ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ހުރިހާ މެޗެއް ހިލޭ ބަލައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން މާލޭ ލީގުގެ މެޗްތަކަށް ޓިކެޓް ބައްލަވައިގެން ގުރުއަތުން ހޮވޭ ފަރާތްކަކަށް ސީޒަން ޓިކެޓެއް ދިނުމަށް އެފްއޭއެމް އިން ނިންމައިފިއެވެ.

އެގޮތުން އެފްއޭއެމްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އެފްއޭއެމްގެ ރައީސް ބައްސާމް އާދިލް ޖަލީލް ވިދާޅުވީ "މާލޭލީގްގެ ދެން އޮންނަ މެޗްތަކުން ފެށިގެން އަޅުގަނޑުމެންވާނީ ޓިކެޓް ބައްލަވައިގަންނަ ހުރިހާފަރާތްތަކެއްގެ މެދުގައި ލަކީ ޑްރޯ އެއް ނެގުމަށް ފަހުގައި އެ ލަކީ ޑްރޯ ދިމާވާ ފަރާތްތަކަށް ސީޒަން ޓިކެޓް ލިބުމުގެ ފުރުސަތު ހުޅުވާލެވިފަ" އެވެ.

ބައްސާމް އިތުރަށް ވިދާޅުވީ ދެން އަންނަ މެޗުން ފެށިގެން މި ސީޒަން ޓިކެޓް ހޯދުމަށްޓަކައި ވީހާވެސް ގިނަ ބަޔަކު ދަނޑަށް އައިސް މެޗް ބެލުމަށް އެދޭކަމަށެވެ.

https://www.facebook.com/MaldivesFA/videos/1948498958793433/

މި ސީޒަން ޓިކެޓް ލިބޭ ފަރާތްތަކަށް ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ ހުރިހާ މެޗަކަށްވެސް ހިލޭ ވަދެ ބަލާލުމުގެ ފުރުސަތު ލިބޭނެއެވެ.

އަންނަ ހޯމަ ދުވަހު މާލޭ ލީގްގެ ދެ މެޗް ކުޅުމަށް ހަމަޖެހިފައިވާއިރު އެދުވަހު ހަވީރު ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެއެވެ. އަދި އެރޭ ބައްދަލު ކުރާނީ ކުލަބް ވެލެންސިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    ތިޔަބުނާ ޓިކެޓެއްވިއްކުމައްވުރެ މާރަނގަޅުވާނެ ބައްސާމު ތިމަގާމުންއިސްތިއުފާދީފަ ތިކަންކުރެވޭވަރުގެ ގާބިލްމީހަކާ ތިމަގާމުހަވާލުކުރިއްޔާ މިހާރުތިވާގޮތަކީ އަލީއުމަރުއެއްޗެއްބުނީއެގޮތެއްހަދާލާފަ ސާންތީބުނީމައެއްޗެއްހަދާފަ ލާހޫރޭގޮތައްތިޔަތަންހިންގުމައްވުރެ ގާބިލްމީހަކާތިތަންހަވާލުކޮށްފިއްޔާ މިސަރުކާރުގެ ކުޅިވަރުސިޔާސަތުގެފައިދާ މާބޮޑައްވެސް ޒުވާނންނައްކުރާނެ ވަރައްވާހަކަ