ލ.ކުނަހަންދޫގައި މިހާރު ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގެ ފިރިހެން ޑިވިޝަން ފައިނަލުގެ ފުރަތަމަ ޖާގަ ސޮނީހާޑުވެއާ ކްރިކެޓް ޓީމުން ކަށަވަރުކޮށްފިއެވެ.

ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ހަވީރު ބަންގްލާ ބެސްޓް ސިކްސް ޓީމާއި ސޮނީހާޑުވެއާ ޓީމުން ބައްދަލު ކުރި މެޗުގައި ޓޮސް ދިމާވެގެން ބަނގްލާ ބެސްޓް ސިކްސް ޓީމުން ގަސްތުކުރީ ކުޅެން އަރާށެވެ. ބަންގްލާ ބެސްޓް ސިކްސް ޓީމުން ކުޅެންއަރާ 9 އޯވަރުގެ ތެރޭގައި 1 ބޯޅައިން ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 62 ލަނޑެވެ.

 

ލޮޓަސް ކްރިކެޓް ކާނިވަލް ފޮޓޯ: މުހައްމަދު އަޒީލް

ބަނގްލާ ބެސްޓް ސިކްސް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެ ޓީމަށް 14 ލަނޑު ހެދި ހާރޫން މުހައްމަދު އެވެ. ސޮނީހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް އުކީ 11 ލަނޑަށް 3 ވިކެޓް ނެގި މިސްބާހު އަހުމަދު އެވެ.

ޖަވާބުގައި ސޮނީހާޑުވެއާ ޓީމުން ކުޅެންއަރާ 8 އޯވަރުގެ ތެރޭގައި 2 ބޯޅަ އިން 65 ލަނޑު ހަދާ މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރު ކުރިއެވެ. ސޮނީހާޑުވެއާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި ލޫތު އަބޫބަކުރު އާއި މުހައްމަދު ރިވާން އެވެ. ބަނގްލާ ބެސްޓް ސިކްސް ޓީމުން އެންމެ ރަނގަޅަށް އުކީ 23 ލަނޑަށް 2 ވިކެޓު ނެގި ހާރޫން މުހައްމަދު އެވެ.

ލޮޓަސް އާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވެސް ގެ އެހީ ތެރިކަމާއި އެކު މިހާރު ލ.ކުނަހަންދޫގައި ކުރިއަށްދާ ލޮޓަސް ކްރިކެޓް ކާނިވަލްގައި މިއަދު ކުޅުނު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސޮނީހާޑުވެއާ ޓީމުގެ މުހައްމަދު ރިޝްވާން އެވެ. މޮޅު ކުޅުންތެރިޔާ އަށް އިނާމު ހުށައަޅާފައިވަނީ ނާދިޔާ އަބްދުލް ގަފޫރު އެވެ.

 

ލޮޓަސް ކްރިކެޓް ކާނިވަލް ފޮޓޯ: މުހައްމަދު އަޒީލް

ފައިނަލްގައި ސޮނީހާޑުވެއާ ޓީމާއި ވާދަކުރަންޖެހޭ ޓީމެއް އެނގިގެން ދާނީ މާދަމާ ކުޅުމަށް ހަމަޖެހިފައިވާ ކުނަހަންދޫ ސްކޫލް ކްރިކެޓް ޓީމާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޓީމާއި ކުޅެވޭ މެޗައް ފަހުއެވެ. މާދަމާގެ މެޗުވެސް ކުޅޭނީ ހަވީރު 4:30 ގައި ކުނަހަންދޫ ކްރިކެޓް ދަނޑުގައެވެ.

މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު