އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި މަސްއޮޑި ޓައިޓަންސް އަދި ކުޑަހެންވޭރު ޔުނައިޓެޑް ވާދަކުރި މެޗު ގަދަހިފުމުން މަސްއޮޑި ޓައިޓަންސްގެ މައްޗަށް ކުރިހޯދާ ކުޑަހެންވޭރު ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭގައި އޮތް މަސްއޮޑި ޓައިޓަންސް ގެ މައްޗަށް ކުޑަހެންވޭރު ޔުނައިޓެޑް އިން ވަނީ ކުރި ހޯދާފައިވެއެވެ. މި ގޭމުގައި ރޭވުންތެރިކަމާއި އެކު އެތެރޭގައި އޮތް މަސްއޮޑި ޓައިޓަންސް ގެ މަށްޗަށް ކުރި ހޯދުމަށް ކުޑަހެންވޭރު ޔުނައިޓެޑް އިން ވަނީ ބޭރުންއަރާ މޮޅު ކުޅުމެއް ދައްކާފައެވެ. މި ގޭމު ނިމެން 2 މިނެޓު އިންދާ ކުޑަހެންވޭރުން ވަނީ އެ ޓީމު ކޮޅަށް ގޭމު އަނބުރާލާފައެވެ. މި ގޭމު ކުޑަހެންވޭރު ޔުނައިޓެޑް އިން ކާމިޔާބުކޮށްފައިވަނީ 5-10 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ކުޑަހެންވޭރު ޔުނައިޓެޑް އަދި މަސްއޮޑި ޓައިޓަން ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި މަސްއޮޑި ޓައިޓަންސް އިން ބޭރުންއަރާ އެތެރޭގައި އޮތް ކުޑަހެންވޭރުގެ މައްޗަށް ކުރި ހޯދިއެވެ. މި އާއި އެކު މި މެޗުގައި ކޮޅަކަށް ގޭމެއް ލިބި މެޗުގެ ނަތީޖާ ނެރެން ގަދަ ހިފުމަކަށް ދާން ޖެހުނެވެ. މި ގޭމު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް މަސްއޮޑި ޓައިޓަންސް އިން ވަނީ އެ ޓީމުގެ ކޮޅަށް ގޭމު އަނބުރާލާފައެވެ. މި ގޭމު މަސްއޮޑި ޓައިޓަންސް އިން ކާމިޔާބުކޮށްފައި ވަނީ 5-6 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ނަތީޖާ ނެރުމަށް ހިފި ގަދަ ހިފުމުގައި ފުރަތަމަ މަސްއޮޑި ޓައިޓަސް ގެ ކުޅުންތެރިޔާ އޮތީ އެތެރޭގައެވެ. ކުޑަހެންވޭރު ޔުނައިޓެޑް ގެ ކުޅުންތެރިޔާ އެރީ ބޭރުންނެވެ. މި ހިފުމުގައި 5 ސިކުންތުތެރޭގައި ބޭރުންއެރި ކުޑަހެންވޭރު ޔުނައިޓެޑްގެ ކުޅުންތެރިޔާވަނީ އެތެރޭގައި އޮތް މަސްއޮޑި ޓައިޓަންސް ކުޅުންތެރިޔާގެ ގައިގައި އަތްލާފައި ނިކުމެފައެވެ. ދެވަނަ ގޭމުގައި މަސްއޮޑި ޓައިޓަންސް ބޭރުން އަރާ 6 ސިކުންތު ތެރޭގައި އެތެރޭގައި އޮތް ކުޑަހެންވޭރުގެ ކުޅުންތެރިޔާ ގައިގައި އަތްލާފައި ނިކުތެވެ.

ގަދަ ހިފުމުގައި ކޮޅަކަށް ހިފުމެއް ލިބުމުން މެޗުގެ ނަތީޖާ ނެރުމަށް ފަހު ހިފުމަކަށް ދިޔައެވެ. މި ހިފުމުގައި ގުރު ލިބިގެން ކުޑަހެންވޭރު ޔުނައިޓެޑްގެ ކުޅުންތެރިޔާ އެރީ ބޭރުންނެވެ. ގަދަހިފުމުގެ 15 ސިކުންތު ހަމަވުމުގެ ކުރިން ބޭރުންއެރި ކުޑަހެންވޭރު ޔުނައިޓެޑް ގެ ކުޅުންތެރިޔާ އެތެރޭގައި އޮތް މަސްއޮޑި ޓައިޓަންސް ގެ ކުޅުންތެރިޔާ ގައިގައި އަތްލާފައި ނިކުތެވެ. އެހެންކަމުން މި މެޗު ކުޑަހެންވޭރު ޔުނައިޓެޑް އިން ވަނީ މި މެޗު ކާމިޔާބުކޮށްފައެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގައި ކުޑަހެންވޭރު ޔުނައިޓެޑް އަދި މަސްއޮޑި ޓައިޓަންސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ޔުނައިޓެޑްގެ ފައިސަލް ހަލީލް އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ކުޑަހެންވޭރު ޔުނައިޓެޑް : ފައިސަލް ހަލީލް :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

 

ކިޔުންތެރިންގެ ހިޔާލު