އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ކުލަބް އޯވަންއޯ އަދި ޓީސީ ގޯޅި ވާދަކުރި މެޗު ކުލަބް އޯވަންއޯއިން ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުންދިޔަ ކުލަބް އޯވަންއޯ ވަނީ ފަސޭހަކަމާއިއެކު މި ގޭމު ކާމިޔާބުކޮށްފައެވެ. ބޭރުން ކުޅެމުންދިޔަ ޓީސީ ގޯޅިއަށް އެތެރޭގައި ކުޅެމުންދިޔަ ކުޅުންތެރިން ނުބައިކުރުމަށް އެއްވެސް ފުރުސަތެއް ނުދީ އެތެރޭން ކުޅެމުންދިޔަ ކުލަބް އޯވަންއޯ ވަނީ މި ގޭމު ކާމިޔާބުކުރިއެވެ.

މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކުލަބް އޯވަންއޯ އިން ކުރީގައިއޮތީ 0-19 ގެ ނަތީޖާއަކުންނެވެ.

ދެވަނަގޭމުގައިވެސް މޮޅުކުޅުމެއް ކުޅުނު ކުލަބް އޯވަންއޯ ވަނީ މި ގޭމުވެސް ކާމިޔާބުކޮށްފިއެވެ. މި ގޭމުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ބޭރުން ކުޅެމުންދިޔަ ކުލަބް އޯވަންއޯ ވަނީ މި ގޭމު އެ ޓީމު ކޮޅަށް އަނބުރާލާފައެވެ. މި ގޭމު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ވަނިކޮށް ކުލަބް އޯވަންއޯ އިން މި ގޭމު ކާމިޔާބުކޮށްފައިވަނީ 6-7 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ގަދަ ސޯޅަ ޓީމުގެ ބުރުގައި ކުލަބް އޯވަންއޯ އަދި ޓީސީ ގޯޅި ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އޯވަންއޯގެ ސަނީމް މައްސޫދު އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު