އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޔުނައިޓެޑް އީސްޓް ކޯސްޓް އަދި ޓީސީ ފްރެޓާނިޓީ ވާދަކުރި މެޗު ސީދާ ދެ ގޭމުން ކާމިޔާބުކޮށް ޔުނައިޓެޑް އީސްޓް ކޯސްޓް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުން ދިޔަ ޓީސީ ފްރެޓާނިޓީގެ މައްޗަށް ބޭރުން ކުޅެމުންދިޔަ ޔުނައިޓެޑް އީސްޓް ކޯސްޓް އިން ވަނީ ކުރި ހޯދާފައެވެ. އެތެރޭގައި ޓީސީ ފްރެޓާނިޓީގެ ގިނަ ކުޅުންތެރިންތަކެއް ޔުނައިޓެޑް އީސްޓް ކޯސްޓްގެ ކުޅުންތެރިން ނުބައިކުރަމުންގޮސް ގޭމު ނިމެން 3 މިނެޓު އިންދާ ޔުނައިޓެޑް އީސްޓް ކޯސްޓްއިން ވަނީ އެ ޓީމު ކޮޅަށް ގޭމު އަނބުރާލާފައެވެ. މި ގޭމު ޔުނައިޓެޑް އީސްޓް ކޯސްޓްއިން ކާމިޔާބުކުރީ 6-7 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ޔުނައިޓެޑް އީސްޓް ކޯސްޓް އަދި ޓީސީ ފެޓާނިޓީ ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ދެވަނަ ގޭމުގައިވެސް ޓީސީ ފްރެޓާނިޓީ އަށް ޔުނައިޓެޑް އީސްޓް ކޯސްޓް ގެ މައްޗަށް ކުރިހޯދޭ ގޮތެއް ނުވިއެވެ. ބޭރުން އަރަމުންދިޔަ ޓީސީ ފްރެޓާނިޓީއަށް އެތެރޭގައި ނުބައިކުރެވުނީ އެތެރޭގައި އޮތް ޔުނައިޓެޑް އީސްޓް ކޯސްޓްގެ 5 ކުޅުންތެރިންނެވެ. މި ގޭމުގެ ވަގުތު ހަމަވަންދެން އެތެރޭގައި އޮތް ޔުނައިޓެޑް އީށްޓް ކޯސްޓްއިން ވަނީ ރޭވުންތެރިކަމާއި އެކު އެތެރެ ގޭމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މި ގޭމު ޔުނައިޓެޑް އީސްޓް ކޯސްޓްއިން ކާމިޔާބުކޮށްފައިވަނީ 5-17 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ޔުނައިޓެޑް އީސްޓް ކޯސްޓް އަދި ޓީސީ ފްރެޓާނިޓީ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޔުނައިޓެޑް އީސްޓް ކޯސްޓްގެ މުހައްމަދު ނަޒީހު ހަނީފް (ނަޒިއްޓެ) އެވެ.

އެމްޓީސީސީ ބައިބަލާ :ޔުނައިޓެޑް އީސްޓް ކޯސްޓް އަދި ޓީސީ ފްރެޓާނިޓީ ބައްދަލް ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ މުހައްމަދު ނަޒީހް ހަނީފް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީއެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު