މިއަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ފުޓުބޯޅަ ސީޒަނަށް ފަރިތަކުރުންތައް ފެށި ދެވަނަ ޓީމަކަށް ކުލަބް ވެލެންސިއާާ ވެއްޖެއެވެ.

މިއަދު ހަވީރު މާފަންނު ޓާފް ދަނޑުގައި ފެށި ތަމްރީނުތަކުގައި މިފަހަރު އެ ޓީމަށް އަލަށް ސޮއިކުރި ކުޅުންތެރިންގެ ތެރެއިން އަކްރަމް އަބްދުލް ޢަނީއަށް ބައިވެރިއެއް ނުވެވުނެވެ. ނަމަވެސް އެ ކުލަބާއި މިއަހަރު ގުޅުނު ގިނަ ކުޅުންތެރިން ވަނީ ފުރަތަމަ ފަރިތަކުރުންތައް ފަށާފައެވެ.

ވެލެންސިއާގެ ސީނިއާ ޓީމުގެ އިތުރުން ޒުވާން ޓީމުގެ ފަރިތަކުރުންތައް ވެސް ވަނީ ފަށާފައެވެ. މި ފަރިތަކުރުންތައް ކުރިޔަށްދިޔައީ ދެވަނަ ޑިވިޝަނުގައި ކުލަބުގެ ހެޑް ކޯޗަކަށް ހުރި އިސްމާއިލް އާސިފް (ކުޑަހީނާ) ގެ ބެލުމުގެ ދަށުންނެވެ. މިއީ މިފަދަ ގޮތަކަށް ފަރިތަކުރުން ފެށި ފުރަތަމަ ޓީމުކަން ފާހަގަކޮށްލެވެއެވެ.

އާ ސީޒަނަށް ކުލަބް ވެލެންސިއާގެ ފަރިތަކުރުންތައް ފެށުން ވަގުތު އިމޭޖސް:- އަހްމަދް އަލީ

"ވަގުތު ސްޕޯޓްސް" އާއި ވާހަކަދައްކަމުން ވެލެންސިއާގެ އޮފިޝަލަކު ބުނީ މިއީ މުސްތަގުބަލަށް ވިސްނުމަށްފަހު ކުލަބުން ފެށި މަސައްކަތެއް ކަމަށެވެ. އަދި ސީނިއާ ސްކޮޑުންވެސް މި ކުޅުންތެރިންނަށް ވެސް އެ އޮންނަ އުސޫލުތަކުގެ ތެރެއިން ފުރުސަތުު ދެމުން ގެންދާނެކަމަށް އެ ކުލަބުން މައުލޫމާތުދެއެވެ.

މި ސީޒަނުގައި ކުލަބް ވެލެންސިއާއަށް ސޮއިކުރި ކުޅުންތެރިންގެ ތެރޭގައި ގޯލްޑް ކެޕްޓަން އަކްރަމް އަބްދުލް ޢަނީ އާއި ސްޕެއިންގެ ދަށް ޑިވިޝަންތަކުގައި ކުޅުނު ޒާން އާމިރު އާއި މީގެކުރިން ފުރަތަމަ ޑިވިޝަނުން ފެނުނު ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

ޓީމުގެ ފަރިތަކުރުންތައް ފެށީ އެޗްޕީއޭއާއި އެފްއޭއެމް ގުޅިގެން އެކުލަވާލި ގައިޑްލައިންތަކުގެ ދަށުންނެވެ. އާ ގައިިޑްލައިނާއެކު ފަރިތަކުރުންތައްް ކުރިޔަށްދާނީ އުސޫލުތަކެއްގެ ދަށުންނެވެ.

އާ ސީޒަނަށް ކުލަބް ވެލެންސިއާގެ ފަރިތަކުރުންތައް ފެށުން ވަގުތު އިމޭޖެސް:- އަހްމަދް އަލީ

ވެލެންސިއާ އެނބުރި ފުރަތަމަ ޑިވިޝަނަށް އައީ ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އެ ޓީމު ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ގިނަ މަސައްކަތްތަކަށް ފަހުގައެވެ. ހާއްސަކޮށް އިސްމާއީލް އާސިފް (ކުޑަހީނާ) އާއި އެ ޓީމަށް ކުޅުނު ފުރަތަމަ ޑިވިޝަނަށް ކުޅުނު ގިނަ ކުޅުންތެރިން ފާހަގަކޮށްލެވެއެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ކުލަބަކީ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.