އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ 16 ޓީމުގެ ބުރުގައި ސީކޭ ކާސިންޖާސް އަދި ކުލަބް ކާސިންޖީ ވާދަކުރި މެޗު ސީދާ ދެ ގޭމުން ކުލަބް ކާސިންޖީ ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުންދިޔަ ކުލަބް ކާސިންޖީ އިން ވަނީ ފަސޭހަ ކަމާއިއެކު މި ގޭމު ކާމިޔާބު ކޮށްފައެވެ. ބޭރުން އަރަމުންދިޔަ ސީކޭ ކާސިންޖާސްގެ ކުޅުންތެރިން އެތެރޭގައި ކުޅެމުންދިޔަ ކުލަބް ކާސިންޖީގެ ނުބައި ކުރުމަށް ކުރި މަސައްކަތުން އެ ޓީމަށް ނުބައި ކުރެވިފައި ވަނީ ކުލަބް ކާސިންޖީގެ 2 ކުޅުންތެރިންނެވެ. މި ގޭމު ކުލަބް ކާސިންޖީން ކާމިޔާބުކުރީ 2-17 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖު: ކުލަބް ކާސިންޖީ އަދި ސީކޭ ކާސިންޖާސް ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މޮޅު ކުޅެމެއް ކުޅެމުންދިޔަ ކުލަބް ކާސިންޖީން ވަނީ މި ގޭމުގެ ފަޝައިގެން ދެ މިނެޓުގެ ތެރޭގައި އެ ޓީމުކޮޅަށް މި ގޭމު އަނބުރާލާފައެވެ. މި ގޭމުގައި އެތެރޭން ކުޅެމުންދިޔަ ސީކޭ ކާސިންޖާސް އަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މޮޅެތި ކުޅުންތެރިންތަކަކާއި އެކު ބޭރުން ކުޅެމުންދިޔަ ކުލަބް ކާސިންޖީން މި މެޗު ކާމިޔާބުކޮއްފައިވަނީ 3-8 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ 16 ޓީމުގެ ބުރުގައި ސީކޭ ކާސިންޖާސް އަދި ކުލަބް ކާސިންޖީސް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ކާސިންޖީގެ އަލީ ވިޖުހާން އެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖު: ކުލަބް ކާސިންޖީ އަދި ސީކޭ ކާސިންޖާސް ބައްދަލް ކުރި މެޗްގެ މޮޅު ކުޅުންތެރިޔާ އަލީ ވިޖުހާން— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު