"އަޅުގަނޑުގެ އުމުރުން މިހާރު މި ތިރީހަށް އެޅީ. ދުވަހަކު ވެސް އީދެއްގައި މާލެ މިހާ ރީތިކޮށް ދިއްލާލާފައި އޮތް ތަނެއް ނުދެކެން. އަނެއްކާ ތަކުބީރުގެ އަޑު އިވުނީމަ، ގައިން ހިމަ ބިހި ނަގައިގެންދޭ. ހަގީގަތުގައި ވެސް މާލެ އަށް އީދެއް އައި ކަމުގެ އިހްސާސް ކުރެވިއްޖެ." ސަލްމާން މިސްކިތް ސަރަހައްދު ބޭރުން ބޮޑުތަކުރުފާނު މަގުގައި ދުވާރު މަތީގައި އެއް އުމުރެއްގެ ގްރޫޕަކާ އެކު ކޮފީ ބޯން ހުރި ޒުވާން ފިރިހެނަކު ވާހަކަ ފެށިއެވެ.
މާލޭގައި މީގެކުރިން ހަނދާނަށް އަންނަނީ ދައުލަތުގެ އެކިއެކި އިމާރާތްތަކުގައި އާއި އެހެނިހެން ބައެއް އިމާރާތްތައް އެކިއެކި މުނާސަބާއާ ގުޅިގެން ކުލަ ބޮލިތަކުން ދިއްލާލާ ތަނެވެ. މާލޭގެ މަގުތައް ތަކުބީރުގެ އަޑުން ގުގުމާލައި، "އީދު މުބާރިކް" ފަދަ އަރަބި ކަލިމަތައް ދިއްލާލި ތަނެއް ފެނިފައެއް ނުވެއެވެ. އެކަމަކު، މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި ފަހަރު ދެއްކީ މާލޭގެ ރައްޔިތުންނަށް ތަފާތު، ހިތްގައިމު މަންޒަރެކެވެ.
މި އަހަރުގެ އަޟްހާ އީދަށް މާލޭގެ އެކި ހިސާބުތަކުގައި ސްމާޓް ސްޓްރީޓް ލައިޓްތައް ދިއްލާލައި އެ ލައިޓްތަކުން ތަކުބީރުގެ އަޑު އިވޭ ގޮތް ހެދުމަށް މާލެ ސިޓީ ކައުންސިލުން ވަރަށް ކުރީއްސުރެ، ދިޔައީ މަސައްކަތް ކުރަމުންނެވެ. މި ޑިޒައިންތަކަކީ މާލެ ސިޓީ ކައުންސިލުން އަމިއްލަ އަށް ތައްޔާރު ކުރި ޑިޒައިންތަކެކެވެ. ކައުންސިލްގެ އަމާޒަކަށްވީ، ބަޖެޓު ލިބިފައި ހުރި ގޮތަށް ބަލާފައި މި އަހަރު އައި ދެ އީދުގެ ތެރެއިން ކޮންމެވެސް އެއް އީދެއްގައި މާލެ އެކިއެކި ކުލަތަކުން ދިއްލާލުމަށެވެ.
މާލެ ސިޓީ ކައުންސިލުން އެދެނީ މި އަޟްހާ ޢީދަކީ މާލެސިޓީގެ ލޮބުވެތި ރައްޔިތުންނަށް އަދި މާލެ ސިޓީއަށް ޒިޔާރަތް ކުރައްވާ އެންމެހާ ރައްޔިތުންނަށްވެސް އުފާވެރި ޢީދެއްކަމުގައި ވެގެން ދިއުން.#ChaaluMaleCity pic.twitter.com/P38RUwFCWf
— Malé City Council (@MaleCitymv) June 28, 2023
މިފަހަރު އީދު ފާހަގަ ކުރަން ރަށްރަށަށް ނުގޮސް މާލޭގައި "ފޫހިވެފައި" ތިބި މީހުންގެ މޫނުތަކުގެ ކުލަ "އަލިކޮށްދީ" އުފާވެރިކަން ގެނުވައި ދިނީ މިދިޔަ ހޯމަ ދުވަހުގެރޭ ދިއްލާލި ބޮކިތަކުންނެވެ. އަދި ތަކުބީރުގެ އަޑުން މާލޭގެ މަގުމަތި "ގުގުމާލީ" ހައްޖު ދުވަހުގެ މެންދުރުފަހު އިއްވި ހައްޖު ހުތުބާއަށް ފަހުގައެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މިއަދުގެ ނިޔަލަށް ވަކި ގަޑިތަކެއްގައި ތަކުބީރުގެ އަޑު އިވޭ ގޮތް ހަދައިފައެވެ. އެގޮތުން މިއަދު މެންދުރު ފަހު 1:00 އިން ފެށިގެން 3:00 އަށް އަދި ރޭގަނޑު 8:15 އިން 10:00 އަށް ތަކުބީރުގެ އަޑު އިވޭނެއެވެ. އީދު ދުވަހާއި ހައްޖު ދުވަހު ވެސް އެކި ގަޑިތަކުގައި މި އަޑު އިވުނެވެ.
މާލެ ސިޓީ ކައުންސިލްގެ ސްމާޓް ސްޓްރީޓް ލައިޓުތަކުން މިއަދު މެންދުރު ފަހުން ފެށިގެން ވަނީ ތަކުބީރު އިއްވަން ފަށާފަ. pic.twitter.com/2kMtec8VsD
— Malé City Council (@MaleCitymv) June 27, 2023
"ބޭބެމެންގެ އުމުރު މި ހުސްވަނީ އީދެއްގައި މިހާ ރީތި މަންޒަރެއް މާލެ އިން ނުދެކެން. އަނެއްކާ ތަކުބީރުގެ އަޑުން މުޅި މާލެ ތެރެ ގުގުމާލީމަ، ހަގީގަތުގައި ވެސް އިތުރަށް ފުރިހަމަވެއްޖެ. މާލޭގައި މިފަހަރު މި ފާހަގަ ކުރަނީ އިސްލާމީވަންތަ އީދެއް. ދީނުގެ ތަރަހައިގެ ތެރޭގައި ފުރިހަމަ އީދެއް،" އާޓިފިޝަލް ބީޗު ސަރަހައްދުން ޖޯއްޔެއްގައި އިން އުމުރުން ދުވަސްވީ ފިރިހެނަކު ކިޔައި ދިނެވެ.
މާލޭގެ ހިތްގައިމުކަމުގެ ވާހަކަ ދެއްކީ މަގުމަތިން ދިމާވި ދެ މީހުން އެކަންޏެއް ނޫނެވެ. މުޅި މީސް މީޑިއާގައި އޮތީ މާލޭގެ ފުރިހަމަ ކަމުގެ ވާހަކައެވެ. އެންމެން ދައްކަނީ މާލެ ސިޓީ ކައުންސިލުން ކުރި ތައުރީފް ހައްގު މަސައްކަތުގެ ވާހަކައެވެ. އެތައް ބައެއްގެ ޝުކުރު ސިޓީ ކައުންސިލަށް ވަނީ ލިބިފައެވެ.
މާލޭގެ މަގުތަށް ޒީނަތްތެރިކޮށް މާލޭގަ ތިބި ރައްޔިތުންނަށް އީދުގެ އިހްސާސް ގެނައުމަށް ސިޓީ ކައުންސިލުން ތިޔަ ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވަން. ވަރަށް ހިތްގައިމު. އީދު މުބާރަކް ހުރިހާ މުސްލިމުންނަށް. @MaleCitymv 👏👏
— Luayyu Saeed (@Alderban) June 28, 2023
"މާލޭގެ މަގުތައް ޒީނަތްތެރިކޮށް މާލޭގައި ތިބި ރައްޔިތުންނަށް އީދުގެ އިހްސާސް ގެނައުމަށް ސިޓީ ކައުންސިލުން ތިޔަ ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވަން. ވަރަށް ހިތްގައިމު. އީދު މުބާރިކް ހުރިހާ މުސްލިމުންނަށް،" ލުއައްޔު ސައީދު ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓުން ކުރި ޓުވީޓެއްގައިވެއެވެ.
Male' roads has never felt like Eid except for this time. Thanks to @MMuizzu and his team at @MaleCitymv for bringing the Eid vibe.
— Ahmed Salah (@koamas) June 27, 2023
"މިފަހަރު ނޫނީ ނެތް މާލެ މަގުތަކަށް އީދެއްގެ އިހްސާސް އައި ކަމުގެ. މުއިއްޒާއި މާލެ ސިޓީ ކައުންސިލްގެ ޓީމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ މިކަހަލަ ވައިބެއް ގެނެސް ދިނީމަ،" މާލޭގެ ގިނަ ބައެއްގެ ތާއީދާ އެކު، މޭޔަރު ކަމަށް ވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒަށް އިޝާރާތް ކުރައްވައި އަހުމަދު ސަލާހް ނަމުގައި ޓުވިޓާގައި ހުޅުވާފައިވާ އެކައުންޓަކުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
އަޟްހާ އީދަށް މަރުހަބާ ކިއުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމަކަށްވާ އިރުގައި ވެރިރަށް ސިޓީގައި މިކަހަލަ މުހިންމު އިހްތިފާލްތައް ފާހަގަ ކުރެވެން ޖެހޭ ކަމަށެވެ. މުސްލިމުންނަށް އަންނަ އެންމެ މުނާސަބު އީދަކީ އަޟްހާ އީދާއި ފިތުރު އީދު ކަމަށްވާ އިރު، މިއީ އުފާ ފާޅު ކުރުމުގެ މުނާސަބަތެއް ކަމަށް ވިދާޅުވިއެވެ.
"މިއީ އާއިލާތަކާ އެކުގައި ވަގުތު ހޭދަކުރުމަށް އޮންނަ ދެ މުނާސަބަތެއް. އެހެންވީމަ އެހެން މުހިންމު ދުވަސްތައް ކުލަ ބޮކިން ސިޓީ ޒީނަތްތެރި ކުރޭ. ނަމަވެސް އިސްލާމުންނަށް އެންމެ މުހިންމު ދެ މުނާސަބަތުން އެއް މުނާސަބަތުގައި ޒީނަތްތެރި ކުރެވުނު ކަމަކަށް ފާހަގަ ނުކުރެވޭ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އިސްކަން ދޭން ޖެހޭނީ ދެ އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށެވެ. އެހެންވެ، ޒަމާނީ ވިސްނުމެއްގައި ދުނިޔޭގައި އެހެން އިސްލާމީ ގައުމުތަކުގައި މިފަދަ އިސްލާމީ ޝިއާރުތައް ފާޅު ކުރެވޭ ގޮތަށް މާލޭގައި މިކަހަލަ ކަމެއް ކުރަން ނިންމީ މާލެ ސިޓީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސްކޮށްގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މީގެކުރިން "ވަގުތަށް" ވިދާޅުވީ މާލެ ސިޓީ ދިއްލާލައި ތަކުބީރުގެ އަޑުން ގުގުމާލަން ނިންމީ މާލޭގައި އީދެއް ފާހަގަ ކުރާ ކަން އިހްސާސްކޮށް ދިނުމާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އީދުގެ އުފާވެރި ކަން ގެނެސް ދިނުމަށް ކަމަށެވެ.
މާލެ ތެރެ ޒީނަތްތެރިކުރުމުގެ ގޮތުން ލައިޓްތައް އެންމެ ގިނަ އިން ހަރުކޮށްފައި ހުރީ މާލޭގެ ރިންގް ރޯޑް މަގުގައި ނުވަތަ ބޮޑުތަކުރުފާނު މަގުގައެވެ. ރިންގްރޯޑްގެ އިތުރުން މަޖީދީ މަގާއި ޖުމްހޫރީ މައިދާން ފަދަ ތަންތަނުގައި ލައިޓް ހަރުކޮށްފައިވެއެވެ. މި ލައިޓްތަކުގެ އިތުރުން މަގު ހުރަސްކޮށް، "ގިޑިގެ" ގޮތަށް ލައިޓްތަކެއް ވެސް ހަރުކޮށްފައިވެއެވެ.
ގިނަ ބަޔަކަށް އިއްތިފާގުވެވުނު ކަމެއް އެބައޮތެވެ؛ އެއީ މީގެކުރީ އީދުތަކާ ހިލާފަށް މިފަހަރުގެ އަޟްހާ އީދު މާލޭގައި މާ "ކުލަގަދަ" ކަމެވެ. އެކަން އެނގެނީ ގިޑިގެތަކާއި ތަންތަން ބަލާލަން ނުކުންނަ މީހުންގެ އަދަދުންނެވެ. މިއީ ހަމަ ޔަގީނުން ވެސް މާލޭގައި ތިބި ދިވެހިން ހަނދާނުން ފޮހެލާނެ ވަރުގެ އީދެއް ނޫނެވެ.
މިފަދަ ކަންތައްތަކުން އެގެންވީ، އެގެނީ، ދަސްކުރަންވީ، ތަޖުރިބާާހުރި އިޙްލާސްތެރީން ؟ ޒިންމާދާރު މަގާމުތަކަށް އައްޔަން ކުރުމަކީ ކޮންމެހެން ބޭނުންވާ، މުޙިންމު ކަމެއްކަން ؟
މިއީލޮބުވެތި ޔައްޔިތުން ދަސްކޮށް، ބަލައިގަންނަން
ވީ، ވަރަށް މުޙިންމު ކަމެއް،
މުއިއްޒް ވަރެއް ހަމަ ނެތް.
ޑޜ.މުއިޒް އަށް ވޯޓް ދެވުނީތީ އަހަރެން ވަރަށް ފަހުރުވެރިވަން. މިވަރެއް ނެތް.
ވަރަށް ދުވަސްވެއްޖެ އަހަރެން މާލޭގަ އުޅޭތާ. ޝީފާ އަށް ނުވާ އެތައް ކަމެއް މުއިޒް މިހާރު ކޮށްފި. މިކަން މާލެ ރައްޔިތުން ގަބޫލްކުރޭ.
ޝިފާ ޒަމާނުގައި އަހަރެމެންކުރާ މަސައްކަތަށް ރުފިޔާ ލިބޭ މިހާރު ބިލުތައް ލައިގެން އުޅޭތާ 11 މަސްވެއްޖެ މިތިބެނީ މުވައްޒަފުންނަށް މުސާރަ ނުދެވިފަ ގުޅީމަ.ދިޔާމަ ބުނަނީ ރުފިޔާ ނެތޭ ލިބުނީމަ ދޭނަމޭ މިވެސް ހިންގުންތެރިކަން ދޯ މިވަރެއްހަމަ ނެތްދޯ
މާލެ ސިޓީއިން ޕީޕީއެމްއިން ވަރަށް ބޮޑު މެޖޯރިޓީއެއް ނަގާނެ. ސަބަބަކީ ސިޓީ ކައުންސިލް ހިންގާލާފަ އުޅުން. އަޅުގަނޑުގެ އާއިލާވެސް އަޅާނެ. އެވެސް 13 ވޯޓް.
މާލެ ތާރީހު ދުއް އެއްމެ ހިންގުންތެރި މޭޔަރަކީ މުއިޒް. ޝައްކެއް ނެތް.
މިހާރު އަޅުގަނޑުމެންނަށް އީދު އެބަ އިހުސާސްވޭ ޝުކުރިއްޔާ ސިޓީ ކައުންސިލް ތި ކޮށްދެއްވާ ކަންކަމަށް
ރާއްޖޭގެ 2ވަނައަށް އެންމެ އާބާދީ ބޮޑު ރަށް އައްޑޫ ސިޓީ ކައުންސިލަރުންނަށް ރައްޔިތުން ހޮވީ ގްރޭޑް 7ގެ ފެންވަރުގެ ބޭފުޅުން. އެހެންވެ ،އެއްވެސް ކަހަލަ ކްރިއޭޓިވް ކަމެއް އަތޮޅުން ނުފެންނަނީ.
ކޮންމެހެންވެސް ޔާމިނޭ ކިޔަންޖެހޭތަ. ކަލޭމެން ތިތިބެނީ ބުއްދިފަސްވެފައޭ.
ހަމަބިމަށް ފައިބާފަ މަންޒަރު ބަލާލަބަލަ. ބަލަގަ ކަލޭމެންނަކީވެސް
ހަމައެހެން އިންސާނުންފަދައިން އިވުމާއި ފެނުމާއި ވިސްނުމުގެ ނިޢުމަތް މާތްﷲ ދެއްވި ކަރާމާތްތެރި އާދަމުގެ ދަރިންނެވެ. ލޯ ފޮހެލާފަ ބަލާލީމަ ހަމަމަންޒަރު ފެންނާނެ.
ސްޓެލްކޯއިން އެހުރީ ސަލްމާނު މިސްކިތުގެ އުތުރުން އޮތްސަރަހައްދުގަ ހުރި ސަބުސްޓޭޝަންއެއްގެ މަތީ އިލެކްޓްރޯނިކް އިޝްތިހާރު ބޯޑެއް ބަހައްޓާފަ. އެބޯޑުގަ އެކިފަރާތްތަކުން
އިޝްތިހާރު ކުރީމަ ކުންފުންޏަށް ފައިދާ ލިބޭނެ. އެކަމަކު އެސްކިރޭނު
ސަލްމާނު މިސްކިތުގަ ނަމާދަށް ތިބޭ މީހުންނަށް ނުފެންނާނެ ގޮތަކަށް ބަހައްޓާލާކަށް ނެގުނުދޯ! މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ!
ވަރަށް ވެސް ފުރިހަމަ މި އެނގެނީ މޭޔަރު މެންގެ ތަފާތު ހިންގުންތެރިކަން ރައްޔިތުންގެ އިހުސާސް ދަންނަ ބޭފުޅެއްކަން
ޑރ. މުއިއްޒު އަށާއި، ޓީމަށް ޝުކުރިއްޔާ. މޭޔަރ އާއި ހަވާލު ކުރައްވާކޮންމެ ޒިންމާއެއް ވ ފުރިހަމައަށް އަދާކުރައްވާ. ރ. ޔާމިންގެ ހިތްވަރުން ފަންފަރު ނެރެ މުއިއްޒު ކުރިއަށް.
ވަގުތު ނޫސް މިޚަބަރުރައް ކަވަރު ކުރާތީ އާއާދައިގެރައްޔެއްގެ ހައިސިއްޔަތުން ޝުކުރިއްޔާ.
