އިންޑިއާއާއި އޮސްޓްރޭލިއާ ކުޅޭ ޓެސްޓް ސީރީޒްގެ ބޮޑުބައެއް އިންޑިއާގެ ކެޕްޓަން ވިރާތް ކޮހްލީ ނުކުޅޭކަން ހާމަކޮށްފިއެވެ.

އެގޮތުން އޭނާއަށް ކުޅެވޭނީ ހަމައެކަނި ޑިސެމްބަރު 17 ވަނަ ދުވަހު ކުޅޭ ޓެސްޓުގައި އެކަންޏެވެ. އަދި ފުރަތަމަ ޓެސްޓަށްފަހު ވިރާތް އިންޑިއާއަށް އޭނާގެ އަންހެނުން ވިހަންވާއިރަށް އަނބުރާ އިންޑިއާއަށް އަންނަން ޖެހުމުން ސީރީސްގެ ބާކީ ޓެސްޓް މެޗްތަކުގައި ވިރާތް ނުކުޅޭކަން ވަނީ ހާމަކޮށްފައެވެ.

ވިރާތްގެ އަންހެނުން، ބޮޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ ވިހާނެކަމަށް ބެލެވެނީ ޖެނުއަރީ މަހުގެ ކުރީކޮޅުގައި ކަމަށް ބޭރުގެ މީޑިއާތަކުގައި ބުނެފައިވެއެވެ. އެހެންކަމުން ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ކުޅޭ ޓެސްޓް މެޗާއި ޖެނުއަރީގައި ކުޅޭ މިސީރީސްގެ ދެ ޓެސްޓުމެޗުގައިވެސް ވިރާތް ނުކުޅޭނެކަމަށް މީޑިއާ ތަކުގައި ބުނެފައިވެއެވެ.

އެހެންނަމަވެސް ޓެސްޓް ސީރީސްގެ ކުރިން ކުޅޭ ތިން "ޓީ20" އާއި ތިން "1 ޑޭ އިންޓަނޭޝަނަލްސް" ގައި ވިރާތް ކުޅޭނެކަމަށް މީޑިއާތަކުން ހާމަކޮށްފައިވެއެވެ.

ވިރާތްގެ ބަދަލުގައި އޮސްޓްރޭލިއާ ޓެސްޓް ސީރީސްގައި އިންޑިއާ ޓީމުގެ ކެޕްޓަންކަން ކުރާނީ ވައިސް ކެޕްޓަން އަޖިންކްޔާ ރާހަނޭއެވެ. ވިރާތް ވަނީ 55 ޓެސްޓްގައި އިންޑިއާ ޓީމުގެ ކެޕްޓަންކަން ކޮށް ދެވަނަ އަށް އެންމެ ގިނަ ޓެސްޓުގައި ކެޕްޓަންކަން ކުރި އިންޑިއާ ކުޅުންތެރިއާގެ މަގާމުހޯދާފައެވެ. އެންމެ ގިނަ ޓެސްޓުގައި ކެޕްޓަންކޮށްފައިވާ އިންޑިއާ ކުޅުންތެރިއަކީ އެޓީމުގެ ކުރީގެ ކެޕްޓަން މަހިންދްރަ ސިންގް ދޯނީއެވެ. ދޯނީވަނީ 60 ޓެސްޓު މެޗުގައި ކެޕްޓަންކަން ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކޮތަރު

  މިހާރުވެސް އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ވިރާތު އަށްވުރެ އެކަށީގެންވަނީ ދޯނީ. ދޯނީގެ މަޑުމައިތިރި ކަމާއި ރިވެތި އަޚްލާޤަކީ ކެޕްޓަނަކަށް އެންމެ ބޭނުންތެރި ދެސިފަ.

  10
  1
  • ޑޮންޑޮން

   ދޯނީ މިހާރު ރިޓަޔާވެއްޖެ

 2. ޑޮންޑޮން

  ދޯނީ މިހާރު ރިޓަޔާވެއްޖެ