އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445 ގައި ޓީސީ ސްޕޯޓްސް ކުލަބް އަދި ޓީނޭޖު ޓީ ވާދަކުރި މެޗު ފަސޭހަކަމާއިއެކު ޓީނޭޖު ޓީ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ފަސޭހަކަމާއި އެކު ބޭރުން އެރި ޓީނޭޖު ޓީ އަތުން ޓީސީ ސްޕޯޓްސް ކުލަބު ކުރިހޯދިއެވެ. މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވެގެންދިޔައިރުވެސް ބޭރުން ކުޅެމުންދިޔަ ޓީނޭޖު ޓީ އަށް އެތެރެއިން ކުޅެމުންދިޔަ ޓީސީ ސްޕޯޓްސް ކުލަބް ގެ އެއްވެސް ކުޅުންތެރިއަކު ނުބައި ކުރެވޭ ގޮތެއް ނުވިއެވެ.

ޓީސީ ސްޕޯޓްސް ކުލަބް އަދި ޓީނޭޖު ޓީ ވާދަ ކުރި މެޗު ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 0-14 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ޓީސީ ސްޕޯރޓްސް ކުލަބް އަދި ޓީނޭޖް ޓީ ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ބޭރުން ކުޅެމުންދިޔަ ޓީސީ ސްޕޯޓްސް ކުލަބް ވަނީ ޓީނޭޖު ޓީގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްލާފައިވެއެވެ. މޮޅެތި ކުޅުންތެރިންނާއި އެކު ބޭރުން ކުޅެމުންދިޔަ ޓީސީ އިން އެތެރޭގައި ކުޅެމުން ދިޔަ ޓީނޭޖު ޓީގެ ޓީމު އެއްކޮށް ހުސްކޮށްލާފައިވަނީ ގޭމު ނިމެން 5 މިނެޓު އިންދައެވެ.

މި ގޭމުގައި ބޭރުން ކުޅެމުންދިޔަ ޓީނޭޖު ޓީއަށް އެތެރޭން ކުޅޭމުންދިޔަ ޓީނޭޖު ޓީ ގެ އެއްވެސް ކުޅުންތެރިއަކު ނުބައިކޮށްލެވޭގޮތެއް ނުވިއެވެ. މި ގޭމު ނިމިގެން ދިޔައީ 1-9 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގައި ޓީސީ ސްޕޯޓްސް ކުލަބް އަދި ޓީނޭޖު ޓީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓީސީ ސްޕޯޓްސް ކުލަބް ގެ ހަސަން ހުސެއިން އެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ޓީސީ ސްޕޯރޓްސް ކުލަބް : ހަސްން ހުސެއިން :ވަގުތު އިިމޭޖެސް: އަހްމަދް ޖައިޝަމް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު