އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ބްރަދަހޫޑް ސްޕޯޓްސް ކުލަބް އަދި ވިއެނާ ސްޕޯޓްސް ކުލަބް ވާދަކުރި މެޗު ސީދާ ދެ ގޭމުން ވިއެނާ ސްޕޯޓްސް ކާމިޔާބުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުންދިޔަ ވިއެނާ ސްޕޯޓްސް އިން ވަނީ ރޭވުންތެރިކަމާއިއެކު ކުޅެ މި ގޭމު ކާމިޔާބުކޮށްފައެވެ. ބޭރުން އަރަމުންދިޔަ ބްރަދަހޫޑް ސްޕޯޓްސް ކުލަބުން އިން އެތެރޭގައި ކުޅެމުންދިޔަ ވިއެނާ ސްޕޯޓްސް ގެ ކުޅުންތެރިން ނުބައި ކުރެވޭތޯ ކުރި މަސައްކަތް ވަނީ ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ. މި ގޭމު ވިއެނާ ސްޕޯޓްސް އިން ކާމިޔާބުކުރީ 7-13 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ ބްރަދަހޫޑް އެސްސީ އަދި ވިއެނާ ސްޕޯޓްސް ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ދެވަނަ ގޭމު ގައިވެސް ބޭރުން ކުޅެމުން ދިޔަ ވިއެނާ ސްޕޯޓްސް ވަނީ ކާމިޔާބުކޮށްފައެވެ. މި ގޭމުގައި ބްރަދަހޫޑް އެތެރޭން ކުޅެމުން ދިޔައިރު ބޭރުން އަރަމުންދިޔަ ވިއެނާ ސްޕޯޓްސްގެ ކުޅުންތެރިން ހިފެހެއްޓޭތޯ ވަރަށް މަސައްކަތް ކުރި ނަމަވެސް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. މި ގޭމު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ވިއެނާ ސްޕޯޓްސްއިން ވަނީ ގޭމު އެ ޓީމު ކޮޅަށް އަބުރާލާފައެވެ. މި ގޭމު ވިއެނާ ސްޕޯޓްސް އިން ކާމިޔާބުކޮށްފައިވަނީ 6-7 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ބްރަދަހޫޑް ސްޕޯޓްސް ކުލަބް އަދި ވިއެނާ ސްޕޯޓްސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިއެނާ ސްޕޯޓްސްގެ އިބްރާހިމް އަތީކު އެވެ.

އެމްޓީސީސީ ބައިބަލާ :ބްރަދަހޫޑް އެސްސީ އަދި ވިއެނާ ސްޕޯޓްސް ބައްދަލް ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ އިބްރާހިމް އަތީކް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު