އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ކުޑަހެންވޭރު ޔުނައިޓެޑް އަދި ޓީނޭޖު ޖޫނިއާސް ވާދަކުރި މެޗު ސީދާ ދެ ގޭމުން ޓީނޭޖު ޖޫނިއާސް ބަލިކޮށް ކުޑަހެންވޭރު ޔުނައިޓެޑް ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުންދިޔަ ޓީނޭޖް ޖޫނިއާސް ކައިރިން ބޭރުން ކުޅެމުންދިޔަ ކުޑަހެންވޭރު ޔުނައިޓެޑް ކާމިޔާބުކުރިއެވެ. މި ގޭމުގައި ޓީނޭޖު ޖޫނިއާސްއިން ރަނގަޅު ކުޅެމެއް ކުޅުނުއިރު މި ގޭމު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ކުޑަހެންވޭރު ޔުނައިޓެޑުން ބޭރުން ކުޅެންއެރި ކުޅުންތެރިޔާ އެތެރެއިން ކުޅެމުންދިޔަ ޓީނޭޖު ޖޫނިއާސްގެ ކުޅުންތެރިއެއް ގައިގަ އަތްލާފައި ނިކުތުމުން މި ގޭމު ވަނީ ކުޑަހެންވޭރު ޔުނައިޓެޑް ކޮޅަށް އެނބުރިފައެވެ. މި ގޭމު ކުޑަހެންވޭރު ޔުނައިޓެޑް އިން ކާމިޔާބުކޮށްފައިވަނީ 8-9 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ ޗެލެންޖު: ޓީނޭޖް ޖޫނިއާ އަދި ކުޑަހެންވޭރު ޔުނައިޓެޑް ބައްދަލް ކުރި މެޗް— ވަގުތު އިމޭޖަސް: އަހުމަދު މަމްދޫހް

ފުރަތަމަ ގޭމުގައިވެސް މޮޅު ކުޅުމެއް ކުޅުނު ކުޑަހެންވޭރު ޔުނައިޓެޑުން ދެވަނަ ގޭމުގައި އެތެރޭންކުޅެ ބޭރުން އަރަމުންދިޔަ ޓީނޭޖު ޖޫނިއާސް ކައިރިން ވަނީ ދެވަނަ ގޭމުވެސް ކާމިޔާބުކޮށްފައެވެ. މި ގޭމުގައި ބޭރުން އަރަމުންދިޔަ ޓީނޭޖު ޖޫނިއާސް އަށް އެތެރޭގައި ކުޅެމުންދިޔަ ކުޑަހެންވޭރު ޔުނައިޓެޑްގެ ކުޅުންތެރިން ނުބައިކުރުމަށް ކުރަމުންދިޔަ މަސައްކަތުން މި ގޭމުގެ ފަހު ވަގުތުގައި ކުޑަހެންވޭރު ޔުނައިޓެޑް ގެ ކުޅުންތެރިންތަކެއް ނުބައިކުރިނަމަވެސް މި ގޭމުގެ ވަގުތު ހަމަވިއިރު ކުރީގައި އޮތީ ކުޑަހެންވޭރު ޔުނައިޓެޑް އެވެ. މި ގޭމު ކުޑަހެންވޭރު ޔުނައިޓެޑް އިން ކާމިޔާބުކޮށްފައިވަނީ 6-14 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ކުޑަހެންވޭރު ޔުނައިޓެޑް އަދި ޓީނޭޖު ޖޫނިއާސް ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުޑަހެންވޭރު ޔުނައިޓެޑްގެ މަހުދީ އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު