ގިނަ ކާޑުތަށް މެޗެއްގެ ތެރެއިން ފެނިގެން ދިޔުމަކީ އެ މެޗުގެ ފޯރި އިރުތަށް ގަދަވާ ކަމެކެވެ. ބައެއް ކުޅުންތެރިންނަކީ ސިގު ރުޅި ވަރަށް އަވަހަށް އަންނަ ކުޅުންތެރިންނެވެ. އެހެންކަމުން މިފަދަ ކުޅުންތެރިން ކުޅޭ މެޗެއްގައި ކާޑެއް ނުހޯދާ މެޗު ނިމިގެން ދިޔުމަކީ ނާދިރު ކަމެކެވެ. އެގޮތުން ފަހުގެ ތާރީހެއްގައި ފުޓްބޯޅަ މެޗުތަކުގައި އެންމެ ގިނަ ރަތް ކާޑު ހޯދައިފައިވާ ބައެއް ކުޅުންތެރިން ތިރީގައި އެވަނީ އެވެ.

ޖެރާރޯ ބެޑްޔާ

1975 ވަނަ އަހަރުގެ ދުނިޔެއަށް އުފަންވެފައިވާ ބެޑްޔާއަކީ ފުޓްބޯޅައިގެ ތާރީހުގައި ވެސް އެންމެ ގިނަ ރަތްކާޑު ހޯދި ކުޅުންތެރިޔާއެވެ. އެގޮތުން ބެޑްޔާ ވަނީ ކެރިއަރުގައި 46 ރަތް ކާޑު ހޯދާފައެވެ. ކޮލަންބޯއަށް އުފަން ބެޑްޔާ ކެރިއަރު ޑިފެންޑަރެއްގެ ގޮތުގައި ފެށި ނަމަވެސް އޭނާގެ ކެރިއަރު ނިންމާލީ މިޑްފީލްޑަރެއްގެ ގޮތުގައެވެ. ބެޑްޔާގެ ފުޓްބޯޅަ ހަޔާތުގައި އޭނާ ވަނީ 52 ގޯލު ކާމިޔާބުކޮށްފައެވެ.

ކްރައިލް ރޫލް

ކްރައިލް ރޫލް އަކީ ބެޑްޔާގެ ފަހަތުން އެންމެ ގިނަ ރަތް ކާޑު ހޯދާފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން އެނާގެ ފުޓްބޯޅަ ހަޔާތުގައި ވަނީ 27 ރަތް ކާޑު ހޯދާފައެވެ. ފްރާސްގެ ކުރީގެ މިޑްފީލްޑަރެއްކަމުގައިވާ ކްރައިލް އޭނާގެ ފުޓްބޯޅަ ހަޔާތުގައި ކާމިޔާބު ކޮށްފައި ވަނީ ހަތަރު ލަޑެވެ.

ސާޖިއޯ ރާމޯސް

ސްޕެއިންގެ ރެއާލް މެޑްރިޑްގެ ކެޕްޓަން އަދި ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އަކީ ފުޓްބޯޅައިގެ ތާރީހުގައި ތިންވަނަ އަށް އެންމެ ގިނަ ރަތްކާޑު ހޯދި ކުޅުންތެރިޔާއެވެ. އެގޮތުން ރާމޯސް ވަނީ 24 ރަތް ކާޑު ހޯދާފައެވެ. އަދި މިއީ މިވަގުތު ފުޓްބޯޅައިގެ ހަޔާތުން ރިޓަޔާ ނުވެ ހުރި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ރަތް ކާޑު ހޯދި ކުޅުންތެރިޔާވެސް މެއެވެ.