ކޮންމެހެންވެސް ޔާމިނޭ ކިޔަންޖެހޭތަ. ކަލޭމެން ތިތިބެނީ ބުއްދިފަސްވެފައޭ.
ހަމަބިމަށް ފައިބާފަ މަންޒަރު ބަލާލަބަލަ. ބަލަގަ ކަލޭމެންނަކީވެސް
ހަމައެހެން އިންސާނުންފަދައިން އިވުމާއި ފެނުމާއި ވިސްނުމުގެ ނިޢުމަތް މާތްﷲ ދެއްވި ކަރާމާތްތެރި އާދަމުގެ ދަރިންނެވެ. ލޯ ފޮހެލާފަ ބަލާލީމަ ހަމަމަންޒަރު ފެންނާނެ.
ސްޓެލްކޯއިން އެހުރީ ސަލްމާނު މިސްކިތުގެ އުތުރުން އޮތްސަރަހައްދުގަ ހުރި ސަބުސްޓޭޝަންއެއްގެ މަތީ އިލެކްޓްރޯނިކް އިޝްތިހާރު ބޯޑެއް ބަހައްޓާފަ. އެބޯޑުގަ އެކިފަރާތްތަކުން
އިޝްތިހާރު ކުރީމަ ކުންފުންޏަށް ފައިދާ ލިބޭނެ. އެކަމަކު އެސްކިރޭނު
ސަލްމާނު މިސްކިތުގަ ނަމާދަށް ތިބޭ މީހުންނަށް ނުފެންނާނެ ގޮތަކަށް ބަހައްޓާލާކަށް ނެގުނުދޯ! މެކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ!
މިކަހަލަ ހިންގުންތެރި މޭޔަރެއް އައްޑޫއަށްވެސް ލިބޭނަމަ ދޯ؟ ކިހާ ރަނގަޅުވާނެ
ހުޅުމާލެ ރައްޔިތުން މިހާރު ބޭނުންވަނީ އެޗްޑީސީ އަތުން ހުޅުމާލެ ނަގާފަ ސިޓީ ކައުންސިލާ ހަވާލުކުރަން. އީދަށް އެއްވެސް ކަމެއް ކޮށްނުލެވުނު.
ވިލިމާލެ މާލެ ތަފާތު ނުކޮށް ހަމަ ރަނގަޅަށްވެސް ޗާލުކޮށްފި. ވަރަށް ހިތްގައުމު. އަދި އެއްމެ ސަޅީ ތަކްބީރުގެ އަޑު ގުގުމާލީމަ. ޝުކުރިއްޔާ ކައުންސިލް. މަރުހަބާ މާލެ ސިޓީ ރައްޔިތުން.
ވިލިމާލެ މާލެ ތަފާތު ނުކޮށް ހަމަ ރަނގަޅަށްވެސް ޗާލުކޮށްފި. ވަރަށް ހިތްގައުމު. އަދި އެއްމެ ސަޅީ ތަކްބީރުގެ އަޑު ގުގުމާލީމަ. ޝުކުރިއްޔާ ކައުންސިލް. މަރުހަބާ މާލެ ސިޓީ ރައްޔިތުން.
އިސްލާމީ ގައުމެއްގަ މިކަހަލަ އިސްލާމުނަށް އަންނަ އީދުތައް ކުލަ ގަދަކޮށް ހާސަ ސަމާލުކަމެއް ދީގެން ކުރަން ޖެހޭ. މިއީ ވަރަށް ވެސް ރަނގަޅުކަމެއް. ހެޔޮ ރަހުމަތް ލައްވާށި.
ދެންވެސް ވޯޓް އަޅާއިރު މިކަހަލަ ހިންގުތެރި ރައްޔިތުން އުފާކޮށްދޭ މީހުންނަށް ވޯޓް ލާތި މާލޭ ރައްޔިތުންނޭ. އޭރަށް ގައިމުވެސް ރިގްރެޓް ކުރާކަށް ނުޖެހޭނެ.
މިއަދު އަޅުގަނޑު ވަރަށް އުފާވޭ އަޅުގަނޑަށް ރަގަނޅު ބަދަލަކަށް ވޯޓް ދެވުނީމަ މުއިޒް ވަރެއް ހަމަ ނެތް
ވަރަށް ހިއްގައިމު ވަރަށް ފުރިހަމަ ސާބަހޭ މޭޔަރު
ކޮބާ ފެނޭތަ މުއިޒް މެންގެ ތަފާތު މާލެ އެއްކޮށް ބަދަލު ކޮށްލައިފި އީދަށް ހަމަ ހަބޭސް
ޕީ.ޕީ.އެމް ކޮންމެ މެންބަރެއް ވެސް ތަފާތު ވާނެތް ހޮވަންވީ ރައީސް ޔާމިނާ ރައީސް ޔާމީން ޓީމް.
އައްޑޫ އަށް އަހަރުމެންނަށް ހޮވިފަ މިހުރީ ކޮންކަހަލަ މޭޔަރެއްތަ؟ ލަދުން ބޯހަލާކު މިހާރު. އީދެއް އޮތް ހެނެއްވެސް ހީނުވޭ.
މީގެ ކުރިން މިކަހަލަ މަންޒަރެއް ނުފެނޭ މާޝާﷲ ވަރަށްވެސް ފުރިހަމަ
ބަކަރި ކަތިލައިފި. މާލެ ދިއްލާލައިފި، އިސްލާމީ ވަންތައްކަން ގެނެސްދީފި. ބަކަރި ބަހައިފި.ދީނީ އެކި އެކި މެސެޖް ފެންނަހެން ލިޔެފި. އާސަހާރާގަ އެކި އެކި ދުޢާތައް ހަރުކޮފި. ގުރުއާން މުބާރާތާ މަދަހަ މުބާރާތް ބާއްވައިފި. މާޝާﷲ މުއިޒް
އަހަންނަކީ މުއިޒް އަށް ވޯޓް ދިން އަދި ތާއިދު ކުރި މީހެއް ނޫން. އެކަމަކު މިއަދު ގަބޫލްކުރަން މިއީ ހިންގުންތެރި ކަން ކުރެވޭނެ މީހެއްކަން. މާލެ ސިޓީއަށް ނޫނީ ވެރިކަމަށް ކުރިމަތިލައިފި ކަމުގައިވާނަމަ މަގޭ ވޯޓް މުއިޒް އަށް ޔަގީން.
މުއްޒްއަށް މީހުން ތައުރީފްކުރަން ހައްގު. އެހެންޔާ ކުޑައިރުގެ ހަދާންތައް މި އާކޮށްދިނީ. ތޭންކްސް
މުއްޒްއަށް މީހުން ތައުރީފްކުރަން ހައްގު. އެހެންޔާ ކުޑައިރުގެ ހަދާންތައް މި އާކޮށްދިނީ. ތޭންކްސް
މިހާރު ރައްޔިތުންނަށް އިންގުންވެލައިފި މީ އީދެއްކަން ޝުކުރިއްޔާ މުއިޒް
މާލޭ ރައްޔިތުން ނެގި އެއްމެ ރަނގަޅު ޑިޒިޝަނަކީ މޭޔަރުކަމަށް އެމްޑީޕީއަށް ނޫނެކޭ ބުނެ މުއިއްޒް ހޮވުން. އޭގެ ފޮނި މީރުކަން މިލެބެނީ.
އަޅުގަނޑު ހަމަ މި ހުނަނީ ހައިރާންވެފަ މުއިޒްގެ ހިންގުންތެރިކަން ފެނިފައި މީ މި ގައުމަށް ބޭނުންވާ ލީޑަރުންނަކީ
ޝުކުރިއްޔާ ޑރ. މުއިޒް ސަބަހޭ
މި ވަރުގެ ސިޓީ ކައުންސިލެއް އަދި ނާދޭ ރައްޔިތުން ވޯޓް އަޅާއިރު ވިސްނަންވީ މި ކަހަލަ ވެރީންނަށް
މީހުން އެންމެ ގިނައިން ކޮމެންޓް ކުރާ މިހާރު ނޫހުގައި މިމުނާސަބަތު މާލޭގައި ހިނގިކަމުގެ އެއްވެސް ވާހަކައެއް ލިޔެފައިނެތް. ސަބަބެއް އޮންނާނެ އެހާ ފޫހި ގޮތެއްގައި މާމެއަށް ނިސްބަތްވާ ކަބަރެއް ނުޖެހުމުގައި.
އީދެއް އައިކަން އަދިކިރިޔާ އެތައް އަހަރުތަކަކަށް ފަހު އިހްސާސް މިވީ. އުފާވެރި މަންޒަރެއް.
މިހާ ދުވަސްވީއިރު ޢީދަކަށް މިހާ މާލެ ޒީނަތްތެރި ކުރި ހަދާނެއް ނުވޭ. އަދި އަލަަށް މިހާ ޒީނަތްތެރި ކުރި ހަދާން މިވީ. އިސްލާމީ ވަންތަކަން ގެނެސްދީފި.
މިދިޔަ އަހަރު އަޅުގަނޑު ތުރުކީއަށް ދިޔައިން ޢިދަށް. ތުރުކީގަވެސް ޢީދާ ދިމާކޮށް ހުރީ މިކަހަލަ އިސްލާމީ ވަންތަ ގޮތަކަށް މަގުތައް އިމާރާތްތައް ޒީނަތްތެރި ކޮށްފަ. އޭގެ ފީލްއެއް މިއަދު އަންނަނީ.
އީދަށް މާލެއިން ބޭރަށް ނުދެވުނަސް މަގުމައްޗަށް ނުކުމެވުމުން މިފަހަރު ޢިދެއް އައިއްސިކަން އެގިއްޖެ. ވަރަށް ފުރިހަމަ.
މާލެ ޒީނަންތެރިކޮށް ޗާލުކުރުމަކީ އެއްވެސް އިރެއްގަ މާލެ ސިޓީ ކައުންސިލަށް ވި ކަމެއް ނޫން. ނަމަވެސް މުއިޒް ހަވާލުވެ އެކަން ބަދަލްކޮށްލައިފި. މާލޭ ބޭރުމަގަށް ބެލިޔަސް މިކަމަށް ހެކި ދޭ.
ޔާމީން އަބްދުލް ގައްޔޫމްގެ ކެބިނެޓްގަވެސް އެއްމެ ހިންގާލާފަ އުޅުނު މިނިސްޓަރަކީ ޑޜ.މުއިޒް. މިއަދުވެސް އެކަން ސާބިތުކޮށްދެމުން މިދަނީ. އެވެސް ސަރުކާރުގެ އެއްވެސް ބެކިންއެއް ނެތި.
އަޅުގަނޑުގެ ދަރިން ތިބީ ވަރަށް އުފަލުން މިފަހަރު އީދަށް މަގުތައް ރީތިކަމުން. ވަރަށް އެކްސައިޓްވެފަ ތިބީ.
ދެންވެސް ބަޔަކު މީހުން ބުނާނެ މުއިޒް ހޮވައިގެން މާލެއަށް ކަމެއް ނުވާނެޔޭ. ފެނޭތަ؟ ހިންގާލާވަރު
ޗާލު މާލޭ މާލެ ޗާލު. ސާބަހޭ ޕީޕީއެމްގެ ހިންގުންތެރި ކައުންސިލް. ސާބަހޭ މާލޭ މޭޔަރ މުއިޒް.
އަޅުގަނޑުގެ ދަރިން ހަގީގަތުގަވެސް ވަރަށް އުފަލުން ތިބީ. އަޅުގަނޑުވެސް. ޝުކުރިއްޔާ ވަރަށް ބޮޑަށް.
ވަރަށް އުފާވެރި އަސްލުވެސް. ތަކްބީރުގެ އަޑު އިވުމުން އަދި މާ އުފާވި.
އަދި އަލަށް މިކަހަލަ ކަމެއް މާލެއިން މިފެނުނީ. ދެން ފެނުނީ މިނިވަން 50 ގަ.
އިސްލާމަކަށް ވީތީ އަދި މިކަހަލަ ގައުމެއްގަ އިސްލާމީ ގޮތަކަށް ޢީދު ފާހަގަ ކުރީމަށް ވަރަށް އުފާވެއްޖެ. ޝުކުރިއްޔާ މޭޔަރ.
ހަގީގަތަށް ބުނަންޔާ އަޅުގަނޑު ހުރީ ވަރަށް ބޮޑަށް އާޝޯހްވެފަ މިހާ ރީތި ވީމަ. ހަމަ އެހާވެސް ރީތި. އަދި ބޭރު މަގުން ހަސްބެންޑް އާ އެކީ ދުއްވާލަން ދިޔާމަ އެހާ ހިތްހަމަ ޖެހުނު.
ތާރީހް ލިޔެވިގެން ދާނެ އަލަށް ފުރަތަމަ ފަހަރަށް ޢީދަކަށް މާލެ ޒީނަތްތެރި ކުރި މީހަކަށް މުއިޒް. ފަހުރުވެރިވަން އެމަނިކުފާނަށް ވޯޓް ދެވުނީތީ.
ސިޔާސީ ވިސްނުން އެއްފަރާތްކޮށްފަ އަބަދުވެސް ކަންކަން ކޮށްދެވޭނެ މީހުން ހޮވާބަ. ޑޜ މުއިޒް އަކީ މިކަހަލަ ލާމަސީލު މިސާލެއް.
މުއިޒް އަކީ މަ ދެކުނު އެއްމެ ހިންގާލާ މީހާ. ވައުދުތައް ފުއްދާ މީހެއް. އަދިވެސް ހަދާންވޭ މާލެ ޗާލުކުރަން ވައުދުވި ކަން. އެކަން ކޮށްފި އެބަ ކުރޭ.
