މިސްރަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ސަލާހް އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިއެެކެވެ. ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އާއި މިސްރުގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހު އަކީ އޭނާގެ އިސްލާމީ ރިވެތި އަހުލާގުގެ ސަބަބުން ނަމޫނާ މީހެއްގެ ގޮތުގައި އެންމެން ބަލައިގަންނަމުން އައި މީހެކެވެ. އަދި ހުޅަނގުގެ އިސްލާމް ދީނާއި ދެކޮޅު ކަންކަމާއި މެދު އޭނާ ބަހައްޓާ ބީރައްޓެހިކަން ވެގެންދިޔައީ މުސްލިމުންގެ ހިތުގައި އޭނާ އަށް އޮތް ލޯބި އިތުުރުވި ކަމަކަށެވެ.

އެހެންކަމުން މި އަހަރު ސަލާހް އޭނާގެ އަނބިމީހާ އާއި ކުދިންނާއި އެކު ކްރިސްމަސް ފާަގަކުރާ ފޮޓޯ އެއް ހިއްސާކުރުމުން މުސްލުމުންގެ ނުރުހުން އޭނާ އަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. ކްރިސްމަސް ގަހެއް ކައިރީގައި ކްރިސްމަސް ޕިޖާމާގައި، އެ ދުވަހަށް ޚާއްސަ ހަދިޔާތަކަކާއި އެކު ނެގި ފޮޓޯތައް ސަލާހުގެ މީސްމީޑިއާގައި ވަނީ ހިއްސާކޮށްފައެވެ.

އިލްމުވެރިން ވިދާޅުވާގޮތުގައި، މުސްލިމުން ނޫން އެހެން ދީންތަކުގެ އީދުތަކާއި އެ ދީންތަކުގެ ޚާއްސަ ދުވަސްތައް ފާހަގަކުރުމަކީ ފާފަވެރިވާ ކަމެކެވެ. އަދި ދީނީ ޢިލްމުވެރިން ފާހަގަކުރައްވާގޮތުގައި އެއީ މުސްލިމުންގެ ރިވެތި އަހުލާގާއި ދެކޮޅު ކަމެކެވެ.

ސަޕޯޓަރުން ވަނީ އެ ފޮޓޯތައް ނެގުމަށް ފަހު އެ ކުރެވުނު ކަމާއި މެދު ވިސްނާލަން އެދިފައެވެ. އަދި ބައެއް މީހުން ވަނީ ސަލާހްގެ އަގީދާ ބަލިކަށިވާ ކަމަށް ބުނެ ފާޑު ކިޔާފައެވެ. އެހެންނަމަވެސް ބައެއް މީހުން ވަނީ އެއީ މައްސަލަ އެއް ނޫން ކަމަށް ބުނެ ސަލާހުގެ ދިފާއުގައި ވާހަކަދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޝަރްމީޏ

    މި މިވެރިންނައް ވާވަރަކީ.. ޝާހުރުކުހާން އޭނާގެ ދަރި ޓެމްޕަލް އަށް ވެސް އަދި މިސްކިތައްވެސް ފޮނުވަޔޯ..

    38
    13
    • ޕްރެކްޓިސިންގ

      ސާހު ރުކު ހާނަކީ ޕްރެކްޓިސް ކުރާ މުސްލިމެއް ހެނެއް ހިޔެއް ނުވޭ. މިގޮތަށް ޒިދާން ވެސް. ކާބަފައިންގެ ސަބަބުން ލިބިފައިވާ ނަން މުސްލިމީ.

      47
      1
  2. ޖީމް

    ސަޕޯރޓް ކުރުން ނިމުނީ

    73
    9
  3. ސަލިހް

    ޕްރޫވް އިޓް ޕްލީޒް

    17
    32
    • ލ.އިސްދޫ މީހާ

      ދެލޮލުގެ ބޮނޑި ފިތާލަން ވީތަ ހިފާއްޓަ ބާއްވާ..ޕްރޫވް ކޮށްދެން😒
      އެހުރީ ފޮޓޯ! ދެލޮލުން ބަލާބަލަ🙄🙄
      އެހެންޔާ! ރުޅި އަރުވަން އެބައުޅެޔޭ ހަމަ

      56
      7
  4. ޢަހްމަދު

    ތި ސޮރަކީ މާ ދީންވެރި ސޮރަކަށް ހެދީ މީޑިއާ. ޙަތިމެއް ހިފަިގެން އުޅެފަ، ސަޖިދައެއް ޖެހުމަކުން އަދި އެބުނާ ކަހަލަ މުސްލިމަކަށް ނުވޭ.

