މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ދެވަނަބުރުގެ ޖާގަ ކުލަބް އޯ ވަން އޯ ގާތްގަނޑަކަށް ކަށަވަރުކޮށްފި އެވެ.

އެ ޓީމު ދެވަނަބުރުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކުރީ ހަތަރު ޓީމު ހިމެނޭ ގްރޫޕް އޭ ގައި އެ ޓީމަށް ބާކީ އެއް މެޗު އޮއްވާ ކުޅުނު ދެވަނަ މެޗުގައި ހަލަބޮލި 13-0 ގެ ނަތީޖާއަކުން ބަލިކޮށް، ޖުމްލަ ހަ ޕޮއިންޓާއެކު އެވެ. އޯވަންއޯ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވީ ޕާކް ބޯއިސް އާއި ވާދަކޮށް 9-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އޯވަން އޯ ޓީމުގެ އިބްރާހިމް އަސްވަދު (ގަބޭ) ފެނިގެންދިޔަ އެވެ. މުބާރާތުގައި އެ ޓީމުގެ ފުރަތަމަ މެޗުން އޭނާ ނުފެނެއެވެ. މި މެޗު މުޅިންހެން ކޮންޓްރޯލް ކޮށްގެން ކުޅެފައިވަނީ ވެސް އޯވަން އޯ ޓީމުންނެވެ. ހާއްސަކޮށް މި މެޗުގައި އޯވަންއޯގެ އަލީ ޝިފާއު (ރޮނާ) ގެ ލީޑަޝިޕް ވެސް ވަރަށް ރަނގަޅަށް ފެނިގެންދިޔަ އެވެ.

ކުލަބް އޯވަން އޯ އާއި ހަލަބޮލި ބައްދަލުކުރި މެޗުގެ ތެރެއިން

ކުލަބް އޯވަން އޯ ޓީމަށް މި މެޗުގައި ޖުމެއިލް ޖަމީލް އާއި މުހައްމަދު އިމްރާންގެ ހެޓްރިކެއް ފެނިގެންދިޔަ އެވެ. ދެން މި މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިނީ އިބްރާހިމް އަސްވަދު (ގަބޭ) އާއި އިސްމާއިލް މުނީޒް އާއި އިބްރާހިމް ހަމްދާން އަލީ ޝިފާއު (ރޮނާ) އެވެ. މީގެތެރެއިން ގަބޭ ފިޔަވާ ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހާފައެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް އޯވަން އޯގެ އަލީ ޝިފާއު (ރޮނާ) އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި މިރޭ (2021-01-23) ދެން ކުޅޭ މެޗުތައް (މަޅި އެމްވީ ފޭސްބުކް ޕޭޖުން ލައިވް ކުރާނެ)

21:00: އެންއެސް ރޯމާ- ޓްވިންސް ގާޑަން

22:00: ވީކޭ- ސްކޮޑްރާ ސްޕޯޓްސް ކުލަބް

23:00: ދަ ރޯޔަލްސް- ކުޑަހެންވޭރު ލަޔަންސް