ނ.ހޮޅުދޫގައި މިހާރު ކުރިއަށްދާ ބާފާ ސޮކަރ ކަޕްގެ ފައިނަލުން އެފްސީ ބޭސް ސިޓީ އާއި ޓީސީއޯސީ ޖާގަ ހޯދައިފިއެވެ.

ހަތަރު ޓީމަކުން ބައިވެރިވި މި މުބާރާތުގެ ފައިނަލުން ޓީސީއޯސީ ޖާގަ ހޯދީ ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ބޭސް ސިޓީން ފައިނަލުގެ ފަހު ޖާގަ ހޯދީ ސެމީ ފައިނަލުގައި ބީއެފްސީ ބަލިކޮށްގެންނެވެ.

ބާފާ ސޮކާ ކަޕުގެ ސެމީ ފައިނަލު މެޗުގެ ތެރެއިން

ބީއެފްސީ އަދި ބޭސް ސިޓީ ކުޅުނު ސެމީ ފައިނަލުގެ މެޗު ބޭސް ސިޓީން ކާމިޔާބު ކުރީ 1-0 އިންނެވެ. މި މެޗުގައި ބޭސް ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައި ވަނީ އިބުރާހިމް އަފްލާހުއެވެ.

ފައިނަލުގައި ވާދަ ކުރާ ޓޯސީއޯސީން ވަނީ މި ސޮކަރ ކަޕުގެ ދެވަނަ މުބާރާތް ކާމިޔާބު ކޮށްފައެވެ. އަދި މި ފަހަރު އެ ޓީމުން ފައިނަލުގެ ޖާގައެއް ހޯދާފައި މި ވަނީ 14 އަހަރަށް ފަހުއެވެ. އެފްސީ ބޭސް ސިޓީ އަށް ބަލާއިރު މި ޓީމަކީ މި މުބާރާތުގެ ތަށި އެންމެ ފަހުންވެސް އުފުލާލި ޓީމެވެ.

ބާފާ ސޮކަރ ކަޕުގެ ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.މި މެޗު ކުޅެވޭނީ 20:15 ގައި ހޮޅުދޫ ފުޓުބޯޅަ ދަނޑުގައެވެ.

ބެންޔަން އެސޯސިއޭޝަންސް ފޯ އޯލް (ބާފާ) އިން އިންތިޒާމް ކޮށްގެން ނ.ހޮޅުދޫގައި ކުރިއަށްގެންދާ ސޮކަރ ކަޕްގެ މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިންއެވެ

ކިޔުންތެރިންގެ ހިޔާލު