ޔޫރަޕާ ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ސްޕޯޓިން ސީޕީ އާއި ޖުވެންޓަސް ބައްދަލު ކުރި މެޗު ޖުވެންޓަސްއިން ކާމިޔާބުކޮށް ސެމީ ފައިނަލުގެ އުންމީދު އާކޮށްފިއެވެ.

ޖުވެންޓަސްއިން މިމެޗު ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

ޖުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފުރަތަމަ ހާފް ނިމުމާއި ހަމައަށް ދެޓީމުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެ ޓީމުން ވެސް ބޯޅަ ގިނަ ވަގުތު ހިފަހައްޓައިގެން ހަމަލާތަކެއް ވަނީ އުފައްދާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ގޯލާއި އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، ޖުވެންޓަސްއިން ވަނީ ސްޕޯޓިން ކޮޅަށް 3 ޝޮޓު ހަދާފައެވެ. އެ ތިން ޝޮޓުގެ ތެރެއިން ގޯލާއި ސީދާވެފައިވަނީ 1 ޝޮޓެވެ. ސްޕޯޓިން އިން 5 ޝޮޓު އުފައްދާފައިވާއިރު، އޭގެއިން ގޯލާއި ސީދާވެފައިވަނީ 2 ޝޮޓެވެ.

މެޗުގައި ޖުވެންޓަސްއަށް ގޯލެއް ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 33 ވަނަ މިނެޓުގައި ފެޑްރިކޯ ގައްޓިއެވެ.

މިރޭގެ މެޗް ޖުވެންޓަސްއިން ކާމިޔާބު ކުރިނަމަވެސް، މެޗުގައި ގަދައަށް ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްޕޯޓިންއިންކަން ފާހަގަ ކޮށްލެވެއެވެ. އަދި ގިނަ ހަމަލާތަކެއް ވެސް އުފައްދާފައިވަނީ އެ ޓީމުންނެވެ.

މިރޭ ކުޅުނު މެޗުން ޖުވެންޓަސް މޮޅުވެފައިވާއިރު، މުބާރާތުގެ ދެވަނަ ލެގުގެ ކުރިމަތިލުން މިމަހުގެ 21 ވަނަ ދުވަހު އޮންނާނެއެވެ. މިމެޗުން 3-0ގެ ނަތީޖާއަކުން މޮޅުވެގެން ނޫނީ ސަޕޯޓިން އަށް މުބާރާތުގެ ސެމީއާއި ހަމައަށް ދަތުރެއް ނުކުރެވޭނެއެވެ.