މާފަންނު ފުޓްސަލް ޓާފް މިއަދުން ފެށިގެން ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް އެންޕަވާމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ގަޑިއަކަށް 2000 ރުފިޔާ، ނޫނީ 1000 އަދި 500 ރުފިޔާއަށް ދޫކުރަމުން ގެންދިޔަ ފުޓްސަލް ޓާފް މިއަދުން ފެށިގެން ހިލޭ ދޫކުރަން ނިންމާފައިވާ ކަމަށެވެ. އަދި ދަނޑު ދޫކުރުމަށް ހަމަޖެހިފައިވަނީ މެންދުރު 14:00އިން 18:00އަށް އެފްއޭއެމްއަށް ކަމަށާއި، އެހެން ގަޑިތަކުގައި ކުޅެން ދާން ބޭނުންވާ ފަރާތްތަކުން އެކުވެނީގައި ނަން ނޯޓު ކުރުމަށްވެސް މިނިސްޓަރުގެ ޓްވީޓްގައި ބުނެފައިވެއެވެ.

ކުޅިވަރުގެ ކަންކަމަށް މިނިސްޓަރު މަހުލޫފް ގިނަ ބަދަލުތަކެއް ގެންނަން ފައްޓަވާފައިވާ އިރު، ދާދިފަހުން މިނިސްޓަރު ވަނީ ޔޫރަޕަށް ހާއްސަ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސާބިއާގައި ރާއްޖޭގެ ވޮލީ ޓީމަށް ކޭމްޕް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން، ފުޓުބޯޅަ ޓީމަށް ކޭމްޕެއް ހަމަޖެއްސުމުގެ މަޝްވަރާތައްވެސް ކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ާހިޔާލު

    މާލޭގައި ގުރޫޕްތަކަށް ދޫކޮއްފައިވާ ޓާފް ދަނޑުތަކަށް ތިޔައުސޫލުން ކަންކުރާން ޖެހޭ. ބޮޑުު އަގުގަ އެމީހުން ދަނޑު ދޫކުރަނީ..

  2. ނިކަމެތިމީހާ

    ވިޔަފާރި ޢުޞޫލުން ދުރުރާސްތާގެ ޕްލޭނެއްގެ ދަށުން ކަންކަން ކުރެވޭނެ ގޮތްތައް ރާވާ އެމަގުން ކުރިޔަށް ގޮސް މިޤައުމު ކޮޅަށް ޖަހާދީބަލަ! ކޮންމެ ކަމެއް އަތައްގޮވާ ގޮތަށް ނުކޮށްބަލަ ސިންގަޕޫރުފަދަ ތަންތަނުގެ ބެސްޓް ޕްރެކްޓިސްތައް އެޕްރޯޗްކޮށްބަލަ!

  3. ލާމު

    ގޭންގް ތަކުން ކޮންޓްރޯލްކުރާ ދަނޑުތައް ވެސް އެމީހުން އަތުން ނެގި ޢާންމުކޮށް އެންމެންނަށް ބޭނުންކުރެވޭނެގޮތް ހަދަން ޖެހިލުންވަނީ ކީއްބެތޯ.