އެންމެ އިސްކަމެއްދޭނީ ޑެޑްލައިންތަކަށް ނުނިމި ހުރި މަސައްކަތްތަށް ނިންމުމަށް ކަމަށް ސްޕޯޓްސް ކޮމިޝަނަރު އަދި ކުރީގެ މަސްހޫރު ކުޅުންތެރިޔާ އަލީ އުމަރު ވިދާޅުވެއްޖެއެވެ.

މިއަދު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އަލީ އުމަރު ވިދާޅުވީ މަގާމުގެ ޒިންމާ އަދާކުރެއްވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތަށް ކުރުމަށް ޓަކައި މާދަމާ އޮފީހަށް ނިކުމެވުމާއެކު ކުރައްވަން ފައްޓަވާނެ ކަމަށާއި މިވަގުތު މާބޮޑު ގޮންޖެހުމެއް ޒިންމާ އަދާކުރެއްވުމުގައި ނެތް ކަމަށެވެ.

"މަގާމާއި ހަވާލުވި އިރު ޑެޑްލައިންނަށް ނިންމަން ޖެހޭ ބައެއް މަސައްކަތް އެބަހުރި ނުނިމި. އެމަސައްކަތް ނިންމުމަށް ހާއްސަ ސަމާލުކަމެއް ދޭނަން. އަދި ގާނޫން އިމްޕްލިމެންޓް ކުރުމަށް މަސައްކަތް ކުރުމަކީ އެންމެ އިސްކަމެެއް ދީގެން ކުރާނެ ކަންތައް" ސްޕޯޓްސް ކޮމިޝަނަރ ވިދާޅުވިއެވެ.

ގާނޫނުގައި ބުނެފައިވާ ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ޖަމިއްޔާތަށް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ދަށަށް ހުރިހާ ޖަމިއްޔާތަށް ރަޖިސްޓްރީ ކުރުން ހިމެނެއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތައް މެދުވެރިކޮށް ކުޅިވަރުތަށް ކުރިއެރުވުމަށް މަސައްކަތް ކުރުންވެސް ސްޕޯޓްސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

އަލީ އުމަރު ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ކަންތައްތައް ކުރުމުގައި ގޮންޖެހުންތަކެއް ނެތްކަމަށާއި އޭނާގެ ދައުރުގައި ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނެ ކަމަށެވެ. އަދި ކުލަބް ޖަމިއްޔާތަށް ކުރިއެރުވުމަށްތަކައި މުޙިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒިވްނާ

    ސާބަހޭ އަލީ އުމަރު... ހިތްވަރާއިއެކު ކުރިއަށް.. 🙂

  2. ޖެޖޭ

    ޥ.ރަނގަޅު

  3. މާހިރާ

    އެއްޗެއް އެންގޭ މީހެން ނަމަ ރަންގަލު.. ޝަވީދުގެ ބާރުން ތިތަނަށް ތިދެވުނީ...ބޯހަލާކު