އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިއަށް ގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގެ ފައިނަލަށް ރާއްޖޭގެ އެންމެ ކާމިޔާބު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.
އޭއެފްސީގެ ވެބްސައިޓުގައި ވޯޓުލުމުގެ ސުންގަޑި 13:00 ގައި ހަމަވިއިރު ސެމީ ފައިނަލުގައި ދަގަނޑޭއަށް ލިބުނު ވޯޓުގެ އަދަދަކީ 54.68 އިންސައްތައެވެ. ވިއެޓްނާމުގެ ކުޅުންތެރިޔާއަށް ލިބުނީ 45.32 އިންސައްތައެވެ.
މި ޗެލެންޖުގެ ފައިނަލުގައި ދަގަނޑޭ ވާދަކުރާ ޖާގަ ހޮންގ ކޮންގްގެ ޗަން ސިއު ކީ އާއެވެ. އޭނާ ފައިނަލްގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މެލޭޝިއާގެ ސަފާވީ ރާޝިދްގެ މައްޗަށް ކުރިހޯދައިގެނެވެ. ޗަން ސިއު ކީއަށް ލިބިފައިވަނީ ވޯޓުލީމީހުންގެ 51.61 އިންސައްތަ ވޯޓު ހޯދައިގެނެވެ. ސަފާވީ ރާޝިދަށް ލިބިފައިވަނީ 48.39 އިންސައްތަ ވޯޓެވެ.
އަޝްފާގް ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓް މައްޗަށް ކުރިހޯދައިގެންނެވެ. ކުއާޓާ ފައިނަލާއި ހިލާފަށް ސެމީފައިނަލުގައި ގިނަވަގުތު ކުރީގައި އޮންނަނީ އަޝްފާގެވެ. ނަމަވެސް ކުއާޓާ އެކޭ އެއްފަދައިން ސެމީގައިވެސް ވިއެޓްނާމް ކުޅުންތެރިއާއަށް ވޯޓު ހޯދައިދޭން ވިއެޓްނާމްގެ އެފްއޭގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރިއެވެ.
ސެމީފައިނަލުގެ ބޮޑުބައިގަވެސް ކުރީގައި އޮތ އަޝްފާގެވެ. ނަމަވެސް ސެމީފައިނަލުގެ ވޯޓުލުންވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ.
އާބާދީ ބޮޑު ވިއެޓްނާމްގެ ކުޅުންތެރިއަކު ވޯޓުން ބަލިކޮށް ސެމީގައިވެސް ވިއެޓްނާމް ކުޅުންތެރިއަކާއި ވާދަކުރަން ޖެހުމުން އެގައުމުން ތައްޔާރުވާނެ ކަމަށް ބަލާ ރާއްޖޭގައިވެސް ވަނީ އަޝްފާގަށް ވޯޓު ހޯދައިދިނުމަށް ވަރަށް ވަރުގަދަ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށާފައެވެ. އެގޮތުން އަޝްފާގަށް ވޯޓު އިތުރުކުރުމަށް "ޓީމް އަޝްފާގް"ގެ ނަމުގައި ކޮމިއުނިޓީ ވައިބާ ގްރޫޕެއްވެސް ވަނީ ހުޅުވާފައެވެ.
މަރުހަބާ ދަގަނޑޭ ވީއާ ވިތް ޔޫ😊
އިއްޔެއާއި މިއަދު ވަރަށް ވޯޓް ދީފިން
އަލްހަމްދުލިﷲ ، ދިވެހިން ތިޔަ ދެއްކި ހިއްވަރަށްް އައްސެރިބަހާއި ސާބަސް!! ❤❤❤
ދެންް އޮތީ ދިވެހިން ފައިނަލަށް މިއައްވުރެ ވަރުގަދަ އަޒުމަކާއިއެކީ ވޯޓުލައި އަޝްފާގަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދިނުން!
ދެ އިނގިލި ކުރިން ދިލަނެގިޔަސް އައި އޭމް ހެޕީ. އޮންނާނީ ވޯޓުން ހޮވާފަ! އިންޝާﷲ ފައިންލުން ވެސް މޮޅުވާނީ ދިވެހިން. ދަނގޭ ކުޅުމުން ދިވެހިން މޮޅުކޮށްދީފި. ދިވެހީން ވޯޓުން ކޮންމެފަހަރަކު ވެސް ދަނގޭ މޮޅުކޮށް ދޭނަން .. ވޯޓްލި ހުރިހާ ކުދިންނަށް ޝުކުރިއްޔާ! ދިވެހިން ތަފާތު ވާނޭ. އިންޝާ ﷲ
މަރުޙަބާ އަލީ އަޝްފާޤް
ސާބަހޭ ދަރިޔާ!!!
الحمد لله🤲🏽🤲🏽🇲🇻މަރުޙަަބާ މަރުޙަބާ♥️♥️😍😍 ހަނދާނަށް އަންނަނީ މިތަންކޮޅު "މިއޮށްކުޑަ ރާއްޖެ އަރާ އެއޮށްބޮޑު ވިއެޓްނާމް ބަލިކޮށްފިޔޭ" =ނޭނގެ ރަނގަޅަށް ކަމެއްވެސް މިކިޔެނީ އުފަލުންގޮސް🤩😂
ސީރިޔަސްލީ ރައްފުށު
🤷🏻♀️👿
މަރުހަބާ
ހހހހހހހހހމމމމމމމމމމމމމމމ ދިވެހިން ހެން އެހެން މީހުން ކުރާނެ ކަމެއް ނެތިގެން ނޫޅެނީ ބާ
މަރުހަބާ ދަގަނޑޭ ވީއާ ވިތް ޔޫ😊
ކޮން މަރުހަބާއެއް ކިޔާކަށް މަކަރާހީލަތުން ކުރާކަންތަކަށް ؟؟؟
ބައެއް ދިވެހިން ހާދަ ނާތަހުޒީބޭދޯ ޤައުމާ ދީންދެކެ ހަޤީޤީ ލޯބިވާ މީހަކު ނުބުނާނެ ތިޔަކަހަލަ އެއްޗިސް