މޮރިޝަސްގައި ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހާފް މެރަތަން އިވެންޓުގައި ވާދަކޮށް، އެ އިވެންޓުގެ ޤައުމީ ރެކޯޑު ޝިފާޒް އައު ކޮށްފިއެވެ.

1 ގަޑި އިރާއި 10 މިނެޓު 55 ސިކުންތުން ދުވެ ޝިފާޒް ރެކޯޑު އައު ކުރި އިރު، ކުރިން އޭނާ ދުވެފައި ވަނީ 1 ގަޑި އިރާއި 12 މިނެޓުގައެވެ. ރޭހުގެ 4ވަނާގައި ޝިފާޒު ނިންމައިލި އިރު، އޭނާ ވަނީ ވަރަށް ބޮޑަށް ހިތްވަރު ކޮށްފައި ކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ ކުރީ ކޮޅު ދުބާއީ ގައި އޮތް މެރަތަންގައި ވާދަކޮށް ޝިފާޒް ވަނީ ޤައުމީ މެރަތަން ރެކޯޑުވެސް އައު ކޮށްފައެވެ.

ޝިފާޒު އަށް ލޯ މެޑަލް ކަޓާފައި ވަނީ 3 ވަނަ އަށް ދިޔަ މަޑަގަސްކަރުގެ އެތްލީޓަށް ވުރެން 11 މިލިސިކުންތު ލަސް ވެގެންނެވެ. މި ރޭހުގެ އެއް ވަނަ 1 ގަޑި އިރާއި 8 މިނެޓުން ދުވެ މަޑަގަސްކަރުން ހޯދި އިރު ދެވަނަ ހޯދީ ރިޔޫނިއަން އެވެ. އެއީ 1 ގަޑި އިރާއި 9 މިނެޓުން ރޭސް ނިންމާލައިގެންނެވެ.