ހިންގައިމު ވަރަށް. ވަރަށް އިސްލާމީ ވަންތަ. މާޝާﷲ
ދަރުކާރުން ކުރާ ޖެއްސުމަށް ބެލުމެއްނެތި މުއިޒް ވަރަށް ކަންކަން ކޮށްފި. މުއިޒް ގެ އެބަހުރި ގައުމު ހިންގުމުގެ ކުއަލިޓީ.
މިފަދަ ކަންތައްތަކުން އެގެންވީ، އެގެނީ، ދަސްކުރަންވީ، ތަޖުރިބާާހުރި އިޙްލާސްތެރީން ؟ ޒިންމާދާރު މަގާމުތަކަށް އައްޔަން ކުރުމަކީ ކޮންމެހެން ބޭނުންވާ، މުޙިންމު ކަމެއްކަން ؟
މިއީލޮބުވެތި ރައްޔިތުން ދަސްކޮށް، ބަލައިގަންނަން
ވީ، ވަރަށް މުހިންމު ކަމެއް، ހިތުންދަސްކޮށްލާފަ
ބަހައްޓަންވީ ފިލާވަޅެއް
މާލޭގަ އުޅޭތާ 24 އަހަރު ވެއްޖެ. ނުދެކެން ދުވަހަކުވެސް ޢީދަށް މާލޭ ރީތިކޮށް ދިއްލި ތަނެއް. މުއިޒް އެކަން ކޮށްފި. ސިޓީ ކައުންސިލުން އެކަން ކޮށްފި. ފައްފަށުން ޝުކުރިއްޔާ.
ކުރިން ކައުންސިލް އޮތީ ކްރިސްޓިއަނުންގެ ބާރުގެ ދަށުގަ ނަމަ މިކަހަލަ މުސްލިމް އީދު އަންނާނެތަ؟
މުއިއްޒް ރަނގަޅު ވާނެ ރައީސް ކަމަށް.
މިނިވަން 50 ގެ އިހްސާސް އައީ މި މަންޒަރު ފެނި. ވަރަށް ފައްކާ
ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް މުއިއްްޒް ވަރެއް ހަމަ ނެތް. އެކަން މިއޮތީ ފެންނަން. އަލަށް މިކަހަލަ ކަމެއް މިކުރީ
އިސްލާމީ ގައުމެއްގަ އިސްލާމީ އީދެއް މިހާ ކުލަގަދަކޮށް ފާހަގަ ކޮށްދިނީތީ ކައުންސިލްއއށް އަދި މޭޔަރަށް ޝުކުރިއްޔާ
ވަރަށް ކަމުގޮށްސި. އަޅުގަނޑުގެ އަންހެން ދަރި ހުރީ ނިކަން އުފަލުން
އިންޝާﷲ މުއިއްޒުގެ ވެރިކަމެއްގައި އަދާލަތުގެ ބައި ކުޅޭނީ ސަލަފުން. ހޯމްމިނިސްޓަރަކަށް ހުންނާނީ ސަލަފުގެ ޝޭޙެއް.
ރ ޔާމީނުގެ ދުރުވިސްނުމާ ތަރަށްގީ މުއިއްޒުގައިގަ އެބަހުރި ދުއާއަކީ ރ ޔާމީންމިނިވަންވެ ޗޯރު މިގައުމުގެ ބޮޑު ޖަލުގަ ތާއަބަދު ބެހެއްޓުން މުއިއްޒުއަށް އަށްސަރިބަހާ ސާބަސް ރަށްޔަތުންގެ ފަރާތުން އަރުވަން ޕީޕީ އެމަށް ފާގަތި ދުވަސްތަކަކަށް އެދެން.
ހާދަ ރީއްޗޭ. މިކަހަލަ ކަމެއް މާލޭގައި ކޮށްފާނެ ކަމަކަށް ހިތަކަށް ވެސް ނާރަ. މިފަހަރު މިހިރީ ރަނގަޅު މީހެއް ހޮވިފައި.
ދައުރެއް ނިމޭއިރު 1 އަހަރު ބޯޑެއްހަރުކޮއް ބޮކިދިއްލުނި
ކީވެބާ ބާކީ ދިޔަ އަހަރުތަކުގަ ތިކަން ނުކުރި ކިހާވަރެއް ހަރަދުކުރިބާ ތިކަމައް
5 ދުވަހަށް ކޮށްލި ޚަރަދު ކިހާވަރެއްތޯ؟ އަދިވެސް އެ އިންދި ރުއް ރޯނުވެ. މުއިއްޒުގެ ސަޕޯރޓަރުންނަކީ ވަރަށް ކުލަބޮތްކަށް ލޯބި ކުރާ ބަޔެއްދޯ؟
އެއްވެސް ރީއްޗެއް ނޫން