އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ކުއާޓަރ ފައިނަލްގައި ކުލަބް އޯވަންއޯ އަދި ޖޭކޭ ސްޕޯޓްސް ކުލަބް ވާދަކުރި މެޗު ސީދާ ދެ ގޭމުން ކުލަބް އޯވަންއޯ ބަލިކޮށް ޖޭކޭ ސްޕޯޓްސް ކުލަބުން ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި އެތެރޭން ކުޅެމުންދިޔަ ޖޭކޭ ސްޕޯޓްސް ކުލަބް އިން ވަނީ ކާމިޔާބުކޮށްފައެވެ. މި ގޭމުގައި ބޭރުން ކުޅެމުންދިޔަ ކުލަބް އޯވަންއޯ އަށް ކާމިޔާބުކުރެވުނީ 3 ޕޮއިންޓެވެ. ރޭވުން ތެރިކަމާއިއެކު އެތެރެއިން ކުޅެމުންދިޔަ ޖޭކޭ ސްޕޯޓްސް ވަނީ ބޭރުން އަރަމުންދިޔަ ކުލަބް އޯވަންއޯގެ ގިނަ ކުޅުންތެރިން ނުބައިކޮށްފައެވެ. މި ގޭމު ޖެކޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 3-15 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ކުލަބް އޯވަން އޯ އަދި ޖޭކޭ ސްޕޯޓްސް ކުލަބް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި އެތެރެއިން ކުޅެމުންދިޔަ އަރަމުންދިޔަ ކުލަބް އޯވަންއޯގެ މައްޗަށް ބޭރުން އަރަމުންދިޔަ ޖޭކޭ ސްޕޯޓްސް ކުލަބް އިން ވަނީ ކުރިހޯދާފައެވެ. މިގޭމުގައިވެސް ބޭރުން އަރަމުންދިޔަ ޖޭކޭ ސްޕޯޓްސް ކުލަބުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި ގޭމުގައި އެތެރެއިން ކުޅެމުންދިޔަ ކުލަބް އޯވަންއޯ އަށް ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ނުވިއެވެ. މި ގޭމު އެތެރޭން ކުޅެމުންދިޔަ ޖޭކޭ ސްޕޯޓްސް އިން ކާމިޔާބުކުރީ މި ގޭމު ނިމެން 3 މިނެޓަށް ވެފައިވަނިކޮށެވެ. މި ގޭމުގެ ޖޭކޭ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ 5-6 ގެ ނަތީޖާ އަކުންނެވެ.

އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު1445ގެ ކުއާޓަރ ފައިނަލްގައި ޖޭކޭ ސްޕޯޓްސް ކުލަބް އަދި ކުލަބް އޯވަންއޯ ވާދަކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖޭކޭ ސްޕޯޓްސް ކުލަބްގެ ޖޭކޭ ސްޕޯޓްސް ކުލަބް ގެ ހުސެއިން ޝިމާޒް (ކޮކީ) އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.

ކިޔުންތެރިންގެ ހިޔާލު