އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި ކުޑަހެންވޭރު ލަޔަންސް އަދި ޓީސީ ގޯޅި ވާދަކުރި މެޗު ސީދާ ދެ ގޭމުން ޓީސީ ގޯޅި ކާމިޔާބު ކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ބޭރުން ކުޅުނު ޓީސީ ގޯޅި ވަނީ ފަސޭހަ ކަމާއިއެކު ކުޑަހެންވޭރު ލަޔަންސް ކައިރިން މޮޅުވެފައެވެ. މި ގޭމުގައި އެތެރޭން ކުޅުނު ކުޑަހެންވޭރު ލަޔަންސްއަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބޭރުން ރޭވުންތެރިކަމާއިއެކު ކުޅެމުންދިޔަ ޓީސީ ގޯޅިން ވަނީ ގޭމު އެ ޓީމުގެ ކޮޅަށް އަނބުރާލާފައެވެ. މި ގޭމު ނިމެން 3 މިނެޓު ވެފައި ވަނިކޮށް އެލްޓީ ޓީސީ ގޯޅިން ވަނީ ކުޑަހެންވޭރު ލަޔަންސްގެ މައްޗަށް ކުރި ހޯދާފައެވެ. މި ގޭމު ޓީސީ ގޯޅިން ކާމިޔާބުކޮށްފައިވަނީ 5-6 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ކުޑަ ހެންވޭރު ލަޔަންސް އަދި ޓީސީ ގޯޅި ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ވެސް ކުޑަހެންވޭރު ލަޔަންސް އަށް ޓީސީ ގޯޅި ކައިރިން މޮޅުވެވޭ ގޮތެއް ނުވިއެވެ. މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ މި ގޭމުގައި އެތެރެއިން ކުޅެމުންދިޔަ ޓީސީ ގޯޅި ކުރީގައި އޮވެގެންނެވެ. ބޭރުން ކުޅެމުންދިޔަ ކުޑަހެންވޭރު ލަޔަންސް އިން ޓީސީ ގޯޅި ކުޅުންތެރިން ނުބައިކުރުމަށް ކުރަމުންދިޔަ މަސައްކަތް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މި ގޭމު ޓީސީ ގޯޅިން ކާމިޔާބުކޮށްފައިވަނީ 10-11 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި ކުޑަހެންވޭރު ލަޔަންސް އަދި ޓީސީ ގޯޅި ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ގޯޅީގެ ޝުހޫދު އަހުމަދު ރިޝްފާން އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ޓީސީ ގޯޅި : ޝުހޫދު އަހްމަދް :ވަގުތު އިިމޭޖެސް: އަހްމަދް ޖައިޝަމް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު