އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖުގައި ކުލަބް ޓީނޭޖު އަދި ބުރު ސްޕޯޓްސް ކުލަބް ވާދަކުރި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ޖާގަ ބުރު ސްޕޯޓްސް ކުލަބުން ކަށަވަރު ކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ބޭރުން ކުޅުނު ބުރު ސްޕޯޓްސް ކުލަބް އިން ވަނީ އެތެރޭން ކުޅުނު ކުލަބް ޓީނޭޖު ކައިރިން ކުރި ހޯދާ މި ގޭމު ކާމިޔާބުކޮށްފައެވެ. ބޭރުން ކުޅުނު ބުރު ސްޕޯޓްސް ކުލަބް އިން މި ގޭމު ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއި އެކުއެވެ. ފުރަތަމަ ގޭމު ނިމެން 3 މިނެޓަށްވެފައި ވަނިކޮށް އެތެރެއިން ކުޅެމުންދިޔަ ކުލަބް ޓީނޭޖުގެ މައްޗަށް ބޭރުން އެރި ބުރު ސްޕޯޓްސް އިން ވަނީ ކުރި ހޯދާފައެވެ.

މި ގޭމު ބުރު ސްޕޯޓްސް ކުލަބް އިން ކާމިޔާބުކޮށްފައިވަނީ 3-7 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ކުލަބް ޓީނޭޖް އަދި ބުރުސްޕޯޓްސް ކުލަބް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ވެސް ބޭރުން ކުޅެމުންދިޔަ ކުލަބް ޓީނޭޖުއަކަށް އެތެރޭން ކުޅެމުން ދިޔަ ބުރު ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދޭ ގޮތެއް ނުވިއެވެ. މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރު ބުރު ސްޕޯޓްސް ކުލަބުން އޮތީ ކުރީގައެވެ. ރޭވުންތެރިކަމާއިއެކު މި ގޭމުގައި އެތެރޭން ކުޅެމުންދިޔަ ބުރު ސްޕޯޓްސް ކުލަބުން އައީ ބޭރުން އަރަމުންދިޔަ ކުލަބް ޓީނޭޖުގެ ކުޅުންތެރިން ނުބައިކުރަމުންނެވެ.

މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވިއިރު 10-11 ގެ ނަތީޖާ އަކުން ކުރީގައި އޮތީ ބުރު ސްޕޯޓްސް ކުލަބް އެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގައި ކުލަބް ޓީނޭޖު އަދި ބުރު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބުރު ސްޕޯޓްސް ކުލަބް ގެ މުހަމްމަދު މިރުސާލް ޔާސިރު (މިރު) އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ބުރުސްޕޯޓްސް ކުލަބް : މުހައްމަދް މިރުޝާލް :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު