ރޭ ޗެންޕިއަންސް ލީގްގެ ފައިނަލް މެޗްގައި ރިއާލް މެޑްރިޑް އާ ދެކޮޅަށް ކުޅުނު މެޗުގައި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާޙްއަށް ލިބުނު އަނިޔާތަކާއެކުވެސް ވޯލްޑްކަޕް ކުޅޭނެކަމަށް މިސްރުގެ ކުޅުންތެރިޔާ ސަލާޙް ބުނެފިއެވެ.

ސަލާޙްގެ ރަސްމީ ޓުވިޓާ އެކައުންޓްއިން ކުރި ޓްވީޓެއްގައި ސަލާޙް ބުނެފައިވަނީ ކަންތައްތައް ކިތަންމެ ގޯސްކޮށް ދިޔަޔަސް ރަޝިޔާގައި އޮންނަ ވޯލްޑްކަޕްގައި އޭނާގެ ޤައުމާއެކު އޭނާ ކުޅޭ މަންޒަރު ފެނިގެންދާނެ ކަމަށާއި ހުރިހާ އެންމެން ފަޙްރުވެރި ވާފަދަ ކުޅުމެއް ދައްކާލާނެ ކަމަށާއި މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ވީހާވެސް ގިނަ ބައެއްގެ ލޯތްބާއި ސަޕޯޓް ކަމަށެވެ.

ރޭގެ މެޗްގެ ފުރަތަމަ ކޮޅުގައި ރިއަލް މެޑްރިޑްގެ ޑިފެންޑަރ އަދި ކެޕްޓަން ސާޖިއޯ ރާމޯސް ބޯޅަ އަތުލަން ކުރި މަސައްކަތުގައި ސަލާޙްއަށް އަނިޔާވެ އަތުގެ ކޮނޑުހުޅަށްވަނީ އަނިޔާތަކެއް ލިބިފައެވެ. ރޭގެ މެޗް ސަލާޙްއަށް ފުރިހަަމަ ނުވިއިރު، 1 - 3 ގެ ނަތީޖާއަކުން މިމެޗް ކާމިޔާބުކޮށްފައިވަނީ ރިއަލް މެޑްރިޑްއިންނެވެ.

އަންނަ މަހު 14 ވަނަ ދުވަހު ވޯލްޑްކަޕް ފަށާއިރު، ސަލާޙް އެޤައުމަކަށް ނިސްބަތްވާ މިސްރު، ވޯލްޑް ކަޕްގައި ފުރަތަމަ ބައްދަލު ކުރާނީ އުރުގުއޭއާ އެވެ. އެ މެޗް އޮންނާނީ ޖޫން 15ގަ އެވެ. މިސްރު ހިމެނެނީ ގުރޫޕް ސުޓޭޖްގައި، ރަޝިޔާ، ސައުދީ އަރިބިއްޔާ އަދި އުރުގުއޭ އާއެކު ގުރޫޕް "އޭ" ގައެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 3ނިރު

    ރާމޯސް ކުޅޭނެ ސަލާހު ކީލަފަތް ދޮށަށް ޖަހައިގެން

  2. ރޭމޯ

    ދެންކިއެއްވެ އެރޭ މެޗުގަ އެހެންނުކުޅެ ސަލާހު ހޭއަރުވާލީ ސަލާހު ދަނޑުގަ ހުރިއިރު މުޅި ރެއަލްޓީމު ތިބީ ހުމާ ހާފު ތެރޭ ޓެންޓުޖަހާފަ