ކޮވިޑް 19 ޖެހުނު ކަމަށް ޝައްކުވި ނަމަވެސް، އެކަން މުޅިއަކުން ޔަގީން ނުވާ ކަމަށް މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފިއެވެ.

ބެލްޖިމްގެ ޕްލޭމޭކަރު ޑިބްރޭނާ ބުނެފައި ވަނީ އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރެމުންދިޔުމާ ގުޅިގެން ގޭގައި މަޑުކުރަން އެންގި ހިސާބުން އޭނާ އިނީ އާއިލާއާއެކު ގޭގައި ކަމަށާއި، އާއިލާގެ އެންމެންވެސް އެ ދުވަސްކޮޅު ވަރަށް ބޮޑަށް ރޯގާ ޖެހި ބަލިވި ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ފުރަތަމަ ބަލިވީ. ދެން އަންހެނުންނާ ބޮޑު ދަރިވެސް ބަލިވި. ދެ ހަފްތާ ވަރުވީއިރު، ރަނގަޅު ވެއްޖެ. އެކަމަކު ޓެސްޓް ނުކުރެވުނު އޭރު. ވެދާނެ އެއީ ކޮވިޑް 19 ކަމަށްވެސް. އަހަންނަށްވެސް އުނދަގޫވި ކޮންމެވެސް ވަރަކަށް،" ޑިބްރޭނާ ބުނެފައިވެއެވެ.

އަމިއްލަ ގޭގައި އިނދެގެން ފިޓްނެސް ރަނގަޅު ކުރުމަށް ފެތުމުގެ އިތުރުން ޓްރެޑްމިލްގައި ދުވާ ކަމަށް ޑިބްރޭނާ ބުނެފައިވާއިރު، އޭނާ ބުނެފައި ވަނީ މިހާލަތަށް ތައްޔާރުވާން އުނދަގޫވި ކަމަށެވެ. ޚާއްސަކޮށް ފުރަތަމަ ދުވަސްކޮޅު ވަރަށް ގިނަ ކަންކަމުގައި ދަތިވި ކަމަށްވެސް ޑިބްރޭނާ ބުނެފައިވެއެވެ.

ޑިބްރޭނާ ބުނެފައި ވަނީ ސިޓީން ކުޅުންތެރިންގެ ފިޓްނެސް ރަނގަޅު ކުރުމަށް ރޫޓީންތައް ފޮނުވަމުންދާ ކަމަށާއި، އޭގެ ތެރެއިން ރޫޓީންތތައްވެސް ގޭގައި އުޅެމުންދާ ވަގުތުތަކުގައި ކުރިއަށް ގެންދާ ކަމަށެވެ.

އިނގިރޭސިލީގުގައި ބާކީ ސިޓީއަށް 10 މެޗު އޮތްއިރު، އެޓީމަށް ލީގު ލިބުމުގެ އުންމީދު ވަރަށް ކުޑައެވެ. ލީގު އަލުން ފަށާނެ ދުވަހެއް ނޭނގި އޮތީ އިނގިރޭސިވިލާތުގައި ކޮވިޑް ކޮންޓްރޯލް ނުވެ އޮތުމުންނެވެ. އެހެންނަމަވެސް މި ހަފްތާގައި ލީގުގެ ބާކީ ބަޔަށް ގޮތެއް ނިންމުމަށް މަޝްވަރާ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    އެހެންވިއްޔާ މާލޭ ކޭތައް ފެށުނީ މީނަޔާހުރެ! އަވަހަށް މީނާ ހޯދައިގެން ގެނެސް މަބްރޫކާ ހަވާލުކުރޭ!

    5
    9
  2. މުހައްމަދު

    މިހާރު ގައުމު އޮތްހާލަތަށް ބަލާއިރު ހުސޭނުބޭގެ ކޮމެންޓް މުހިއްމެއްނޫން.

    16
  3. އަނގަބޮޑު ބަކަރި

    ޙުސޭނުބެއަށް މިހާރަށްވުރެ ހެޔޮ ވިސްނުމެއް ދެއްވާންދޭވެ!