އެކި މުނާސަބަތުތަކާ ގުޅުވައިގެން ރާއްޖޭގައި އެވޯޑްތައް ދޭތާ އެތައް އަހަރުތަކެއް ވެއްޖެއެެވެ. އެ އެވޯޑްތައް ބަޔަކަށް ލިބުމުން އެކަން ބައެއް މީހުންނަށް ބަަލައިނުގަނެދާނެއެވެ. ނޫން ނަމަ އެ އެވޯޑެއް އެހެން ބަޔަކަށް މާ ހައްގު ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވާނެއެވެ. އެއީ ދުނިޔެ ހިނގާ އުސޫލެވެ.
ނަމަވެސް މި ފަހަކަށް އައިސް އެވޯޑްތަކުގެ ވާހަކަ މީސް މީޑިއާގައި ވަކި ހިއްޕާލައިގެން އުޅެނީ އެހެން ސަބަަބަކާ ހެދިއެވެ. ގިނަ ބަޔަކު ބުނާ ގޮތުން ފައިސާ ހުރި ނަމަ ހަމަ ކޮންމެ މީހަކަށް ވެސް ފަސޭހައިން ގަނެލެވޭ އެއްޗަކަށް އެވޯޑްތައް މިހާރު ވަނީ ވެފައެވެ.
އެވޯޑްތަކުގެ ވާހަކައިގެ ތެރެއިން މި ފަހުން އެންމެ ބޮޑަށް މީސް މީޑިއާގައި "އަލިފާން" ހިފި އެއް ވާހަކައަކީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ އަށް ލިބުނު އެވޯޑްގެ ވާހަކައެވެ. "ސައުތު އޭޝިއާސް ޓޮޕް 100 ޕަވަރ ވިމެން"ގެ އެވޯޑް ސުނީއަށް ލިބުނީ އެވޯޑް ގަނެގެން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
މިއީ ސުނީއަށް ލިބުނު ފުރަތަމަ އެވޯޑެއް ނޫނެވެ. މިދިޔަ އަހަރު ކުރީކޮޅު ވެސް ސުނީއަށް ވަނީ ބައިނަލްއަގުވާމީ ދެ އެވޯޑެއް ލިބިފައިވެއެވެ. އެއީ "އޭޝިއާސް އައުޓްސްޓޭންޑިން ވުމަން އެޗީވަރ" އެވޯޑާއި، "އޭޝިއާސް އައުޓްސްޓޭންޑިންގ ބްރޭންޑް" އެވޯޑެވެ. އޭޝިއާ އެވޯޑަކީ ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން އޭޝިއާ ބައްރުން ފާހަގަކޮށްލެވޭ ތަފާތު އެކި ޝަޚްސިއްޔަތުތަކާއި ވިޔަފާރިތައް ފާހަގަކޮށް، ދެމުން އަންނަ އެވޯޑެކެވެ. މިއީ އޭޝިއާ ސަރަޙައްދުގައި ދެވޭ މިފަދަ އެންމެ ޝަރަފުވެރި އެއް އެވޯޑްކަން ފާހަގަ ކުރެވެއެވެ. އޭގެ ފަހުން މިދިޔަ އަހަރު ނިމެން އުޅެނިކޮށް ސުނީއަށް ވަނީ "ވިމަން އައިކަން އެވޯޑް"ގެ ނަމުގައި ދެމުން އަންނަ އެވޯޑުން "އައުޓް ސްޓޭންޑިން ވިމަން އެވޯޑް" ވެސް ލިބިފައެވެ.
ސުނީތާ ބުނާ ގޮތުން އޭނާއަށް އެވޯޑް ހައްގު!
ފުލުފުލުގައި އެވޯޑްތައް ސުނީއަށް ލިބޭތީ އެއީ ހަމަ ރަނގަޅު ބަޔަކު ދޭ އެވޯޑެއްތޯ މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އެ ފާޑުކިޔުންތަކަށް ސުނީ ވަނީ ހޫނު ރައްދެއްވެސް ދީފައެވެ.
"ގަނެފިއްޔާ އެވާހަކަވެސް ބުނާނަށް އަގުވެސް ބުނާނަން. އިންޓަރނޭޝަލް އެވޯޑްތައް ހުންނާނެ އާއްމުކޮށް ފީއެއް. އެންޓްރީ ފީއެއް ދައްކާނެ. އެއީކީ ގަތީއެއްނޫން. ގަންނަން ޖެހިއްޖެ ހާލަތުގައި ގަނެވޭނެ އިރާދަކުރެއްވިއްޔާ ހަލާލު މަސައްކަތުން ހަމަ" ސުނީ ރާއްޖޭގެ އޮންލައިން މީޑިއާއަކާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
"އެޕްލައިވެސް ކުރީކީނޫން ޕީސީ ފޭން ކުލަބްގައި އުޅޭ ބަންގްލަދޭޝް ކުއްޖެއް އަހަރެން ވީޑިއޯއެއް އެތަނަށް ފޮނުވީ ފޮނުވީމަ އެމީހުން ބުނީ އަހަރެންގެ ސީވީ ފޮނުވަން ދެން އަހަރެން ފޮނުވީ. ފޮނުވި ސީވީ ބަލައިފަ އަހަރެންގެ މަސައްކަތް ބަލާފައި އަހަންނަށް ހައްގުވީމަ ލިބުނީ."
ސުނީތާއަށް އެވޯޑެއް ލިބުމަކީ މައްސަލައެއް ނޫނެވެ. ކުރިން ގިނަ ބައެއްގެ މަލާމާތާއި ފުރައްސާރަ ސުނީއަށް އަމާޒުވި ނަމަވެސް އޭނާއަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު ބަލައިގެންފައިވާ ލެޖެންޑެކެވެ. ނެށުންތެރިއެއްގެ ގޮތުގައި ފަށައިގަތް ސުނީ އަކީ މިހާރު ބިޒްނަސްވުމަން އެއް ވެސް މެއެވެ. "ސުނީ ސްޕެޝަލް" އިން ކުޑަކުދިންނަށް ހާއްސަކޮށްގެން މަދާސް ޗޮއިސް ބެއިބީ ކެއާ ކޮކޮނަޓް އޮއިލް ސުނީ ވިއްކަމުންދާތާ މިހާރު ދުވަސްތަކެއް ވަނީ ވެފައެވެ.
ސުނީތާގެ ކުރިން ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު ފާތުުމަތު ނަހުލާއަށް ސައުތު އޭޝިއަން ޕާޓްނަޝިޕް ސަމިޓުން ދޭ ބިޒްނަސް އެކްސެލެންސް އެވޯޑް ލިބުމުން ވެސް އެއީ ގަތް އެވޯޑެއް ކަމަށް އަޑުތައް އެރިއެވެ. އެ ވާހަކަ ނުސީދާކޮށް ދެއްކި އެކަކީ ނަހުލާގެ ފިލްމުތަކުން ވެސް ފެނިފައިވާ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދުއެވެ.
"އެއްވެސް ކުއްޖެއް ބޭނުންވޭތަ މި އެވޯޑަށް ފައިސާ ދީގެން ބައިވެރިވާން". ނިއުމާ ކުރިން މީސް މީޑިއާގައި ކުރި ޕޯސްޓެއްގައިވެއެެވެ. އެ ޕޯސްޓަށް ފަހުން ނަހުލާ ރައްދުވެސް ދީފައިވެއެވެ.
