މަޅި މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުޑަހެންވޭރާއި މަސްއޮޑި ސްޕޯޓްސް ކުލަބް ގުޅިގެން މިހާރު ކުރިޔަށްގެންދާ "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ގްރޫޕް އޭގައި ޕާކް ބޯއިސް 3-2 އިން ބަލިކޮށް ރެމްޕޭޖް ދެވަަނަބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ދެވަނަބުރަށް ރެމްޕޭޖް ދަތުރުކޮށްފައިވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް ޖުމްލަ ހަ ޕޮއިންޓާއެކު އެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ހަލަބޮލި އާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުންނެވެ. އަދި ކުލަބް އޯވަންއޯ އަށް މި ޖާގަ ކަށަވަރުވީ މި މެޗުން ރެމްޕޭޖް މޮޅުވުމާއެކު އެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޕާކް ބޯއިސް އާއި ހަލަބޮލި އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ޕާކް ބޯއިސް އާއި ރެމްޕޭޖް ބައްދަލުކުރި މެޗުގެ ތެރެއިން

މުބާރާތުގައި މި ގްރޫޕުގެ ފަހު މެޗުގައި ކުޅޭނީ ރެމްޕޭޖް އާއި ކުލަބް އޯވަންއޯ އެވެ. މި މެޗުން ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ކަށަވަރުވާނެ އެވެ. މީގެއިތުރުން ހަލަބޮލި އަދި ޕާކް ބޯއިސް އަށް ވަނީ މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.

މެޗުގައި ރެމްޕޭޖް ޓީމަށް ގޯލުތައް ޖަހައިދިނީ އަހުމަދު ވިޖުދާން، ޝިފާޒް އާދިލް އަދި ޖުމާންއެވެ. އަދި ޕާކް ބޯއީސްގެ ދެ ގޯލުވެސް ކާމިޔާބުކުރީ އަހްމަދު ޝައިހާން ޖަލީލެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރެމްޕޭޖް ޓީމުގެ ޝިފާޒް އާދިލް އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕަރ ފިފްޓީން" ޕިއްޒާ އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ. އަދި އެސްޖޭ ހާޑްވެއަރ ވެސް ހިމެނެއެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މާލެއިން މި ބަލި ފެނުނު ފަހުން މި ސަރަހައްދުގައި ބާއްވާ އެންމެ ވަރުގަދަ އެއް ފުޓްސަލް މުބާރާތެވެ.