ޖޫލޭ ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި - ވަގުތު އިމޭޖެސް: އިބްރާޙިމް ޝާބިލް

ސަރުކާރުން އެންމެ ފުރަތަމަ އެޅި ޓާފް ދަނޑު ކަމަށް ވާ ގަލޮޅު ފުލެޓް ތެރޭގައި ހުރި "ޖޫލޭ" ފުޓްސަލް ދަނޑު ކާޕެޓް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

Error, group does not exist! Check your syntax! (ID: 111)

ހައުސިން މިނިސްޓްރީއިން ހަވާލުވެގެން ޓާފް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާ މިދަނޑުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ ދަނޑުގެ ވަށާ ގައު ޖެހުމުގެ މަސައްކަތެވެ. ހައުސިން މިނިސްޓްރީ އިން މަސައްކަތް ކުރަމުން ގެންދަނީ ރޯދައިގެ ކުރިން ދަނޑުގެ މަސައްކަތް ނިންމައި ރޯދަމަހުގެ ތެރޭގައި އެދަނޑުގެ ބޭނުން ކުޅުންތެރިންނަށް ކުރެވޭނެ ވަރު ކުރުމަށެވެ.

ޖޫލޭ ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި - ވަގުތު ފޮޓޯ: އިބްރާޙިމް ޝާބިލް

މި ދަނޑަކީ މާލޭގެ އެތަށް ޒުވާނުންނެއް ކުރިން ބޭނުންކުރަމުން އައި ދަނޑަކަށް ވާތީވެ މާ ބޮޑު މަސައްކަތްތަކެއް ނުކޮށް ދަނޑުގެ މަސައްކަތްތަށް ނިންމާލެވޭނެކަމަށް ލަފާ ކުރެވެއެވެ. ސަބަބަކީ ކުރިން ޓާފް އަޅާފައިވާ މި ދަނޑުގައި ޓާފް އެޅުމަކީ އެހާ ގިނަ ދުވަސް ނަގާނެ ކަމަކަށް ނުވާތީއެވެ.

މި ދަނޑަށް ޖޫލޭގެ ނަމުން ނަން ދެވިފައިވަނީ ރާއްޖޭގައި އުފެދުނު މޮޅެތި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖޫލޭ ނިސްބަތްވަނީ ގަލޮޅަށް ކަމުން އޭނާގެ ނަމުންނެވެ.

ޔޫތު މިނިސްޓްރީ އިން މާލެ އާއި އިތޮޅުތެރޭ އެކި އެކި ރަށްރަށުގައި މިހާތަނަށް 80 އަށް ވުރެ ގިނަ ފުޓްސަލް ދަނޑުތަށް އަޅާ ނިންމާފައިވާއިރު މިހާރުވެސް ދަނީ 100 އަށް ވުރެ ގިނަ ފުޓްސެލް ދަނޑުގެ މަސައްކަތް ކުރަމުންނެވެ.

ޖޫލޭ ފުޓްސަލް ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތް ވަނީ ފަށާފައި - ވަގުތު ފޮޓޯ: އިބްރާޙިމް ޝާބިލް

މިއީ މި ސަރުކާރުގެ ސްޕޯޓްސް އެރީނާ މަސްރޫޢުގެ ދަށުން ދިވެހި ކުޅިވަރުގެ ދާއިރާއަށް ގެނައި ވަކިން ހާއްސަކޮށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް ގެނައި އިންގިލާބީ ބަދަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކުރިން މިދަނޑުގަ އޮތީ މެޓް އަޅާފަ. މިހާރު ޓާރފްއަށް ބަދަލުކުރުމުގެ މަސައްކަތް އެކުރަނީ .. ރަގަޅު މައުލޫމާތު ހޯދައިގެން ހަބަރު ލިޔުން ރަގަޅުވާނެ.