ނަމަވެސް ނަހުލާއަކީ ވެސް ކާމިޔާބު ޑައިރެކްޓަރަކަށް ވެފައި ގިނަ ދިވެހީން ބަލައިގެންފައިވާ ޑައިރެކްޓަރަކަށް ވާތީ ނަހުލާގެ ގާބިލުކަމާ މެދު ބުނާނެ ވަކި އެއްޗެއް ނެތެވެ. ސުނީތާއާ ނަހުލާ އެވޯޑެއް ގަތަސް ނުގަތަސް އެކަން ރަނގަޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އެ ދެ މީހުންނަށް އެވޯޑެއް ލިބިގެން ރާއްޖޭގެ އެހެން މީހަކަށް ލިބޭނެ ވަކި ދެރައެއް ވެސް ނެތެވެ.
ކުންފުނިތަކުގެ ވެރިން ވެސް އެވޯޑް ގަންނަ ކަމުގެ ތުހުމަތު
އެވޯޑްތައް ގަންނަ ކަމަށް އަޑު ފެތުރިފައި ވަނީ ހަމައެކަނި ފިލްމީ ތަރިންނެއް އެކަންޏެއް ނޫނެވެ. ރާއްޖޭގެ މަޝްހޫރު ކުންފުނިތަކުގެ ވެރިން ވެސް ދޭތެރެ ދޭތެރެއިން ލިބޭ އެވޯޑްތަކަކީ ގަންނަ އެވޯޑްތަކެއްް ކަމަށް އަޑު ފެތުރެއެވެ.
މީގެ ދެ އަހަރު ކުރިން ޖައްސަ ޖައްސައިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުއަށް ބައިނަލްއަގުވާމީ ދެ އެވޯޑް ލިބުމުން ވެސް އެއީ ގަތް އެވޯޑްތަކެއް އަޑު ފެތުރުނެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އޭޝިއަން ޔުޓިލިޓީ އެވޯޑްސްއިން ހޮވާ އިންޑަސްޓްރީ ލީޑާގެ އެވޯޑް ސައީދަށް ލިބި ވަޑައިގެންނެވި އިރު ޖެހިގެން އައި 2020 ވަނަ އަހަރު ސީއީއޯ އޮފް ދަ އިޔާގެ ލިބިވަޑައިގެންނެވިއެވެ. ސައީދު ވިދާޅުވާ ގޮތުން އޭނާއަށް އެ އެވޯޑްތައް ލިބިފައި ވަނީ ފެނަކަ ހިންގުމަށް އޭނާ ގެންނެވި ބޮޑެތި ބަދަލުތަކާއެކު ކުންފުނީގެ ހާލަތު ކުރިއަށް ވުރެ ރަނގަޅު ކުރުމަށާއި ކުންފުނިން ދޭ ހިދުމަތްތަކަކީ އުފެއްދުންތެރިކަމާއި، އަދި އީޖާދީ ބިނާކުރަނިވި މަސައްކަތްތަކަކުން ކުރުމުއްދަތެއްގެ ތެރޭގައި ކުރެވިފައި މަސައްކަތްތަކެއްކަން ފާހަގަކުރެވޭތީއެވެ.
ސައީދަށް ޖައްސަ ޖައްސައިގެން އެވޯޑްތައް ލިބުނު ގިނަ ބައެއްގެ ފާޑު ކިޔުން އޮތީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. ފެނަކައިގެ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ އިރު އޭގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދާ ގުޅޭ ގިނަ މައްސަލަތަކެއް ވެސް ހިމެނެއެވެ. ހުދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފެނަކައިގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ގަބޫލު ކުރައްވައެވެ.
"އޭސީސީން އެކުލަވާލާފައިވާ [ފެނަކައިގެ] ރިޕޯޓުގައި އެބަހުރި ބަދަލު ކުރަން ޖެހޭ ކަންތައްތަކެއް. އޭގެތެރޭގެ ފެނަކައިގެ ޕްރޮކިއުމެންޓާއި، މުދާ ގަންނަ ގޮތާއި އަދި ބިޑިން ޕްރޮސެސް ވެސް ވަނީ ބަދަލު ކުރަން ޖެހިފައިވޭ. އެހެންވީމަ އެކަންކަން ބަދަލު ކުރަން އަޅުގަނޑު ދޭނަން މުއްދަތެއް. އެ މުއްދަތުގެ ތެރޭގައި ބަދަލު ނުކޮށްފިނަމަ ފިޔަވަޅު އަޅާނަން." މިިދިޔަ އަހަރުގެ މާޗު މަހު ފެނަކައާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވިއެވެ.
ނަމަވެސް ރައީސް ވިދާޅުވި ބަހުގެ އަމަލީ އެއްވެސް ނަތީޖާއެއް ނުނިކުތެވެ. ފެނަކައިގެ މައްސަލަތައް ހައްލުކުރަން މުއްދަތެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިތާ ތިން މަސް ދުވަސް ފަހުން މިދޔަ އަހަރުގެ ޖޫން މަހު އިވުނީ ފެނަކަ ކޯޕަރޭޝަންގެ ޕްރޮކިއުމަންޓާއި ރެކްރޫޓްމަންޓުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރާ މައްސަލަ އިތުރަށް ނުބަލަން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ނިންމި ވާހަކައެވެ. އޭގެ އަހަރެއް ފަހުން ނޫސްތަކުން ފެނުނީ އަދި މާ ވަރުގަދަ ހެޑްލައިން އެކެވެ.
"ކޮރަޕްޝަންގެ "ފިތްކަނޑައިގެންދާވަރުގެ ތުހުމަތުތައް ކުރަމުން އިބުރޭ ފެނަކައިން އިސްތިއުފާދީފި"
ހައްތަހާ ވެސް ސައީދުގެ ނާގާބިލް ކަމާއި ކޮރަޕްޝަންގެ ވާހަކަތަކެވެ. އެފަދަ ވާހަކަތަކެއްް އަބަދު ދެކެވެމުންދާ އިރު ބައެއް މީހުންގެ ނަޒަރުގައި ސައީދު އެވޯޑެއް ގަތުމަކީ ހައިރާންވާން ޖެހޭ ވަރުގެ ވާހަކައެއް ނޫނެވެ. ސައީދުގެ "އިމޭޖް" ރީތިކުރަން އެވޯޑެއް ގަތުމަކީ ހަމަކޮށްފާނެ ކަމެކެވެ.
އެވޯޑް ހަމަ އެހާ ފަސޭހައިން ގަނެވޭތަ؟
އެވޯޑް ކަންކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "ވަގުތަށް" ބުނީ ފައިސާ ހުށަހެޅުމުން ކެޓަގަރީގައި ނެތް އެވޯޑް ވެސް، އާ ކެޓަގަރީއެއް ހަދާލައިފައި އެވޯޑް ދޭ ކަމަށެވެ. އޭނާ އެކަން ސިފަކުރީ ފައިސާ ހޯދަން ބަޔަކު ކުޅޭ ބޮޑު ސްކޭމެއްގެ ގޮތުގައެވެ.
"މިސާލަކަށް ބެންގަލޫރު ކަހަލަ ބޮޑެތި ސިޓީތަކުގައި އެވޯޑް ހަފްލާ ނުބާއްވަން ވެގެން އެވޯޑް ލިބޭ މީހުން އެބަ ގެންދޭ ރަށް ފުށުގެ ހިސާބުތަކަށް ވެސް. އޭރުން ހަފްލާ ބާއްވަން ތަން ހިފަން ޖެހޭ އަގު ވެސް ކުޑަ ވާނެތާ. ބައެއް ފަހަރު މުޅި އެވޯޑްގެ ކަންކަން އެބަ ނިންމާލާ 5000 އެއްހާ ޑޮލަރުން. ދެން އެވޯޑް ލިބޭ ގިނަ މީހުންގެ އަތުން ބޮޑު އަދަދުން ފައިސާ ނަގާފަ" އެމީހާ ބުންޏެވެ.
