ. ހާއްސަކޮށް މިދިޔަ ހޯމަ ދުވަހުން ފެށިގެން އެގައުމުގެ ހާލަތު ގޯހެވެ.

އެހެންކަމުން މިފަހަރުގެވެސް ރަނގަޅު ޗޮއިސް އަކަށް ނެންގެވީ ރަނިލްއެވެ.

ރަނިލް ބޮޑުވަޒީރުކަން ފަސް ފަހަރަށް ކުރެއްވިއިރު ތަފްސީލަށް ބަލަމާ ހިނގާށެވެ.

1993 އިން 1994 އަށް

ރަނިލް އެންމެ ފުރަތަމަ ލަންކާގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ 7 މެއި 1993 ގައެވެ. އެމަނިކުފާނު އެ މަގާމަށް އައްޔަން ކުރެއްވީ ތަމަޅަ ޓައިގަރުން އޭރުގެ ރައީސް ރަނަސިންހަ ޕްރޭމަދާސާ އަވަހާރަކޮށްލުމާއި ގުޅިގެންނެވެ. ރައީސް ރަނަސިންހަ އަވަހާރަކޮށްލުމުން، އޭރު ގައުމުގެ ބޮޑުވަޒީރަކަށް ހުންނެވި ޑީ.ބީ ވިޖެތުންގާ ރައީސްކަމަށް އައްޔަން ކުރެވުނެވެ.

ރަނިލްއާ ގުޅޭގޮތުން ހުރި ރިޕޯޓްތަކަށް ބަލާއިރު، އެމަނިކުފާނުގެ އޭރުގެ ދައުރުގައި، އިގްތިސޯދީ ގޮތުން ހެޔޮ ބަދަލެއް ގެނެސްދެއްވިއެވެ. އަދި ގައުމު ކުރިއަށް ގެންދިޔުމަށް ޓަކައި، ވިޔަފާރީގެ ޖަމާޢަތްތަކުން ވަރަށް ބޮޑު ތާއީދެއް ހޯއްދެވި ކަމަށް ބުނެފައި ވެއެވެ.

2001 އިން 2004 އަށް

2001 ވަނަ އަހަރު ބޭއްވި މަޖިލީސް އާންމު އިންތިހާބުގައި ރަނިލްގެ ޔޫއެންއެފްއަށް 109 ގޮނޑި ލިބުމާއެއެކު، އެމަނިކުފާނަށް އެ ގައުމުގައި އާ ސަރުރެއް އެކުލަވާ ލެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވިއެވެ. އެގޮތުން 9 ޑިސެމްބަރ 2001 ރަނިލް ވަނީ ލަންކާގެ 17 ވަނަ ބޮޑުވަޒީރުކަމުގެ ހުވާ ކުރައްވާފައެވެ.

އެކަމަކު އެއިރު އެ ގައުމުގެ ރައީސްކަމުގެ މަގާމުގައި ހުންނެވީ ޗަންދްރިކާ ކުމާރަތުންގާއެވެ. އެކަމަނާއަކީ ސްރީލަންކާ ފްރީޑޮމް ޕާޓީގެ މެންބަރެކެވެ.

އޭޕްރީލް 2، 2004 ގައި ބޭއްވި މަޖިލީހުގެ އިންތިހާބުގައި ރަނިލްގެ ޔޫއެންއެފް އަށް ސަރުކާރުގެ އޮފީސް ގެއްލުނެވެ. ފުރިހަމަ ހަ އަހަރުގެ ދައުރަކަށް އިންތިޒާރު ކުރި ނަމަވެސް، ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ.

2015 އިން 2015 އަށް (100 ދުވަސް)

2015 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި އިދިކޮޅު ޔޫއެންޕީ ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި މައިތުރިޕާލަ ސިރިސޭނާއަށް %51.28 ވޯޓު ލިބިވަޑައިގަތުމާއި، އެއްބަސްވުމެއްގެ ދަށުން ބޮޑުވަޒީރުކަމަށް ރަނިލް އައްޔަން ކުރައްވާފައިވަނީ 100 ދުވަހަށެވެ.

2015 އިން 2018 އަށް

ރަނިލް ބޮޑުވަޒީރުކަމަށް އަލުން އިންތިހާބުވެވަޑައިގެންނެވީ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްޕީ)ގެ 35 އަށްވުރެ ގިނަ މެމްބަރުން އޭނާގެ ކެބިނެޓާ ގުޅިވަޑައިގަތުމާ ގުޅިގެންނެވެ.

2018 އިން 2019 އަށް

ރަނިލް ބޮޑުވަޒީރުކަމުން 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ވަކި ކުރެއްވީ، އޭރުގެ ރައީސް ސިރިސެނާއެވެ. އެއީ އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އައްޔަން ކުރެއްވުމަށެވެ. އެހެން ނަމަވެސް އެކަން ރަނިލް ގަބޫލުފުޅު ނުކުރެއްވިއެވެ. މިއާއެކު ދުސްތޫރީ ކާރިސާއެއް ކުރިމަތިވިއެވެ. ދުސްތޫރީ މައްސަލަ ނިމުމަކަށް އައީ ސިރިސޭނާ ބޮޑުވަޒީރުކަމަށް އަލުން ރަނިލް އައްޔަން ކުރުމާއެކުގައެވެ. ނަމަވެސް 20 ނޮވެންބަރު 2019 ގައި ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ލަންކާގައި އެންމެ ގިނަ އަދަދަކަށް ބޮޑުވަޒީރުކުރަން ކުރެއްވި ބޭފުޅަކީވެސް ރަނިލް ކަމެވެ.

