ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލު ކޮށްފިއެވެ.

ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ އެފްއޭއެމްގެ ރައީސް ބައްސާމާއެކު ވަރަށް ރަނގަޅަށް ވާހަކަ ދެކެވިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ފުޓުބޯޅައިގެ މުސްތަގުބަލަށް ވަރަށް ބޮޑެތި، އަދި އުންމީދީ ވިސްނުތަކެއް ހިއްސާ ކުރެވުނު ކަމަށްވެސް ދަގަނޑޭގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓާއި ދަގަނޑޭއާ ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުން ދަގަނޑޭއަށް އަނެއްކާވެސް ގައުމީ ޓީމުން ފުރުސަތު ގެއްލިފައިވާއިރު، ދަގަނޑޭއަށް ގައުމީ ޓީމުން ޖާގަ ދޭން ޖެހޭ ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. މިދިޔަ އަހަރު ކޯޗާ ދަގަނޑޭއާ މައްސަލައެއް ޖެހި، ދަގަނޑޭ ސާފް ޗެމްޕިއަންޝިޕް ސްކޮޑަށްވެސް ނަގާފައި ނުވާއިރު، ކޯޗު ގާތުން މާފަށްވެސް ދަގަނޑޭ އެދުނެވެ.

ކޯޗު ކައިރިން މާފަށް އެދުމުން ދަގަނޑޭއާ އެއްވެސް ޒާތީ ކަމެއް ނެތް ކަމަށް ކޯޗު ބުނެފައިވީ ނަމަވެސް، އޭނާގެ އުމުރުން ދޮށި ކަމަށްބުނެ، އަނެއްކާވެސް ވަނީ ސްކޮޑަށް ނުނަގާ ދޫކޮށްލާފައެވެ. ދަގަނޑޭ ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ބުނެފައި ވަނިކޮށް، އަދި ދަގަނޑޭ އެންމެ ރަނގަޅު ފޯމުގައި ކުޅެމުންދަނިކޮށެވެ.

ގައުމީ ޓީމު ސްރީލަންކާގައި ކޭމްޕް ކުރަމުންދާއިރު، ގައުމީ ޓީމުގެ ރަތް ޖާޒީގައި ދެން ދަގަނޑޭ ފެންނާނެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެވެ. މީގެ ކުރިން ބައްސާމް ވިދާޅުވެފައި ވަނީ ދަގަނޑޭގެ ރިޓަޔާމަންޓަށް އެފްއޭއެމްއިން ތައްޔާރުވާ ކަމަށެވެ. ހާއްސަކޮށް ދަގަނޑޭއަށް އެންމެ ޝަރަފުވެރި ރިޓަޔާމަންޓެއް ދިނުމަށްވެސް ތައްޔާރުވާ ކަމަށް މީގެ މަސްތަކެއް ކުރިން ބައްސާމް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަހުރެން

  ބައްސާމު ވ މަކަރު ވާނެ.. މޮޅެތި ވާހަކަ ދައްކާފަ އަޅައެއްނުލާނެ.. މަހުލޫފު ވެރިކަުގަ ހުންނަ އިރުވެސް ހަމަ ކުރިން ތަޅާ ކަހަަ ހުސް އަނގަ އަދިވެސް ތަޅަނީ

  66
  2
 2. ޕޮގުބާ

  ދަނގަޑޭ ނުޖެހެ ނަގާކަށް ގައުމީ ޓީމަކަށް މާމުސްކުޅި

  5
  34
 3. އަހްމަދު

  ކޮންމެމީހަކާ ބައްދަލު ކުރިއަސް ތިޔަކޯޗް މިފަހަހަކު ދަނގަޑޭއެއް ނުނަގާނެ. ކޯޗުންނަކީ ފިސާރިބައެއް. ގޮތްދޫނުކުރާނެ. އަހަރެންމީކުޅޭ މީހެއްވެސްނޫން. ދަނޑޭ މެންކަހަލަ ކުޅުމުގައި އުޅޭމީހުނަށް މިކަން އެނގެންވާނެ. ނޭގެންޏާ އަދި ފުޓްބޯޅައިގެ ތެރެއަށް ނުވަދެވެނީ.

  8
  2
 4. ނަސީމާ ފިރުދައުސް ޢުލާމީ

  ބައްސާމަކީ ޔާމީނު ސަރުކާރުގައި އަދީބުއާއި ގުޅިގެން ދައުލަތުން ވަަގަށްނެގި ބިލިއަންސް ރުފިޔާ ވަގަށްނެގުމުގައި އެގުރޫޕުގައި ހިމެނޭ މީހެއް. ފައިސާއިންމަންފާ ހޯދައި ސަލާމަތްވެ ދައުލަތަށް ޗައްކަރުޖަހައިގެން އުޅޭމީހެއް. މީނާގެ މައްސަކަ ތަހުގީގުކޮށް ހައްޔަރުކުރަންޖެހޭ.!!!

  9
  1
 5. Anonymous

  ދަގަނޑޭ ކޮބާ