އިޓަލީގެ ގަދަ ބާރު، ޔުވެންޓަސްއިން ޖެހިޖެހިގެން އަށްވަނަ ފަހަރަށް އިޓަލީގެ ލީގު ޔަގީން ކޮށްފިއެވެ.

އިޓަލީގެ އެންމެ ކާމިޔާބު ކްލަބު، ޔުވެންޓަސް ވަނީ މިހާތަނަށް 36 ފަހަރު ލީގު ކާމިޔާބު ކޮށްފައެވެ. މިރޭގެ ލީގު މެޗަށް ނުކުތް އިރު، ޔުވެންޓަސްއަށް ލީގު ހޯދުމަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. މިދިޔަ ހަފްތާވެސް އެޓީމަށް ލީގު ޔަގީން ކުރެވެން އޮތް އިރު، އެޓީމު ހައިރާން ކުރަނިވި ގޮތަކަށް ވަނީ ބަލިވެފައެވެ. މިރޭގެ މެޗުގައި ޔުވެންޓަސްއިން ފިއޮރެންޓީނާ ބަލިކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ފިއޮރެންޓީނާގެ މިލެންކޮވިޗް މިރޭ މެޗުގެ ކުރީކޮޅުގައި ލީޑު ނެގި އިރު، ހާފް ނިމުމުގެ ކުރިން އެލެކްސް ސާންޑްރޯ ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ރޮނާލްޑޯވެސް މިރޭ ކުޅުނު މެޗުގެ ދެވަނަ ހާފްގައި ޔުވެންޓަސްއިން ޖެހި ދެވަނަ ގޯލަކީ ގާމެން ޕެޒިއްލާއެވެ.

ރޮނާލްޑޯއާއެކު ޔުވެންޓަސްއިން ޗެމްޕިއަންސް ލީގު ނަގަން މި ސީޒަންގައި ނުކުތް ނަމަވެސް، އެޓީމަށް އެކަން ވާގޮތެއް ނުވިއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އަޔެކްސް އަތްދަށުވެ ޔުވެންޓަސް ކެޓި އިރު، އެޓީމަށް ޔޫރަޕްގެ ތަށްޓެއް ނުލިބޭތާ ޒަމާންތަކެއް ވެއްޖެއެވެ.