އޭގެ އިތުރުން 1994 އިން 2001 އަށް އަދި 2004 އިން 2015 އަށް ރަނިލް ވަނީ އިދިކޮޅު ލީޑަރުކަން ކުރައްވާފައެވެ.

ލަންކާގެ ބޮޑުވަޒީރުކަމުގެ އިތުރުން، އެމަނިކުފާނު ވަނީ އެކި ފަހަރުމަތިން ލަންކާގެ ރައީސް ކަމުގެ މަގާމަށް ވާދަކުރަައްވާފައެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެފަދަ އިންތިހާބެއް ކާމިޔާބުވެވަޑައިގެންފައެއް ނުވެއެވެ.

އެހެންކަމުން މި ހުރިހާކަމުންވެސް އެނގިވަޑައިގެންނެވީ އެމަނިކުފާނަކީ އެފަދަ ކޮންމެ ހާލަތެއްގައިވެސް ސިޔާސީ ގިނަ ލީޑަރުން އެންމެ އިތުބާރު ކުރައްވާ ބޭފުޅާ ކަމެވެ.

ރަނިލް އަށް މިހާރު 73 އަހަރު ފުރިވަޑައިގެންނެވި އިރު ބައްޕާފުޅު އެސްމޮންޑް ވިކްރަމަސިންހަ އަކީ ޕްރޮފެޝަންގެ ރޮނގުން ގާނޫނީ ވަކީލެކެވެ. ރަނިލް ވެސް އޭނާގެ ފިޔަވަޅުމަތިން ކުރިއަށް ވަޑައިގެން ލަންކާގެ ސިލޯން ޔުނިވާސިޓީން ތައުލީމް ހާސިލް ކުރެއްވިއެވެ. ލޯ ކިޔަވާ ނިމުމަށްފަހު ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެވަޑައިގެންނެވީ 1970ގެ އަހަރުތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. Anonymous

  ރަނިލްއަކީ އިންޑިޔާ ތަމަޅައިންގެ ޕަޕެޓެއް. ބޮޑުވަޒީރުކަމަށް ކޮންމެ ފަހަރަކުވެސް އައްޔަންވެފައިވަނީ ގައުމު ހަލަބޮލިވާއިރަށް އިންޑިޔާ އެހީތެރިކަމާއެކު އިތުރަށް ގައުމު ހަލަބޮލކުރުވާ ތަމަޅައިންލައްވާ ތަންތަންލޫޓްކޮށް މަޖުލިސް ގަނެގެން. އެހެނަސް ރަނިލްގެ ހިންގުމެއްނެތުމުން ރައްޔިތުންނާ ސަރުކާރުން ރަނިލް ކޮންމެފަހަރަކު ބޭރުކުރަނީ. އަނެއްކާވެސް އިންޑިޔާ ފައިބުޑަށް ވެއްޓެނީ މަގާމުހޯދަން. ރައްޔިތުންގެ ސީދާ ވޯޓުން ރައީސް އައްޔަންވާއިރު ދުވަހަކުވެސް އަދި ރައީސް ކަމަށް އާދެވިފައިނުވޭ. މުޅިންވެސް އާދެވެނީ އިންޑިޔާ އެހީއާއިއެކު ކަަރަޕްޓް މަޖުލިސް ގަނެގެން ބޮޑުވަޒީރު ކަމަށް.

  8
  3
  • ޢަހުމަދުވަގާރު

   ކޮން އިންޑިޔާ އެކޭ ކިޔާކަށް. ސައުދީ އަށް ނު ވަތަ ޕާކިސްތާނށް ހިޖުރަ ކޮށްލާr

 2. ރާއްޖެތެރެ

  އިންޑިޔާއިން ބަހަމުންދާ ލާރިތައް ފެންނާކައް ނުހުންނާނެ.؟

 3. ޔާލިމިނިއާ

  ވަރަށް ފުރިހަމަ ރިޕޯޓެއް.

 4. އަޖޭ

  ރަނިލު މެން ކަހަލައިގެ ތަޖުރިބާ ކާރުން ތިއްބާ ދޯ ރައްޖޭގެ ބޮޑުވަޒީރު މިބަސްކިޔަނީ

 5. ހަސީނާ

  އެރިގޮތަށް އަރާފައި މުޒާހަރާ ކުރަންޖެހޭ ކަމަށް ބުނުމުން ވެސް އިގޭ މިގަނޑުބަޑުގެ އަޑީގައި ހުރިބަޔަކު ލީމީހެއްކަން. އިންޑިއާ ހުރިހާ ތަނެއްގެ ހަލާކު

  1
  1
  • މޮޔަނިމޮސް

   ހައްހައްހާ. މި ވަގުތު ވެސް ލަންކާ މީހުން ބަނޑަށް މަރު ނުވެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެތީބީ އިންޑިޔާ އާ ހެދި.ޖައި ހިންދު

 6. މުބީނު މާރނީ

  ރާއްޖެ އަށް ބޮޑު ތަނުން ފައިދާ ވާނީ ރަނިލް ހުރެގެން. ކާފަ އަށް މާމަ އަށް ވިސާ ދޭނެ ކަމަށް ރަނިލް ބުނި. ރަނިލް ވަކި ވީމާ އެކަން ނުވެ އޮތީ. ޝާހިދު އެކަން ނުކޮށް އޮތީ ނުބައި ނުލަފާ ކަމުން.

  1
  1