1981 އަށް ފަހު ފުރަތަމަ ފަހަރު ސްޕެއިންގެ ރިއަލް މެޑްރިޑު އަދި އިނގިރޭސި ވިލާތުގެ ލިވަޕޫލް ބައްދަލު ކުރަނީ ޔޫރަޕުގެ ތައްޓަށެވެ.

މިއަހަރުވެސް ޗެމްޕިއަންސް ލީގު 12 ފަހަރު ކާމިޔާބު ކޮށްފައިވާ ރިއަލް މެޑްރިޑުން އެދެނީ މިދިޔަ 2 އަހަރާއި އެއްގޮތަށް މިއަހަރުވެސް ތަށި ކާމިޔާބު ކޮށް ޗެމްޕިއަންސް ލީގު ތަށި މިލްކު ކުރުމަށެވެ. ހަމަ އެހެންމެ ލިވަޕޫލް އިން އެޓީމުގެ ތާރީހުގެ 6 ވަނަ ޗެމްޕިއަންސް ލީގު ތަށި ކާމިޔާބު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެއެވެ.

2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލް އޮންނާނީ 26 މެއިވާ ހޮނިހިރު ދުވަހު ރާއްޖެ ގަޑިން ރޭގަނޑު 23:45 ގައެވެ. ގިނަ މީހުން ބަލަން ކެތް މަދުވެފައިތިބި މިމެޗު ކުޅޭނީ އެން އެސް ސީ އޮލިމްޕިކްސީ ގައެވެ. މިއީ ޔޫކްރޭންގެ ކްލަބެއް ކަމަށްވާ ޑައިނަމޯ ކިއެވް ދަނޑެވެ. 2012 ވަނައަހަރުގެ ޔޫރޯ ފައިނަލް މެޗު ވެސް ކުޅެފައި ވަނީ މިދަނޑުގައެވެ. މިދަނޑަށް މެޗު ބަލާލުމަށްޓަކައި 63،000 ސަޕޯޓަރުންނަށް ވަދެވެއެވެ.

މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ޖާޖެން ކްލޮޕް ބުނެފައިވަނީ ފައިނަލަށް ނިކުންނާނީ އަލިފާނާއި އެކީގައި ކަމަށެވެ. " އަހަރެމެން ލީގު ކަޕުގެ ފައިނަލަށްވެސް ދަތުރު ކުރިން، ނަމަވެސް އެއްވެސް މީހަކު ޝުކުރު އަދާ ނުކުރޭ ފައިނަލާއި ހަމަޔަށް ގެނދިޔުމުން، މިމުބާރާތުގައި ރިއަލް މެޑްރިޑް އަށް ވުރެ ތަޖުރިބާކާރު ޓީމެއް ނުކުޅޭނެ، އަހަންނަށް ހީވަނީ 80 ޕަސެންޓު ކުޅުންތެރިން ވާނީ ފައިނަލުތައް ކުޅެފަހެން، އެމީހުން ވަރަށް

ތަޖުރިބާކާރު ނަމަވެސް ލިވަޕޫލް ނިކުންނާނީ އަލިފާނާއި" ކްލޮޕް ބުންޏެވެ.

މި ދެޓީމުގެ ތާރީހަށް ބަލާލާއިރު ރިއަލް މެޑްރިޑަކީ މިމުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމެވެ. 1956 ވަނަ އަހަރާއި 1960 ވަނަ އަހަރާއި ދެމެދު ރިއަލް މެޑްރިޑުން ވަނީ ވިދި ވިދިގެން 5 ފަހަރު މުބާރާތް ކާމިޔާބު ކޮށްފައެވެ. ރިއަލް އިން ވަނީ ޖުމްލަ 12 ފަހަރު މިމުބާރާތް ކާމިޔާބު ކޮށްފައެވެ. ލިވަޕޫލް އަށް ވުރެ ގިނައިން މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ ހަމައެކަނި އޭސި މިލާން އާއި ރިއަލް މެޑްރިޑެވެ. 5 ފަހަރު މުބާރާތް ކާމިޔާބު ކުރި ލިވަޕޫލް އިން ވަނީ 1981 ވަނަ އަހަރުގެ ފައިނަލުގައި ރިއަލް މެޑްރިޑު ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފައެވެ. އެމެޗުގައި ލިވަޕޫލް އިން ގޯލު ކާމިޔާބު ކޮށްފައިވަނީ އެލެން ކެނެޑީއެވެ.

