ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު ފާސްކުރާ ކޮންގްރެސް ހުއްޓުވައިދިނުމަށް އެއެސޯސިއޭޝަންގެ އިންތިހާބީ ރައީސް މުޙައްމަދު ލަތީފް އެދިއްޖެއެވެ.
ވީއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން މިރޭ ބާއްވާ އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ހުއްޓުވައިދިނުމަށް މުހައްމަދު ލަތީފް އެދިފަވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގައެވެ.
އޮލިމްޕިކް ކޮމެޓީގެ ރައީސް މުޙައްމަދު ޝަވީދަށް އެޑްރެސް ކުރައްވައި މިއަދު ލަތީފް ފޮނުވި ސިޓީގައި ވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ޤާނޫނާ ޚިލާފަށް ނޯމަލޭޒޭޝަން ކޮމެޓީއެއް އުފައްދަވާފައިވާތީ އެކަމަކީ އެފްވައިއައިބީން ބަލައިގަންނަ ކަމެއް ނޫންކަމަށާއި އެއިދާރާއިން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ޢަބްދުﷲ އާމިރަށް ފޮނުވި ސިޓީގައި އެކަން ބަޔާންކޮށްފައިވާކަމަށެވެ.
ލަތީފްގެ ސިޓީގައި މިރޭ ބާއްވަން އުޅޭ ކޮންގްރެސްގައި ވީއޭއެމްގެ މެންބަރު ކުލަބުތަކުގެ ތެރެއިން ބައެއް ކްލަބްތަކަށް ފުރުސަތު ނުދޭން އުޅޭ މަޢުލޫމާތު ލިބިފިވާކަމަށް ފާހަގަކުރަައްވާފައިވެ އެވެ. އަދި އެފްއައީވީބީގެ ނިންމުން ތަންފީޒު ކުރުމުގެ ބާރުއަޅުއްވައިދެއްވައި ނޯމަލައިޒޭޝަން ކޮމެޓީގެ ފަރާތުން ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށް އެކޮމިޓީއަށް އަންގަވައިދެއްވުމަށްވެސް ލަތީފްވަނީ އެދިފައެވެ. އެހެންކަމުން މިކަންކަން ބަޔާންކޮށް ލަތީފް ވިދާޅުވެފައި ވަނީ ނޯމަލައިޒޭޝަން ކޮމެޓީން ބާއްވަން މަސައްކަތްކުރާ ކޮންގްރެސް ހުއްޓުވައިދިނުމަކީ އޮލިމްޕިކް ކޮމެޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ކޮމިޓީ އުވާލައްވައި، އެ އެސޯސިއޭޝަންގެ ހިންގުން، ވަގުތީ ކޮމިޓީއަކާ ހަވާލު ކުރެއްވުމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް ނިންމެވީ މިދިޔަ ޖޫންމަހުގެ ތެރޭގަ އެވެ.
ކުޅިވަރުގެ ޤާނޫނުގެ ދަށުން ކޮމިޝަނަރަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ދަށުން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ރައީސް އިބްރާހީމް އިސްމާއިލުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކޮމިޝަނަރ ހީނާ އަހުމަދު ސަލީމް ނިންމެވީ ވޮލީބޯޅަ އެސޯސިއޭޝަން ހިންގުން އިންޓަރިމް ކޮމިޓީއަކާ ޙަވާލުކޮށް، ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްގެ ލީޑާޝިޕާ ގުޅުން ހުރި މައްސަލަތައް ތަހުގީގުކޮށް އެ އެސޯސިއޭޝަންގެ މައްސަލަ ހަމައަކަށް އެޅުއްވުމަށެވެ.
ނޯމަލައިޒޭޝަން ކޮމިޓީ ސައްހަ ކަމަށް ނިންމައި އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ މަހު 22 ވަނަ ދުވަހު އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އާއި އެފްއައިވީބީ އަށް އެކަން އަންގާފަ އެވެ. އޭގެ ޖަވާބުގައި އެފްއައިވީބީން އަބްދުﷲ އާމިރު އަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ވީއޭއެމް ހިންގުން އިންޓަރިމް ކޮމިޓީއަކާ ހަވާލުކޮށްފައިވީ ނަމަވެސް އެ ކޮމިޓީ އެފްއައިވީބީން ބަލައިނުގަންނަ ކަމަށާއި އެ އިދާރާއިން ގަބޫލުކުރަނީ އިންތިހާބަކާ އެކީ އައިސްފައިވާ ލަތީފްގެ ލީޑަޝިޕް ކަމަށެވެ.
ކޮންމެ ތަނެއްގަ ކޮންމެ ކަމެއްގަވެސް ކޯޅުން. ސާބަސް ދިވެހިންނަށް.
ތިލަތީފް މުޅި ވޮލީ ހަލާކު ކޮށްފި... ބައިބައި ކޮށްފި... އަދިވެސް ދުރަށް ދާކަށް ނުވޭތަ....
މަހުލޫފު މިނިސްޓަރަކަށް އައީސްސުރެއް ރާއްޖޭގެ ހުރިހާ ކުޅިވަރުތަކެއް ފުޑެންފަށައިފި. ނާގާބިލް ކަމުގެ ލާމަސީލު މިސާލެއް.
ފުޓުބޯޅަ ފުޑުނީމަ ވޮލީވެސް ފުޑާލަން ސަލީމުއާއި އިސްމާލު އެއުޅެނީ