"ޑުޕަރ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި މަސްއޮޑި އަށް ނިސްބަތްވާ ދެޓީމު ކަމަށްވާ މަސްއޮޑި ސްޕޯޓްސް ކުލަބާއި މަސްއޮޑި ޓައިޓަންސް ބައްދަލުކުރާ މުބާރާތުގެ ފައިނަލް މެޗު މިއަދު ހަވީރު ކުޅޭނެއެވެ.

މުބާރާތުގެ އެއް ފެވަރިޓް ކަމަށްވާ މަސްއޮޑި ސްޕޯޓްސް ކުލަބް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގައި ރެމްޕޭޖް 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ފުޓްސަލްގެ ތަރިން ތިބި މަސްއޮޑި ސްޕޯޓްސް ކުލަބުގެ ގޯލުތައް ޖަހައިދިން ކުޅުންތެރިންނަކީ ހުސައިން ސުހައިލް، ހުސައިން ޝަރީފް (އޮންލީ)، އަޔާޒް އަހުމަދު (އަޔާ) އަދި ހުޒައިފަތު ރަޝީދު (ހުޒޭ) އެވެ. ރެމްޕޭޖްގެ ގޯލުތައް ޖެހީ އަހުމަދު އައިހަމް އާއި އަހުމަދު ވިޖުދާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަޔާ އެވެ.

ފައިނަލުގައި އަނެއްކޮޅުން ވާދަކުރަނީ މަސްއޮޑި ޓައިޓަންސް އެވެ. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި މި ޓީމު ފައިނަލުން ފުރުސަތު ލިބުނީ ސެމީފައިނަލުގައި ބައްދަލުކުރަން އޮތް ވީކޭ ދަނޑަށް ހާޒިރުނުވުމުނނެވެ. އެހެންކަމުން މަސްއޮޑި ޓައިޓަންސް ފައިނަލަށް ދިޔައީ މުބާރާތުގެ ހިންގާ ކޮމިޓީން އެ ޓީމު މެޗަށް ހާޒިރުނުވާ ކަމަށް ނިންމައި 2-0 އިން މަސްއޮޑި ޓައިޓަންސް މޮޅުވި ކަމަށް ނިންމައިގެންނެވެ.

މިއީ މި މުބާރާތުގައި ދަނޑަށް ހާޒިރުނުވުމުގެ ސަބަބުން އިދިކޮޅު ޓީމަށް މެޗު ލިބުނު ދެވަނަ ފަހަރެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޒެފަރސް އާއި މަސްއޮޑި ސްޕޯޓްސް ކުލަބް ކުޅެން އޮތް މެޗަށް ޒެފަރސް ހާޒިރުނުވުމުން މަސްއޮޑި ސްޕޯޓްސްއަށް ވަނީ މެޗު ލިބިފައެވެ. ޒެފަރސް އިން މައުލޫމާތުދޭ ގޮތުގައި އެ ކުލަބުން މެޗަށް ހާޒިރުނުވީ ކުޅުންތެރިންގެ އިންޖަރީ މައްސަލައާއި ގުޅިގެން ކުޅުންތެރިން ހަމަނުވުމުން ކަމަށެވެ.

މަސްއޮޑި ޓައިޓަންސް އާއި މަސްއޮޑި ސްޕޯޓްސް ކުލަބް ވާދަކުރާ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިއަދު ހަވީރު 16:30 ގައެވެ. މި މެޗު "މަޅި އެމްވީ" ފޭސްބުކް ޕޭޖުން ވަގުތުން ފެންނާނެ އެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.

ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ހަމަޖައްސާފައިވާއިރު ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000 ރުފިޔާގެ އަގުހުރި ތައްޓެއް ދޭން ހަމަޖެހިފައިވާކަމަށް މަޅި އެމްވީން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    މީ ގަދަ ފިލްމް އެއްގެ ފޮޓޯ އެއްބާ ؟ ފިލްމް ތަކުގެ ޕޯސްޓަރުވެސް ހުންނަނީ ހަމަ މިހެން ، މަހީކުރީ ފުރަތަމަ މީ ފިލްމް އެއްކަައް.

    5
    1