ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

އިންތިޚާބާއި ގުޅޭގޮތުން ޓީއޭއެމް އިން ބުނެފައިވަނީ ހިންގާ ގަވާއިދު 19 މާއްދާގައިވާ ގޮތުގެ މަތިން އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބު 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 7 ވާ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ ކަމަށެވެ.

އިންތިޚާބުގައި ވާދަކުރަން އެދޭ މެންބަރުންނަށް ފުރުޞަތު ހުޅުވާލާ އެކަން އާންމުކޮށް އަންގާ މިހާރު އިއުލާނުކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އިންތިޚާބުގެ ޤަވާއިދާއި ފޯމުތައް އެސޯސިއޭޝަނުގެ ވެބްސައިޓް www.tennis.mv އިން ޑައުންލޯޑު ކުރެވޭނެކަމަށާއި ނޫންނަމަ އެސޯސިއޭޝަންގެ އިދާރާއިންވެސް ފޯމު ލިބެން ހުންނާނެކަމަށް ބުނެއެވެ.

އިންތިޚާބުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުށައަޅާ ފޯމާއި، ފޯމާއި އެކު ހުށައަޅަން ޖެހޭ ލިޔެކިޔުން ފުރިހަމަ ކުރުމަށްފަހު 22 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

ފޯމާއި ލިޔެކިޔުންތައް އެ އެސޯސިއޭޝަންގެ އިދާރާއިންނާއި، އެސޯސިއޭޝަންގެ އީމެއިލް [email protected] މެދުވެރިކޮށް ބަލައިގަންނަ ގޮތައް ހަމަޖެހިފައިވާކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެއެެވެ.

އިންތިޚާބީ ޖަލްސާ އޮންނާނެ ވަގުތާއި ތަން ފަހުން އިޢުލާނު ކުރާނެކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެއެވެ.

ޓެނިސް އެސޯސިއޭޝަނުގެ މިހާރުގެ ރައީސްއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޯރި

    މާލޭނޫނީ ރާއްޖޭގެ މީހުންއުޅޭ އެއްވެސްރަށެއްގަ ޓެނިސްކޯޓުގަނޑެއް އަޅައެއްނުދިން، 50 އަހަރުވެއްޖެ މާލޭގަ "ގައުމީ" ޓެނިސްކޯޓު އަޅައިގެން ދައުލަތުގެ ފައިސާ ތަޅާބުރުވާތާ، ލަދުހަޔާތްވެސް ކުޑައީ.

    1
    1
  2. ޅަބޭ

    ޓެނިހަކީ ރާއްޖޭގަ އުޅޭ މިލިއަނަރުންނާއި އެމީހުންގެ އާއިލާ ކުޅޭއެއްޗެއް.