މިމެޗުގައި ގިނަ ބައެއްގެ ލޯތައް ސަލާހު އާއި ރޮނާލްޑޯ އަށް ހުއްޓޭނެކަން ޔަގީނެވެ. މިއީ ބެލޮންޑިއޯ އަށްވެސް ވާދަކުރާނެ ދެކުޅުންތެރިން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. މިސީޒަނުގައި ހުރިހާ މުބާރާތެއްގެ ތެރެއިން ރޮނާލްޑޯ އަދި ސަލާހު ވެސް ޖަހާފައިވަނީ 44 ގޯލެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލު ރޮނާލްޑޯ ޖަހާފައި ވާއިރު(15) ޕްރެމިއާ ލީގުގައި ސަލާހު ވަނީ 32 ގޯލު ޖަހައި ރަން ބޫޓު ހޯދާފައެވެ.

އެހެންކަމުން މިމެޗަކީ ރޮނާލްޑޯ އާއި ސަލާހްގެ ކުރިމަތިލުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ސަލާހް

    އިރާދު ކުރެއްވިޔާ މި ސަލާހުގެ ފަހަރެއް....

    • ސަޕޯޓަރެއް

      އާމީން!

      • ޙަޤީގަތް

        އާމީން

  2. ލިވަޕޫލް

    އިރާދަކުރެއްވިއްޔާ ޞަލާޙްއަށް ކާމިޔާބު ލިބޭނެ.

    • ދިވެހި

      އާމީން!

  3. މަ

    މީ ރޮނާލްޑޯގެ ފަހަރެއް ??ހަހަހަހަަހަަަހަަހަަބހަ???

    • ގަދަ

      ނޮޓް

    • ކައުންސެލަރު

      ނުވާނެ އެހެނެއް??

    • ގަދަ

      ރޮނާލްޑޯ ސޯޓައް ސީ!!!!!!!

  4. ޚާލިދު ވަޙީދު

    ﷲ އިރާދަކުރެއްވިއްޔާ މިރޭގެ މެޗުގައި މުޙަންމަދު ސަލާޙް ގޯލް ޖހަގެން ލިވަރޕޫލް މޮޅުވާނެ. In Sha Allah

  5. އަފީ

    މީ ރިއަލްގެ ފަހަރެއް!

  6. އަޒްހާން

    އިރާދަކުރެއްވިއްޔާ މިފަހަރޔ ރިއާލް މެޑްރިޑް ނަގާނެ

  7. ސާހް

    ރިއާލް އެއްބުރުން! އިންސާﷲ

  8. ސުނޭ

    މީ އަހަރުމެންގެ ފަހަރު...ރިއާލް މެޑްރިޑްގެ ފަހަރު

  9. ކައިމަން

    ހަބޭސް؛؛؛؛؛؛؛؛ ރޮނާލްޑޯގެ ފަހަރު.......ރިއަލްގެ ފަހަރު

  10. އަހުމަދު

    އިރާދަކުރެއްވިއްޔާ ރީތި ބައްޔަކުން ބަލިކޮށް ތަށި ރިއަލް ނަގާނެ. އިންޝާﷲ

  11. އަލީ

    މީ ރޮނާލްޑޯ ގެ ފަހަރު

  12. ރަސީދު

    ރިއާލް މޮޅުވާނެ

  13. ނުހާދު

    ރޮނާލްޑޯގެ ފަހަރު. މިލްކްކުރާފަހަރު

  14. ޖުނޭ

    އަސްލުގަވެސް ރިއާލް މިފަހަރު މޮޅުވާނެ................އިންޝާﷲ

  15. ތީޓީ

    ކުރިސްޓިއާނޯ ރޮނާލްޑޯގެ ކުޅުން މިރޭ ފެންނާނެ. ސްކޯކުރާތަން ބަލަން ތިބެ، ރިއާލް މޮޅުވާނީ އިރާދަކުރެއްވިއްޔާ

    • Anonymous

      އެކި ނަންނަމުގަ އެކަކު ރެއާލް އަށް ސަޕޯޓް ކޮށްފަ މިއޮތީ

    • ޙަޤީގަތް

      އެކި ނަންނަމުގަ އެކަކު ރެއާލް އަށް ސަޕޯޓް ކޮށްފަ މިއޮތީ

      • ކޫޅް

        މިރޭ ކުޅޭ މެޗަކީ މުސް ލިމުން ނާ އަދި ކްރިސްޓިޔަނުން ނާ ވަކިން ކުޅިބަލާނެ މެޗެއް