ރާއްޖެއާއި މި ސަރަހައްދުގެ ފުޓްބޯޅަ ކުރިއެރުވުމުގެ މަޝްވަރާތަަކެއް ސްޕެއިން އައި ރެއާލް މެޑްރިޑްގެ ކުރީގެ މަޝްހޫރު ގޯލްކީޕަރު އިކާ ކަސިޔަސްއާއި ކޮށްފިއެވެ.

ކަސިޔަސް އާއި މަޝްވަރާކޮށްފައިވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާއި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއެކު ޑުބާއިގައެވެ.

މި ބައްދަލުވުމުގައި ކަސިޔަސްއާއެކު ސަލްގާޑޯވެސް ބައިވެރިވެފައިވެއެވެ. މިއީ އެފްއޭއެމްގެ ރައީސް އާއި ކުޅިވަރާބެހޭ ވަޒީރު މަހުލޫފް އެ ގައުމަށް ކުރެއްވި ނުރަސްމީ ދަތުރުފުޅެއްގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އާއި މި ސަރަޙައްދުގެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި ޝައުގުވެރި މަޝްވަރާތަކެއް ކަސިއަސްއާއެކު ކުރެވުނު ކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަން، ޙަޤީޤަތަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

މި ބައްދަލުވުން ބޭއްވިއިރު ހުޅުމާލޭގައި ސަރުކާރުން އަޅާ ފުޓުބޯޅަ ސްކޫލްގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނާނީ ކުރިން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ލެޖެެންޑެއް ކަމަށް އެފްއޭއެމުން މީގެކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. Anonymous

  މާސްކެއްވެސް ގައިދުރުކަމެއްވެސް ބޭނުމެއް ނުވެ
  ކޮންކަހަލަ އެޗްޕީއޭ އެއް

  11
  1
  • Anonymous

   ޢާދައިގެ ދެރަ ރައްޔިތުންނަށްްަޅަންޖެހޭ އެއްޗެހި އެއީ.

   1
   1
 2. ހުސޭނުބޭ

  ތަންތަނުގައި ތިބޭ މަޝްހޫރު މީހުންނާބައްދަލުކޮށް ފޮޓޯނަގާ ހެދުމަކީ މައުލޫފްގެ ކަށީގައި ހިފާފައި ހުންނަ ކަމެއް! އެހެންވެ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކަސިއަަސްއާ ބައްދަލުކޮށް ފޮޓޯއެއްނެގީ! އެހެން އެއްވެސްކަމެއްނޫން ތިއީ. މި ފޮޓޯނަގާފައި ނޫހުގައި ޖެހީމާ އެހިސާބުން އެކަން އެ ނިމުނީ!

  18
  1
  • މުހަންމަދު

   ކޮއްކޯ،ސަރުކާރުގެ ޚަރަދުގައެއްނޫނޯ ދިޔައީ، އަމިއްލަ ޚަރަދުގައޯ......"ހެޔޮނިޔަތުގަ" އެމް.އެން.އާރ.ބީ.ސީން ނެގި ލާރިގަޑު އަތުގައެބަހުރި.

   3
   1
 3. މަ

  ހަމަ ނުފޫޒުގެ ބޭނުން ކޮށްގެން އޮޓޮގްރާފް ހޯދާފަ😏😏 އަހަރުމެންނަށް ވެސް ފުރުސަތު ހޯދާ ދީބަލަ😠

  12
  2
 4. ޢަންމާރު

  ކޮބައިތަ ސުނިލްޝެޓީ.. ތިޔައީ ހަމަ އެ ފަދަ ކަމެއް. ފުޓޫބޯޅަ އަކީ އމަލީ ކަމެއް.. ވާހަކަ ގަނޑަކުން ކުތި އަރާނެ ނަމަ ތިޔަ ސިޔާސީ އަނގަތަކަށް ގައުމު ލިބުނީމަ ސިންގަޕޫރަށް މިތަން ހެދީސް

 5. އަހްމަދު

  ރައްޔިތުން މިހާލަތުގަ ތިއްބަވެސް މިކަލޭގެމިކުރާކަމަކީ ރައްޔިތުންގެ ޓެކްސްފައިސާއިން ޓިކެޓްގަނެގެން ފަހަރަކުގައުމަކަށްގޮސް ފިލްމުސްޓާރުންނާ ފުޓްބޯޅަކުޅުންތެރިންނާއެކު ފޮޓޯނެގުން ނައިބުރައިސްގެ ޅިޔަނަކަށްވިޔަސް މީނަމިކުރާ ބޭކާރުޚަރަދު ހުއްޓުވާކަށް ނުވޭބާ

  4
  1