އައިލޭންޑް އޭވިއޭޝަން ސާވިސެލް ލިމިޓެޑުން ކޮންމެ އަހަރަކުވެސް އެއް ފަހަރު ބާއްވަމުން އަންނަ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަން ކަން ޓީކޮމް އިން ހޯދައިފިއެވެ.

އެފްއޭއެމްގެ 2 ވަނަ ޓާފު ދަނޑުގައި މިރޭ ކުޅެވުނު ފައިނަލް މެޗު ޓީކޮމް އިން ކާމިޔާބު ކޮށްފައި ވަނީ ޕެނަލްޓީގައި އިން ސްލޭޔާސް ބަލިކޮށްގެންނެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި ޓީކޮމް އަށް ކާމިޔާބު ކޮށްދީފައި ވަނީ ރަފާހާ އެވެ. މިރޭގެ މެޗާއި ކުރިމަތިލި އިރު، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓަށް ވާދަ ކުރަމުން އައީ ރަފާހާ އާއި ޓީކޮމްގެ އައިޝަތު އެވެ. މި ދެ ކުޅުންތެރިން އެއްވަރަކަށް ލަނޑު ޖަހާފައި ވީ ނަމަވެސް، މިރޭގެ މެޗުގައި ރަފާހާ ކާމިޔާބު ކުރި ގޯލާއި އެކު ރަން ބޫޓް ލިބިގެން ގޮސްފައި ވަނީ އޭނާ އަށެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ސްލޭޔާސް އިން ވަނީ ޓީކޮމް އިން ލަނޑު ޖެހިތާ 5 މިނެޓު ތެރޭގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމުގެ 10 ނަމްބަރެވެ. ދެ ޓީމަށްވެސް ލަނޑު ޖަހާނޭ ފުރުސަތުތައް ލިބިގެން ގޮސްފައި ވީ ނަމަވެސް، ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-1ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އައިލޭންޑް އޭވިއޭޝަން ސާވިސެސް ލިމިޓެޑުގެ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ އަންހެން ބައިގެ ފައިނަލް – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ދެވަނަ ހާފުގައިވެސް ލަނޑު ޖަހަން ލިބުނު ފުރުސަތު ތައް ބޭކާރު ވެ، މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ވަނީ ޕެނަލްޓީ ޖަހައިފައެވެ. ޕެނަލްޓީގައި ޓީކޮމް ބަލި ކުރުމަށް ފަހުގައި މެޗު ކާމިޔާބު ކުރީ ޓީކޮމް އިންނެވެ. ޓީކޮމް އިން މި މުބާރާތް ކާމިޔާބު ކުރީ ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބު ކޮށްގެން ކަމެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސެލް ލިމިޓެޑުން ކޮންމެ އަހަރަކުވެސް އެއް ފަހަރު ބާއްވަމުން އަންނަ އިން-ހައުސް ފުޓްބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް ވެސް މިރޭ ވަނީ ކުޅެފައެވެ.