"ވަގުތުން" ބެލިބެލުމުން 1000 ޑޮލަރުން ފެށިގެން 5000 އާ ދެމެދުގެ އަގުތަކެއް ދައްކައިގެން އެވޯޑްތައް ލިބެއެވެ.
Owner Suneetha Ali has bagged Asia's Outstanding Brand Award conferred by Asia Awards proudly presented by RULA Awards#asiaawards #rulaawards #awards
More info :https://t.co/OROW6SbzF6 pic.twitter.com/nvh5lePl7U— Rula Awards (@Rula_Awards) December 7, 2021
އެވޯޑެއް ލިބުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ ބޮޑު ޝަރަފެކެވެ. އެވޯޑް ލިބޭ މީހާގެ ނަޒަރުގައި އެއީ އޭނާގެ މިންނެތް މަސައްކަތް ބަޔަކު ބަލައިގަތުމެވެ. އެއާއެކު އެއީ ކުރިއަށް ދިއުމަށް ލިބޭ އިތުރު ބާރެކެވެ. އޭނާގެ ކެރިއަރު ވެސް އިތުރަށް ކޮޅަށް ޖަހަން ލިބޭ ފުރުސަތެކެވެ. ނަމަވެސް އެވޯޑް ލިބުނަސް އެއީ ފަސް ބައި ކިލަނބުވެފައިވާ މީހެއް ނަމަ މީހުންގެ ރާޑަރުތަކަށް ނާރައި ނުދާނެއެވެ. އެ އެވޯޑުން ތިމާގެ އަގު އިތުރަށް ވެއްޓުން ނޫން ކަމެއް ނުވާނެއެވެ. އެހެން ނޫން ނަމަ ދެން ވެސް މީހުން ބުނާނީ އެއީ ގަތް އެވޯޑެއް ކަމަށެވެ.
ވަރަށް ރަގަޅު ލިއުމެއް. މަވެސް ބޭނުން އެވޯޑެއް ގަންނަން. އެންމެ ބޮޑު ޢިލްމުވެރިޔާގެ އެވޯޑް ވިއްކަނީ ކޮންބައެއް.
ރާއްޖޭގެ ގައުމީ އިނާމާއި ގުޅޭ އާޓިކަލެއް ކިޔާލަން ވަރަށް ބޮޑަށް ބޭނުންވޭ.
ފައިސާއިން ތަޔައްޔަރު ނުވަނީ ކޮއްޗެއް މިގައުމުގައި. ނޫސްތަކުގައި ޖަހާ ހަބަރު ވެސް ފައިސާއިން ކިލަނބު ވެފައި އޮތީ
ތީ ވަރަށް ބޮޑު ތެދެއް ޚަލާފާނު ސުކޫލުން ޕްރިފެކްޓް ވެސް ދެނީ އެ އުސޫލުން
ލާރިދިނީމަ މީހުންގެ އަގުވައްޓަން ހަބަރުލިޔާމީހުންނަކީވެސް އެވޯޑުލިބުން ޙައްޤު ބައެއް
މީ ހަމަ ސަތޭކައިގެ ލިޔުމެއް. މިހާރު މިހެން ވަރަށް ގިނަ މީހުން ފާޑުފާޑުގެ އެވޯޑް ހޯދައިފި. ލާރިދީގެން ހޯދާ އެވޯޑް ހޯދާފައި ތިބި ދިވެހިން މިހާރު ވަރަށް ގިނަ ވެއްޖެ. އަދި ލާރިއަށް އެވޯޑް ވިއްކުންވެސް އޮތީ މެކުހަށްޖަހާފައި.
ނެއް ބުނާނެ އެއްޗެއް
ކަލޭމެން ސުނީ ފަހަތުން އަޅައިގަނެގެން ނެއްޓެން ނޭގިގެން ތިއުޅެނިއްޔޯ. ޢޭނާ އެއީ ވަރަށް ހިތްވަރުގަދަ ވަރަށް ރަގަޅު މީހެއް..ހަސަދަވެރިވާން ވާނީ ވެސް ހިތައްކުޅަދާނަ މިންވަރަށް
މައުމޫނު ނަށީދު ށާހިދު މެންނަ ލިބުނު އެވޯޑުވެސް ގަތީތަ
ސުނީތާ ކާށި ތެޔޮ ހަދައިގެން މާލޭގައި ވިއްކާތީ އައުޓް ސްޓޭންޑިން ބިޒްނަސް ވުމަންގެ އެވޯޑް އަހަރަކު އެއް ފަހަރު ލިބޭ. މަގޭ މަންމަ ހެދިކާ ހަދައިގެން ވިއްކާތާ 30 އަހަރު. ހެދިކާއިން ގޭގެ ހަރަދާ ދަރިންގެ ހަރަދު ބެލެހެއްޓީ. މަގޭ މަންމައަށް އައުޓް ސްޓޭންޑިން ވިމެންގެ އެވޯޑެއް ގަނެގެން ނަމަވެސް މަ ބޭނުން
ތެދެއް ތިކަހަލަ އެވޯޑް ލިބުނު މީހަކު އުޅުނު ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އޮފީހުގަ. އޭނަޔަށް ކުރަން އެނގޭ ކަމެއް ނެތް. ކަމެއް ނުކުކުރާތާ މުޅިއޮފީސް ތެރެ ފިތުނަ އުފައްދާ އަބަދު ފޯނުގަ. އެވޯޑް ތައް އަތުލަން ފެނޭ
މީއިންޑިޔާގެ ބަލާ މިހުރިހާ ތަނަކަށް ދަންޑިބާނާ މިގައުމު ފަސާދަކޮށްފި އެމްޑީޕީ ވުޖޫދުވި ހިސާބުން އެމީހުންނާއި ގުޅިގެން އިންޑިޔާއިން އެމީހުންގެ ކަރެޕްޓު ނާޖާއިޒު ހުރިހާކަމެއް މިގައުމަށް ތައާރަފުކޮށްފި! ޢަންނިގެ ބަލާ މީ!
މި ގައުމުގެ ކުންފުނިތަކުންވެސް ބަޔަކަށް ލާރި ދީގެން އެވޯޑް ގަނޭ ކޮންމެ އަހަރަކު ގޯލްޑް100 އޭ ކިޔާފަ. އެންމެ ބޮޑުކޮށް ސްޕޮންސަރ ދޭ ބަޔަކީ އެފަހަރެއްގެ އެންމެ މޮޅު ކުންފުނި. ހަހަހާ
ކަލާފާނު ސްކޫލު އެކަންޔެއްނޫން ، ހުޅުމާލޭގާ ހުންނަ ބުރައިޓުވޭ އަކީވެސް ޕްރިފެކުޓު ކަމާއި ކެޕުޓަނުންނާއި ދެންވެސް މަޤާމުތައް ބެހުމުގާ ލާރިވެރިންގެ ދަރިންނަށް ޚާއްޞަ ބައެއް.
ވަރަށް ފުރިހަމަލިޔުމެއް ރާއްޖޭގައި ބާއްވާ ފިލްމްފެސްޓިވަލް އެވޯޑަކީވެސް ވަރަށް ނާއިންސާފު އެވޯޑެއް އެއީ އެއިރަކު ޖަޖުކަންކުރާބައެއްގެ ގާތްބަޔަކަށްދޭ އެވޯޑެއް ބެލުންތެރިން ބަލައިނުގަންނަ ފިލްމުތަކަށް ގިނަ ފަހަރު އެވޯޑުދެނީ އަދި ބޮޑެތި މޭކަޕުތައް އެއްފަރާތްކޮއް ފުއްޖަހާމީހާއަށް އެވޯޑުދީފާއެބަހުރި އެއީ ޖަޖުންނާއެކީ ކޮފީތަކަށް ދާމީހުން
ޓޫރިޒަމް ދާއިރާގަ ދޭ އެވޯޑުތަކަކީ ވެސް ގަންނަން ލިބެހުރި އެއްޗެހި، ޑެސްޓިނޭސަން އެވޯޑް، ރޮމޭންޓިކްބީޗް، ފެމެލީ ރިސޯޓު، ބެސްޓް ޓްރެވަލް އެޖެންސީ މިހެންގޮސް ނަން ހުސްކޮއް. ކުރިންވެސް މިކަންހިނގާ އެކަމަކު މިހާ ފުޅާކޮއް މިކަންދާންފެށީ އެކިސަރަހައްދުގަ ގޮފިތައް ހަދައިގެން އެވޯޑް ދޭގޮތައް ހެދިފަހުން. ކޮވިޑާހެދި ރާއްޖެ ބަނދުކޮއްފަ އޮވެފަ ހުޅުވިތާ 3މަސްނުވަނީސް ޖެހިޖެހިގެން ޑެސްޓިނޭސަން އެވޯޑް ރާއްޖެއައް ދެފަހަރުލިބުނު!!! މިއަދު ލިބޭ ގިނައެވޯޑް ބަލައިގަންނަން އުނދަގޫ
ސުނީތާ ކޮންމެ އެއްޗެކޭކިޔަސް، ތި އެވޯޑަކީ ސުނީތާ ލާރިދީފަ ގަތް އެވޯޑެއް. އާކަމެއް ނޫން.
ނަސީބަކުން އަސްލު އެވޯޑް އެމް ޑީ އަކީ މިހާރު އެމްޑީ އެއްނޫން. އެނގިއްޖެދޯ މިބުނީ ކާކުކަން؟؟
ހެހެ! ތިޔަ ބުނީ ރަނގަޅަށް! ސްޓެލްކޯ ކުރީގެ އެމްޑީ މުޢުނީ. އެވޯޑު ފަށެއްގަނެލި ކަމެއްނުކުރެވި.
ގިރިތަކަށް އަރާ ފޭބި މީހުނަށް ވެސް އެވޯޑެއް ގަނެފަވިޔަސް ދޭން ފެނޭ. ޙާދަ ހަވާދެކޭ
ވޯރލްޑް ޓްރެވަލް އެވޯރޑް، ސަޓާ އެވޯރޑް ، ގޯލްޑް 100 މީވެސް މިހެން ހިގާ ކަމެއް. މާކެޓްގެ ތަފާސް ހިސާބު ނުބަލައި ކިހިނެތްބާ އިންޑަސްޓްރީގެ ވަނަ ވަނަ ދޭނީ.؟
ރަށެއްގެ އިންޖީނުގެއާ ފެނަކައިން ހަވާލުވި އިރު ވެސް ، އާންމުން ދިރިއުޅޭ ސަރަހައްދާ ކުޑަތަންކޮޅެއް ދުރުގައި ބޮޑު ބިމެއް އާ އިންޖީނުގެ އެއް އަޅަން ދިފައިވޭ، މިހާރު 5 ވަރަކަށް އަހަރަށްވުރެ ދިގު މުއްދަތެއް ވެދާނެއެވެ، އަދިވެސް ެެެެެެ އެންމެ ގާބުރިއެއް ވެސް ނުބަހައްޓާ އެތާކު. އެހެންވީމަ ހަމަ އެ އެވޯޑް ތައް ހައްގު.
އެމްޑީ ޕީއަށް ވެސް ވަރަށް ގިނަ އެވޯޑް ލިބިއްޖެ ނޫ.. މާގިރި އެވޯޑް. އަލަންގިރި އެވޯޑް. ދެން އޮތީ 2023 ފައިބާ އެވޯޑް
ފަސްބައި ތަޅުވައިގެން ފަސްބައި ކިލަނބުވި ސުނީތާ