    63
  5. ހަސަނު

    މަ މާކުރިންވެސް މި ކަލޭގެ އުޅޭ ވައްތަރުން ވަރަށް ފޫހިވެ.. އަސްލު ސަޅީ މާނޭ ހަމަ.. ސަލާހު އަކީ ފޮނުބޮޑުކަމުން ހައްދުފަހަނާ އަޅާފައި ހުރި މީިހެއް

    42
    5
  6. ޙާމް

    ސަލާހު އަކީ ތިބުނާހާ ދީން ވެރި މީހެެއް ނޫން. އޭނާ އެެއްފަހަރު ރާއްޖެއަށް ޗުއްޓީއަށް އައީވެސް އަނަހެނަކު ގޮވައިގެން ހަމަ ގައިމުވެސް އެއީ އެނާގެ އަންހެނުން ކަމަށް ފޮޓޯތަކުން ފެންނަ މީހާއެއްނޫން.

    29
    4
  7. ލިމު

    މުސްލިމުންނަކީ ވަރަށް ރަތަށް އަރާ ގޮއްވާ ހިތްވާ ބައެއް އެނގޭ މިކޮމެންޓު ނުޖަހާނެކަން.

    10
    63
  8. ކުޑަތުއްތު

    ކަ! ތިޔަ ބާވަތަކީ...

    12
    4
  9. މުޙައްމަދު

    މި ދިޔަ އަހަރުވެސް ސަލާހު ފާހަގަކުރި. އެ ހިސާބުން އަހަރެން ތާއީދުކުރުން ހުއްޓާލައިފިން.

    35
    4
  10. ދުނިޔޭގެ ނިޢުމަތްތައް ލިބުނީމާ..

    އިސްލާޙު ނުވަނީސް ސަޕޯޓް ކުރުން ނިމުނީ.

    33
    5
    • ސަލާހު އަމާ

      އެސޮރު އެބަރޮއި ތިކޮމެންޓް ފެނިފަ

      7
      13
  11. ހައްޤު

    އެއީ ޝިރުކުކުރުން ކަމުގާ ވިޔަސް ވީ އޭނާ ދިފާޢުކުރަންތަ؟

    41
    5
  12. ސަލާމް

    ތީ ވަރަށް ހެއްވާކަމެއް. މުސްލިމުންވާނީ ކޮންމެ ތަނެއްގައި ވިޔަސް މުސްލިމުންނަށް.ފާދިރީ އެއްގަ ކާރިއަށް ދާކޮންމެ ފަހަރަކު ފާދީ އަޅުކަންކުރާ ދީނަށް އަޅުކަން ކުރުމުންއިސްލާމް ދީނަށް އުޅެވުނީ އެއްނޫން.އެއީ ޝިރުކުކުރުން. އިސްލާމްދީންގެ ޢަޤީދާ ސަލާޙުގެ ވަރުގަދަނަމަ ނުވަތަ އީމާން ކަން ވަރުަގަދަ ނަމަ އެއްވެސް އެހެން ދީނުގެ ބަޔަކު ކުރާކަމަކަށް ސަޕޯޓްކޮށް ބައިވެރިއެއްނުވާނެ.ނަމެއްގައި އިސްލާމެއްކަން ފަޅާއެރީއެއްނު.ޝާހުރުކަކީ ވެސް ހަމަ އެކަހަލަ މުސްލިމެއް.އިސްލާމުން އުޅުން ހުންނަގޮތަކަށް ނޫން އޭނާގެ އުޅުން ހުންނަނީވެސް.

    10
  13. .

    މުސްލިމަކަށް ނުވިއަސް ތާއީދު ކުރެވިދަަނެ. މިސާލަކަށް މެސީ އެއއއ އީ މުސްލިމެއް ނޫން ނަމަވެސް އެބަ ސަޕޮްޓް ކުރެވޭ

    7
    3